ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ތަޅުމުގައި ޖަލްސާ ބޭއްވުމާ މެދު އެމްޑީޕީގެ މެމްބަރުން ދެބައި ވެފައި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. މާދަމާ ޖަލްސާ އަށް ހާޒިރުވާން ބައެއް މެމްބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުން. --ފޮޓޯ/މިހާރު

ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮއްވައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުގެ ރައީސް އަދި ކުރިގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، ހިޔާލު ތަފާތުވެ، ޖަލްސާއަށް ހާޒިރުވާން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

ބަލިން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކޮށްފައި ވަނިކޮށް، މަޖިލީހުގައި ޖަލްސާއެއް ބާއްވަން ނަޝީދު ނިންމެވީ، ލޮކްޑައުންއާ މެދު ގޮތެއް ނިމެންދެން ޖަލްސާތައް ނުބާއްވަވައި ހުންނެވެން ނެތް ކަމަށް ވިދާޅުވެ އެވެ. މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ ޖަލްސާތައް މަޖިލީހުގައި ކުރިއަށް ގެންދާނެ ކަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށެވެ.

އެކަމަކު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޖަލްސާއާ ގުޅޭ ގޮތުން މަޖިލީހުން ފޯން ކޯލެއް ކުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ޖަލްސާތައް ބޭއްވުމާ މެދު ރަސްމީ ހުށަހެޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ބޭރަށް ނުކުމެ އުޅެވޭނީ އެކަމަށް ޚާއްސަ ހުއްދަ ހޯދައިގެންނެވެ. މައިމޫނާ ނެރުއްވި މި އަމުރަށް އާއްމުން ތަބާވަމުން ދަނިކޮށް، މަޖިލީހުގެ މެމްބަރުން އެ އަމުރާ ޚިލާފުވުމަކީ ގޯހެއް ކަމަށް 65 މެމްބަރުންނާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެއް މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ނަޝީދުގެ ނިންމެވުމާ ދެކޮޅު ހައްދަވަން ކެރިވަޑައިނުގަންނަވާ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ތިއްބެވީ ޖަލްސާ އަށް ހާޒިރުވެވަޑައިގަންނަވާ ގޮތަށް ކަމަށެވެ. އެކަމަކު، އެ ގޮތަށް ޖަލްސާ ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމުގެ ކަންބޮޑުވުންތަކާ އެކު ބައެއް މެމްބަރުން އެކަމާ ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މެމްބަރުން ނުރުހޭ އަމުރާ ޚިލާފުވެ މަޖިލީހުގައި ޖަލްސާތައް ބާއްވަން. އެ ދާއިރާތަކުގެ ރައްޔިތުން ލޮކްޑައުން އަށް ތަބާވެ ބަންދުގައި ތިބިއިރު، މެމްބަރުން މަގުމައްޗަށް ނުކުމެ ޖަލްސާތައް ބާއްވައި ހެދުން ގަބޫލެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ އެކު ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. މަސައްކަތް ކުރަނީ މުވައްޒަފުން ގޭގައި ތިބެގެންނެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާއި ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކަށް މީހުން ވައްދައިގެން ހިދުމަތް ދިނުން ވެސް ވަނީ ހުއްޓާލައިފަ އެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ މަސައްކަތް މަޑު ޖެހިފައި އޮއްވައި، މަޖިލީސް ފަށައި ކުރިން ޖަލްސާތަކާއި ކޮމިޓީތައް ބާއްވަމުން އައީ އޮންލައިންކޮށެވެ. މި ގޮތަށް ބަދަލުކޮށް، ސީދާ މަޖިލީހަށް މެމްބަރުން ހާޒިރުވެވަޑައިގެން ދުރުދުރުގައި ތިއްބަވައިގެން ޖަލްސާ ކުރިއަށް ގެންދިއުމުގެ ވިސްނެވުމަށް ނަޝީދު މި ވަޑައިގަތީ، ކައުންސިލްތަކުގެ ދައުރު ދަންމާލަން، ގާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތާ ދިމާކޮށެވެ.

ވަޓްސްއެޕް ގުރޫޕްގައި އެ މަނިކުފާނު ވިދާޅުވީ، މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ. ކުރިން ވެސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވި އެވެ.

ނަޝީދުގެ މި ނިންމެވުމާ ފާޅުގައި ދެކޮޅު ހެއްދެވި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައިމޫނާގެ އަމުރަށް ތަބާވާން ޖެހޭ ކަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވެސް އަންގަވާފައި ވަނިކޮށް، ޖަލްސާތައް ނުބޭއްވޭނެ ކަމަށެވެ. ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނެރެފައިވާ އަމުރަކާ ޚިލާފު ނުވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހުން ދައުވާ ކޮށްފާނެ ކަމެއް ކުރަން "އަޅުގަނޑު ބޭނުމެއް ނޫން" ކަަމަށް ވިދާޅުވެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް ރޮޒައިނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

"އެޗްޕީއޭގެ ހުއްދައާ ނުލައި ލޮކްޑައުން ބްރީޗްކޮށްފައި ގާނޫނުއަސާސީ އިސްލާހުކުރަން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ގާނޫނާ ޚިލާފަށް މަޖިލީހަށް ގާނޫނީ އަމުރަކާ ޚިލާފުވާން ދިއުން މިއީ ކޮން ކަހަލަ ކަމެއްބާ؟،" ނަޝީދުގެ ނިންމެވުމަށް ސުވާލު އުފައްދަވައި ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައިވެ އެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ވިދާޅުވި ގޮތުގައި މެމްބަރުން ހާޒިރުވެވަޑައިގެން މަޖިލީހުގައި މާދަމާ ޖަލްސާއެއް ބޭއްވުން ވާނީ ގާނޫނާ ޚިލާފު އަމަލަކަށެވެ. މަޖިލީހުގެ ރައީސާއި މެމްބަރުން ވެސް ގާނޫނަށް ބޯލަނބަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގާނޫނަށް ތަބާވާން ޖެހޭ ތަނެއް. ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ހިންގަން ޖެހޭ ތަނެއް، ގާނޫނު ހަދާ މަޖިލީހުން ވެސް ގާނޫނަށް ބޯލަނބަން ޖެހޭނެ. އެކަކީ ވެސް ގާނޫނަށް ވުރެން މަތީގައި ހުންނަ މީހެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އޭނާގެ ޓުވީޓުގައި މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގަތީ އެޗްޕީއޭގެ ހުއްދަ ލިބިގެން ޖަލްސާ ބޭއްވުމަށެވެ.

ޖަލްސާ ބޭއްވުމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ އިރު، އެހެން ޕާޓީތަކާއި އަމިއްލަ މެމްބަރުން ވެސް ގެންދަވަނީ ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވަމުންނެވެ. އެޗްޕީއޭގެ އަމުރާ ޚިލާފުވުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފުވުން ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ލޮކްޑައުންއާ މެދު ގޮތެއް ނުނިންމަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމާ މެދު ނަޝީދު އުފެއްދެނީ އާދަޔާ ޚިލާފު މޮޅު ސުވާލެއް ކަމަށެވެ.

"މަނިކުފާނަށް އައްސަރިބަހާއި ސާބަސް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް ބާއްވަން އެއްވެސް ފަރާތަކުން ހުރަސް އަޅާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ރައީސަށް ލަޒިމް ކަމެއް ކަމަށެވެ.

ގާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހު އެޖެންޑާ މިކުރީ، ގާނޫނުއަސާސީ އިސްލާހް ނުކޮށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލުތަކެއް ހޯދުމަށް އެ ބިލްގައި އަތްނުލައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު އެވެ.މަޖިލިހުގައި ބަހުސް ކުރިއަށް ގެންދިޔައީ، ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލާ ގޮތަށެވެ. އެކަމަކު އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ މަޖިލީހަށް އަންގަވައިފަ އެވެ.

68 ކޮމެންޓް, 113 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 1%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބެ

26 May 2020

ކުއްލިނުރައްކަލުގެ ހާލަތު ގާނޫނު އަސާސީގަ ލިޔުނީ ޑަކުޓަރުން ގާނޫނު ހިންގާކަށްނޫން. އަދި އެމްއެންޑީއެފުން މަޖިލީހުގެ މެމްބަރުން ގޯތިން އުކާލާކަށްވެސް ނޫން އަދި ކިއެއްތަ ސުޕްރީމްކޯޓަށްވަދެ އުއްތަމަފަނޑިޔާރު އުފުރާލާކަށްނޫން. އެހެނަސް މިރާއްޖޭގައި މިފެންނަނީ އެހެންކަމެއް. ރައީސުލްޖުމްހޫރިއްޔާއާ މަޖިލީސް އެއްފަރާތަކަށްލައި ގައުމުގެ ހުރިހާކަމެއް ޑިރެކްޓަރ އޮފް ހެލްތަށްވާނީ ކިހިނެއް.

The name is already taken The name is available. Register?

ސުންދެރިޔާ

26 May 2020

މިދުވަސް ނޯޓުކޮށްލާ. ޤާނޫނާ ޚިލާފުވާ މީހުންނާ ނުފޫޒު ފޯރުވާ މީހުންނާ ބިރުދައްކާ މީހުން ތިމަޖިލީހުގައި އެތިބީ ފެންނަން. ޙިތްވަރެއް ހުރީވިއްޔާ އިދިކޮޅުން . ފަސްކުޅި ކުރިޔަށް ކުޅެލަބަލަ.

The name is already taken The name is available. Register?

ކަނބިލި

26 May 2020

އެ މްޑީޕީ މެންބަރުންގެ ސިޔާސީ މމުސްތަގުބަލު ރައްކާކުރަން ބޭނުންނަ މަ ބުއްދި ހަ މަޖެހޭ ލީޑަރުންގެ ފަހަތުގައި ތިބުން ފައިދާ ބޮޑު. ތިޔަ ނަޝީދެއްގެ ފަހަތުގައި ތިބެގެން އޭނާއާއެކު ކަލޭ މެންވެސް ގެއްލި ހަލާކުވެގެން ދާނީ

The name is already taken The name is available. Register?

އަހުމަދު ވަހީދު

26 May 2020

ހުރި ހަތާމައެއްގެ ބޮުޑުކަމާ އޭ މީނާގެ ހުރި ނުބައި ނުލަފާކަމާ ގަޓް ހުރިކަން ރައްޔިތުންނައް ދައްކާލަނީ ތިގޮތް ކުރިންވެސް އޮތެއްނު

The name is already taken The name is available. Register?

އަހުމަދު ވަހީދު

26 May 2020

މިކަހަލަ ވަގުތުތަކުގައި ޖަލްސާ ބާއްވަން އންމެ ރަގަޅީ ކަނޑުއަޑީގަ. ނަހާސްކީ ރާއްޖެ

The name is already taken The name is available. Register?

ރަނާ

26 May 2020

އައްސަރި ބަހާ ސާބަސް ދެނީ ގާނޫނާ ޚިލާފްވާތީ ދޮއްތަ މަހިތުން އއީ ގޮތް ދޫނުކުރުމާ ތަންދޮރު ނުދަންނަ ކަން މިކަމުން ވެސް ދޭހަވަނީ މަޖްލިސް ރައީސް މީހާއަކީ މަޖްލިސްގެ ރައީސް ކަމަށް ކުފޫހަމަވާ މީހެއް ނޫންކަން ގާނޫނާ ކިލާފް އަށް ކަމެއް ކުރަން އުޅުމަކީ ނުވަތަ ކުރުމަކީ މީހާގެ މޮޅުކަމެއް ކަމަށްވާނަމަ އންމެ މޮޅީ ވައްކަންކުރާ މީހުނާ މީހުންމަރާމީހުން ކަމަށްވާނީ އެމީހުންވެސް ގާނޫނާ ދީނާ ޚިލާފް ކަންތައްވިއްޔަ އެކުރަނީ

The name is already taken The name is available. Register?

ޙުސަންބޭ

26 May 2020

ރައްޔިތުން މިކަމަށް ވަރަށް ވިސްނަންވެއްޖެއެވެ. މަޖިލީހަށް މީހުން އައްޔަންކުރުމުގައި ދެއުޅިއެއްނުވާ ޒާތުގެ މީހުންގެ ހޮވީމަ ވާނެގޮތް މިފެންނަނީއެވެ. ޤާނޫނެއް އޮތަސް އެއަކަށް ޢަމަލުކުރަން މިމީހުން ބޭނުންނުވެއްޖެނަމަ ދެންމިމީހުން ހިތަށްއަރާހާގޮތެއް އެއީ ޤާނޫނެވެ.

The name is already taken The name is available. Register?

ހިބަރުވަދު

26 May 2020

މަޖިލިސް ބާއްވާން ހުރަސްއަޅަނީ ބަޔަކުނޫނެވެ. އެކަމަށް ހުރަސްއަޅަނީ ހަމަ ތިޔަމަޖިލީހުން ފާސްކޮށްފައި އޮތް ޤާނޫނަކުންނެވެ. ދެން ފިޔަވަޅު އަޅަންޏާ އެޤާނޫނާދެކޮޅަށް ފިޔަވަޅު އަޅަންވީއެވެ.

The name is already taken The name is available. Register?

ސަންޕަދަރި

26 May 2020

އަލީ އާޒިމޫ މާދަންނަ މީހަކަށް ވެގެން މަޖްލީހަށް ވަދެ އިނދެ މޮޔައިންދައްކާ ކަަހަލަ ވާހަކަ ނުދައްކާ ފުރަތަމަ ގާނޫނު އަސާސީގަ އޮތް އެއްޗެއް ކިޔައި ދަސްކޮށްގެން ނަމަވެސް ނޫނީ ނޭނގެންޏާ އެނގޭ މީހުން ކައިރި އަހައިގެން އޮޅުންފިލުވާ, މަޖްލިސް ގޮނޑިއެއް ލިބުމަކީ ހުރިހާކަމެއް މޮޅަށް އެނގުމެއްނޫން.

The name is already taken The name is available. Register?

ައޮހެއި

26 May 2020

މާބަޑުމީހުން ވިހާކަ ހުއްދައެއްނެއް މިސްކިތަދާކަ ހުއްދައެއްނެއް ހޮސްޕިޓަލަދާކަ ހުއްދައެއްނެތް ރަށަދަކަ ހުއްދައެއްނެތް އެއްވެސް މުއަސަ ސާއެއްބުނާ ވާހަކައެއް އަޑުއެހުމެނެއްތި ގާނޫނު ދަމަހައްޓަން ތިބޭމީހުން ބޭނުންހާގޮތަކަ ހަދަނީ މިކަހަލަ މީހުންނަ ރައްޔަތުން ވޯޓުއަދިވެސް ދޭނެތޯ ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454