ސައުދީން ހަދިޔާކުރި ކަދުރު: މާލޭގައި ކަދުރު ބަހާނީ ސިޓީ ކައުންސިިލްގައި ނަން ނޯޓްކުރާ ފަރާތްތަކަށް ކަމަށް އެ ކައުންސިލުން ބުނޭ -- ފޮޓޯ/މިހާރު
20 މެއި 2020 - 17:50
ސައުދީ އަރަބިއާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލޭގެ ގެތަކަށް ބަހަން ހަމަޖައްސާފައިވާ ކަދުރު ހޯދަން ނަން ނޯޓުކުރަން ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
މި ރޯދަ މަހަށް ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރެއިން، މާލޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޔޫތް މިނިސްޓްރީގެ ވޮލެންޓިއަރުން މެދުވެރިކޮށް ވަނީ ކުރިން ކަދުރު ބަހައިފަ އެވެ. އެ އަށް ފަހު، ބާކީވާ ކަދުރުތައް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ހުސްވަންދެން ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން އޮތީ ބުނެފަ އެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މާލެ އާއި ވިލިމާލޭގެ ގެތަކަށް ބެހުމަށް 2،900 ޕެކެޓްގެ ކަދުރު އެ ކައުންސިލްގައި އެބަހުރި ކަމަށާއި އެ ތަކެތި ބަހާނީ އެސްއެމްއެސް މެދުވެރިކޮށް ނަން ނޯޓްކުރާ މީހުންނަށް ކަމަށެވެ. މާދަމާ ރޭ 9:00 އާ ހަމައަށް އެ ކައުންސިލްގެ ނަމްބަރަށް އެސްއެސްއެމްކޮށް، ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައިވެ އެވެ.
އެގޮތުން ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ދިރިއުޅޭ އެޑްރެސް ފަދަ މައުލޫމާތުތައް ހިއްސާ ކުރަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބެހުމަށް ފަހު ބާކީވާ ކަދުރު ހުސް ވަންދެން ކައުންސިލްތަކާ ހަވާލު ކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން ގިނަ ރަށްރަށަށް ކަދުރު ކުރިން ފޮނުވާފައި ވާއިރު، ހުޅުމާލޭގައި ކަދުރު ބެހުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
26 May 2020
ޖުލައި ސައްބީހަށް ބެހެއްޓިނަމަ.
ކައުންސެލަރު
21 May 2020
ކޮބާ ކުރީ ސަރުކާރަށް ކަދުރޭ ގޮވައިގެން އެތިވަރު ދެމިމީހުން. ޒީރޯ ޓޯލެރަންސްގެދަށުން ކަދުރަށް ވާގޮތް އެބަފެނޭތަ؟ މައްސަލައަކީ ކަދުރު ލިބުމެްް ނުވަތަ ނުލިބުމެއްވެސް ނޫން. ތިޔަ ކަދުރު ކައިގެނެއްނޫން އަބަދަކު މިތިބެނީކީ. ނުލިބުނަސް ވަރިހަމަ. އެކަމަކު ކަދުރާ ޖެހުނީމަ މިވަރުވީއިރު ކޮވިޑް ރުފިޔާ ބޮނޑިޔަށް ކިހާވަރެއް ދައްކާލާނެބާ؟ އަދި އަނެއްކޮޅުން ތިޔަ ކަދުރު ބަހަން އަދިމާއަވަސް.
އައްޑޫދޫ
21 May 2020
ދިވެހި ކޮންމެ ރައްޔަތަކު ވިޔަސް އައިޑީ ހިފާގެން ދިޔައީމަ ކޮންމެ ގެޔަކައް 1 ޕެކެޓުދޭންވީ ނުޖެހޭ ބަލާކައް މޭލޭ މީހުންތޯ އަތޮޅުތަކުގެ މީހުންތޯ މާލޭގަ މިހާރު ގިނައީ ކުތްޔައްއުޅޭ މީހުން އަހަރުމެން މިމުސްކުޅިވަނީ މާލޭގަ ކުތްޔައް އުޅެ
ޖަމީލުބޭ
21 May 2020
ސައޫދީ ސަރުކާރުން ކީއްކުރާން ކުރާކަމެއް ބާއޭ ހިތަށްއަރާ. ލާރި ބޭނުންވަނީ. ކަދުރަކީ ކީއްކުރާ އެއްޗެއް ދޭތެރެޖައްސަން.
ކަތްދައްތަ
21 May 2020
ކަދުރުލިބުނަސް ކަލަގޮވަނީ ނުލިބުނަސް ކަލަގޮވަނީ ...ކޮަންކަހަލަ އާދަމުގެ ދަރީންނެއް މިޖީލުގަ މިއުޅެނީ....ޕިސް ޕިސް ހުސް މޮޔައިން
ކަދުރު އެދުރު
21 May 2020
ދިވެހީންނަށް ކިހިނެއްތަ ވެފައި މި ތިބެނީ މިހާރު. އެއީ ޞަދަޤާތެކޭ. ލަދެއް ނުގަނޭތަ އަތް ދިއްކުރާކަށް. އަނބިދަރީންނަށް އެ ކާންދޭން އަމިއްލަ ނަފުސަށްވެސް ޤަދަރެއް ނުކުރަންތަ؟ ލަދުވެތިކަން ގެއްލި ހިނގައްޖެ މިހާރު. އަނެއްކޮޅުން ކަދުރަށް ދަހިވެތިވެފައި ތިބިެއޔާ އެސްއެމްއެސް އެއް ފޮނުވައިގެން އެ ލިބޭގޮތަށް އެއޮތީ. ހާދަ ވިޔާނުދަޔޭ ބައެއް މީހުން.
މޮޔައިންގެ ހާލު
20 May 2020
މަށަށް ފެންނަނީ ކަދުރަށް އެދި ފޯމެއް ހުށަހަޅަން. އަޑީކާޑު ކޮޕީއަކާ އެކީ /10ރ ރެވެނިއުސްޓޭމްޕަކާ އެކީ ފޯމު ހުށަހެޅޭނީ ހަފްތާގެ ދެދުވަހު 9.00 އުން 11 އަށް. ޛަވާބު ބަލައި އަންނަން ޖެހޭނީ 3 ދުވަސް ފަހުން މެންދުރު 1.00 އާ 2.00 ކާ ދޭތެރޭ.
އެމްޑިޕީ ކަލޯ
20 May 2020
ނަންވާނީ "ހައިވަކަރު އޮޑި". އެކަމަކު މި އިޚުލާޞްތެރި ތެދުވެރި މީހުންނަށްވުރެ، އެ ހައިވަކަރު އޮޑި އެތައް ގުނައެއް ރަނގަޅުކަން މި ވޭތުވެދިޔަ ދެ ރޯދަމަހުންވެސް އެނގިއްޖެ.
އެމްޑިޕީ މޮހޮނު
20 May 2020
އަދި މާއަވަހެންނު ބަހަން. އަންނަ އަހަރަށް މަޑުކޮށްލަން ފެންނަނީ.
ރެޓޭ
20 May 2020
ހުރިހާ ކަދުރެއްވެސް ޝިފާއްތައާއި ޝިފާއްތެގެ އައުވާނުން ގެއަށް ގެންދޭ! ރޯދަމަސްވެސް މިއޮއްގެން ނިމުނީ! ދެން ކަމެއް ނުކުރެވެންޏާ ރައްޔަތުންގެ އަނގަ ނުގޮއްވާ ހުރެވޭތޯ ބެލިއްޔާ މާރަނގަޅުވާނެ!