ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: މަޖިލީހުގެ ހަމަނުޖެހުންތައް ބައްލަވާނެ ކަމަށް ވިދާޅުވުމުން މިނިސްޓަރަށް އަންނަނީ ފާޑު ވިދާޅުވަމުން-- ފޮޓޯ: މިހާރު
05 ޖޫން 2020 - 15:35
މަޖިލީހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން، އެކަމަށް ފާޑުވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރީޓްވީޓް ކުރައްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ، ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން މިނިސްޓަރުގެ އަދާލަތު ޕާޓީ އަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު ހުރެގެން ނުވާނެ ކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
Rayyithunge kudaves thaaeedheh evves Dhaaira akun Adalat Party ah libi Majleehuge emme gondi ehge minvaruves kamiyabu kurevifai nuvi namaves, Majlihuge nizam ah huras alhai Majlihuge inthizam thakuge there ah araigathumuge visnun Shk @ShimranAb ge huregen nuvaane @MDPSecretariat
— Hassan Latheef🎈 (@HassanLatheef) June 5, 2020
ހަސަން ލަތީފްގެ ޓްވީޓް ނަޝީދު ރީޓްވީޓް ކުރެއްވުން
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވެސް ރައީސް، ނަޝީދު އެ ޓްވީޓް ރީޓްވީޓް ކުރެއްވުމުގެ އިތުރުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅޭ ގޮތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ އޭނާގެ ނަން އިއްވަވައިފަ އެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވި އެވެ. އެ އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފަ އެވެ.
މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ މި ސަރުކާރުން އެންމެ މުހިންމު ކަމެއް ދީފައިވާ އެއް ކަމަކީ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާ އެކު ހިންގުން ކަމަށެވެ. މިނިވަން މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ހުށަހަޅާފައިވާތީ، އޮންނަ އުސޫލުން ފުލުހުން އެކަން ތަހުގީގު ކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Majilyhuge hamanujehunthah balan ninmumun minister goas vejje
The most trusted news source in the Maldives
Mihaaru
މަޖިލީހުގެ ހަމަނުޖެހުންތައް ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވުން ފާޑު ކިޔުން
ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން ނަޝީދު ހެއްދެވި ގޮތަކީ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ އެވެ. އެއާއެކު، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލީހުން ނެރުމުގައި އިސްކޮށް ހުންނަވާނީ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު، އެ ރޭގެ ޖަލްސާގައި ފެނުނީ ޝިޔާމް ގަދަކަމުން މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އުޅުއްވި ތަނެވެ. އެކަމުގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރިގޮތަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
ސަރުކާރު ކޯލިޝަންގެވެސް މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޝިޔާމާ ދެމެދު ހިނގި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ މެމްބަރުންނަށްވެސް އަނިޔާވެފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޝިޔާމަށް އަނިޔާވެރިވީ މަޖިލިސްގެ ރައީސް ނަޝީދު ދެއްވި އޯޑަރުގެ ސަބަބުން ކަމަށް ބުނެ ނައިފަރުގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި ޝިޔާމަށް އިންސާފު ހޯދައި ދިނުމަށް ގޮވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑޮލްފް ހިޓްލަރ
09 June 2020
އަޅުގަނޑުމެންނަކަށް ނުފެނޭ އަދާލަތު ޕާޓީގެ ބަޔަކު. ކޮންމެހެން ސަރުކާރުގެ ޕަސެންޓް އޮންނާކަށް ނުޖެހޭ. ތިޔަބައިގަނޑަކީ ވަރަށް އަމިއްލަ އެދުމުން ފުރިގެންވާ ބައެއް. މިހާރުން މިހާރަށް ސަރުކާރު ތެރެއިން ބޭރުކުރުމަށް ފެނޭ. އިމޫ މެން ކަމަކު ނުދޭ.
ކާސިމު
07 June 2020
ވަޒީރެއްގެ ޒިންމާ އަދާކުރުމުގައި ރައްޔިތުންގެ ތާއީދު އޮތުމާއި ނެތުމުގެ ގުޅުމަކީ ކޮބާ؟
ދޮޅިދާން
07 June 2020
ރާއްޖޭގެ ސިޔާސީ ޙަޔާތް ދެން ރަނގަޅުވާނީ މިހާރު މިތިބަ ނުފޫޒު ގަދަ ދެ އުޅި އެއްނުވާ މީހުން ބޭރުވެގެން ، ނޫނީ އެ ޖީލު ބަދަލުވެގެން ، އަހަރެން ރާއްޖޭގެ ރައީސްކަން ކުރެއްވި މައުމޫނަށް ޝުކުރުދަންނަވަން ، އަމިއްލަ އިޚުތިޔާރުގައި ވެރިކަން ހިންގެވިއިރުވެސް މި ޑިމޯކްރަސީއަށް ވުރެ އިޚުލާސްތެރި ، ރައްޔިތުންނަށް ފްލެޓް ދޭން ހުޅުމާލެ ހެދީމަވެސް މޮޅެތިނަންތަކެއް ކިޔާފަ މިޑިމޮކްރަސީ އައިސް އާދައިގެ ރައްޔިތުމީހާއަށް ނުތަކާވަރަށް އަގުބޮޑުކޮށްފައި ލަގްޒަރީކޮށްލީ !
ރީތި މޫސަ
06 June 2020
މިމައްސަލަ ސިޔާސީނުކޮށް ބަލައިފިއްޔާ މާރާމާރިހިންގިއެންމެނަށާ މާރާމާރީއަށް ވާގިދިންއެންމެނަށް އަދަބުލިބޭނެ ރައްޔިތުން މެންބަރުހޮވީ މަޖުލީހުގަ މާރާމާރީހިންގާ ނުބައިއެއްޗެހިގޮވާ ނާޗަރަންގީކުޅޭކަށްނޫން ރައްޔިތުންނަށް ޙިދުމަތްކުރަން އެނޫނީތީ ރައްޔިތުންގެ ޓެކްސް ފައިސާއިން ނުހައްގުން މުސާރަނަގާބޭކާރުބަޔެއް
ބިންގޯ
06 June 2020
ހަސަންގެ ވިސްނުމޯ. އެއީ ވިސްނުންތެރިކަންތަ.
ޑެލްމޮންޓޭ
06 June 2020
ގަމާރުކަން އެއީ..
ކަލް
06 June 2020
ޙަސަންލަތީފަށާއި ދެންތިބި ބަޔަކަށް ތާއީދު ދިނީ ހިތުހުރިގޮތަކަށް ކަންކުރަންތަ؟ މަޖިލިހުގެ ތެރެއަށް ރާވައްދައިގެންވެސް ވިއްކަންވީނު. ބަލަ މަޖިހުގެ ނިޒާމާ ޚިލާފުވީމަ އެމީހަކު ނެރޭނީ ގަދަކަމުން ނެރެން ޖެހުނަސް އެކަމާ ގުޅޭ މީހާ. ހަސަންލަތީފު ނުނީ އެހެންމީހަކު ގޮސް އެމީހަކަށްހަމަލަ ދޭންވީކީ ނޫން. ކޮން ތާއީދެކޭ ކިޔާކަށްތަ؟
ސިލްކް
06 June 2020
ހަތަރުކަށިމަތި މާލެ ދެ ބޭފުޅުންގެ ޕާޓީން ރާއްޖެތެރޭ ސޮރަކަށް ކުރި އަނިޔާ ބަލަން އުޅުނީމަ އެކަން ހުއްޓުވޭތޯ އުޅޭތަން ފެންނަނީ.
އިބިރިހިންބެއްޔާ
06 June 2020
ރިޓްވީޓް ނުކުރެއްވިޔަސް އެވަރު އެގޭ. މަޖިލީހުގެ "އިއްޒަތްތެރި" ރައީސު އުޅުއްވި ގޮތްކޮޅު ވެސް މަޖިލީހުގެ އިމްތިޔާޒާ ސުލޫކާ ބެހޭ ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ. އަދި މެމްބަރު ނަޝީދު ހޮވި މާލޭ ދާއިރާގެ ރައްޔިތުން ނިކުމެ "ރައްޔިތުންގެ ކޯޓަކުން" ނިޔާއެއް ކަޑައަޅަންވެސް ގޮވާލަން. ތިކަންކުރީ މަމެންގެ ދާއިރާއެއްނަމަތާ. ރަށުކޯޓަށްވެސް ހުށަހަޅާނަން.
ްއެރާ
05 June 2020
3 ބާރު މިހާރު މިއޮތީ ނަޝީދު މުށުތެރޭގަ. އޭނަ ބޭނުން ވާގޮތަކަށް ތިޔަކަންތައް ވެސް ނިމޭނީ
މޫސަ ގޯތި އާދަނު
05 June 2020
މަޖިލީހު ހަތަރު ފާރުތެރޭ ގައި ހިނގާ މައްސަލަތައް ބެލުމުގެ އިޖުރާއަތްތައް ވަނީ ކަނޑައަޅާފައި . !މެމްބަރެއް ގެ އިމްތިޔާޒައް އުނިކަމެއް އަންނަ މައްސަލަ އެއް ނަމަ ހުށަހަޅަން ޖެހޭނީ މަޖިލީހުގެ އިމްތިޔާޒާ ސުލޫކާ ބެހޭ ކޮމިޓީއަށް . އަތޮޅު އޮފީހަށް ފުލުސް އޮފީހަކަށް ނޫން!
ކަތްދަގޯތީ ސަންފަ
06 June 2020
އެ ހެޔޮ މާރށނާރީ ހިންގާ މީހުން މެރިޔަސް ދޯތާ؟