ޚަބަރު / ގުޅިފަޅު

ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ނަގައި އެހެން ތަނަކަށް ގެންދަން ފަށައިފި

ގުޅިފަޅު ހިއްކަން ފެށުމުގެ ސަބަބުން ވިލިމާލެ ކައިރީގައި ކިސަޑު ފެތުރިފައި: ހިއްކާ ސަރަހައްދުން މުރަކަތައް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން--

ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ގުޅި ފަޅުން ހަ މިލިއަން އަކަމީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރަމުން އަންނައިރު އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން އަންނަނީ ބުނަމުންނެވެ. އަދި އެ ޕްރޮޖެކްޓް ވަގުތުން ހުއްޓާލުމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތަކީ ހިއްކާ ސަރަހައްދުގެ ވަށައިގެން ފަސް އެޅުމެވެ. އޭގެ ބޭނުމަކީ ހިއްކަން ފެށުމުން ކިސަޑު ބޭރުވިޔަ ނުދިނުމެވެ.

Gulhifalhu hihkun huttuvan jehey vareh noon: EPA

Gulhifalhu hihkun huttuvan jehey vareh noon: EPA

The most trusted news source in the Maldives

Mihaaru

ގުޅިފަޅު ހިއްކުން ހުއްޓުވަން ޖެހޭ ވަރު ނުވާ ކަމަށް އީޕީއޭއިން ބުނުން

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ ޕްރޮޖެކްޓް ފެށުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން އަންގާފައި އޮތް ނަމަވެސް އެކަން ކޮންޓްރެކްޓަރަށް ނުކުރެވި އޮތީ ލޮކްޑައުންގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު މުރަކަތައް އެހެން ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މުރަކަތައް ގެންދަނީ ކޮން ތަނަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ކިސަޑުގެ އަސަރު ކުރުމުގެ ސަބަބުން ގުޅިފަޅުގެ ފަރުގެ ގިނަ މުރަކަތަކަކަށް އަސަރުކޮށް، މުރަކަތަކެއް މަރުވެފައިވާ ކަމަށެވެ. ނަމަވެސް ވިލިމާލޭ ފަރަށް އަދި މާ ބޮޑު ގެއްލުންތަކެއް ކިސަޑުގެ ސަބަބުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދުގައި އޮއި ދައުރުވާ ގޮތާއި ސެޑިމަންޓް ދައުރުވާ ގޮތަށް ބަލާއިރު އެ ސަރަހައްދުގައި ހުރި މުރަކަތައް ވަރަށް ބޮޑަށް މަރުވެފައި ހުރި ކަމަށް ނުވަތަ ސެޑިމެންޓްގެ އަސަރު ކޮށްފައި ހުރި ކަމަށް ފެންނަނީ. އަޅުގަނޑު ވެސް ސީދާ މޫދަށް އެރި ބެލިއިރު މިހާރު ކޮންނަމުންދާ ތަނާ ކައިރީގައި ހުރި ކޮރަލްތަކަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި. ގުޅިފަޅުގެ އެ ހިސާބުގަނޑުގެ ފަރަށް އެބައޮތް ކިސަޑު ފައިބާފައި،" ނައީމް ވިދާޅުވި އެވެ.

"ގުޅިފަޅުގައި މިއޮތީ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ގުޅިފަޅުގެ ހިއްކާ ސަރަހައްދަށް ސެޑިމެންޓްގެ އަސަރު ކޮށްފައި. އެހެން ނަމަވެސް އެއީ ކުރިއަށް އޮތްތަނުގައި ހިއްކާލާ ތަނެއްކަމަށް ބެލެވިފައި މިއޮތީ. ވެލިއަޅާ ފުރާލާ ތަނެއް."

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

The most trusted news source in the Maldives

ތިމާވެއްޓަށް ގެއްލުން ވިޔަސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވުން

ނައީމް ވިދާޅުވީ އެ ޕްރޮޖެކްޓް ފެށިއިރު ތިމާވެއްޓަށް ގެއްލުން ކުޑަ ވާނެ ގޮތަށް ރަނގަޅަށް ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކިސަޑު ފެތުރޭވަރު ދަށްވެއްޖެ ކަމަށް ނައީމް ވިދާޅުވި އެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ޕްރޮޖެކްޓް ހުއްޓުވަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ތިމާވެއްޓަށް އަސަރުކުރި ނަމަވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފަ އެވެ. މާލޭ ޕޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރެވެން އޮތީ ގުޅިފަޅު ތަރައްގީކޮށްގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.

14 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 5%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

07 June 2020

ދެންވެސް ތިކަހަލަ ޕްރޮޖެކްޓުތަކުގައި އީޕީއާއި އެއްޗެހި ހަދަން ބޮޑު ހަރަދު ނުކުރާތި. އީޕީއީ ހެދިޔަސް އަމަލުކުރަނީކީ ނޫން، ދެން ނަހަދާ ކުރީމަ އެފައިސާ ސަލާމަތްވާނެ

The name is already taken The name is available. Register?

ބޮޑުމީހާ

07 June 2020

މި މީހުން ވިއްކީ ޖަޒީރާ ރާއްޖެ! ޖަޒީރާ ކުރަނީ ކަނޑު ހިއްކައިގެން. ނަމެއްގަ ތިމާވެށީގެ ބައްޕަ. ޖަޒީރާ ވައުދެއްވެސް ނުފުއްދޭ! ތިމާވެށީ ވައުދުވެސް ނުފުއްދޭ!

The name is already taken The name is available. Register?

ލޮލީމޭން

07 June 2020

ފޭސް ޕާމް

The name is already taken The name is available. Register?

ފޫހި

07 June 2020

އެހެން ގައުމުތަކަށް ވެށި ހަލާކުރާތީ ގޮތް ކިޔާ ހީރޯއަކަށްވީ މީހާ މިހާރުކޮބާ

The name is already taken The name is available. Register?

އަދޫ

07 June 2020

ތި މުރަކަތަށް ގެންދާ ތަނަކަށް އެމުރަކަތަކުގައި އުލޭ މަސްތަށްވެސް ގެންދާތި، އެތަކެތީގެ ގެއިން ބޭރުނުކޮށް ގެ ގެންދާ ތަނަކަށް އެސޮރުމެންވެސް ގެންދޭ.

The name is already taken The name is available. Register?

އަޅުކަލޭގެ

07 June 2020

އަނހަ! ކޮބާ އެއްކަލަ ތިމާވެށީގެ ގުރޫޕުތަށް.. ހާދަ ކޮމެންޓެއް ނެތޭ

The name is already taken The name is available. Register?

ކޮރަކަލި

07 June 2020

ކޮބާތަ މަހާޖައްރާފު ބޮސްކާލިސްއައްދީގެން ކިހިނެންމިހަދަނީ

The name is already taken The name is available. Register?

ފަޅޯ ދަނޑު އައިޝާ

07 June 2020

މިހާ ރަނގަޅަށް ތިމާވެށި ހިމާޔަތްކޮށްދޭތީ ނޮބެލް ސުލްހައިގެ އިނާމް ރައީސް ނަޝީދައް ހައްޤުވެއްޖެ! މިހާކަވަރަކަށް ތަނެއް ހަލާކުކޮށްފަ އަނދުން އެޅުވޭނީ..

The name is already taken The name is available. Register?

ބައިސްކަލްު

07 June 2020

އަނެއްކާ އެތައް މިލިއަން ރުފިޔާގެ މަޝްރޫއެއް އެފެށުނީ، މަޝްރޫއު ތެރެއިން މަޝްރޫއު. ދައުލަތުގެ ފައިސާ މާލެނޫންތާކަށް ހަރަދުކުރެވޭނެ ގޮތެއް ހޯދަންޖެހޭ. ތިޔައީ ތިބުނާވަރު ކަ މެއްވިއްޔާ ރާއްޖޭގެ އެހެން ރަށްރަށުން ހިއްކި ފަރުތަކާއި ފަޅުތަކުން މަރުވި މުރަކަތަކަށް ބަދަލުހޯދަދީ.

The name is already taken The name is available. Register?

ލާބަދޫ

07 June 2020

ތިކަންތައް ކުރުމަށް ކޮރަލް އިންސްޓިޓިއުޓާއި ހަވާލު ކުރައްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454