ޓްރީޓޮޕުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ފުރަތަމަ މީހާ ބަދަލު ކުރުމަށްފަހު ޓްރީޓޮޕްގެ އެމްބިއުލާންސް ފެސިލިޓީ ދޮރުމަތީގައި ޕާކު ކޮށްފައި-- ފޮޓޯ: އައިޖީއެމްއެޗް
07 ޖޫން 2020 - 22:23
ކޮވިޑް ވިލެޖެއްގެ ގޮތުގައި ތަރައްގީކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ފުރަތަމަ ފަހަރަށް މީހަކު ބަދަލުކޮށް، އެ ތަނުގައި މިއަދު ފަރުވާ ދޭން ފަށައިފި އެވެ.
މެޑިކަލް ފެސިލިޓީ އަށް ގެންދަން ހަމަޖައްސާފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނެވެ.
އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މެޑިކަލް ފެސިލިޓީ އަށް ބަދަލުކުރީ އެ ހޮސްޕިޓަލުން ޓްރީ ޓޮޕަށް ބަދަލުކޮށް، އެތަނުގައި ފަރުވާ ދެމުން އައި މީހެކެވެ. ބަލިމީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
First patient from TTH to Hulhumale Medical Facility. Received at 17:35 HRS.@HPA_MV @MoHmv @treetophospital @HulhumaleH pic.twitter.com/79pIZAolxN
— IGMH (@igmhmv) June 7, 2020
އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓު--
ހުޅުމާލެ މެޑިކަލް ފެސިލިޓީ ހިންގުން ހަވާލުކޮށްފައި ވަނީ އައިޖީއެމްޗާ އެވެ. ސިފައިންނާއި ސަރުކާރުގެ އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެގެން ހެދި މި ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާދިނުމަށް 300 އެނދު ވަނީ ގާއިމްކޮށްފަ އެވެ. މި ތަނަށް ސަރުކާރުން 40 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
އެޑްމިޓްކުރަން ޖެހޭ މީހުން މެޑިކަލް ފެސިލިޓީ އަށް ގެންދާއިރު، ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުން ބަދަލުކުރާ ގޮތަށް އޮތީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި މިހާރު ވެސް ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 1،901އަށް އަރާފައިވާއިރު މީގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އަދި 773 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
08 June 2020
ޔާމީނު އެއީ މިހާރު ބައެއް ދިވެހިން ތަސްބީހަ ކިޔާހެން ކިޔާއެއްޗެއް. އެވަރުގެ އަނިޔާވެރިއަކަށް އަހަރެން ތާއިދު ނުކުރާނަން. ﷲ އަނިޔާވެރިވެރިކަން ނުދަމަހައްޓަވާ އެއީ މުސްލިމުންކަމުގައިވިއަސް. އަދި އަދުލުވެރިވެރިކަން ދަމަހައްޓަވާ އެއީ ކާފިރުންކަމުގައި ވިއަސް. ޔާމީނު އަނިޔާވެރިކަން އިސްނުކުރިނަމަ ވަރަށް ބަރާބަރު. މުޅި ހަޔާތުގައި ނަފްސާނީ ބިރުވެރިކަން ވެރިއެއްގެ ފަރާތުން އިހްސާސްކުރެވުނީ އެވެރިކަމުގައި.
ލައިމާ
07 June 2020
ކޮވިޑްއަށް ތިތަން ހާއްސަވީ..ދެން އައިޖީއެމްއެޗް އެހެން ބަލިތަކަށް ދައްކާމީހުނަށް ފަސޭހަކޮށް ދެއްކޭނެގޮތް ހައްދަވާ..
ރަންނަ
07 June 2020
ތިވެސް އާކަމެއްނޫން. ޔާމީން ތިޔައްވުރެ ރަނގަޅަށް ޕްލޭންކޮއްފަ އޮތްކަމެއް ތީ. މިހެން ބުނާނެ ބަޔަކު އުޅޭނެ
ކީކޭތޯ
07 June 2020
ޔާ މީން ނަ މަ ކަންކަން ކުރާނީ ވާނެ ހަތަރެއްޗެއްވީ މަ ދެނެއް ނޫން! އެން މެ ނުރައްކާ ހާލަތަށްވެސް ތައްޔާރުކަ މަށް ވިދާޅުވަ މުން ގެންދެވީ. ތަން ތައްޔާރުވީ އެތައް މަހެއް ފަހުން.
އިނާޝް
07 June 2020
ކޮންމެ ކަމަކަށް ޔާމީނޭ ޔާމީނޭ ނުކިޔާ ކޮންމެ މީހަކު ކުރިއަސް ރަނގަޅު ކަމެއް ވިއްޔާ ބަލައިގަނެބަލަ.
އެތަން މިތަން
08 June 2020
ކީކޭތޯޔަށް. ޤައުމުތައް ލޮކްޑައުން ކޮށްފަ އޮތް ހާލަތެއްގައި އަދި މިޤައުމުގައި ގިނަ އެއްޗެހި އިމްޕޯރޓްކުރަން ޖެހުމާއެކު ކޮވިޑް ވިލެޖުގައި ބައެއް ޕޮސިޓިވްވުމުން އެންމެ އަވަހަށް ނުނިންމިދާނެ. ކަލޭމެން އޭރު ބުނަމުން ދިޔައީ މިކަންތައްތައް ނުކުރެވޭނެޔޭ. މިހާރު އެހެން ފަރިސްސެއް ތިކިޔަނީ.
ނަރުސް.
07 June 2020
ސާބަހޭ. ގައުމައިގެން ކުރިއަށް.