މެމްބަރު އުޝާމް: ގައިން ގަޔަށް އަރާ ބަލިތަކުގެ ގަވާއިދު ނެތުމުން ކަރަންޓީން ކުރުމާ މެދު ސުވާލު އުފެއްދިދާނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
02 ޖޫން 2020 - 00:36
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދު ހެލްތު މިނިސްޓްރީން ހަދާފައި ނުވާތީ، މީހުން ކަރަންޓީން ކުރުމާ މެދު ސުވާލު އުފެއްދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ، އެ މިނިސްޓްރީން ގާނޫނާ ޚިލާފުވި ކަމަށް މަޖިލީހުގެ ގަވާއިދު ކޮމެޓީން ހުށަހެޅި ރިޕޯޓާ ގުޅޭގޮތުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އުޝާމް ވިދާޅުވީ، ގައިންގަޔަށް އަރާ ބަލިތަކާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މީހުން ކަރަންޓީން ކުރުމުގެ ބާރު ލިބެނީ އެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގެ ދަށުން އެކަން ކުރެވެނީ ވެސް އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދެއްގައި ބުނާ އުސޫލުން ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް އައިއިރު ވެސް، އެ ގަވާއިދު ހެދިފައި ނެތުމުން ގައިންގަޔަށް އަރާ ބަލިތަކުގައި މީހުން ކަރަންޓީން ކުރުމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާ ބުނާގޮތުން، ގައިން ގަޔަށްއަރާ ބަލިތަކާ ބެހޭގޮތުން ހަދާ ގަވާއިދުގައި ވަކި ބައްޔެއް އެއީި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ބަލާނެ މިންގަނޑު ކަނޑައަޅަން ޖެހޭނެ އެވެ. އެ ގާނޫނުގެ 12 ވަނަ މާއްދާގެ ބުނާގޮތުން، މީހުުން ކަރަންޓީން ކުރުމާއި އެކަހެރި ކުރެވޭނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ބެލެވޭ މީހުންނެވެ.
"އަދި މިހާތަނަށް ވެސް 11 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދެއް ޕަބްލިކް ހެލްތުން ހަދައިފައެއް ނެތް. އެ ގަވާއިދު ނަހަދާ 12 ވަނަ މާއްދާގެ ދަށުން އެ ފިޔަވަޅު އެޅުމާ ދޭތެރޭގައި ހަގީގަތުގައި ވެސް ގާނޫނީ ގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު މެދުވެރިވޭ،" އަމިއްލަ މެމްބަރު އުޝާމް ވިދާޅުވި އެވެ.
ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި ގޮތުގައި، ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ އެތައް ގަވާއިދުތަކެއް އަދިވެސް ނުހަދަ އެވެ. މީގެ ކުރިން ވެސް އެކަންކަން ރަނގަޅަށް ބެލިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާ ބުނާގޮތުން، ގައިން ގަޔަށްއަރާ ބަލިތަކާ ބެހޭގޮތުން ހަދާ ގަވާއިދުގައި ވަކި ބައްޔެއް އެއީި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ބަލާނެ މިންގަނޑު ކަނޑައަޅަން ޖެހޭނެ އެވެ. އެ ގާނޫނުގެ 12 ވަނަ މާއްދާގެ ބުނާގޮތުން، މީހުުން ކަރަންޓީން ކުރުމާއި އެކަހެރި ކުރެވޭނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ބެލެވޭ މީހުންނެވެ.
އެ ގާނޫނު ބުނާގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން އެއް އަހަރު ތެރޭގައި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭނެ އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް
02 June 2020
ކޮބައިތަ ހެލްތު މިނިސްޓްރީގެ މަސައްކަތާ ބެހޭގޮތުން ޚަބަރެއް ޖަހައިފިއްޔާ، އަމީނު އަށް ޚުޝާމަދުކުރަން މުސާރަދީފައި ތިބޭ ބައިގަނޑު؟
ހަސީން
02 June 2020
މޮޔަ ނުގޮވަބަލަ. ރޭގަ މަޖިލީހުގަ ކުޅުނުޑްރާމާ އެއީ ގަވާއިދު ނެހެދި އޮތީމަތަ. ގަޔަށްބޮލަށްއަރާ ހެދީ 3 ފޫތް ބަހައްޓައިގެންތަ، ތިޔަ އުޝަމްތީ ޑެޕިއުޓީ އޭޖީއަކަށް ހުރެއް އެއްވެސް ގަވާއިދެއް ނަހަދާހުރިމީހެއް، މިހާރުދެން ކޮން އަގައެއްތަޅާކަށް.
ބަސް
02 June 2020
ގޮނޑިގޮނޑިއަށް އަރާތިބެ މޮޔަނުގޮވާ. ބަލަ މުޅި ގައުމު މުޅި ދުނިޔެ މަރާކުރިމަތިކުރުވާ ވަބާއަކާ ކުރިމަތިލާފައިވާ އިރު އެކަމުން ސަލާމަށްވެވެން އޮތްގޮތަކަށް ސަލާމަތްވާން ޖެހޭ. އެކަމަށްޓައި ގާނޫނެއް މަޖިލީހުން ފާސްކުރާކަށް ނުޖެހޭ. އެވަގުތު ހިނގާނީ ގުދުރަތީ ގާނޫނު. ﷲ އާއި ﷲ ގެ ރަސޫލާ ވަނީ މިވާހަކަ އަންގަވާފަ. ކަލޭމެން ކިޔެވީ ފޮތުގެ ބޭރުގަނޑުތަ؟
ބަދަލު ބަދ
02 June 2020
ދެން ކަރަންޓީނަށް ލައިގެން ގެންގުޅުނު މީހުން ބަދަލު ހޯދަން ދައުވާކުރީމާ މިނިސްޓަރު އަމީނުގެ ޖީބުންތޯ ބަދަލު ދޭނީ.
ރަދުން999
02 June 2020
ގާނޫނާކަށް ގަވައިދަކަށް ބަލާކަށް ނުޖެހޭ މިހާރަކު. މީހަކު ޓެސްޓްކޮށްފައި ކަރަންޓީނުކުރީމަ ނިމުނީ. ބޭނުމީ އަދަދު މަތިކުރުން. މީހުން ޓެސްޓް ކުރާގޮތާއި ފޯނުކުރީމާ އެޓެންޑްވާގޮތާ ވަގުތާ ޕޮޒިޓިވްވީމާ ގޭގެ/ އުޅަދުގެ ދެންތިބި މީހުން ޓެސްޓްކުރާލެއް ލަސްކަމާއި ފޯނަށް އެޓެންޑް ނުވުމާއި މިހުރިހާ ކަމަކށް ބަލާއިރު މިއީ ސީރިއަސްކޮށް ފަރުވާއެއް ދިނުމަށް/ ރައްކާތެރި ވުމަށް ކަންކުރާ ގޮތެއް ނޫން މިލޮކްޑައުންގައި ފޮރިވިގެންވާ ގިނަ ކަންތައް ތަކެއް އެބަހުރި.
ވާނުވާ ނ
02 June 2020
ބައެއްގެ ޖީބު ފުރަން ކުރާކަމެއް. ފްރަންޓް ލައިނުގައި އުޅޭ މީހުންނަށް މުސާރާގެ އިތުރުން ދުވާލަކަށް 500 ރުފިޔާ އާއި 200 ރުފިޔާއާަ ދެމެދުގެ އެލަވަންސެއް ލިބޭ ބޮޑެތިންނަށް އިތުރަށް 15000 ރުފިޔާ މިކަން ފިލުވާކަށް ބޭނުމެއް ނުވާނެ
ކަބުރު
02 June 2020
އެހެންވީމާ ކަރަންޓީނުމިކުރަނީ ގާނޫނާހިލާާފަތްތާ
ހަސަބު
02 June 2020
އެއްގޮތަކަށްވެސް ގާނޫނާ ޚިލާފެއްނޫން.
އެބުނާ ގަވައިދުގެ ދަށަކުން
02 June 2020
އެބުނާ ގަވާއިދުގެ ދަށަކުން ނޫން މިހާރު ކަރަންޓީނު ކުރަނީ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބިދޭ ބާރުތަކުގެ ތެރެއިން
ނިރު
02 June 2020
ގަވާއިދާއި ޤާނޫނު ހިގާނީ ދިވެހިންގެ މައްޗަށް މިހާރު ބަގާޅިން ވަދެ ފިލާ އެ ތިބެނީ ހަދަމުން ދާ އިމާރާތް ތަކުގެ ތެރޭގަ، އެހެން ތިބެފަ ދެޓިނުގަޑު ދޭތެރެއިން ބޯދިއްކިއްލާ ދެކޮލު ބަލާލާފަ ނުކުމެ ކޮންމެވެސް ތަނަކުން ކޮތަޅު ބޮނޑިއެއް ހިފައިގެން އަނެއްކާވެސް ވަންނާނީ