މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ނުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް ނޭޅި ނަމަ އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެ ކަމަށް. އެކަމަކު، މިއަދުގެ ހާލަތަށް އާދެވުނީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވުމުން ކަމަށް އަމީން ވިދާޅުވި.
18 މެއި 2020 - 23:41
މާލެ ސަރަހައްދުގެ ލޮކްޑައުން އުވައިލުމުން، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި ހާލަތު ގޯސްވުމުގެ ބިރު އެބައޮތް ކަމަށާއި އޮތް ހައްލަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން އެ ހާލަތާ ދުރަށް ދާން ގުޅިގެން މަސައްކަތް ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެޕްރީލް، 15 ގައި މާލެ އިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމާ އެކު މާލެ، ވިލިމާލެ އަދި ހުޅުމާލެ ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅީ ބަލި ފެތުރުން ކޮންޓްރޯލް ކުރާށެވެ. ކޮންމެ ދެ ހަފުތާއަކުން ލޮކްޑައުން ދަންމަމުން އައިސް މަހަކަށް ވުރެން ގިނަ ދުވަސް ވެފައިވާ އިރު، އެންމެ ފަހުން ލޮކްޑައުންގެ މުއްދަތު އިތުރުކުރީ މި މަހުގެ 28 އާ ހަމައަށެވެ.
ތޮއްޖެހުން ބޮޑު މާލެ ބަންދުކޮށް އާއްމުންނަށް ތަކުލީފު ލިބޭ ގޮތަށް އަބަދަކު ނުތިބެވޭނެ ކަން ފާހަގަކުރައްވައި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން އުވައިލުމަކީ ވެސް ބިރުވެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ކުރީގެ ލަފާ ކުރުންތަކާ އެއްވަރަށް ބަލި ނުފެތުރި ސަލާމަތްވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އެޅި ފިޔަވަޅުތަކަށް އާއްމުން ތަބާވެ، އަމަލުކުރުމުންނެވެ.
"މިގޮތަށް އާއްމުން އަމަލުނުކުރި ނަމަ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔައީސް. އެތައް ބަޔަކަށް ބަލި ޖެހި މިއަށް ވުރެން ބޮޑު ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނީސް. ނަމަވެސް މިއަދު މިއޮތް ހާލަތަށް މި އާދެވުނީ ލޮކްޑައުންގެ އިރުޝާދުތަކަށް ތަބާވެގެން ތިބުމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަތޮޅުތަކުގައި ވެސް ބަލި ނުފެތުރުނީ ކަމާބެހޭ ފަރާތްތަކުގެ އެންގުންތަކަށް، ރައްޔިތުން އަމަލުކުރިލެއް ފުރިހަމަ ކަމުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 1،000 އަށް ވުރެން މަތިވެފައިވާ އިރު، ކުރިން ލަފާކުރެވިފައި އޮތީ މި މަހުގެ 31 އާ ހަމައަށް ބަލި ޖެހިފައި ތިބި 6،000 މީހުން ފެންނާނެ ކަމަށެވެ. އެކަމަކު، ޕީކުގެ ދެ ހަފުތާ ފެށިފައިވާ އިރު ކޮންމެ ދުވަހަކު ކޭސްތައް ފެންނަނީ ސިއްހީ ތަޖުރިބާކާރުންގެ އަންދާޒާ އަށް ވުރެ މާ ބޮޑުތަނުން ވެސް މަދުންނެވެ.
މީގެ މާނަ ގޯސްކޮށް ނަގައި ކޮވިޑުން ސަލާމަތްވެވުނީ ކަމަށް ދެކެން އަދި ގާތް ވެސް ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލޮކްޑައުން ހުޅުވާލާ ވަގުތަކީ ނާޒުކު ވަގުތެއް. ޕޮޒިޓިވްވާ މީހުންނާއި ކްރިޓިކަލް ފަރުވާދޭ މީހުން އިތުރުވާނެ. މި ހާލަތަށް ތައްޔާރުވުމަކީ މި ވަގުތަށް ކުރަން ޖެހޭނެ އެންމެ މުހިއްމު ކަންތައް.
އަމީން ވިދާޅުވި ގޮތުގައި ދެން ވެސް އޮތީ، ރައްޔިތުން އަމަލުކުރަން ކަމާބެހޭ އިދާރާތަކުން އަންގާ ކަންކަމަށް ސަމާލުވެ އެ ގޮތުގައި ކުރިއަށް ދިއުމެވެ. ރައްޔިތުންގެ ފަރާތުން ބޭނުންވަނީ، ކުރިން ދިން އެއްބާރުލުމުގެ މަތީގައި ދެމިތިބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭ ކަމަކީ މި ބަލިން އަދި ފަސޭހަވެގެން ދިޔައީކީއެއް ނޫން. އިތުރަށް އަދި މި ބަލި ފެތުރޭ އިރުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވެގެންދާ ހާލަތުގައި ވެސް ބަލީގައި ބޮޑުވަރު ވަނީ ނިސްބަތުން މަދު ބައެއް. ނަމަވެސް އެ މަދު ބައެއްގެ އަދަދު އިންތިހާ އަށް އިތުރުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ނުރައްކާ ވަރަށް ބޮޑު. -- އަމީން
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުން ޓެސްޓް ކުރުމާއި އައިސޮލޭޓް ކުރުމާއި އެ ނޫން ކަންކަމުގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.
މިނިސްޓަރު އަމީން، ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ބޭފުޅުންނާ އެކު ޕްރެސް ކޮންފަރެންސެއްގައި: މިނިސްޓަރު ވިދާޅުވީ ލޮކްޑައުން އުވާލުމުން ވަރަށް ބޮޑަށް ބަލިން ރައްކާތެރިވުމަށް ވިސްނަން ޖެހޭ ކަމަށް. --ފޮޓޯ/މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގައި ރާއްޖެ އަށް ކުރިއެރުންތަކެއް ހޯދުނީ ދުރާލައި ތައްޔާރުވެ، ލަފާކުރުންތަކެއްގެ މަތީގައި މަސައްކަތްތަކެއް ކޮށްގެންނެވެ. މިކަންކަން ތަންފީޒުކުރުން އަވަސްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ރިޔާސަތު ބަލަހައްޓަވާ ބައްދަލުވުމުގައި، ސިއްހީ މާހިރުންގެ ނިންމެވުންތަކާ ގުޅިގެން މުއައްސަސާތަކަށް ދެއްވާ އިރުޝާދުތަކުގެ ސަބަބުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ލޮކްޑައުން ހުޅުވާލާ ހާލަތަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުން ކަމަށެވެ. ކަމާބެހޭ އިދާރާތަކުންނާއި އާއްމު ރައްޔިތުން އަމަލުުކުރަން ޖެހޭ ވަކިވަކި ކަންތައްތަކެއް ކަނޑައަޅައި އާއްމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ފަސް ސަރަހައްދެއްގައި، ކްރިޓިކަލް ފަރުވާ ދެވޭ ގޮތަށް ހަދާ ކޮވިޑް ސެންޓަރުތައް ވެސް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިމި ޚިދުމަތް ދެވެން ފެށޭވަރުވާނެ ކަމަށް އަމީން ވިދާޅުވި އެވެ. ސެންޓަރުތަކުގެ އަމަލީ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ އިރު ވެންޓިލޭޓަރު ފަދަ ވަސީލަތްތައް ވެސް މިހާރު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އަތޮޅުތަކުގައި ބަލި ކޮންޓްރޯލްކުރަން އެކި ލެވެލްތަކުގައި ޓާސްކްފޯސް އެކުލަވާލައި ކަރަންޓީނާއި އައިސޮލޭޝަނަށް ކައިރި ރިސޯޓްތައް ވަނީ ހަމަޖައްސައިފަ އެވެ. އަތޮޅުތަކުގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ރާވާފައި އޮތީ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމެއްގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ހުރި ޖީން އެކްސްޕާޓްމެޝިންތަކުން ބައްޔަށް ޓެސްޓްކުރަން ވެސް ލަސްތަކެއް ނުވެ ފެށޭނެ އެވެ. އޭރުން، ދުވާލެއްގެ މައްޗަށް މާލެ އާއި އަތޮޅުތަކުގައި ޓެސްޓްކުރެވޭ ވަރު މިހާރަށް ވުރެން އިތުރުވެ، ބަލި ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެ
20 May 2020
ނިއުނޯމަލް ފްރާންސްގަ ރިސަލްޓް ބަލާބަލަ.. ކޭސްތައް އޮބިނޯންނަވަރައް ގިންވީ
ޚަފަ
19 May 2020
އަވަސް އަރުވާލާއިފިނަމަ މިކުރި ހިރިހާއި މަސައްކަތެއް އަދި މިވީ ހުރިހައި ްުރުބާނީއެއް އަދި ހަރަދެއް ވާނީ ބޭކާރުކަން ހަނދާން ކުރާތި. ޥައިރަސް ބަލިވަނީކޫންނޭ ލޮކްޑައުންގެ ސަބަބުން ފެތުރުން ކޮންޓްރޯލްވަނީއެވެ. ވީމާ ލޮކްޑައުން އުވާލީމާ ހަމަ ބާރު ސްޕީޑްގައި ފެތުރިގަންނާނެ. ދިވެހިންނަކީ ކެއްތެރި ބަޔަކު ކަމުގައި ލައްވާށި.
ނަންނަން1
19 May 2020
މުޅި މާލެ ޑަބަލް ކޮއް ޓެސްޓު ކޮއްފައި ނެގެޓިވް ވެއްޖެނަމަ ލޮކްޑައުން ނެގުން އެދެން. ޓެސްޓް ހެދޭވަރު އިތުރު ކޮއްދީ.
ނިޝާ
19 May 2020
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މި ރޯދަމަހު ތިބޭފުޅުން ތި އުފުއްލި ބުރައިގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ. އެދެނީ އިތުރު ކާމިޔާބީ.
މަންޝަމް
19 May 2020
އެހާ ގިނަ ބަޔަކު ފައްސި ނުވީތީ ﷲއަށް ހަމްދުކުރަން. އަދި މިބަލި ކޮންޓްރޯލް ކުރެވިފައި އޮތީމަ ހެލްތު މިނިސްޓަރ އެންޑް ޓީމަށް ތޭންކިއުު..
ރަދީފްް
19 May 2020
އެޗްޕީއޭއަށް ޖެންޑާއަށް ނުގުޅިގެން އެކަކު 100 ފަހަރަށް ގުޅައިފައި ހުންނާނެ. ކޯލުތައްގުނަނީ އެކޯލުތައް ހިމަނައިގެން. ނިކަންވިސްނަބާ މުސްކުޅިން ތަޅުންގަނޑުމަތީ އެނދެއްނެތްތާ ނިންދަވަނީ ކޮބައި އހިހުތިރާމް
ރަދީފްއަކީ ފިތުނަ
19 May 2020
ވަރަށް ދުވަސްވެއްޖެ ކަލޭގެ ދެކޮޅު ނުޖެހޭ ކޮމެންޓެއް ނާންނަތާ، ޖެންޑާ މިނިސްޓަރު މީ ކީއްކުރަން ހުންނަ މީހެއް އެހެން ވެއްޖިއްޔާ؟
ނިއުނޯމަލް
19 May 2020
ވޫހާންގައި ބައްޔަށް ޕޮސިޓިވް ވީ މީހުންގެ ތެރެއިން އެއްވެސް ނިޝާނެއް ނުފެނި ބަލި ޖެހުނު މީހުންގެ ނިސްބަތް 17.8 އިން ސައްތަ، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތެއް ނުފެންނަ މީހުންގެ ނިސްބަތަކީ 54. އމާނައަކީ ރާއްޖޭން ބަލި ޖެހޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ބަލީގެ އެއްވެސް އަސަރެއް ނުކުރާ މީހުން. މިކަންކަމަށް ބަލާފައި މަޑު މަޑުން ހުޅުވަމުންދާންވީ. ކޮވިޑްއާއެކީ އުޅެން ދަސްކުރުމަކީ ނިއު ނޯމަލް.
ރަދީފްް
19 May 2020
އެޗްޕީއޭގެ ހިދުމަތުގެ ފެންވަރު ޓެކްސީއެއް ނުލިބޭ ޓެކްސީސެންޓަރަކަށްވުރެ ބޮޑު.އެމީހުންނަށް ހީވަނީ ހައިއްކަ ފޯނު ނަގާފަ އެއްޖަވާބެއް ދިނީމާ ހިދުމަތްދެވުނީކަމަށް. އެއެކޭ ރިކޯޑުކޮށްފައި ވަކިގޮތަކަށް ހުރުމެކޭ ތަފާތެއްނެތް. އެޗްޕީއޭއަށާއި ޖެންޑާއާއި މެދު ގާނޫނީ ފިޔަވަޅުއަޅަންޖެހޭ
ރަދީފުގެ އައްޕަ
19 May 2020
ރަދީފުގެ ނަމުގައި ކޮމެންޓު ކުރާ މީހަކީވެސް ބޮލުގައި އެއްވެސް ތެތްކަމެއް ނެތް މީހެއްކަން ފާހަގަކުރެވޭ. އެޗްޕީއޭއިން އެންމެ ބިޒީ ދުވަހެއްގައިވެސް 11،000 ވުރެ ގިނަ ކޯލަށް ޖަވާބު ދީފައިވޭ. އިންސާނުންގެ ކެޕޭސިޓީވެސް ހުންނާނީ ވަކި ވަރަކަށް. އެންމެ މުހިންމު ކަމަކީ ކަންތައްތައް ކޮންޓްރޯލު ކުރެވިފައި އޮތުން.
ރަދީފްް
19 May 2020
އެކަކު އެއްކަމަކު ޖެންޑާއަށް ނުގުޅިގެން އެޗްޕީއެޭއަށް ގުޅާ ދުވާލަކު 100 ފަހަރު. އަދަދުއެގުނަނީ އެކޯލުލައިގެން
ރަދީފްް
19 May 2020
ހާލުގައި ޖެހުނުމީހުން ނިންދެވީ އިންސާނިއްޔަތާއި ހިލާފްގޮތަކަށް. ބޮޑެތި ގައިދީންނާއި އެކު އިމާދުއްދީން ސުކޫލުގައި، ކޮބައިތޯ ހިއުމަްރައިޓްސް ކޮމެޝަން. ނިންދެވީ ކުލާސްރޫމުގައި ތަޅުންގަނޑުމަތީ ގޮދަޑިއަޅައިގެން.އުމުރުން ދުވަސްވީމީހުންނަށް އެއްވެސް އިހުތިރާމެއްނެތް. ޖެންޑާ މިނިސްޓްރީ ވެފައިއެވަނީ ނާގާބިލު މުއައްސަސާއަކަށް. ޢެވިދާޅުވާ 115 އޭ ގުޅޭ ނމްބަރެއްވެސް ނޫން. ޢެޗްޕީއޭއިން ފޯނުނަގައި ދެނީ އެއްޖަބާބެއް.
އޭ މޮޔަޔާ!
19 May 2020
ޤައިދީން ތިބޭނީ ޖަލުގަ އެވެ.
ޣުރައ
19 May 2020
ރައިސުލްޖުމަހޫރިއްޔާ ދޫކުރެއްވީ މިފަހަރު ހުސަ ގައިދީން
ޒީރޯ އެޗްޕީއޭ
20 May 2020
އަސްލުވެސް ޓެސްޓް ކޮށްގެން ނަތީޖާ ނުލިބި އެތައް ދުވަހެއްވޭ. ރައްކާތެރިވާން ކުރިން ބައިގަ ފިޔަވަޅު އެޅޭނީ ނަތީޖާ ލިބުނީމަ ދޯ
މަޒް
19 May 2020
އަންނި ގެ ދުއްޕާން ނުޖެހި ސަލާމަތެއް ނުވެވުން.. އޭނާ ބޭނުންވަނީ އޭނާ މަޖިލިހުގައި ކުޅޭ ޝޯ ކޮންމެ ދުވަހަކު ޓީވީން ދައްކަން..