ޚަބަރު / އީޕީއޭ

އީޕީއޭގެ ނައީމަށް އެންވަޔަރަމެންޓް މިނިސްޓްރީން އިންޒާރު ދީފި

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް ނައީމް:

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވުމުން އޭނާގެ މަގާމު ދަށް ކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމަށް ބުނެ އެންވަޔަރަމެންޓް މިނިސްޓްރީން ލިޔުމުން ނައީމަށް އިންޒާރު ދީފި އެވެ.

މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަޖުވަދު މުސްތަފާ ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދިއުމާ ގުޅިގެން ވަޓްސްއަޕް ގުރޫޕެއް މެދުވެރިކޮށް ޑރ. ނަސީރު، ނައީމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެއްވި އިރުޝާދަށް އަމަލު ނުކުރައްވާނެ ކަމަށް ނައީމް ވިދާޅުވެފައިވާ ކަމަށެވެ.

Gulheefalhu hihkan feshumun vilimale' farah kisadu elhi "maruvanee"

Gulheefalhu hihkan feshumun vilimale' farah kisadu elhi "maruvanee"

The most trusted news source in the Maldives

Mihaaru

ގުޅީފަޅު ހިއްކަން ފެށުމާ އެކު ވިލިމާލެ ފަރު މަރުވަނީ

ސްޓޭޓް މިނިސްޓަރު ނަސީރަކީ އީޕީއޭގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި އީޕީއޭގެ ވެރިންނަށް އިރުޝާދާއި ލަފާދިނުމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު، ކަނޑައަޅުއްވާފައިވާ ސިޔާސީ އެންމެ އިސް މުވައްޒަފު ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ. އެހެންކަމުން ނަސީރު، ވަކިކަމެއް ވަކިގޮތަށް ކުރުމަށް ލަފާ އެރުވުމުން އެކަމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމަކަށް ނުވާ ނަމަ، އެކަން އެގޮތަށް ކުރުމަށް އިންކާރުކުރުމަކީ ނައީމަށް އޮތް އިހުތިޔާރެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ލިޔުމުގައިވެ އެވެ.

ނަސީރުގެ އެންގުމަށް އަމަލު ނުކުރައްވާނެ ކަމަށް ނައީމް ވިދާޅުވިއިރު އެ ގުރޫޕުގައި ޕީއެސް އަޖުވަދާއި ނަސީރުގެ އިތުރުން މިނިސްޓަރު ހުސައިން ރަޝީދާއި އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. އިބްރާހީމް މުހައްމަދާއި އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަމްދާން ޒުހައިރު ވެސް ތިއްބެވިކަމަށް ވެސް ލިޔުމުގައިވެ އެވެ.

"މިއީ އީޕީއޭ ފަދަ ސަރުކާރުގެ މުހިއްމު ރެގިލޭޓަރީ މުއައްސަސާއެއްގެ ޒިންމާދާރު ވެރިއަކަށް ހުރި ފަރާތެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. މިއީ ސިވިލް ސާވިސް ގަވާއިދު 2014 ގެ އިސްލާހީ ފިޔަވަޅު އެޅުމާ ބެހޭ ޗެޕްޓަރުގެ ދަށުން ވަޒީފާގެ ކުށުގެ ދަރަޖަ 2 އަށް ފެތޭ ކުށެކެވެ." އިންޒާރުގެ ލިޔުމުގައިވެ އެވެ.

އެހެންކަމުން، ނައީމްއާ ހާވާލުކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު ކުރުމަށާއި، ވެރިންނަށް އިހުތިރާމް ކުރުމާ އެކު ވެރިން ދޭ ލަފަޔާއި އިރުޝާދު ހެޔޮހިތުން ބަލައިގަތުމަށް ވަނީ އަންގައިފަ އެވެ. އަދި މީގެފަހުން ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ވެއްޖެ ނަމަ އިތުރު އިންޒާރެއް ދިނުމަކާނުލައި ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާ އަށް ނުކުތުން މަނާކުރުން ނުވަތަ ވަޒީފާ އިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވާކަން އަންގައި އިންޒާރު ދީފައިވެ އެވެ.

އެކަމާ ގުޅޭގޮތުން "މިހާރު" އިން ގުޅުމުން ނައީމް ވިދާޅުވީ ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ނައީމު އަމަލު ނުކުރާނެ ކަމަށް ވިދާޅުވީ ކޮން ލަފައަކަށް ކަމެއް ނޭނގެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓެއްގައި ގުޅީފަޅު ހިއްކަން ފެށުމާ އެކު ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާން ވަނީ ފަށައިފަ އެވެ. އެހެންވެ އީޕީއޭން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އީޕީއޭގެ އެންގުންތަކާއިި ހިލާފަށް ޕްރޮޖެކްޓްތައް ހިންގުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިނިސްޓްރީގެ ދަށުން ހިންގާ އީޕީއޭއަކީ މިނިވަން މުއައްސަސާއަކަށް ހައްދަވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިހާތަނަށް އެކަން ފެނިފައެއް ނުވެ އެވެ.

58 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 16%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

31 May 2020

މީހާލަކީ ކަމެއްރަނގަޅުކުރަންއުޅޭކޮންމެ މީހަކު ދުއްވާލަނީ

The name is already taken The name is available. Register?

ކުރަފި

31 May 2020

ވަޓްސްއަޕް ގްރޫޕްގައި އޮފިޝަލް އެންގުންތައް އެންގޭތަ؟

The name is already taken The name is available. Register?

އާމިނާ2324

30 May 2020

ސިޔާސީ ވެރިންނަށް ހީވެފައިވަނީ ސވިލް ސަރވިސްގެ މުވައްޒަފުންވާން ޖެހެނީ މިމީހުންގެ ޕަޕެޓުން ކަމަށް .މިމީހުން ބޭނުންވާ ގޮތަށް ލޮލަށް ފެންނަން އޮންނަ ހަގީގަތަތް ވެސް ބުނަން ޖެހެނީ. ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓަކަށްވާތީ ނުަރަގަޅުކޮށް ކަމެއް ހިގި ނަމަވެސް ބުނަން ބޭނުންވަނި އެގޮތަކަށް ނުވާކަމަށް

The name is already taken The name is available. Register?

ރަދުން999

30 May 2020

ބަލަ އަދިވެސް މިއުޅެނީ ޔާމީނުގެ ސަރުކާުގައިތޯ؟ ވަޒީފާގައި ތިބ މީހުންނަށް ބިރުވެސް ދައްކަންފެށީތޯ؟ މީއުއްމީދު ނުކުރާކަމެއް އިބޫގެ ވެރިކަމުގައި.

The name is already taken The name is available. Register?

ކުޑޭ

30 May 2020

މަބޭނުން ތިދިން ލަފަޔަކީ ކޮބައިތޯބަލާލަން!

The name is already taken The name is available. Register?

ޢަލީ ހާ

30 May 2020

މިވާހަކަ އަހަރެން މިލިޔަނީ މިއަދު ވީ އުފަލުން. ލޮނުން ކަރުނަ ހިލިއްޖެ. ތި ނައީމަކީ ވަރަށް ހަސީލަތް ނުބައި، މުވައްޒަފުންނާއި އަދި އީޕީއޭ އިން ޚިދުމަތް ހޯދާ މީހުންނާ ވަރަށް ހުތުރުކޮށް މުއާމަލާތުކުރާ މީހެއް. މިދާއިރާގަ އަޅުގަނޑުވެސް އުޅޭތީ މި މައުލޫމާތު މި އެނގެނީ. އެނައާ ބެހޭ ކިތައްމެ ވާހަކައެއް އަޑުއިވޭ. މިކަމާ އެންމެ އުފާވާނީ މިއަދު އެތަނުގެ މުވައްޒަފުން. އަޅުގަނޑުގެ އެކުވެރިން. އިތުރަށް އޭނަ ނުބަހައްޓާ ކަނޑާލާ.

The name is already taken The name is available. Register?

ށައްލެ

30 May 2020

މަށަށް ހީވަނީ ބޭޅާއަކީ ގަޑިއަށް ސޮއިކުރަން އިނގިލި ޖައްސާލާފަ ގެއަށް ވަޑައިގަންނަވާ މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅެއްހެން. ޢޭގެ ބޭފުޅުން ކޮޅެއް އެމިނިސްޓްރީގައި އުޅޭ ހަބަރު ލިބޭ.

The name is already taken The name is available. Register?

ކަރަޕްޝަންސ

30 May 2020

އީޕީއޭ އިން ކުރަނީ ޓެކްނިކަލް މަސައްކަތެއް. ޕޮލިޓިޝަނުން ނުޖެހޭ އެކަހަލަ ކަންކަމާ ބެހޭކަށް. ނައީންބެ އެބުނީ ރަނގަޅަށް. ލަފާ ދެވިދާނެ. އަމަލު ކުރާނީ ކުރެވޭ ކަހަލަ ކަންކަމުގަ. ޕަރުމަނަންޓު ސެކްރެޓަރީ ވާނެ ސިވިލް ސާވަންޓު ދިފާއުކޮށްދޭން. ޖެހޭހާ ވަޔަކަށް ހޫރޭ ދިދައަކަށް ވެގެން ނުވާނެ.

The name is already taken The name is available. Register?

މަދު

30 May 2020

މީވެސް މާލޭގެ ގޮދޮރު ހުރީމަ ވަރަށް ވެފަ ހުންނަ މީހެއް. މަގުމަތީ އުޅޭއިރުވެސް މީނަގެ ޒީލަގަދަކަން ފެނޭ. ތިމާވަރެއް ނެތިފަ ހުންނަނީ.

The name is already taken The name is available. Register?

ާއަލިބެ

30 May 2020

މާލޭގައި އަމިއްލަ ގެދޮރުނެތީމަ ދެރަވަނީދޯ.

The name is already taken The name is available. Register?

ދަތްމަދު

30 May 2020

ނޫނޭ ބޮޑުވަރު، ކަލޭއަށް ނައީމް ރަނގަޅަށް ނޭގި ތިކިޔާއެއްޗެއް ތިކިޔަނީ. މާލޭގަ ގޯތި އޮތުމަކީ ކުށެއްތަ؟ ވަރަށް ގިނަ މީހުންގެ އާދައެއްތީ، ރަނގަޅަށް މީހަކު ނުދަތަސް އެމީހަކީ ފޯރާ މީހަކަށް ވެއްޖިޔާ ހިތުގަ ހަސަދަލުން. ލެޓްގޯ އޮފްދަ ހޭޓް ބުރޯ

The name is already taken The name is available. Register?

ޚލމހ

30 May 2020

އިންޑިއާ ކޯރެއް ކައިރީ ހެދި ބޮޑު ހައުސިންގ ކޮމްޕްލެކްސް ތަކެއް މިދިޔަ އަހަރު ތަޅާލީ އެތަނުގެ އީޕީއޭ އިން ހުއްދަ ނުނަގަ ހެދީމަ. ނައީމް އަކީ ރަނގަޅު މީހެއް.

The name is already taken The name is available. Register?

ޑޮޓް

30 May 2020

ކޮންމެ ސަރުކާރެއްގައިވެސް މިފެންނަނީ ތިމާވެށިގެ ތަންފީޒީ އިދާރާއިން ކުރަންޖެހޭކަންކަމާއި ނިންމަންޖެހޭ ނިންމުންތަކަށް ސިޔާސީ ނުފޫޒް ފޯރުވަމުންދާތަން. އީޕީއޭފަދަ މުއައްސަސާތަކުގެ އަގުވައްޓާލަނީ މިފަދަ ކަންކަން ރައްޔިތުންނަށް އޮޅުވާލައިގެން. އެއްވެސް ސަރުކާރަކަށް އީޕީއޭ މިނިވަންކުރާކަށް ނުކެރޭނެ. އޭރުން ސަރުކާރުގެ އިސްވެރިންގެ ނުފޫޒެއް ނުފޯރުވޭނެތާ. ހަމައެގޮތަށް އީޕީއޭ އުވާލާކަށްވެސް ނުކެރޭނެ، ލިބޭ ހިލޭ އެހީތަކާއި ލޯން އެހީތައް ހުއްޓިދާނެވިއްޔަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454