ޕީޕީއެމްގެ ރައީސް މައުމޫން، އެ ޕާޓީގެ އޮފީހުން ނިކުމެވަޑައިގަންނަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
18 އޮކްޓޯބަރ 2016 - 13:16
ދެ ފަޅި ވެފައިވާ، ވެރިކަންކުރާ ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަވާ ޖަލްސާއަށް ދަރުބާރުގެ ދޫކުރުމަށް ފަހު އަތުލައިފި ކަމަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ބުނެފި އެވެ.
ޕީޕީއެމްގައި މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ބާއްވާ ޖަލްސާ އަށް ދަރުބާރުގެ ނުދޭން ނިންމި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ދަރުބާރުގެ ވަނީ އިންތިހާބު ނިމެންދެން ދޫކޮށްފަ އެވެ.
މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް މިއަދު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކުރިން ހުއްދަ ލިބުމުން ފައިސާ ވެސް ދައްކާފައިވާ ކަމަށާއި އެކަމަކު އެ ފައިސާ އަނބުރާ ގެންދިއުމަށް ހައުސިން މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ. އަލީމް ވިދާޅުވި ގޮތުގައި، ދަރުބާރުގެ ދޫކުރެވެން ނެތީ އިމްތިހާނެއް ކުރިއަށް ދާތީ ކަމަށް މިނިސްޓްރީން އެންގީ އިއްޔެ އެވެ.
އޭނާ ވިދާޅުވީ ޑިސެމްބަރު މަހާ ހަމައަށް ދަރުބާރުގެ ފުލްވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން މި މަހުގެ 31 ވަނަ ދުވަހު އާއްމު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް ރައީސް މައުމޫން އިއުލާނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޖަލްސާގައި ޕީޕީއެމްގެ އާއްމު މެމްބަރުން ބައިވެރިވުމަށް މައުމޫން ވަނީ ދައުވަތު ދެއްވައިފަ އެވެ.
"ފައިސާ ދެއްކި އިރު ވެސް އެނގޭނެ ދެއްތޯ އިމްތިހާނެއް ކުރިއަށްދާކަން. އެކަމަކު އަޅުގަނޑަށް ގުޅާފައި މިއަދު އެ ބުނީ ޖަލްސާ ބާއްވަން ހޯލު ދޫކުރެވޭކަށް ނެތޭ. އެހެން ތާރީހެއްގައި ޖަލްސާ ބާއްވަން ދަރުބާރުގެ ހަމަޖައްސަން ވިދާޅުވީމަ ދެންނެވީ ޑިސެމްބަރު މަހާ ހަމައަށް އެތަން ފުލްވެފައޭ ހުރީ،" އަލީމް ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ ދަރުބާރުގެ ދޫނުކުރީ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ކަމަށާއި ހަމަ އެ ދުވަހު އެހެން ތަނެއްގައި ޖަލްސާ ބޭއްވެމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޕީޕީއެމްގެ އާއްމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމެވިއިރު، އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަ އިތުރަށް ހޫނުވެ ކޮންމެ ފެކްޝަނެއްގައި ވަނީ ވަކި ލީޑަޝިޕެއް އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮންޓް
19 October 2016
ޑީ ރ ޕީ ކާފަ ދަރިޔަކަށް އިންތިޒާރު ކުރަނީދޯ.
އަލުގަނޑު
19 October 2016
ކޯޓުތަކަށް ވެސް ސަރުކާރުގެ ކޮންމެ ތަނަކަށް މިވަގުތހު ބާރުފޯރުވާނެ ކުރެވެން އޮތް ހުރިހާކަމއއް ކުރާނެ..މަރަށް ތެލޭ މަހެން ހެން މިހާރު ތެލި ނަގަނީ...އެހެރަގެން
ބަތްކައްކާ
18 October 2016
މިތާ ޔާމީނަށް ވޯޓު ނުދޭނަމޭ ކިއާ ބޭފުޅުން ކައިރި ބެޓްކޮށްފަ މިބުނަނީ ދުވަހަކު މީހަކުވޯޓު ނުދިނަސް ހޮވޭނެ. ދީނާ ގައުމާ ވަހުދަތާ އެއާޕޯޓާ މާލިއްޔަތާ އަންދަލުސް ރަހަލައްވާފަ އޮންނާނީ އަނގަޔާ އަތާދިމާނުވެގެން ބަގާވާތް ކުރި އެންމެންނަށް. ވެރިއެއް އެބަފެނެއެއްނު. ތާހިރު ވެއްޖެއެއްނު. ހެދި އެއްޗެއް ހެދިގެން ދިންއެއްޗެއް ހޯދައިގެން ސައިޒުވެފަ ފަކީރުކަން މަތީ އަޅުންނަށް ވެގެން ތިބޭ އެންމެން.
ވޯލް
18 October 2016
ސަރުކާރުގެ ނޭގާނީކަން މިހިރަ ރައްޔިތުންނަށް ފެނި ހާމަވަނީ. އިންތިހާބު ބޯމަތި ވެފަ އޮތް އިރުވެސް މިހެން ކަނަތައް އެކުރަނީ ކޯޓިތަކާއި ކޮމިޝަންތަކުން ނިންމަނީ ސަރުކާރު ބޭނުންވާގޮތައް ވިއްޔަ. ވޯޓަކީވެސް ނަމެއްގަ މިނިވަންއެއްޗެއް.
މޯޗރް
18 October 2016
މާލޭ ސިޓީ ކައުންސިލުގެ ދަށުން ދަރުބާރުގެ އޭރު ވަކިކުރީ މައުމޫނުގެ ވެސް ތާއީދައެކު. ޢެދުވަހު އެކަން އެގޮތަށް ނުކުރި ނަަމަ މިއަދު މިހެން ނުވީސް. މޑޕ ގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލުން ހުރިހާ ފަރާތަކފަރާތަކަށް ވެސް ހަމަހަަމަ ފުރުސަތުތައް އޭރު ދިޔައީ ދެމުން. ދެން ކުރާނެ ކަމެއް ނެތް.
ޑރ ލަގަބު
18 October 2016
މުއިޒޫ ކަލޯ އަދި މާދަމާ ހިތާމަކުރާނެ ތިޔަ ޖެއްސޭ ހުތުރު ވައްތަރާމެދު.... ޑޮކްޓްރޭޓް ސަނަދަށް ހުތުރު އަރުވާ މީހުން އަދު ހާދަ ގިނައޭދޯ... ކިޔެވިކިޔެވުން އަދު ތިޔަ ބަދަލުވަނީ މާފިޔާ ޑޮކްޓްރޭޓް ކަމަށް...
ޝިތާމާ މޫސާ / ސ. ހިތަދޫ
18 October 2016
ހަލީމު އަދި ރައީސު މައުމޫނުގެ އަރިއަހުން އެދެން ތާވަލްކޮށްފައިވާ ދުވަހައް ޖަލްސާ ގެ އެއްމެހައި އިންތިޒާމު ތައް ހުއްޓުމެއްނެތި ކުރިޔައްގެންދިއުމައްއެދެމެވެ. ދިވެހިރާއްޖޭގެ އާބާދީގެ %95 ރައްޔަތުން ތިބީ ރައީސު މައުމޫނު އަދި ރައީސު ނަޝީދު އާއި ދެބޭފުޅުންގެ ސަޕޯރޓަރުން.. ޔާމިނު ކައިރީގައި އެތިބި އިއްޒަތްތެރީންނައް މިކަން އަހަރުމެން ޔަގީންކޮށްދޭނަން
އަލީ
18 October 2016
މިހާރު މައުމޫނު ފެކްޝަނައްވެސް ވިސްނިދާނެ އިދިކޮޅު ޕާޓީތައް މިއޮއްހުރިހާދުވަހު އުޅޭނެ ހާލު އަދި އެމީހުންނައް ވެރިކަމުގެ ފަރާތުން އޭރު މައުމޫނުވެސް ހިމެނޭގޮތައް ކުރަމުންދިޔަ ޖެއްސުން.
ބޭބެ
18 October 2016
ރައްޔިތުން ތަމްސީލުކުރާބައެއްނަމަ ރައްޔިތުނގެ ޝުޢޫރާއި ވިންދަށްބަލާނެ އެއީ ރައްޔިތުން ތަމސީލުކުރާ ބަޔެއްނޫން ރައްޔިތުނގެ ވޯޓުން ހޮވިގެން އަިއްލަ ޖީބުއިތުރަށް ފުއްޕުމަށްޓަކާ އުމަރު އެބުނާ "ވެލްތް" ގެ ދަށުވެ އެމީހުނަށް އެމީހުން އޮޅި އެމީހުނަށް އެހިސާބަށް ދެވުނުގޮތް ނޭގޭހާލަތަށ ގޮސްފައިވާބައެއް ޢެމީހުން މިހާރު އަމަލުކުރަމުން އެދަނީ ޕާޓީގެ އަސާސީ ޤަވާއިދާއި ކޮންގްރެސްގެ ރޫހާއި ޚިލާފަށް
ޕެތްރޯން
18 October 2016
އިންސާފު މުޅިންހެން ފޮހި ސާފުވެއްޖެ... ކާކުކަން ވާނުވާވެގެން އުޅެނީވެސް ސާފުވެއްޖެ...