ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ: އަހުމަދު އަވްޝަމް އިލިޔާސް/މިހާރު
21 މެއި 2020 - 12:28
މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށާއި ކޮޅަށް ހުންނަވައިގެން ނަމާދު ވެސް ނުކުރެއްވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޔާމީންގެ ހާލުކޮޅު ރަނގަޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"އެމަނިކުފާނަކީ މައިބަދައިގެ މައްސަލައެއް ހުންނަ ބޭފުޅެއް. ހަމައެއާ އެކު ހިތުގެ އާލާސް ކަންފުޅެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވާ ބޭފުޅެއް. މިވަގުތު ވެސް ރައީސް ޔާމީނަށް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މިދަންނަވަނީ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތަކުރާރުކޮށް ގޮވާލަމުން އަންނަ ގޮތަށް ޔާމީން ޖަލުން ދޫކޮށްލަން ގޮވާލައްވައިފަ އެވެ. އެމަނިކުފާނު ގެކޮޅަށް ބަދަލުކުރަން، އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ބާރުއަޅަމުންނެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންތައްކުރެއްވި ގޮތަށް، ސިއްހީ ކަންކަމުގައި އޮޅުވާލައްވާނެ ބޭފުޅެއް ނޫނެވެ.
"ރައީސް ނަޝީދުމެން ޖަލަށް ލީމަ ވެއްޓޭހެން، މައިބަދަ ބިންދައިގެން ދިޔަކަމަށް ހަދައިގެން އެގޮތަށް މަކަރު ހީލަތް ހަދައިގެން ރައީސް ޔާމީނެއް ޝަކުވާއެއް ނުކުރައްވާނެ. އެމަނިކުފާނު އަމިއްލަފުޅަށް ކަންކަން މެނޭޖްކުރައްވަން އެނގިވަޑައިގަންނަވާނެ،" އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަހަކީ މިއަދެވެ. ޕީޕީއެމް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ސޯޝަލަށް މީޑިއާގައި، އުފަންދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުންނެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގައިދީންނަށް ލުއި ދޭން ބޭރުގެ އެކި ޖަމިއްޔާތަކުން ގޮވާލާގޮވާލުންތަކަށް ސަރުކާރުން ތަބައެއް ނުވެ އެވެ. އެކަމަކު ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން 100 އަށް ވުރެ ގިނަ ގައިދީން، ޖަލުން ދޫކޮށްފަ އެވެ.
ރާއްޖޭގައި މިހާތަނަށް ފަޅާއެރި ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ، އެމްއެމްޕީއާރުސީއާ ގުޅުން ހުރި މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައި ވިޔަސް، އަދުރޭ ރޭ ވެސް ވިދާޅުވީ އެމަނިކުފާނަކީ ޖިނާއީ ކުށްވެރިއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ސަރުކާރުގެ ނުފޫޒު އޮތް ޝަރީއަތަކުން ޖަލަށް ލި، ސިޔާސީ ކުށްވެރިއެއް ކަމަށް ވިދާޅުވި އެވެ.
"އެމަނިކުފާނުގެ ޝަރީއަތަށް އަތް ބާނައިގެން، ގާޒީންނަށް މަޖުބޫރުކޮށްގެން ނުހައްގުން ހުކުމެއް ކަނޑައަޅައިގެން. ނުހައްގުން ހުރަގެއަށް ލައިގެން ރައީސް ޔާމީނަށް އަނިޔާކުރަމުން ދަނީ،" އަދުރޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަފަކައްދަ
21 May 2020
ވެރިކަމަށް އަރަނީ މައިބަދަ އާއި ހިތުގެ ބަލި ނުވަތަ އުނަގަނޑުގެ ބަލި ހުންނަ މީހުންދޯ! ރައްޔިތުން ކުރަންވީ ކަމަކީ 2023 އަށް ކުރިމަތިލާ ފަރާތް ތަކީ މިހުރިހާ ބަލިތަކުން ސަލާމަތްވެ ފުރިހަމަ ސިއްހަތެއްގައި ހުރި މީހަކަން ކަށަވަރު ކުރުން. ސަބަބަކީ މި ޤައުމުގައި ވެރިކަމުން ފައިބާ ކޮންމެ ވެރިއަކީ ދުވަސްކޮލަކަށް ނަމަވެސް ޖަލުގައި އޮންނަން ޖެހޭނެ ވެރިއެއްގެ ގޮތުގައި ސިފަވާތީއެވެ.
ހުރަގޭ ބަނޑޭރިން
21 May 2020
ފަހެ ކޮޅަށް ހުރެ ނަމާދުނުކުރެވޭ ނަމަ އިނށީއިނދެ ނަމާދުކުރާށެވެ އިށީއިނދެ ނުކުރެވޭނަމަ އޮށޯވެ އޮވެ ކުރާށެވެ އޮށޯވެ އޮވެ ނުކުރެވޭ ނަމަ ޢިޝާރާތުން ކުރާށެވެ އަދުރޭ ކުރަންވީ ކަމަކީ 2023 އަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގަ އާދަމް ޝަރީފު ތައްޔާރުކުރުމެވެ
ކަކުނިބޯ
21 May 2020
އަދުރޭއަކީ އައިދައިގެ ޑޮކްޓަރެއްތޯ ނުނީ ސްޕެޝަލިސްޓެއްތޯ ނުނޯ ސްޕަރ ސްޕެޝަލިސްޓެއްތޯ ނުނީ ސައިކޮލޮޖިސްޓެއްތޯ ނޫނީ ހިސާބުމުދައްރިސެއްތޯ ނޫނޫ ޓިނުހަދާމީހެއްތޯ މިއަހާލީ ތިޔަދައްކާވާހަކަތަކަކުން
ސީޒަން ޖެކްޝަން
21 May 2020
ޖަލަށްދާ ކޮންމެ މީހަކު ބެކުބޯނު ގޮވަނީ ކީއްވެ؟
މަނިއްޕުޅު
21 May 2020
އެއްކަލަ މައިބަދަގެ ވާހަކަ ފެޅީދޯ ؟؟؟؟؟
ހޭކެނޑޭ
21 May 2020
އަދުރޭއެވެ. އެމް.އެމް.ޕީ.އާރ ސީގެ ޗެޕްޓަރ2 އެވެރިން ހުލުވަނީއެވެ. ފޮށިތަންމަތި ބަނދެގެން ހުރުން ބުއްދިވެރިއެވެ. ބޯމަތި ވަމުން އަންނަ ކަލު ވިލާގަނޑުގެ ވައިގެ މިސްރާބު މިހާރު ހިފާފައި ހުރީ ތަމެންނާއި ދިމާލަށެވެ. ވިދުވަރާއި އެކު ޖަހާލާނެ ގުގުރީގެއަޑުން ތަމެން ފިތްކަނޑައިގެންވެސް ހިނގައިދޭނެއެވެ. މިހެންކަމުން ބުއްދިވެރިންގެގޮތަކީ މިބަރަކާތްތެރި މައްސަރުގަވެސް ދުލުންހެޔޮއެއްޗެއް ކިޔޭތޯބެލުމެވެ. ތިކަހަލަތާކުން ތާކުންނުޖެހޭ ވާހަކަ ދެއްކުންހުއްޓާލާށެވެ.
ރިހި ރާންބާގަސް
21 May 2020
ތިކަމުގެ ހައްލަކީ އަދުރޭވެސް ޖަލަށްލުން އިންސާމުންގެ ތެރޭގަބަހައްޓަން ހެޔޮނުވާވަރުގެ މީހެއް އަދުރޭއަކީ
ގާކޮށި ހުސޭނު
21 May 2020
މިގައުމު ހަލާކުވަނީ ނުހައްގުން މީހުންނަށް އަނިޔާ ކުރާތީ އެމްޑީޕީ އަކީ އަނިޔާ ވެރިކަމުގެ މިސާލެއް
ހުސެން...
21 May 2020
ރަމަލާންމަސް ނިމެންދެން ވެސް މީނަ އަށް ބޮޑު ދޮގެއްހަދާނުލާ ނުހުރެވުނު ދޯ... ތި ދައްކާވާހަކައިގެ އިޚްލާސްތެރިކަމެއްނެއްކަން އެބައެގޭ ޔާމީން އަށްވެސް...
އަބްދުއްالله
21 May 2020
ހޫނ