އަޝިޝް.
18 ޖޫން 2020 - 07:51
މީގެ 12 އަހަރު ކުރިން އާއިލާގެ ބަޔަކު ހިތާމަވެރި ހާދިސާއެއްގައި މަރުވުމުން ޑިޕްރެޝަނުގެ ތެރެއަށް ވަރަށް ބޮޑަށް ދިޔަ ކަމަށާއި އެކަމުން އަރައިގަނެވުނީ ރައްޓެހިންގެ އެހީ އާއި މަދަދާ އެކު ކަމަށް އެކްޓަރު އަޝިޝް ޗައުދަރީ ބުނެފި އެވެ.
ސޮނީން ޓީވީން ދާދި ފަހުން ގެނެސްދިން ސިލްސިލާ "ބޭހަދު 2" އިން އެންމެ ފަހުން ފެނިގެން ދިޔަ އެކްޓަރުގެ ދައްތަ އާއި ޅިޔަނު މަރުވީ މުމްބާއީ އަށް ޓެރިސްޓުންގެ ބަޔަކު ނޮވެމްބަރު، 26، 2018 ގައި ދިން ހަމަލާތަކުގައި މުމްބާއީގެ މަޝްހޫރު ތާޖް ހޮޓަލަށް ދިން ހަމަލާގަ އެވެ.
އެ ހާދިސާ އަށް ފަހު ކުރިމަތިވި ހަނދާންތަކާއި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ޑިޕްރެޝަނުގެ ވޭނުގައި މިދިޔަ އާދީއްތަ ދުވަހު ފުރާނަ ދުއްވައިލި ހާދިސާ އަށް އިޝާރާތްކޮށް އަޝިޝް ކުރި ޓްވީޓްތަކެއްގައި ބުނީ އާއިލާގެ ބަޔަކު މަރުވުމާއި މާލީ ގޮތުން ދިމާވި ދަތިތަކާ ގުޅިގެން ޑިޕްރެޝަންގެ ތެރޭގައި ދުވަސްތަކެއް ވަންދެން އުޅެން ޖެހުނު ކަމަށެވެ.
I dipped after 26/11.
— Ashish Chowdhry (@AshishChowdhry) June 14, 2020
Even financially.
And I’m clear it was my friends who saved me.
They save me to date.
I can only thank the universe by promising I’ll always be there for them.
I’m a phone call away.
And I’ve a lot of love and gratitude to give.
Friends are our only earning.
ތިން ކުދިންގެ ބައްޕަ ބުނީ އެ ނާޒުކު ހާލަތުގައި އޭނާ ސަލާމަތްކޮށް ދިން ބަޔަކީ ރައްޓެހިން ކަމަށާއި އެކަމަށް އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށެވެ. އަދި އޭނާ ވެސް ދަންނަ ކޮންމެ މީހަކަށް ދިމާވާ ހިތްދަތި ވަގުތުތަކުގައި އެ މީހަކާ އެކު ހުންނާނެ ކަމަށް ބުންޏެވެ.
Humans sadly have an appetite for negativity. They gorge on gossip, backbiting and judging. It’s business for some and entertainment for many. And insensitively is a more dreadful virus than coronavirus. It’s spread deep. That needs cure. We need to share sensitivity. Share love.
— Ashish Chowdhry (@AshishChowdhry) June 14, 2020
އަޝިޝް ބުނި ގޮތުގައި މިހާރު އެހީއެއް ހޯދުމަކީ މާ އުނދަގޫކަމެއް ވެސް ނޫނެވެ. ސަބަބަކީ އަތުގައި އޮންނަ މޮބައިލް ފޯނުން ކޮންމެ ވަގުތަކު ވެސް އެހެން މީހުންނާ ގުޅައިލެވެން އޮތުމެވެ.
އަޝިޝް ބުނީ އިންސާނުންގެ ތެރޭގައި އަބަދު ވެސް ނެގަޓިވިޓީ އޮންނާނެ ކަމަށާއި އެ ހަގީގަތް ގަބޫލުކޮށް އެކަންކަމުން ދުރުވާން އެންމެން ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ކޮންމެ ކަމަކަށް ހައްލު ވެސް ހޯދޭނެ ކަމަށާއި ބޭނުން ވަނީ އެކަކު އަނެކަކު ލޯބިވެ އަޅާލުން ކަމަށެވެ.
އަޝިޝް، 41، އަކީ ބޮލީވުޑަށް ނުކުތް ނަމަވެސް މިހާތަނަށް މާ ބޮޑު ކާމިޔާބީއެއް ހޯދުނު އެކްޓަރެއް ނޫނެވެ. އޭނާ ކުޅެފައި ވަނީ ވެސް ވަރަށް މަދު ފިލްމުތަކެކެވެ. އޭގެ ތެރޭގައި "ދަމާލް" އާއި "ގަޔާމަތު: ސިޓީ އަންޑަ ތުރެޓް"، "ޑެޑީ ކޫލް" އަދި "ކިއްސޭ ޕިޔާރު ކަރޫ" ހިމެނެ އެވެ.
އަޝިޝް ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ވަޖޫދު" އާއި "ހަމް ޕަރުދޭސީ ހޯ ގަޔޭ" އަދި "ދޭވް" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
18 June 2020
ޑިޕްރެޝަން އަކީ ހަޤީގަތެއް. ބަޔެއް މީހުން މިކަމަށް މަލާމަތް ކުރޭ. އަމިއްލަ އަށް މަރުވާ މީހުންގެ ބޮޑު އިންސައްތަ އަކީ ޑިޕްރެޝަން ބަލި ތަހައްމަލް ކުރާ މީހުން.