މާލޭގެ މަގެއްގެ މަތިން ޓެކްސީއެއް ދަތުރުކުރަނީ. ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އެހީވާނެ ކަަމަށް.
04 ޖޫން 2020 - 09:48
ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ދެނީ އަގުހުރި ހިދުމަތެއް ކަމަށާއި އެ ފަރާތްތަކަށް ވެވެން އޮތް އެހީއެއް ސަރުކާރުން ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެެއްވަމުން ނަހުލާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ ޓެކްސީ ޑްރައިވަރުންގެ ކަންތައްތައް ބައްލަވަމުންނެވެ.
"ކުރިއަށް އޮތް ތާނގައި ވެސް އަދި މިހާރު ވެސް އަޅުގަނޑުމެން ވާހަކަ ދައްކައިގެން ސަރުކާރުގެ ފަރާތުން ވެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ ބޭފުޅުންނަށް ވާނެކަން އަދި އެ ބޭފުޅުން އިތުރު ކަމަކަށް ބޭނުންފުޅު ވިޔަސް އަޅުގަނޑުމެންނަށް ގުޅައި، އެ ކަމަކީ ކޮބައިތޯ އަޅުގަނޑުމެންނާ ހިއްސާ ކޮށް، އެއީ އަޅުގަނޑުމެންނަށް އެހީތެރި ވެވޭނެ ދާއިރާގެ ތެރޭގައި އޮތް ކަމެއް ކަމަށް ވާ ނަމަ އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނެ،" ނަހުލާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންްކުރުމުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް ވަރަށް ބޮޑަށް ހުއްޓި، ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން މިހައިތަނަށް ކޮށްފައި ވަނީ ކޮން މަސައްކަތްތަަކެއްތޯ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހީމް ނަސީމް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ލޮކްޑައުންއަށް ލުއި ދިންއިރު، ފުރަަތަަމަ ހުއްދަ ދޭން ސަރުކާރުން ނިންމީ ކޮންމެ ސެންޓަރަކުން ހަ ޓެކްސީއަކަށް ކަމަށާއި އެ އަދަދު 10 އަކަށް އިތުރު ކުރީ ޓްރާންސްޕޯޓް މިނިސްޓްރީން ވާހަކަ ދައްކައިގެން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
ޓެކްސީ ޑްރައިވަރުންނަށް އެހީތެރިވާން ކޮށްފައިވާ މަސައްްކަތްތަކުގެ ތަފްސީލް ދެއްވަން ނަހުލާ ހަވާލު ކުރެއްވީ މިނިސްޓްރީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންނާ އެވެ.
ރޭގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެރިވެވަޑައިގަތީ ނަހުލާގެ އިތުރުން ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު، ޑެޕިިއުޓީ މިނިސްޓަރު ޝިމާޒް އަލީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް މަހުދީ އިމާދު، ޑިރެކްޓަ ޖެނެރަލް، ރީޖަނަލް އެއާޕޯޓްސް ސާމީ އަގީލް އަދި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޒުބައިރެވެ.
ސްޓޭޓް މިނިސްޓަރު ޒުހައިރު ވިދާޅުވީ ކޮވިޑް-19 އާ ހެދި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ތައާރަފްކުރި ރިލީފް ޕެކޭޖްތަކުގެ ތެރެއިން ޑްރައިވަރުންނަށް އެހީތެެރިކަމެއް ހޯދައިދޭން އިކޮނޮމިކް މިނިސްޓްރީއާ ވެސް ވާހަަކަ ދައްކާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަނާ
04 June 2020
ކޮން އެހީއެއްބާވީ ވީ އެހީއެއް މިހާތަނަކަށް ނޯންނާނެ މީ ފޮނިކަނޑާ ސަރުކާރު
ހޯރަބޭ
04 June 2020
ކޮބާތަ ނަހުލާ ގެނައި މިނީ ބަސްތައް.
ރަދީފްް
04 June 2020
މިނީބަސް މިނިކާރާއްޖޭގަވީ
ސަނާ
04 June 2020
ޓެކްސީ ޑްރައިވަރުންނަށް މިހާތަނަށް ދިން އެހީއެއްނީންނާނެ ލޮކްޑައުންނާއެކު ބައިެުފިޔާއެއްވެސް ޓެކްސީ ޑްރައިވަރަކަށް ގައިމުވެސް ނުލިބޭ އެކަމަކު މިނިސްޓަރުވެސް 3 މަސްވީއިރުވެސް ފޮނިކެނޑުމުގަ
ޓެކުސީ
04 June 2020
ޢާންމު ޙާލަތުގަ ވެސް ދުއްވާ ޓެކްސީ އަށް ވުރެ ގިނަވާން ޕާކިން ގަ ހުންނަ ޓެކްސީ. ޚިދުމަތް ދޭކަށް ވަކި ގަޑިއެއްނެތް. އެންމެ ދަތުރު ގިނަވާގަޑީގަ، ނޫނީ ވަޒީފާގަ އުލޭފަ ހުސްވަގުތު ކޮށްލާ ފައިދާ ބޮޑު މަސައްކަތެއް. ވަކި ޚިދުމަތެއްނޫން ތިޔައީކީ. ބަޔަކު މިރާއްޖޭގަ ރައްޔިތުންނަށް ކުރާ ފުރައްސަރައެއްގެ ވައްތަރެއް ތީވެސް.
ރާއްޖެ
04 June 2020
ޓެކްސީ ބާއްވާފަ ރަށަށް ދަނީ. ފަނަރަ ވިހި ދުވަހު ރަށުގަ އުޅޭފަ އައިސް އަނެއްކާ ޓެކްސީ ޑުރައިވަރު ވެފަ. އެ ހުރިހާދުވަހެއް ޚިދުމަތެއްނުލިބޭ. ޜަށުވާ ހުރިހާދުވަހަކުވެސް ސެންޓަރުގެ ފޮތުގަ އޮވޭ އޭނާ ޚިދުމަތް ދޭކަމަށް. މިވަނީ ކިހިނެއް. ކާރެއް ނުދުއްވާ، ޚިދުމަތްދެވޭ. ލިޔެ ކިޔުމުން ޚިދުމަތް ދިން ކަމަށް އެބަފެނޭ.
އަލިބެއްޔ
04 June 2020
ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓުގަ ވަރުގަދަ ކުރަންވީ. ޓެކްސީގެ މައްސަލައަށް ލުއި ލިބޭނީ އޭރުން. އެއްވެސް ޤައުމެއް ދައްކަބަލަ ޕަބްލިކް ޓްރާންސްޕޯޓެއް ނެތް ޤައުމެއް ދިވެހިރާއްޖެނޫނީ. މާލޭގެ ބޮޑެތި މަގުތަކުގަ ބަސް ދުއްވޭނެ. ހުރިހާ ކުދި މަގުތަކަށް ނުވަނަކަސް އޯކޭ. ރައްޔިތު މީހާ އަތުގަ އޮންނާނެ ދެވަނަ އޮޕްޝަން އޭރުން. ޓެކްސީ ދުއްވާ މީހުނަށް ވަރަށް ރަނގަޅަށް އެގޭ ރައްޔިތުން އަތުގަ މިނޫން ގޮތެއް ނެތްކަން. ތިމާމެން ބޭނުންގޮތެއް ހެދިދާނެކަން މިދާއިރާއަށް.
މަސްދަތުރ
04 June 2020
65 އަހަރުވީމަ ސަރުކާރުން އެލަވަންސް. ދެން މިގަންނަނީ ޓެކްސީއެއްނޫނީ ކުޑަ ޕިކަޕެއް. ދުއްވަނީ ފޫހިފިލުވަން ދުވާލަކު ދެގަޑި ތިންގަޑިއިރު. ގޭއަށް މަހެއްގަނެލާ، ސައިބޯލާ ވަރު ކޮށްލަން. ދެން ޚިދްމަތް ހޯދަން ތިބޭ ރައްޔިތުން ޖެހެނީ މަގުމަތީ އާދޭސް ކުރަމުން ދުވަން.
ކުޑަ
04 June 2020
ޓެކްސީ ޑުރައިވަރުން ނަކީ މާލޭގަ އެންމެ ލާރިލިބޭ ވަޒީފާ. ހެނދުނު ކާރަށް އަރާމީހާ މެންދުރުނުވަނީސް =/1000 ރުފިޔާ ހަމަވާ ވާހަކަ ކިތަންމެ ޑުރައިވަރުންނެއް ބުނޭ. އެއަކީ ޢާންމު ޚިދުމަތެއްގެ ގޮތުގަ ކުރާކަމެއްނޫން. މެންދުރުފަސްވާއިރު ޓެކްސީއެއް ނުލިބޭ. އެންމެން ޖީބުތަށް ފުރާލައިގެން ގެއަށް ވަންނަނީ. ރައްޔިތުން ޖެހެނީ މަގުމަތީ ތިބެގެން އަތްހޫރައިގެން އާދޭސް ކުރަމުން ދުވަން.
މިވަރެއްނެތް
04 June 2020
ފޮނިކެނޑުމުގެ ބަދަލުގައި ކަންކަން ކޮށްބަލަ! ޓެކްސީވެރިންނަށް ކޮށްދެވޭނެ އެހީއަކީ އެޓެކްސީތައް އާކުރުމަށް ލުއިލޯނު ދީ ޓެކްސީތައް ހައިބްރިޑް ކާރުތަަކަށް ބަދަލުކުރުން. އެއިރުން މަރާމާތުކުރަންށާއި ޕެޓްރޯލަށް ހިނގާ ޚަރަދު ކުޑަވެ ކޮންމެ މަހަކު ދެތިންހާސް ރުފިޔާ އިތުރަށް ސޭވްކުރެވޭނެ. ކަމަނާއަށް އެނގިލައްވާތޯ ނުވަދިހައިގެ އަހަރުތަކުގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޓެކްސީހުރީ ރާއްޖޭގައި ކަން. އެކަމަކު މިއަދު އެންމެ ކަޑަ ޓެކްސީތައް ހުރީ ރާއްޖޭގައި!
ނަން
04 June 2020
ތިޔަ ޓެކްސީތަށް ތިޔަގޮތަށް އަމިއްލަ ޖީބު ފުރަން ބައިތިއްބަންވީ. ޚިދުމަތެއް ނުދެވޭ. ޚިދުމަތް ދޭން ސަރުކާރުްން ވަކި ގަޑިތަކެއްގަ ބަސް ދުއްވަނވީ. މާލެ ވަށައިގެން، މަޖީދީމަގު އެއްކޮޅުން އަނެއް ކޮޅަށް. އޯކިޑުމަގު، ފަރީދީ މަގު، ބަސް ދުއްވަންވީ. ޚިދުމަތް އޭރުން ލިބޭނީ. ޕަބްލިކު ޓްރާންސްޕޯޓެއްނެތި ޓެކްސީ ހަމައެކަނި ދުއްވީމަ އެއީ ރައްޔިތުން ލައްވާ ސަލާން ޖައްސަންވެގެްނ ކުރުވާ ކަމެއް
ރަދުން
04 June 2020
ކީކޭ ބުނާނީ 10ޓެކްސީއަށް ހުއްދަދީފަ މިބުނަނީ ހުއްދައިތުރު ކުރި ވާހަކަ.އެއީ އަމިއްލަމީހަކު ޑެލިވަރީކުރަން ގެންގުޅޭ ވެހިކަލްގެ އަދަދު...ހާހަކަށްވުރެ ގިނަ ޓެކްސީއުޅޭ..2މަސްވީއިރު އަދިވެސް މިގޮވަނީ އެހީވާނެ އެހީވާނެ..ހާލުގައި ޖެހިގެން ޖެންޑަރގައި އެހީއަށް އެދުނު މީހުންތެރޭގައި ޓެކްސީކުރާމީހުން ގިނަ..