ޚަބަރު

ވިޔަފާރިކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާއިން ފެށިގެން ލުއިތަކެއް ދޭއިރު ވިޔަފާރި ކުރުމުގެ ހުއްދަ އޮންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލޭން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއި ދޭއިރު، ކޮންމެ ހަފުތާއަކު ވެސް ގެއަކުން ތިން މީހަކަށް ހަފުތާއަކު ދެ ދުވަހު، ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ބޭރަށް ދާން ހުއްދަ ދޭނެ އެވެ. މިހާތަނަށް ހުއްދަ ދެމުން އައީ ގެއަކުން އެކަކަށް ހަފްތާއަކު އެއް ފަހަރު އެއް ގަޑިއިރަށެވެ.

މިހާރު ފިހާރަތައް ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓެވެ. ކުރިއަށް އޮތް ދެ ހަފުތާގައި އިތުރު ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދޭން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

ފުލުހުންނާއި ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށާއި ފިހާރަތަކަށް ގޮސްގެން ހިދުމަތް ހޯދުމަށާއި ޑެލިވަރީ ކުރުމަށް ހުއްދަ ދޭ ތަންތަން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ހުއްދަ ދޭ ގޮތާ ހިލާފުވާ ވިޔަފާރިތަކަށް ހުއްދަ ބާތިލް ކުރާނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

ހުއްދަ ހޯދުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލް މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ގެއިން ބޭރަށް ނުކުތުމަށް ހުއްދަތައް ނެގުން ދެން ވެސް ކުރިއަށް ގެންދާނީ މިހާރެކޭ އެއްގޮތަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ވިޔަފާރިތަކާ ގުޅިގެން ނަގާ ހުއްދަތަކަށް ދެން އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އިން ކަމަށް ޝަމާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޮފީސްތައް ހުޅުވުމުގެ ހުއްދަ ނަގަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރި ޝަމާއު ޝަރީފް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ވިޔަފާރިތަކަށް ދެން ހުއްދަ ދޭނީ ސިޓީ ކައުންސިލުން-- ފޮޓޯ: ޕޮލިސް

ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީގައި އެދޭ ހުއްދަތައް ވެސް ސައްހަތޯ ބެލުމަށް ފަހު ހުއްދަ ދޭނީ ފުލުހުން ކަމަށް ޝަމާއު ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަށް ހުށަހެޅުމުން ވެރިފިކޭޝަން ޕްރޮސެސްއެއް ދިއުމަށް ފަހު ފުލުހުން ހުއްދަތައް ދޫކުރަމުން އަންނާނީ،" ޝަމާއު ވިދާޅުވި އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވި ގޮތުގައި، ގެއިން ބޭރަށް ނުކުތުމަށް ފަރުދުންނަށް ދޭ ހުއްދައިގެ އިތުރުން ދަތުރު ކުރުމަށް ދޭ ހުއްދަ ވެސް ދޫކުރާނީ ފުލުހުން ކަމަށެވެ.

"އެއީ އެއްރަށުން އަނެއް ރަށަށް ކަމުގައި ވިޔަސް. އަދި މާލެތެރޭގައި ކަމުގައިވިޔަސް އަދި މެޑިކަލް ކަންތައްތަކުގައި އެއްރަށުން އަނެއް ރަށަށް ދާން ޖެހުނު ކަމުގައި ވިޔަސް އަޅުގަނޑުމެން އެ ޕާމިޓް ދޫ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ،" ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލޮކްޑައުންއާ ގުޅިގެން ފުލުހުން ފުރަތަމަ ދޫކޮށްފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވާނެ އެވެ. އެހެންވެ، އެ ހުއްދަތަކާއެކު ބޭރުގައި އުޅެވޭނެ ކަމަށް ވިދާޅުވި އެވެ. ނަވީން ވިދާޅުވީ ހުއްދައާއެކު މަގުމަތީގައި އުޅޭ މީހުން ވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެން، ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.

އާ ހުއްދައަށް އެދޭއިރު ކަރަންޓް މީޓަރުގެ ނަންބަރު ދޭންޖެހޭ

ލުއިތަކާއެކު ގެއަކުން ތިން މީހުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭއިރު އެ ހުއްދަ އަށް އެދުމުގެ ފުރުސަތު މިރެއިން ފެށިގެން ހުޅުވާލާނެ ކަމަށާއި ހުއްދައަށް އެދޭއިރު އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަމްބަރު ފުލުހުންނަށް ފޮނުވަން ޖެހޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އެގޮތަށް ނިންމާފައިވަނީ ހުއްދައަށް އެދޭ މީހުންނަކީ އެގޭގައި އުޅޭ މީހުންކަން ޔަގީން ކުރުމަށް ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

ފައިރޫޝް ވިދާޅުވި ގޮތުގައި ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުތުމަށް ގިނަ ބަޔަކު ބޭނުންވާތީ، ކުރިއެކޭ އެއްގޮތަށް ބޭރަށް ނުކުމެވޭ ގަޑި ކަނޑައަޅާނީ އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިންނެވެ. އަދި އެކި ހަފުތާގައި އެކި މީހުންނަށް ހުއްދަ ދެވޭނީ އެކި ގަޑިތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިރޫޝް ވިދާޅުވީ ބޭރަށް ނުކުންނަން މިހާތަނަށް 31،000 މީހަކަށް ފުލުހުން ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މާލޭގައި މަދުވެގެން 40،000 މޫވްމެންޓް ހިނގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ. ވިޔަފާރި ކުރަން އެކަނިވެސް ގާތްގަނޑަކަށް 17،000 މީހުންނަށް ހުއްދަ ދީފައިވާ ކަމަށް ކަމަށާއި މިހާރު ގަޑިއަކު ހާހެއްހާ މީހުން މާލެ ތެރޭގައި އުޅޭއިރު އާ ހުއްދަތަކާއެކު އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށް ފައިރޫޝް ލަފާކުރެއްވި އެވެ.

"ލޮކްޑައުން އީސް (ލުއި) ކުރެވުނަސް ފުލުހުންގެ މަސައްކަތައް ލުޔެއް ނާންނާނެ. ފުލުހުންގެ މަސައްކަތުގައި މިހާރުވެސް ޕްލޭން ކުރެވިފައި ހުރި ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނެ،"

އާ ހުއްދަތައް ދެނީ ކުރިން ދިން ގޮތަށް ވަކި ސަރަހައްދެއްގައި އެކަނި އުޅެވޭނެ ގޮތުގެ ބަދަލުގައި މުޅި މާލޭގައި އުޅެވޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން މާލެ ނާދެވޭނެ ކަމަށާއި މާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން ހުޅުމާލެއަށް ވެސް ނުދެވޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ ވިލިމާލޭގައި އުޅޭ މީހުންނަށް ވިޔަފާރި ކުރަން މާލެ އާދެވޭނެ ކަމަށެވެ.

ވިޔަފާރިކުރާ ފަރާތްތަކުން ވެސް ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޖެހޭ ކަމަށާއި އެގޮތުން ހިދުމަތް ހޯދަން އަންނަ މީހުން މަދުވެގެން ތިން ފޫޓް ދުރުމިނެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހެ އެވެ. ފައިރޫޝް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރި ހިންގާ ތަންތަނަށް ގޮސް އެތަންތަނުގައި އެއް ފަހަރާ ހިދުމަތް ދެވޭނެ މީހުންގެ އަދަދު ކަނޑައަޅާނެ ކަމަށެވެ.

ފައިރޫޝް ވިދާޅުވި ގޮތުގައި ބެންކްތަކުން ހިދުމަތް ހޯދޭނީ ކުރިއާލާ އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބެންކްގެ ހިދުމަތް ވެސް ދޭން ޖެހޭނީ ގިނަ ބަޔަކު ތޮއްނުޖެހޭނެ އިންތިޒާމެއްގެ ތެރެއިންނެވެ. ހިދުމަތް ހޯދަންދާ މީހުންގެ ޓެމްޕަރޭޗާ ބެލުމަށް ފަހުގައި ނޫނީ އެތެރެއަށް ނުވައްދަން ބައެއް ބެންކް ތަކުން ނިންމައިފައިވާ ކަމަށްވެސް ފައިރޫޝް ވިދާޅުވި އެވެ.

ފަހާތަންތަނަށް މީހުން ގޮސްގެން ހިދުމަތް ހޯދުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި ފަހާތަންތަން ހުޅުވަން ހުއްދަ ދޭން ނިންމި ސަބަބަކީ ރިސައިކަލް ކުރެވޭނެ މާސްކް އުފެއްދުން ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ނަމަވެސް ކުރިން ހަވާލުވެފައި ހުރި ތަކެތި ފަހައި ނިންމުމުގެ ހުއްދަ ދޭނެ އެވެ. އަދި މި ދެ ހަފްތާގެ ތެރޭގައި ބޯކޮށާ ތަންތަން ހުޅުވުމަށް ހުއްދައެއް ނުދޭނެ އެވެ.

54 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 0%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދުން999

29 May 2020

ކިޔާއެއްޗެއް ރަނގަޅަށް ފަހުމްވާގޮތަށް ކިޔާބަލަ. ތިޔައީވެސް ތަސައްްރަފް ފުދޭ ބޮޑޫ މީހެއް. 9 އިން 9 އަށް ވިޔާފާރި.ކުރެވެނީ. 11 ޖަހަން ދެން ފިހާރަ ހުޅުވަން ހުއްދަ ދެނީ ކީއްވެ. ތިލަބަހުރުވައިން މިބުނީ. ޖަވާބެއް ދީބަލަ މޯލްޑިވްސް ޕޮލިސް.

The name is already taken The name is available. Register?

ރަދުން999

29 May 2020

ކޮބާ ތީގެ މައުނައަކީ. 9 އިން 9 އަކަށް ވިޔަފާރި ކުރެވެނީ. ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވޭ؟؟؟؟ވިޔާފާރި ނުކުރެވޭގޮތަށް ފިހާރަތައް ހުޅުވާފަ ބަހައްޓަންވީތޯ؟؟

The name is already taken The name is available. Register?

ވާނުވާ ނ

29 May 2020

ނެތް ބާރުތަކެއް ނަގައިގެން ރައްޔިތުން ދުއްތުރާ ކުރެވިދާނެ. ނަމަވެސް މިނޫން ދުވަހެއް އޮތްކަން ވިސްނާލާ. ގައި ދުރުކުރުމާއިއެކު އުޅުމަށް ޢާންމުކޮށް ހުރިހަ ޚިދްމަތެްއް ލިބޭނެހެން ހުޅުވާލަންޖެހޭ. އެކަން އެގޮތަށްކުރޭތޯ ތަންފީޒުކުރަން ސަލާމަތީ ބާރުތަކުން ތިބީމާ ނިމުނީ. ވެރިން ﷲއަށް ބިރުވެތިވޭ.

The name is already taken The name is available. Register?

މަސްދަތުރ

29 May 2020

ދެރަމީހުން ވަރަށް ނިކަމެތި ޙާލަށް ވެއްޓިއްޖެ. ހެނދުނު 6ން އިރުއޮއްސި 6ށް ނަމަވެސް މީހުން މަސައްކަތް ކުރަން ޗާންސް ދޭން އެބްޖެހޭ. ނޫނީ ވަރަށް ދެރަވެދާނެ. މާލޭގަ ދިރިއުޅޭ މީހުން އަސްލު ވަރަށް ފަޤީރުވެއްޖެ. ޑެލިވަރީ ކުރަނިއްޔޭ ކިޔައިގެން ރޯދަމަހު ހަމަ ފޭރުނީ. ކޮންފަދަ ބޮޑެތި އަގުތަކެއް ޖަހާފަ އެހުންނަނީ ބިލުގަ. އަތްމަތި ހުސްވެ ހަދާނެ ނަހަދާނެ ގޮތް އޮޅޭ ހިސާބަށް މިދަނީ.

The name is already taken The name is available. Register?

މޫޗީ/މީދޫ

29 May 2020

މިރާއްޖޭގެ ކަންކަން އިސްލާހުކުރެވޭނީ ކަންކަން ރަގަޅަށްފަހުމް ވާކަހަލަ ބަޔަކު ލީޑަރުން ގެ ގޮތުގައި ތިބެގެން. ޑަކްޓަރު ބުނީތީ މުޅިއިގްތިސާދު މިހެން ފުޑެން ދޫނުކުރާނެ. ވެރިންނަކީ ސިއްހީ ނިޒާމް އާއި އިގްތިސާދު ބެލެންސް ވާނެ ގޮތައް ކަންކަން ކުރަން ދައްނަމީހުން.

The name is already taken The name is available. Register?

ޓަކިބެ

29 May 2020

މި ލޮކްޑައުން ނިމޭއިރު މި ވެރިކަންވެސް ނިމޭނެވައްތަރު އެބަޖަހާ. އެހެންވެ ތޯއްޗެ ފުލުހުންނަށް މިހާ ބާރެއް ދީގެން މި ދިގުދަންމަނީ. މިފަހަރު ދިވެހިންގެ އިތުރުން ބަންގްލަދޭޝް މީހުން ވެސް ރުޅިގަދަވެފަ އެބަތިބި.

The name is already taken The name is available. Register?

އުފާވެރިކަން

29 May 2020

މަށަށް މިއޮއްހާ ދުވަހު ހުއްދަ ދީފަ އޮތީ ދަންވަރު ނިކުމެވޭގޮތަށް އެކަނި. އެގަޑީގަ ފިހާރައެއް ހުޅުވާފަ ހުންނަނީކީ ނޫން. އާދޭސްކޮއްފަ ބުނިން ގަޑި ބަދަލުކޮށްދޭށޭ. ކޮންމެ ފަހަރަކު ރިޖެކްޓް އަންނަނީ. ހީވަނީ އެތާ އިންން ކުއްޖަކު ރިޖެކްޓް މެސެޖު ފޮނުވުމަކީ އެކުއްޖަކަށް ލިބޭ އުފަލެއްހެން. އެހެންނޫންނަމަ ވާނެ ދަތި އިހުސާސްކޮއްލާފަ ގަޑިބަދަލުކޮއްލަދިނީހެއްނުން. ނޫނީ ވެދާނެ މީހުން މިތާގަ ކޮމެންޓް ކޮއްފަ ހުރިހެން ޖޫރިމަނާއެއް ކޮއްލުން މާ އުފާވެރީކަމަށް.

The name is already taken The name is available. Register?

ހިތާހިތުން

29 May 2020

ތިޔައީވެސް ވާނުވާގަ ތިބި ބައެއްހެން ހީވަނީ. މަށަށް ވިޔަފާރިކުރުމަށް ނުކުތުމަށް ހުއްދަ ދީފަ އޮތީ ރޭގަނޑު 12-11 އަށް. ޕޯރޓަލް އަށް ވަދެ ގަޑި ބަދަލުކޮށްދޭށޭ ބުނީމަ އިނީ ރިޖެކްޓް މެސްޖެ ފޮނުވާފަ. ވިދާޅުވާ އެއްޗެއް އަހަރެންނަށް ނޭނގެނީ ބާއޭ، ނޫނީ ބާރެއް ލިބުނީމާ ރިޖެކްޓް ޖަހަން އިންނަ ކުއްޖަކު ރައްޔިތުންނަށް ޖެއްސުމެއް ކުރަނީ ބާއޭ ހިތައްމިައަރަނީ..

The name is already taken The name is available. Register?

ކޮޕ؟ީ ޒަކިއްޓޭ

29 May 2020

ފިހާރަ ވެސް ހުޅުވަންވީ ހަފުތާކު 2 ދުވަހު>> ލޮކްޑައުން ގައި ގިނަ ގިނަ އިން ހޮނިހިރު ބައްޕެނާއި ފެން ބޮއިގެން ތިބެންވީ

The name is already taken The name is available. Register?

ރަދީފްް

29 May 2020

އެންމެ ފުރަތަމަ ހުއްދަދިންގޮތުންވެސް އެނގޭ ތިޔަތާގެ ފައިރޫޝްމެންގެ ފެންވަރު

The name is already taken The name is available. Register?

ހަބަރު

29 May 2020

ލުއިތަކެއްތަ ނޫނީ އިރުތު ރެސްޓްރިކްސަނެއްތަ. މަ ހަބަރު ކިއަންފަށާފަ ހުއްޓާލައިފިން ފިހާރަތައް 9 ޖަހާއިރު ބަންދުކުރާވާހަކަބުނެގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454