ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ ކޮމިޓީއަށް ހާޒިރުކުރަން ޖާބިރު ވަނީ އެދިވަަޑައިގެންފައި.
23 މެއި 2020 - 12:21
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މަގާމުގެ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތު ކުރައްވައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރައްވަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ އެދިވަޑައިގެންފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ނަހުލާ ހާޒިރު ކޮށް، ސުވާލު ކުރެއްވުމަށް އެދިވަޑައިގެން އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހަށް ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރާނެ ގަވައިދެެއް ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ ނުހަދައި ކަމަށާއި އެހެންވެ، ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަނދަރުތައް ބޭނުން ކުރުމުގައި ހަމައެއް ލަމައެއް ނެތް ކަމަށެވެ. މަސްވެރި އުޅަނދު ތަކުގައި ބިދޭސީން ގިނަ ކަމަށް ވެސް ސިޓީގައި ޖާބިރު ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތުކުރައްވައި އޭނާ ހާޒިޒުކުރަން ޖާބިރު ވަނީ އެދިވަޑަައިގެންފައި.
"...ވީމާ މިކަން މިގޮތަށް ދިމާވާ ސަބަބު ބެލުމާއި ޒިންމާ އަދާ ނުކުރެވި މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލާ އާއިޝަތު ނަހުލާ އޮތަތީ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރަން އަޅުގަނޑު ބޭނުންވާތީ އެކަން ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ،" ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ސިޓީގައި ވެ އެވެ.
ނަހުލާ، މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްދެއްވުން އެދި ޖާބިރު ސިޓީ ފޮނުއްވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުގައްރިރަށް ކަމަށް ވިޔަސް މަޖިލީހުގެ އުސޫލަކީ އެފަދަ ކަންތައްތަކުގައި މަޖިލީހުގެ ރައީސަށް ދެންނެވުމެވެ. އެހެންވެ، ޖާބިރުގެ ސިޓީއާ މެދު އަމަލުކުރާނެ ގޮތެއް އަދިއެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަމުވެސް
24 May 2020
އޭނަވެސް ކަރަންޓީން ނިންމާފަ ނޫންތަ މަޖްލިހަށް ހާޒިރުކުރެވޭނީ؟ ރަށްތަކަށް ދާން ބޭނުންވާ އެތައް ބަޔަކު މާލޭގަ ތާށިވެފަ އެތިބީ. އެކަމު އެއްބަޔަކު ފުރަބަންދުކުރަން އުޅޭކަން އެނގިގެން ކުރީބައިގަ މާލެ ދޫކޮށް އަރާމުކުރަން ރިޒޯޓަށް ގޮސް އެތިބީ.
ހޯން
24 May 2020
ހަމަ އެއްޗެކޭ ކިޔައިން ނަހުލާ ބަލާހިތުން.
ާޒަރީރާ
24 May 2020
އަލީ ވަހީދު ގެ އޯޑިއޯ ލީކު ވީފަހުން ނަހުލާ ނުފެނޭ. ޢަލީވަހީދުއަށް ފިޔަވަޅު އަޅައިދޭން އެދުނީމަ ސަރުކާރުގެ ބޮޑުން އަލާ ނުލީ. އޭގެ ފަހުން ނަހުލާ ނުފެންނަ ކަމީ ހަގީހަތެއް
ާއުނިމާ
23 May 2020
މުޅި ކެބިނެޓް ސާފުކުރަން އެބަޖެހޭ!
ގޮއްޔެ.
23 May 2020
ނަހުލާ ރީތިވީމާ އަޅައިގަތީ ދޯ
އޮމެގާ5
23 May 2020
ނުފެންނަތާ ގިނަދުވަސްވީދޯ...
ޒިންދަގީ
23 May 2020
ކޮވިޑާއިއެކު ގާސިމާއު ނަހުލާ ގެއްލިއްޖެ. ރައްޔިތުންނަށް ފެންވަރު ފެނިއްޖެ.. މައްޒަފުންނަށް މުސާރައާއި ވަޒީފާވެސް ގެއްލިއްޖެ.. ކުރިއަށް އޮތް އިންތިޚާބުގަ ކީކޭބާ ކިޔާނީ؟؟
ާއުނިމާ
23 May 2020
ޢަޅުގަނޑުގެ ތުއްތު ކުދިންގެ ބައްޕަ މުޅިން ބަގުރޫޓުވެއްޖޭ، މުވައްޒިފުންނަށް ހަމަ މުސާރަވެސް ނުދެވުނޭ
ބޮދުބެ
23 May 2020
އަންހެނުން މިތަނަށް ވައްދައިގެން ކޮންސަކަރާތެއް. ސޭޓްމެންގެ އެދުންތައް ހަމަބޮޑީ.
ދޮންތަ
23 May 2020
ކާކުތަ ޒިންމާއަދާކުރީ.ފޮނިވާހަކަނުދައްކާ ބުނެބަލަ މުވައްޒަފުންނަށް މުސާރަދިނިންތަ.?
ރިސްޓޯ
23 May 2020
އެކީއްވެ ނަހޫ ކޮމިޓީއައް ހާޒިރުކުރަން ވީ ، ޖާބެ ވަޓްއާޔޫޑުއިން