މިނިސްޓަރު ނަހުލާ: އެއް ތަނަކަށް ގިނަ އުޅަނދުތައް ރަޖިސްޓްރީކޮށް ދިނުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއްގެ ބައިވެރިވުން އޮތް ކަމަށް އޭނާ ވިދާޅުވި. -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
06 ޖޫން 2020 - 00:15
އެއް ގަރާޖެއްގައި ގިނަ އަދަދެއްގެ އުޅަނދުތައް އޮޅުވާލައިގެން ރަޖިސްޓްރީ ކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުުލާ މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިރޭގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އެންމެ ގަރާޖެއްގައި 200 އާ ގާތްކުރާ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދުތައް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރިކަަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އެކަމުގައި މިނިސްޓްރީގެ ބައެއް މީހުން ރިޝްވަތު ނަގާކަމުގެ ތުހުމަތު ވެސް ބައެއް މެމްބަރުން އަމާޒު ކުރެއްވި އެވެ.
ޖަވާބުގައިި ނަހުލާ ވިދާޅުވީ އެކަން ހުއްޓުވުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އަދި ކުރިއާ ޚިލާފަށް އެ މިނިސްޓްރީގެ މުވައްޒަފުން މިހާރު އެ ގަރާޖަކަށް އަމިއްލައަށް ގޮސް އެތަނެއް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަދަ ބައެއް މައްސަލަތައް މިހާރު ބަލަމުންދާ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ ގިނަ ބަޔަކު ގުޅިގެން އެފަދަ ކަމެއް ކުރާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއްގެ ބައިވެރިވުން ނެތި އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިކަހަލަ ކަންތައްތަކެއް ނުހިނގާނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީގައި އެއިރެއްގެ ތިއްބެވި ބޭފުޅުންގެ ބައިވެރިވުމެއް ނެތި. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލުކުރާ ގޮތް އެއީ. އެއީ ނަހަމަ އިން ނޫނީ ނާޖާއިޒް ފައިދާ ލިބޭ ގޮތެއްގައި ކަންތައްތަކެއް ހިންގާފައި އޮތިއްޔާ އޭގެ މާނައަކީ ބަޔަކު އެއްބައިވެގެންނޭ އެކަމެއް ހިންގޭނީ އެއީ ތިން ތަނެއް ގުޅޭ ކަމެއް ކަމަށް ވަންޏާ. އެއީ އޮތޯރިޓީ އާއި ދެން އެކަމަށް އިހުމާލުވާ ފަރާތާ،" ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ އުޅަނދުތައް އެއް ގަރާޖަކަށް ރަޖިސްޓްރީ ކުރިކަން އެނގުނަސް، އެ ހުރިހާ އުޅަނދުތައް "މަގުމަތި" ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެ އުޅަނދުތައް ޕާކް ކުރާނެ އާ ޖާގަތަކެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ ހުރިހާ ޑްރައިވަރުންތަކެއް ނުވަތަ އެ ހުުރިހާ ކާރުތަކެއް ހަމަގައިމު ވެސް މަގުމައްޗެއް ނުކުރެވޭނެ. މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އަޅުގަނޑުމެން އެ ޕާކިން ސްލޮޓްތައް ދެއްކުން،" ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ވެހިކަލް އިތުރުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ވެހިކަލް ބޭނުން ކުރެވޭނެ އަދަދެއް އަދި ވެހިކަލް ބޭނުން ކުރެވޭނެ އުމުރެއް ކަނޑައަޅަން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ވެހިކަލް ބޭނުން ކުރެވޭނެ މުއްދަތެއް ކަނޑައަޅަން ފަށާ ނަމަ، ގިނަ ދުވަސް ވެފައި ހުރި ޓެކްސީތައް އާ ކުރަަން ފުރުސަތުތަކެއް ޑްރައިިވަރުންނަށް ދޭން ޖެހޭ ކަމަށާއި އެހެންވެ، ޓެކްސީތައް އާ ކުރަން ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުއްލިއަކަށް ވެހިކަލް ކޮންޓްރޯލް ކުރާށޭ ކިޔާފައި އެ ބޭފުޅުންނަށް އާމްދަނީ ލިބޭ ވަސީލަތް ހުއްޓުވާލެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ސަރުކާރުގެ ޒިންމާއަކަށް ވާން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ފަހު ދެން އެކަންތައް ކޮންޓްރޯލް ކުރާނެ ގޮތްތަކެއް ވިސްނުން،" އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލުކުރަން އިތުރު ޕާކިން ޒޯންތައް ގާއިމް ކުރިޔަސް، ކުރީގެ ސަރުކާރުން ބެހެއްޓި މެކޭނިކަލް ޕާކިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި އެ ތަންތަން ބެލެހެއްޓުމާއި އެ ތަންތަން އަލުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހަލީމު
07 June 2020
ތިކަން ކުރަން ނަހުލާ ގެންގުޅޭ ގަރާޖު ކޮ މިޓީގައި މިހާރު ތިބެނީ މިނިސްޓަރަށް ވަފާތެރި ސިޔާސީ ބައެއް ކަ މުގައިވާ ހުރިހާ ކަ މެއް އެގިފަ ހުންނަ ޝި މާޒާ މަބޮޑޭ ހެދިފަ ހުންނަ ހަ މަދު. ދެން އެހުރިހާ ކަ މެއް ޖަރީ މާތަކެއް ތަންފީޒު ކުރަން ހުންނަ ހައިޝަ މް. މި އެން މެނަކީވެސް ނަހުލާގެ ބޯއިތައް. މިތިން މީހުން މިހާރު ގަރާޖު ވިއްކަނީ ސީދާ މިނިސްޓަރަށް އެގިގެން ބައި އަޅާގޮތަށް. ދެން އެތާގެ އާދައިގެ މުވައްޒަފުންނެކޭ ކިޔާކަށް!!!
އިބާދު980
06 June 2020
ނަހުލާ ގެ ނިންމާލަމުން ތިޔަބުނީ ވަރަށް ނާތަހުޡީބު ވާހަކައެއް..ޕާކިންގް ސިސްޓަމްތައް ބޭނުން ކުރަން ނޭގުނީމަ އެތަކެތި ނަގާއުކާލުމަކީ އިސްރާފުކުރުން .. ޕާކިންގް ސިސްޓަމް ބަޔަކައް ކަމު ނުދަނީ ލާރި ލާރިފައްކައިހެން ޕާކް ކުރަން ޖެހޭތީ
ދޮން މަނިކު
06 June 2020
1 އަހަރުފަހުން ކޮން މެ ގަރާޖެއްގައި ރަޖިސްޓްރީ ވެފަ އޮންނާނީ ކިތައް ވެހިކަލް....މިބުނީ ގަރާޖަކައް 10 ވެހިކަލް ރަޖިސްޓާ ސިޓީ ދިނީ މަ 500000 ފަސްލައްކަ ..ހެއް ހެއް ހެއް .......
މަހުދީ
06 June 2020
ކޮބާތަ ތިތާ ހުރި މަހުދީ. 2009 އިން ފެށިގެން ގިނަދުވަހު ތިޔަތަން ހިންގަނީ އޭނަ. އޭނަ ނަގަންޖެހޭ އެއްވެސް ޒިނާއެއް ނެތީތަ؟ ކޮންމެ މިނިސްޓަރަކު އައިސް ހުރިހާ ކަމެއް ބޮލުގަ އެޅީމަ އޭނަ އެހުންނަނީ ވަރަށް ހެވިފަ ބަލަހައްޓައިގެން.
ނަން
06 June 2020
މި ގަރާޖު ކަންތަކުގަ އާންމުންނަށް އަދި ނޭނގޭ އެއްކަމެއް އަބައޮތް. އެއީ މިކަމުގެތެރޭގަ އުޅުއްވާ ސިފައިންގެ އިސްބޭކަލުންވެސް.
ލައިސަންސް
06 June 2020
ނަޒީރު 6600 ވެސް.
އޮނަރަބްލް އަފީފު ދީދީ
06 June 2020
ފުލުސް އޮފީސް މޭޒުމަތީގައި ހުންނަ ބަރު ވެސް އެތަނަށް ގެންދާމީހާއާއި ދެކޮޅަށް ހެކިދިން ޒަމާނެއް ދިޔަ. # އެގޮތަށް ތިޔަ މިނިސްޓްރީގައި ހުރި ގޮނޑި މޭޒު ފަދަ ތިޔަ ބުނާ ރެޖިސްޓްރީ ހަދާ ނުދޭނެކަން އަހަރުމެނަށް ވެސް އިގޭ.
މަލޭމީހާ
06 June 2020
ނަހުލާ އައް ކީއވެ ތޯ ނޭގެންވީ ، ބަޔަކު އަލުވާލީ އޭބުނީމަ ހަމަ އެއް ނުޖެހެ
ޙުސަންބޭ
06 June 2020
އޮޅުވާލައިގެން އެތައްވެހިކަލެއް އެއްގަރާޖެއްގައި ރަޖިސްޓްރީކުރުން އެކަންޏެއްނޫނެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްދިނުމުގެ މިންގަނޑަށް ނުފެތޭ ކިތައް އުޅަނދު ރަޖިސްޓްރީކޮށްދީފައިހުރިކަން މިނިސްޓަރަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟
ނަށީދާ މައްލާ
06 June 2020
ދެން އެބަޔަކުގެ މައްސަލަ ބަލަންވީނުން އަންހެނުގެ ފިރިމީހާ މީރާޔައް ޓެކުސް ފައިސާ ނުދައްކާ އަންހެނުގެ ފިރިމީހާގެ މާމިގިލީ އެއާރޕޯޓު އިންޓަނޭށަނަލް ކުރަނީޔޯ..!! އަންހެނުންގެ ފިރިމީހާ ސަކަރާތް ހުސްދޮގު ހަދަނީ އެއިރަކު އޮންނަ ސަރުކާރަކާ ގުޅިގެން ޓެކުސް ފައިސާ ނުދައްކާ