ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ. އޭނާ ވިދާޅުވީ ވަރަށް ބުރަކޮށް މަަސައްކަތް ކުރައްވާ ކަމަށް
03 ޖޫން 2020 - 23:53
ކޮވިޑް-19 އާ ހެދި މިހާރު އޮފީހަށް ވަޑައިނުގެންނެވުނަސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށާއި މަަސައްކަތް މާބޮޑަށް ނުފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރާތީ ކަމަށް ވެދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ހާލަތުގައި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އާއްމު މަސައްކަތްތައް ދުވާލުގެ ވަގުތުގައި ކުރެއްވުމުގެ އިތުރުން ސިވިލް އޭވިއޭޝަނާ ބެހޭ މަސައްކަތްތައް ރޭގަނޑު ވަރަށް ދަންވަންދެން ކުރައްވާ ކަމަށެވެ.
ނަހުލާ މިމޭރުމުން ވާހަކަ ދެއްކެވީ ކޮވިޑް-19 އާ އެކު އޭނާ ގެއްލިއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ.
"އޮފީހަށް ނާދެވޭތީ ގޭގައި ހުރެގެން ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަން ޖެހިފައި ވަނީ 24 ގަޑިއިރޭ އަޅުގަނޑު ދަންނަވާނީ. ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރު ވެސް. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު،" ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާލަތުގައި ރާއްޖެ އަށް ފްލައިޓްތައް ޖެއްސުމާއި މުދާ އުފުލުމާއި ހުރިހާ ކަމެއް ވެސް ބައްލަވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތުގައި މިނިސްޓްރީގެ އެހެން ބޭފުޅުން ވެސް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.
އޮފީހަށް ނާދެވޭތީ ގޭގައި ހުރެގެން ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަން ޖެހިފައި ވަނީ 24 ގަޑިއިރޭ އަޅުގަނޑު ދަންނަވާނީ. ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރުވެސް. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު: ނަހުލާ
އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުން އެކި ކަންކަމުގައި ނަހުލާއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް ބައްދަލުނުކުރައްވާ ކަަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ވަގުތު އޮންނަ ވަރަކުން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. ބައްދަލު ނުކުރައްވާ ކަމަށް ފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރައްވާތީ ކަމަށާއި އެކަން މީގެ ފަހުން އެގޮތަށް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެޕޮއިންޓްމަންޓް ހުންނަ ގޮތުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ދުވަހު ބައްދަލުނުވެ ހުރެދާނެ. އެކަމަކު ވެސް ހަމަ ފަހުން ވަގުތު ދީގެން އަޅުގަނޑަށް ވީ ވަރަކުން ހުރިހާ ބޭފުޅުންނާ ވެސްް ބައްދަލުކޮށްފައި ވާނީ. ދެން އަނެއްކާ ވެސްް ދަންނަވައިލަން ޖެހޭނީ އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގޭމީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ހަމަ އަޕްޑޭޓް ވެސް ކުރަމުންދާނަން،" ނަހުލާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ޓްރާންސްޕޯޓް ދާއިރާއިން ވައުދު ފުއްދިފައި ވަނީ ކިހާ ވަރަކަށްތޯ ސިރާޖް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ރައީސްގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ވައުދުތައް ވަނީ ފުއްދިފައި ކަމަށާއި ކޮވިޑް-19 ގެ ސަބަބުން މަސައްކަތްތައް މަޑުޖެހޭ ގޮތް މެދުވެރި އިރު އެހެން މަސައްކަތްތައް ވެސް ބާރަށް ކުރިއަށް ދިޔަ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ހާސިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ނިންމަމުން ގޮސްފައިވާނެ ކަމަށެވެ.
"މިހެން އޮއްވައި އަޅުގަނޑުމެންނަށް މި ކޮވިޑްގެ ހާލަތު މިއައީ. މިހާލަތާ ގުޅިގެން ހަމަ ގައިމު ވެސް ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ މަސައްކަތްތަކަށްް ލަސްޖެހުން އައިސްފައި މިވަނީ،" ނަހުލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސމް
06 June 2020
ޖޕ އައް ބައިއަޅަން ޖެހެއެ
ދޮގު ނުހަދާ މަންޖޭ
05 June 2020
ހެެހެހެ..ހާދަ އިޚްލާސްތެރި ބޭކަނބަލެކޭދޯ.
ބަނދަރޭ
04 June 2020
ކަމަނާގެ ފޮޓޯތޯ ނަގަންވީ ،
ާއުނިމާ
04 June 2020
މީނަ މީހުން ހައްދަން މޮޅުކަން އެގޭ އިބޫއާއި ޤާސިމް ހައްދާފަކަން! ނޫނީ މިނިސްޓަރުކަން ލިބިދާނެތޯ ދެން މި މަޤާމުގަ ދިފާޢުގާ ކުޅެންވީ ކުޅިވެސް އެގޭނެތާ މިހާރު!
އެދުރީފާނު
06 June 2020
ހާދަ ޙަސަދަވެރި ކޮމެންޓެއް. ހާދަ ހީވެޔޭ ހިތްތެޅެނީހެން.
އަލީ ދީދީ
04 June 2020
ރައީސް އޮފީސް ވެބްސައިޓުން ބުނަނީ އަދި 100% ވައުދު ނުފުއްދޭކަމަށް
އަލީ ދީދީ
04 June 2020
ކެމެރާއަށް ކޮވިޑް ޖެހުނީތޯ؟ ގައިމު މީގެ ކުރިން އަޅާ ކޮންމެ ފިޔަވަޅެއް ފޮޓޯ ނަގާ. ހެލްމެޓޭ ކިޔާ ބްރިޖް މަތީ ޕްރަވެޓް ކާރު ދުއްވި. މަވެސް މަސައްކަތް ނުކޮށްގެން އޮފީހުން ގުޅައިފިއްޔާ ބުނާނަން ސޯޝަލް މީޑިއާ އަށް ފޮޓޯ ލާން ހަނދާން ނެތުނީ އޭ މާދަން ޗެކް ކޮށްލައްޗޭ.
ރަދީފްް
04 June 2020
ނަހުލާ ނަންގަވަނީ ހަމައެކަނި ސެލްފީ ކަމަށްވަނީ!!
ހމްމްމ
04 June 2020
ނަހުލާ އެކަނި ތަ؟ ކޮބާ ޓެކްނޮލޮޖީ މިނިސްޓަރު. ގޭގަ ގަސް ހައްދަން މިހާރު އުޅެނީ ރިޓަޔާކޮށްފަ.
ހުވާ
04 June 2020
25 ބުރި އިމާރާތެއް ބިރުވެރި ހޮހަޅައެއްގޮތަށް ފެނުނުބަޔަކަށް ފޮޓޯއަކުން ފެންނާނެއެއްޗެއް ނޯންނާނެ. ސޭޓުއަންހެނުން ބޭރުކޮށްލީމަ ކޯލިޝަން ރޫޅީދާނެތީ ތުރުތުރުއަޅާތިބުން ނޫންގޮތެއްނެތް.
މޮހޮދު ޙާމިދު ނ. ހޮޅުދޫ
04 June 2020
ހިންގުނަސް ނުހިންގުނަސް ކިތަންމެ ބޮޑު މެޖޯރިޓީ އެއް އޮތަސް ތިޔަ މަޖްލީހުން އެއްވެސް ވަޒީރަކު ހަމަ ހިލާ ވަކިކުރާކަށް ނުކެރޭނެ. ޙާޟިރު ކުރީމަ މޮޅު ވާހަކައެއް ދައްކާލީމަ ނިމުނީ. ނޫނީ ސިޓީއެއް ފޮނުވާލިޔަސް އޯކޭ. މަލީހު 7 ފެބްރުއަރީ ސެލެބަރޭޓް ކުރި. ނަހުލާ ކޮވިޑް ދުވަސްވަރަކު ނުފެނޭ. މަސައްކަތް ކުރީ ދަންވަރު. އަމީން ވީ ފެއިލް. އަލީވަހީދު ދެއްކި އެއްވެސް ވާހަކައެއް ނުފެނޭ. އެޑިޔުކޭޝަން ގަ ހުރީ ތިއްތިދައްކަން އުޅޭ ބޭކާރު މީހެއް. މަސްވެރި ވަޒީރޯ!
ފެދުން
04 June 2020
މި ކޮމެންޓަށް ޑިސްލައިކެއް ދިން ހަމައެކަނި ސަބަބަކީ މިނިސްޓަރ އަމީންގެ ނަަން ކޮމެންޓުގައި ހިމަނާފައިވާތީ. ކިތަންމެ ގިނައިން މަޖިލީހަށް ހާޒިރުކޮށް ކިތަންމެ ޖެއްސުމެއް ކޮށް މަޖިލީސް ރައީސް ކޮންމެ ކަހަލަ ރިޕޯޓެއް ދިނަސް މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތަކީ މިވަގުތު ކެބިނެޓުގައި ހުރި އެންމެ ހިންގުންތެރި އެއް ވަޒީރަކީ މިނިސްޓަރ އަމީންކަން. ޝައްކެތް ނެތް.