ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހަކު ވަޅުލަނީ.
01 ޖޫން 2020 - 16:30
ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހަ ވަނަ މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 2:30 ގައި މަރުވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އައި ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. އެއީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ. މިއީ ރާއްޖެ އިން ކޮވިޑް-19 ގައި މަރުވި ބަންގްލަދޭޝްގެ ތިންވަނަ މީހާ އެވެ.
މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ ބަންގްލަދޭޝްގެ ތިން މީހުންނާއި ތިން ދިވެއްސެކެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި ތިން ދިވެހިންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން އާމިނަތު އާދަމް ހިމެނެ އެވެ.
ރާއްޖޭން ކޮވިޑް-19 އަށް މިހާތަނަށް 1,773 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 974 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. މިހާތަނަށް ރަނގަޅުވީ 453 މީހެކެވެ.
Today at 02:30pm, a 54 year old Bangladeshi male admitted at Tree Top Hospital has passed away.
— Health Protection Agency (@HPA_MV) June 1, 2020
This is the 6th COVID-19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
އެޗްޕީއޭގެ ޓުވީޓް
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހަކު ފުރަތަމަ ފެނުނީ މިދިޔަ މާޗް 7 ގަ އެވެ. އެކަމަކު، ވެރިރަށް އަދި ދުނިޔޭގައި ވެސް އެންމެ ތޮއްޖެހުން ބޮޑު ސިޓީ މާލެ އިން އެ ބަލީގެ މީހަކު މިދިޔަ އޭޕްރީލް 15 ގައި ފެނުމާ އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުން އަށް މި މަހުގެ 28 ގައި ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައިވާއިރު، އިއްޔެ އެކަނި ވެސް 101 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
އޭގެ ތެރޭގައި ގިނައީ ކުރީގެ ކްލަސްޓާތަކާ ގުޅުން ހުރި ކޮންޓެއިންމަންޓް ސައިޓްތަކުގައި އުޅޭ ބިދޭސީން ކަމަށް އެޗްޕީއޭ އިން ރޭ ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމްދަރު
02 June 2020
އިންސާނަކު ދެމިއޮތުމުގެ އާލަމަށް ދަތުރުކޮފި، ކޮމެންޓް ސެކްޝަންގައި އޭނާ އަށް ހަމްދަރުދޫވެ ހެޔޮ ދުއާ ކުރާ މީހުންނަށް ވުރޭ ގަވައުދާ ޚިލާފްކޮށް އުޅޭ ބިދޭސީންގެ ވާހަކަ ދައްކާތީ ދެރަވޭ
ރުބެލް މިއާ
01 June 2020
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ަަަަައެމީހާ މިމީހާ.
01 June 2020
އެވެސް އިންސާނުން މިޤައުމުން އެމީހުން ބޭރުކުރެވޭނި ހަމަ އެއްގޮތް ވެސް ނުފެނޭ. ހައިރާ ވެދާނެ. އެމީހުން ނަކީ ހުރިހާ ކަމަކުންވެސް މުޅިން ވަގުބައެއް އެޗްޕީއޭއިން ބުނާގޮތެއް ނުހަދާނެ ކިތެއްމެވަރަށް ބުންޏަސް ....!
ވާހަކަ
01 June 2020
ފިހާރައެއްގެ ކައުންޓަރުގައި ދެދުވަސް ހަމައަށް މަސައްކަތް ކުރާނެ ދިވެއްސަކު ނުވެގެން ފިހާރައިގެ ވެރިމީހާ އުޅޭތާ 3 އަހަރު ވެދާނެ.މީގެ ހަފްތާއެއް ކުރިން އެފިހާރައަށް ވަންއިރު ކައުނތަރުގައާއި ފޮލޯ މެނެޖް ކުރަން ތިބީ ހުސް ބިދޭސީން. ބަންގާޅު މީހުނާއި ފިލިޕީންސް މީހުންނޯ ބުނި. ވެރިމީހާ ބުނީ ދިވެހުންނަށް ދެދުވަސް ހަމައަށް ޑިއުޓީއަށް ނާދެވެ އޭ. މިހާރު ބަރާބަރޭ. ވީއިރު މިތަޅަނީ ކޮން ބޭކާރު އަނގައެއްތަ? ސިޔާސީ ނުކޮށް ދެންވެސް މަސައްކަތެއް ކުރަން ކެރޭތޯ ހިތްވަރު ކޮށްބަލަ.
ބޯގޯސް އަފީފް ދީދީ
01 June 2020
ކައުންޓަރުގައި އިންނަ ދިވެހި މީހާޔަށް ދެރުފިޔާ ބައި ދީގެން ނުދާނެ. ބަންގާޅީން ދެކެ ތިވާލޯތްބަކީ 100 ޑޮލަރުގެ މުސާރަޔަށް ފުއްދާލައި 1200 ރުފިޔާ ކެއުމާއި ހުރުމަށް ހަމަޖައްސާލެވޭތީ.
މަވެސް
01 June 2020
ބަލަ ބިދޭސީން މިތިބީ މިދިޔަ އެއް އަހަރުތެރޭ އެތެރެ ކުރި މީހުންތަ.? ކީކޭ ބުނާނީ . ލާރިތައް ކައިގެން ތިބެ މީހުންތައް ގެނެސް އަޅާލީ ގޮތެއް ގޮތެއް ނުބަލައި.އަނެއްކަމަކީ ދިވެހިންނަށް މިހާރުވެސް އަމިއްލަ ގެ ސާފު ކޮށްލެވެނީވެސް އޭގެ ބިދޭސީއެއް ގެއަށް ވައްދައިގެން. މިއީ ދިވެހިންގެ ޙާލު, އެކަމު އެއްޗެހި ގޮވަންވީމަ ސަރުކާރަށް ނުވީތާކަށް ތިމާއަށް މަސައްކަތް ކޮށްދޭ ނިކަމެތި ބިދޭސީ މީހާ އަށް.
ބާބާ
01 June 2020
ތި 6 މީހަކު މަރުވީ ކޮވިޑްގެ ސަބަބުންނޭ ކަލޭމެންކިޔަސް އެއީ އެކަން އޮތްގޮތްކަން ޕޯސްޓްމޯޓަމް ނުހަދައި އެނގެނީ ކިހިނަކުން. ދެން އެންމެ ރަނގަޅު ކޮވިޑްގެ ސަބަބުން 6 މީހުން މަރުވެއްޖެޔޭ ކިޔާއިރު ކޮވިޑާހުރެ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާހުރެ ފަރުވާނުދެވިގެން މަރުވީ ކިތައް މީހުންތަ؟
Ali Gasim
01 June 2020
ފައްޔާޒު މަގާމުން ވަކިކޮށް ކުރެވޭވަރު މީހަކާ ހަވާލު ކުރޭ ނަންނޯޓުކުރާ މީހެއްނޫން ބޭނުމީ މިމީހުން ބޭރުކުރާނެ މީހަކު ބޭނުމި
ގެދޮރު ނެތް މާލޭމީހާ
01 June 2020
ފައްޔާޒޭ ފަޅޮލޭ ކިޔުމުގެ ބޭނުމެއް ނެތް. ޤަވާޢިދާ ޚިލާފަށް މިރާއްޖޭގައިއުޅެމުންދާ ބިދޭސީންގެ މައްސަަލަ ޙައްލުކުރާކަށް އެއްވެސް ސަރުކާރަކުން ސަމާލުކަމެއް ނުދޭ. ވާނެ ހަ އެތި ވީމަ ދެންތެޅިފޮޅުނަސް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ. މި ކަންތައްގަނޑުން ﷲ ގެ ވާގިފުޅާއި އެކު ސަލާމަތް ވެވޭ ހާ އަވަހަކަށް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބޭރުކުރެވޭތޯ މަސައްކަތް ފަށަންވީ.
މަމމމ މައްސަލަބޯ
01 June 2020
ކޮންބަންގާޅައިންނޭ ކިޔާކަށް؟ މިހަގީގީ މައްސަލަ އެ މީހުންގެ ބޮލަށް ޖަހާނެ ކަ މެއްނެތް! މައްސަލައަކީ، ކުޑަކުޑަ ރަށަކަށް ނުކެތޭވަރަށް މީހުންދިރިއުޅުން ހަ މަޖެއްސުން. އެއީ ބަންގްލަދޭޝް މީހުންކަމުގައިވިޔަސް، އިންޑިޔާމީހުންކަމުގައިވިޔަސް، އަދި ދިވެހީން ކަމުގައިވިޔަސް، ތިޖެހެނީ ހަ މަ އެއް މައްސަލައެއް.
ބައިތު
01 June 2020
މީހުން ގިނައީކީ ނޫން. އާބާދީ މެނޭޖް ނުކުރެވެނީ. ބަންގާޅީން ކޮށިކޮށިހަދައި އެކޮށިތަކުގައި ޝިފްޓްތަކަށް މީހުންނިންދަވަމުން ދިޔައިރު ތިއެޗްޕީއޭއަކަސް ސިޓީކައުންސިލަކަސް ފުލުހުންނަކަސް ތިބެނީ އަޅައި ނުލައި. ޗާންދަނީމަގު އެއްގަމުކޮޅުގައި ބަންގާޅީން އެހެން ހިންގާ އައްޑާއެއްގެ ވާހަކަ ހުރިހާ ތަނަކަށް ކިތަންމެ ފަހަރަކު އެންގިން. ރައީސް އޮފީހަށްވެސް އެންގިން. އެއްވެސް ބަޔަކު އަޅާނުލައި. މިތިބެނީ ބަންގާޅީންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްގެން. ވާނެގޮތްމިއީ
މޯޑް
01 June 2020
ބިދޭސީން ގެ މަންސަލަ ހައްލު ކުރަށް މިސަރުކާރުން ވަރަށް ގިނަމަސައްކަތް ކުރޭ. ރަށް ރަށުގެ ކައުންސިލަށް އަންގައިގެން އެރަށް ރަށުގަ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދަދުބަލާ ހަދާ. ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރަށް. މިނިސްޓަރ ލޮނުމަޑީ.
ާއުނިމާ
01 June 2020
ވަލިޖެހޭ މީހުނެއް ގިނައެއްނޫނޯ، މީހުން މަރުވާލެއްވެސް ގިނައެއް ނޫންްްްްނޯ! ވޯލްޑޯމީޓަރ ތަފާސް ހިސާބުތަކަށް ބަލާއިރު ބަލިޖެހޭ ރޭންކިން ދުވަހެއް ދުވަހަކަށް މަތިވަމުން މިދަނީ، 195 ގައުމު ދުނިޔޭގެ އޮތް އިރު މިހާރު ރާއްޖެ އޮތީ 96 އަށް އެންމެ ގިނަ ޕޮޒިޓިވްވީމީހުންގެ ރޭންކިންގ ގަ! މީ އާބާދީގަ 5 ލައްކަ މީހުން އުޅޭ، ޖަޒީރާ ރައްތަކަށް ބެހިފައޮތް ގައުމެކޭ! އަގަޔަކުން ދެރައެއް ނުވާނެ!
ރައްޔެތު.
01 June 2020
އެހެން ގައުމުތަކުގަ ޓެސްޓު ކުރާ މިންވަރެއް ނޭގޭ. އެއްވެސް ޓެސްޓެއް ނުުަހަދާ އެއްވެސް މީހަކު + ނުވެޔޭ އެބަބުނޭ
ާއުނިމާ
01 June 2020
ގައުމުތަކުން ޓެސްޓުކުރާ މިންވަރު، ކުރާ މިންވަރާ ނުކުރާ މިންވަރު ކޮންތާކުންތޯ އެގެނީ؟ ކޮބާތޯ ފެންނަން؟ ނޫސް ކޮންފަރެންސަށް އަރާ ދައްކާވާހަކަ ފަހުން ކުރެވޭ ވަރުގެ ތަޢުލީމީ އަދި ކަންކަން ދެނެގެނެވޭ ވަރުގެ ޤާބިލް ދިވެހިން މިޤައުމުގަ މިހާރު އެބައުޅޭ! ސްޓެޓިސްޓިކަން އެނާލިސިން ސެސް.އައި.އާރު މޮޑެލް ފަހުން ކުރެވޭ ބައިވަރު ޢިލްމީ މީހުން އެބައުޅޭ ކޮއެފުޅާ!