ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ސުޕްރީމް ކޯޓުގެ ލަފަޔާ ގުޅިގެން މަޖިލީހުގެ ޖަލްސާއެއް މިރޭ އޮންނާނެ: ފޮޓޯ/މަޖިލިސް
29 މެއި 2020 - 19:01
ކައުންސިލަރުންގެ އުމުރު ދަންމައިލުމަށް ގާނުނުއަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ލަފާ ދިނުމުން އެ ލަފަޔާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ލަފަޔަކަށް މަޖިލީހުން އެދުނީ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރުގެ މުއްދަތު ކަނޑައަޅާފައިވާ މާއްްދާ އެކަނި ބަދަލުކޮށްފި ނަމަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއާ އަރައިރުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާތީ އެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ.
ސުޕްރީމް ކޯޓުން ދިން ލަފާގައި ބުނެފައިވަނީ ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ. މިގޮތުން ގެންނަ އިސްލާހުގައި، މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެ އެވެ.
އެކަމަކު އެ ލަފާގައިވާ ގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު އޮތްގޮތަށް ފާސް ކުރިޔަސް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެނެއް ނުދާނެ އެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ބުނީ، ކައުންސިލްތަކުގެ ދައުރު ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ކަމަށް ވެފައި، ސަރުކާރުން ހުށަހެޅި ބިލުގައި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެހެން މާއްދާއަކަށް ކަމަށް ވުމެވެ. އެހެންވެ، އެކަމަށް ހައްލެއް ގެނެވޭނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނެސްގެން ކަމަށް އެ ލަފާގައިވެ އެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ އުމުރު ދަންމައިލުމާ މެދު މަޖިލީހުގައި ޚިޔާލުތަފާތުވުން ބޮޑަސް، ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ އެކަން އެގޮތަށް ކުރަން ތްރީލައިން ވިޕެއް ނެރެފަ އެވެ. ގާނޫނު އަސާސީއަށް އެ ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި ބިލް ބަލައިގަންނަން ނެގި ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕާ ހިލާފުވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯކާބެ
29 May 2020
އިލާހީ ގަނޫނައް ގޮންޖަހާނަމޭ ހިތާ ކިތަންމެ މޮޅު ގަނޫނެއް ހެދިޔަސް ތިއޮންނަނީ ދެއިރުކާ ބޭހެއްހެން ބަދަލް ކޮއްލަ ކޮއްލަ ރައްޔިތުންނައް އޮޅުވާލަން ކުރަމަސައްކަތް ގާނޫނެއްގެ ދަށުންނޭ ކޮންމެ ކަމެއް ކުރަނީ ކިހާ އިންސާފް ވެރިހޭ ބަލަ ހެއްދެވި ފަރާތައް މާތް ﷲ އައް އޮޅުވައެއް ނުލެވޭނެ ކިތަންމެ ސަކަރާތެއް ޖެއްސަސް
ޓީވީބަލާ މީހާ
29 May 2020
ޓީވީތަކުން އެގެނެސް ދެނީ މަރްހޫމް މޫސާ ފަތުހީ ގެވާހަކަފުޅެއް އިސްލާމްދީނުގައިދެއްވާފައިވަ މިނިވަންކަމާބެހޭގޮތުން މިހާރުމިވަނީ ގާނޫނެއްގެ ހިޔަލުން މިނިވަންކަން ނިގުޅައިގެންފައި އެއީ ޖީއެސްޓީނަމުގައި ޖިޒީ ނެގުމާއި އިންކަމްޓެކްސް އެނަގަނީ މީމިނިވަންކަން ނިގުޅައިގެންފައިވާ ސާފް ހެއްކެއް އަޅުވެތިވެ ސަރުކާރުގެ ބޮޑުންގެ މުސާރަ ފޫބައްދައް އަޅުވެތި ވީގޮތެއްނޭންގުނު ކުއްލިޔަކައް ގަނޫނެއްގެ އަލިގައި 6% ޖިޒީ މީއެބުނާ ހުޅަނގުގެ ތަހުޒީބަކީ
13ގެ ގޮނޑު އަބުދޮ
29 May 2020
މުއްދަތު އިތުރު ކުރިޔަސް ވީ އެއްމެބޮޑަށް ބާރުތައް ހަނިކުރަން ޖެހޭ. ބައެއް ކައުން ސިލަރުންނަކީ އެމީހުންގެ ވާހަކަވެސް ދައްކަން ހެޔޮ ނުވާވަރު މީހުން..
އިބްޝާ .
29 May 2020
މަޖިލީވެސް ސަރުކާރާއެކު ކޯޓުތަކާ ރައްޔިތުންވެސް ސަރުކާރާއެކު..
ކަޅުކަޅު ދޮނޭ
29 May 2020
ގާނޫނު އަސީގެ މުހިއްމު އެއް ބޭނުމަކީ މުސްތަގުބަލުގަ ދިމާވާނެ ކޮންމެ ކަމެއްގެ ހައްލު ކޯޓުތަކަށް ނުބައްސަ ސީދާ އެފޮތުގަ ކަޅާހުދުން ފެންނަން އޮތުން.. އެއީ ދުނިޔޭގެ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެް.... ދެންވެސް ދިމާވެދާނެ މިފަދަ ކަމަކަށް ގާނޫނު އަސާސީ އިސްލާހު ކުރުން މުހިންމު
ނިންމާދީދެން
29 May 2020
ސްޕްރީމް ކޯޓުގެ ލަފަޔާއި އެއްގޮތަށް ގާނޫނު އަސާސީ އަށް އިތުރު ކުރަން ޖެހޭ ބާބެއް ނުވަތަ އެހެން ބަޔެއްވާނަމަ އެކަން ކުރަންވީއޭ އަވަހަށް ސަބަބަކީ މަމެންނަށް ލޯކަލް ކައުންސިލް ތަކުގެ ފައިދާ އެއް އެއްގޮތަކަށް ވެސް ނުފެނެއޭ ކަން މިހެން ހުރުމުން މިކަން އަވަހަށް ނިންމަންވީއޭ...
ދަންޑެހެލު 1
29 May 2020
ގާނޫނު އަސާސިއަށް އަތްބޭނޭތޯ ގަންނަހާ ގަނޑު. ކިތައްމެ ސަކަރާތެއް ޖެސްސަސް ޕަބްލި ރިފަރެންޑަމް އަކަށް ނުގޮހެއް ވެރިކަމުގެ ނިޒާމާއި ކުޅެލާކަށް ލާހިކެއް ނޫން. މީ ހަމަ އަހަރުމެން އެންމެންގެ ވެސް ވަތަން.
އައިސް
29 May 2020
ދާންވީނު ޤާނޫނު އަސާސީގަ އަތްނުލާ އިންތިހާބު ފަސްކުރެވޭނެ ގޮތެއް ކިޔައިދޭން.