ޚަބަރު / ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް މައުމޫން ދެ ބޭފުޅަކު ހަމަޖައްސަވައިފި

މިރޭ އައްޔަން ކުރި ދެ ނައިބު ރައީސުން، ސްޕޯސް ޕާސަންގެ ދެ ފަރާތުގައި -- ފޮޓޯ؛ އަބްދުﷲ ޖަމީލް/ މިހާރު

18 އޮކްޓޯބަރ 2016 - 22:52

45 comments

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ދެ ބޭފުޅަކު މިރޭ ހަމަޖައްސަވައިފި އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި އައިމިނަތު ނާދިރާ އެވެ.

ނާދިރާ އަކީ މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެވެ. އޭނާ އެ މަގާމުން ވަކިކުރެއްވި ފަހުން މައުމޫންގެ ފަރާތްޕުޅުން ޕީޕީއެމްގެ އެކި ކަންކަމުގައި އިސްކޮށް އުޅުއްވި އެވެ. ނާދިރާ އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ. އަދި ވައްޑެ އަކީ މައުމޫންގެ ފެކްޝަންގައި ހަރަކާތްތެރިވާ، އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފަހަކަށް އައިސް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަންގެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި މަސައްކަތް ކުރައްވާ އަލީ އާރިފު އެ މަގާމުން ވަކިކޮށް، މައުމޫން ފެކްޝަނުން ވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ސްޕޯކްސްޕާސަން ކަމަށް އައްޔަންކޮށްފަ އެވެ. ޝުޖާއު އަކީ މައުމޫން ފެކްޝަންގެ ބޭފުޅުންނާ މި ހަފުތާގައި ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

މީގެ އިތުރުން ޝުޖާއު އަކީ މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާ ފެށުނީއްސުރެ ގާތްގުޅުމެއް އޮންނަ އަދި ސަލީމްގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.

މައުމޫންގެ ފެކްޝަނަށް އެންމެ ފަހުން އައްޔަންކުރި މަގާމުތަކަށް ބޭފުޅުން ހަމަޖެއްސީ ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި އެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީއޭ އާ އެކު ކުރިއަށް ދިއުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އިންތިހާބުތަކުގައި އެއްބާރުލުމަށް އެމްޑީއޭއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއް ޕީޕީއެމުން ވަނީ ކުރިން ހަދައިފަ އެވެ.

"އަޅުގަނޑުމެންގެ މިރޭ ނިންމީ މި ޕާޓީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ ލީޑަރާއެކީ މަޝްވަރާކުރަން. އެއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން މަސައްކަތްކުރަން. އޭގެ އިތުރުން ގައުމީ މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާއެކީ މަސައްކަތްކުރާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސްވެރިންނާއެކު މަޝްވަރާކުރަން ވެސް ކައުންސިލުން ނިންމި،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަް ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން ބާއްވަން ދަރުބާރުގެ ދިނުމަށް ނިންމުމަށް ފަހު މިއަދު ކެންސަލްކުރި ނަމަވެސް ކާނިވަލްގައި އެ ޖަލްސާ ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ މައުމޫންގެ ފެކްޝަނުން ބާއްވަމުން އަންނަ ކައުންސިލް ބައްދަލުވުންތައް ސައްހަ ކަމަށާއި ކައުންސިލް ބައްދަލުވުންތަކަށް ގޮވާލެވޭނީ ހަމައެކަނި ޕާޓީގެ ރައީސަށް ކަމަށެވެ.

"ޕާޓީ ހިންގާނީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންގެ އަސާސީ ގަވައިދުގައި ވަރަށް ސާފުކޮށް އެބައޮތް. އަޅުގަނޑު ދަންނަވާނީ މިރޭ ބޭއްވީ ވެސް ގާނޫނީ ޖަލްސާއެއް ކަމަށް. އަދި އެ ކައުންސިލް ބައްދަލުވުމުގެ ނިންމުންތަކަކީ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ނިންމި ނިންމުންތަކެއް،" އޭނާ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އޭނާ އައްޔަންކުރި ނަމަވެސް އޭނާއަށް ވުރެ ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މާ ގާބިލް ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރެއްވީތީ ވައްޑެ ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވި އެވެ.

މައުމޫން ފެކްޝަންގެ މިރޭގެ ކައުންސިލް ބައްދަލުވުމުގައި 13 މެމްބަރަކު ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި މައުމޫން ފެކްޝަންގެ އިތުރުން ރައީސް ޔާމީންގެ ފެކްޝަނުން އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި، މައުމޫންގެ ދަރިކަލުން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ފަހު، މައުމޫން ފެކްޝަނުން ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ޣައްސާން ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ދުވަހު އެ ކައުންސިލުން ނިންމި އެއްވެސް ކަމަކަށް އޭނާ ވޯޓު ނުދެއްވަ އެވެ. ނަމަވެސް މައުމޫންގެ ފެކްޝަންގެ މިރޭގެ ޖަލްސާގައި ޣައްސާން ވަނީ ހުރިހާ ނިންމުމަކަށް ވޯޓު ދެއްވައިފަ އެވެ.

ސިވިލް ކޯޓުން ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ އެ ހުކުމަށް އިހުތިރާމް ކުރި ނަމަވެސް އެ ހުކުމް ހައި ކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލައަކީ ސީދާ ޕާޓީގެ ރައީސަށް ރައްދުވާ މައްސަލައަކަށް ވާތީ އެ މައްސަލަ އިސްތިއުނާފުކުރައްވާނީ މައުމޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން ބައެއް ބޭފުޅުން ސުވާލުކުރައްވާ އަޅުގަނޑުމެންގެ ހައިސިއްޔަތަކީ ކޮބައިކަމާމެދު. އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމްގެ ކައުންސިލުން އެހެން ގޮތެއް ކަނޑައަޅަން ދެން، ހަމައެކަނި 24 ގަޑިއިރުގެ ތެރޭގައި ޖަލްސާއެއް ބޭއްވުން އިތުރު ކަންތައްތަކެއް ކުރުމަކީ މުސްތަޝާރަށް މި ހުކުމްގެ ދަށުން ލިބިފައިވާ އިހުތިޔާރެއް ކަމަށް އަޅުގަނޑު ނުދެކެން،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ އަސާސީގެ ގަވައިދުގެ 57 ވަނަ މާއްދާގައި މުސްތަޝާރުގެ ބާރު ވެސް ކޯޓުން ބަލަން ޖެހޭ ކަމަށެވެ. އަދި އެހެން ކަމުން ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވައްޑެ ތަކުރާރުކޮށް ވިދާޅުވި އެވެ.

ޕީޕީއެމްގެ މައްސަލަތައް ބޮޑުވެ، ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ ދެ ފެކްޝަން އުފެދި ދެ ބޭފުޅުން ވެސް ގެންދަވަނީ ކައުންސިލް ބައްދަަލުވުންތައް ބާއްވައި ޕާޓީގެ މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވަމުންނެވެ.

45 ކޮމެންޓް, 176 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 2%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕީފީއެމް

20 October 2016

މިކަމުގައި ކޯޓު އަމުރަކަށް އިލެކްޝަނަކަށް ނުބެލޭނެއެވެ. މިކަމުގައި ބެލޭނީ އާންމު މެމްބަރުންގެ ތާއީދަށެވެ. ސައްޙަ ފެކްޝަން ދެނެގަނެވޭނީ އާންމު މެމްބަރުންގެ ތާއީދު އޮންނަ ގޮތަކުންނެވެ.

The name is already taken The name is available. Register?

ބޮކުބާޑު

19 October 2016

ޔާމީނުގެ އަމަލްތައް ހުރިގޮތަށް ބަލާއިރު ރައްޔިތުންގެ ތާއިދެއް ނޯންނާނެ ކަމަށް ފެނޭ. ރައްޔިތުންގެ މަޖުލިހެކޭ ކިޔާފަ އޮތީ ޔާމީނުގެ މަޖުލިހެއް. ރަށްޔިތުންގެ ބަހެއް ނުވިކޭ. އަޑެއްނާހާ. ކާޑު %100 އަށް ބޮޑުކޮށްލީ. ޓެކްސްތައް ބެލުމެއްނެތި އިތުރުކުރީ. ކަރަންޓްގެ އަގު ބޮޑުކުރި. ކޮމަންވެލްތުން ވަކިވީ. ވާހަކަ ދެއްކުމުގެ މިނިވަންކަން ހަނިކޮށްފި. ރަށްޔިތުގެ އަޑު އުފުލޭޭނެ ފުރުސަތެއްނެތް. ގައުމަށް ޚިދުމަތްކޮށްފަ ހުރި އުމުރުން ދުވަސްވީ ބޭފުޅުންނަށް އިހުތިރާމް ކުރުމެއްނެތް. ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ތިބާގެ ވެރިކަމުގަ ހިގައިފި. ރަށްޔިތުންނަށް އެއްވެސް އޯގާތެރިކަމެއްނެތް.

The name is already taken The name is available. Register?

ޖާދޫ

20 October 2016

ވަރަށް ރަގަޅު ވާހަކައެއް. ޔާމީން އިސްތިޢުފާ!!!!

The name is already taken The name is available. Register?

އަންޒަމާނާ ފާއިޒް

19 October 2016

ދެން ހަމަ ދެ ބޭފުޅުންނަށް ވެސް ދަންނަވާލަން އޮތީ މަރުޙަބާ! ހުރިހާވެސް ނަޞޭޙަތަކީ ތިޔަ ޕާރޓީގެ ބާނީ އަކީ މއ. ކިނބިގަސްދޮށުގޭ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އަލްއަޒްހަރީ ކަން ހަނދުމަފުޅު ނައްތަވާ ނުލައްވާށޭ !

The name is already taken The name is available. Register?

ސަރުކާނު

19 October 2016

މާތްކަލާކޯ ޢައިލީ ކޯޅުންގަޑުން ބޭރުވެ ޤައުމަށް ރަގަޅު ކަމެއް ކޮށްދެވޭތޯ ބަލަންވެއްޖެނު؟ ހީކުރީ ޕާޓީ އައިމާ ޤައުމަށްވާނީ ރަގަޅުކަމަށް. އެކަމަކު ހީކުރިގޮތާ މުޅިން ޚިލާފް. ޕާޓީ ނުހަދާވެސް އަދި ހަދާފަވެސް ބާރު ބާރު ބާރު. ބޯ ހަލާކު

The name is already taken The name is available. Register?

ހަސަން ފުތު

19 October 2016

ދެން ވަރަށް މަޖާ ކަމެއް މީ

The name is already taken The name is available. Register?

މނ

19 October 2016

މަސީހްބުނި 2018 ފައިންކުޅޭވާހަކަ ފައިނަލައްނުދެވިއުޅެނިކޮން މޮޅުވާނެކަމައްބުނިޓީމް ދެބަޔައްބަހާލައިފި ޕ01 ކެޕް ޕ02 ވައްޑެ މިދެމިދެމީހުންނަކީވިސް ކޮންމެ މެޗެއްގަ ބައިކޮޅައްލަނޑުޖަހާމީހުން މިދެމީހުންވެސްކުޅެނީފަހަތައް ޕ01 ގަ ކުރިައްކުޅެންގެނައީ ކޯޓް މި2 ޓީމް 2ކޮޅައްވެސްކުޅޭނި

The name is already taken The name is available. Register?

ނޮންސެންސް

19 October 2016

ޕީޕީއެމްގެ ނައިބް ރައީސް ކަމަށް ރައީސް މައުމޫނު އަށް ދެ ބޭފުޅުން ހަމަ ނުޖެއްސޭނެއެވެ. އެއީ ގޯހެކެވެ. ސަބަބަކީ މިހާރު ލެޖިޓިމޭޓް ޕީޕީއެމް އަކީ އެއީ މަމެންގެ ޓައިޓޭނިއަމް ޕްލޭޓެޑް ސަރުކާރު ކަމަށްވާތީވެ އެއްގޮތަކަށް ވެސް ޕީޕީއެމް ގެ އޮވެގެން ނުވާނެ ދެ ފެކްޝަނެއް. މިހާރު ޕީޕީއެމް ގައި އޮންނަން ވާނީ އެންމެ ފެކްޝަން އެކެވެ. އެއީ މަމެންގެ ސަރުކާރުގެ ޕީޕީއެމް އެކަނި އެވެ. އެހެން ކަމުން ތިޔާ އައްޔަން ކުރެއްވި ދެ ނައިބްރައީސުން ވާނީ ނޮން ލެޖިޓިމޭޓް ދެ ނައިބް ރައީސުންނަށެވެ.

The name is already taken The name is available. Register?

ވައްޑެ

19 October 2016

ވައްޑެއަށް މަރުހަބާ. ތަހުނިޔާ، މުބާރަކުބާދީ، މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ތައުފީގު ދެއްވާށި آمين

The name is already taken The name is available. Register?

ހަމްދަރުދީ

19 October 2016

މައުމޫނު ގެ ފްރީކޯސްޓް ކެމްޕޭން ޑީއާރުޕީ ގެ ޖަގަޑާ އަކީ ވަރަށް ތަރުހީބުލިބި އާންމުންގެސަމާލުކަންލިބި މައުމޫނީ ވަހުދަތު ސަޕޯޓަރުންގެ ހިތުގައި ވަރުގަދަވި އެއްޗެއްކަން ޔަޤީނެވެ. ހަމައެގޮތަށް މިފަހަރު ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެންމެ ފަސޭހަގޮތްކަމަށް ފެންނަނީވެސް މިގޮތަށް ދެބޯގެރިދުއްވުމެވެ. އަދި މިހާތަނަށް ބަލާއިރު ރަނަގަޅު ކެމްޕޭނެއްކަމަށް ދެކެމެވެ. ރައްޔިތުން ނުހެއްލި ހޭއަރާށެވެ. ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީއޭ އާ އެކު ކުރިއަށް ދިއުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އިންތިހާބުތަކުގައި އެއްބާރުލުމަށް އެމްޑީއޭއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއް ޕީޕީއެމުން ވަނީ ކުރިން ހަދައިފަ އެވެ. "އަޅުގަނޑުމެންގެ މިރޭ ނިންމީ މި ޕާޓީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ ލީޑަރާއެކީ މަޝްވަރާކުރަން. އެއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން މަސައްކަތްކުރަން. އޭގެ އިތުރުން ގައުމީ މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާއެކީ މަސައްކަތްކުރާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސްވެރިންނާއެކު މަޝްވަރާކުރަން ވެސް ކައުންސިލުން ނިންމި،" އޭނާ ވިދާޅުވި އެވެ.

The name is already taken The name is available. Register?

ނާރެސް ބޮޑު ތިލަދުންމަތި

19 October 2016

މިވުރެގެ ހުދުމުހުތާރު ވެރިކަމާހެދި މުޅިން މޮޔަގޮވާމީހަކު ނުދެެކެން ބަލަ ތިރީސްއަހަރުވެސް މަދުވެގެން މިއަދު އިއްޒަތުގާއުޅެންވެގެން ވެރިކަން ދަރިގެދަރިންނާ ކާފަ މުނިކާފަދަރިންނައްހޯދަންވެގެން ގައުމުފުޑާލަންތިޔަނުކުމިއިރު ތިޔަވެރިކަމުގާ ހިންގާފައިހުރިކަންތައްނުވިސްނަނީތަ؟؟؟؟؟؟؟ބަލަތިޔަވެރިކަމުގާ މާލެއިން ހިއްކިބިންތައްވެސް ކާރީގެ ބޭފުޅުންނާ އަރިސްބޭފުޅުންނައްވެސްދިނީ ހަމަތިޔަގޮތައް ތިޔަބުނާ އިންސާފުވެސްކުރީ؟؟ ތަޔަބުނާ ރިސޯރޓްތައްވެސްދީ ދެންތިޔަބުނާ ރައްޔަތަކޭ ؟؟މާލެތަރައްގީކޮއްރާއްޖެތެރި ތަރައްގީނުކޮއްމާލެއައުމަންމަޖުބޫރުކުރީވެސް ހަމަ ތިޔަތިރީސް މާލޭގެ ގެތައްބުރިބުރިޔަންނެގީމާތިޔަރާއްޖެތެރޭގަމީހާނެރެލީމާ އިންސާފުކުރީމާ ފަހުބަސްބުނަނީވެސް ތިޔަތިރީސްއަހަރު ކޮބައި މިހާރު ރައްޔަތުންވަރެއްނެތިގެންތިޔައުޅެނީ އިންސާފޭ ///؟؟؟ ގާނޫނޭ ؟؟؟ގަވާއިދޭ ؟؟/ ހުދުމުހުތާރޭ؟؟؟ ވަރައްއިހުތިރާމްކުރިން މިހާރުއެގޭ ވެރިކަމުގެ ދަހިވެތިމީހެއްކަން ގައުމުފުޑާލާފައިވެސް ބޭނުމީ މިވެރިންވެރިކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454