ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ބަލި ނެތިގެންދަންދެން، އަހަރުތަކެއް ވަަންދެން ލޮކްޑައުން ނުކުރެވޭނެ: ޑރ. އަފްޒަލް

ރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ.

ކޮވިޑް-19 މުޅި ދުނިޔެ އިން ނެތިގެންދާނެ ކަމަށް ބަލައި، އަހަރު، ދެ އަހަރު ވަންދެން މުޅި ރާއްޖެ ލޮކްޑައުން ހާލަތެއްގައި ނުބޭއްވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ރޭ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވިދާޅުވީ މާލެ އިން ކޮވިޑް-19 ފެނުމުން އަތޮޅުތަކަށް އެ ބަލި ނުދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. މާލެ އިން މި ބަލި އެއްކޮށް ނެތިދާނެ ދުވަހެއް ވެސް ނޭނގޭ ކަމަށާއި އަބަދު އަތޮޅުތަކަށް ނުދެވޭ ގޮތަށް ބަންދުކޮށްގެން ވެސް ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، ބައްޔަކަށް ވެކްސިނެއް އުފެއްދުނަސް އެ ބޭނުންކުރަން ފެށެނީ ވަރަށް ގިނަ މަރުހަލާތަކަށް ފަހު ރަސްމީކޮށް ލިއުމަކުން އޭގެ ސައްހަކަން އެނގުމުންނެވެ. މީގެ ކުރިން ޑެންގީ އަށް އުފެއްދި ވެކްސިންއަކުން މިސާލު ނަންގަވައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެ އިން އެ ބޭނުން ކުރަން ނުފަށައި ތިއްބާ އޭގެ ގެއްލުންތަކެއް އެނގި އެއީ ބޭނުން ނުކުރާ އެއްޗެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.

"އެހެންވީމާ ކޮވިޑް-19 ގެ ވެކްސިންއަކީ ވެސް ހަމަ އެހެން ވެދާނެ އެއްޗެއް. ވެކްސިނެއް ލިބެން އަހަރު ދެ އަހަރު ވެސް ވެދާނެ. އެހާ ދުވަސް ވަންދެން މުޅި ގައުމު އެއްކޮށް ލޮކްޑައުން ކޮށްގެން ތިބުމަކީ ޗޮއިސްއެއް ނޫން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

"ވެކްސިންއެއް މި ބައްޔަށް ވެސް ނުކުތަސް އޭތި އަޅުގަނޑުމެނާ ހަމައަށް ބޭނުންކުރެވޭ ހާލަތަށް އަންނަން ނަގާފާނެ ދެ އަހަރު ތިން އަހަރު ވެސް. އެހެންވީމާ އަޅުގަނޑުމެނަށް ހަމަ ގައިމު ވެސް ދެ އަހަރު ތިން އަހަރު ލޮކްޑައުން ހާލަތުގައި ނުތިބެވޭނެ."

ޑރ. އަފްޒަލް ވިދާޅުވީ މާލެ އިން ކޮވިޑް-19 ފެނުމުން އަތޮޅުތަކަށް އެ ބަލި ނުދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. މާލެ އިން މި ބަލި އެއްކޮށް ނެތިދާނެ ދުވަހެއް ވެސް ނޭނގޭ ކަމަށާއި އަބަދު އަތޮޅުތަކަށް ނުދެވޭ ގޮތަށް ބަންދުކޮށްގެން ވެސް ނުތިބެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ދެން ޖެހޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އުޅެން ދަސްކުރުން ކަމަށެވެ. ސާފުތާހިރު ކަމަށް އިތުރު ސަމާލުކަން ދީ، ސޯޝަލް ޑިސްޓެންސި އާއި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިންފްލުއެންޒާ ފަދަ ބަލިތަކަކީ ވެސް ހަމަ މިގޮތަށް އައި ބަލިތައް ކަމަށާއި އެ ބަލިތަކަށް ވެކްސިން އުފެއްދި ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަދިވެސް އެ ބަލި އުޅޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެހެންވެ، ކޮވިޑް-19އަކީ ވެސް އެފަދަ ބައްޔަކަށް ވެދާނެ ކަމަށާއި އެއާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

33 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 6%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީގ

20 June 2020

ފުރަތަމަ ދުވަހުއްސުރެވެސް މިދެއްކެނީ ހަމަ ތިވާހަކަ އޭރު އެވާހަކައައް މިތަނުގަ ލިބުނީ 100% ނުރުހުން އެކަމަކު މިއަދުގިނަމީހުންގެ ހިޔާލު ބަދަލުވެއްޖެ މިނޫންގޮތެއް ނެތްކަން ވިސްނިއްޖެ. އިތުރު ރައްކާތެރިކަމެއްގެ ގޮތުން މިވައިރަސްއައް ހުށަހެޅިދާނެ ފަދަ މަސައްކަތްތަކުގަ މީހުންނާ މުއާމަލާތްކުރަން ވީވަރަކުން މިރޯގާޖެހި ރަނގަޅުވެފަތިބިމީހުން ނެރުން ބުއްދިވެރިވާނެ. މިސާލަކައް އެއާރޕޯޓުގެ ބައެއްކަހަލަ ވަޒީފާ.

The name is already taken The name is available. Register?

ްއަދުރޭ

20 June 2020

އަންނި އެހެންބުނީމަ ބައެއްމީހުންބުނީ ގައުމަށް ގައްދާރުވަނީޔޯ!!

The name is already taken The name is available. Register?

ަކލޖދަސަ

20 June 2020

އޭނަގެ ވާހަކަ ބާއްވާ. އޭނައެއް ނުން ބުނީ ޓްރަމްޕު ބުނި ގޮތަށް މީބަޔަކު ހައްދަން ކުރާ ކަމެކޭ ދުނިޔޭގެ އެހެން ހުރިހާ ގައުމެއް ބަންދު ކުރި އިރުވެސް. މީހަކު ނުބުނެއޭ އާޙިރަތާ ޖެހެންދެން ދެންތިބޭނީ ގެއިން ނުނިކުމެއެކޭ.

The name is already taken The name is available. Register?

ފުުލެޓް ދޮންބެ

20 June 2020

ފުުލެޓް އަވަހަށް ދެއްވަން އުޅޭ. ހާންތި ވެއްޖެ.

The name is already taken The name is available. Register?

ރަދުން999

20 June 2020

މީހުންނަށް ކަންކަން ތިވަރަށް އޮޅުބާލާކަށް ނުވާނެ. ބިރުވެރި ރާގައް ވާހަކަ ދައްކާކަށްވެސް ނުވާނެ. އިންފުލުއެންޒާ އަކީ ހަމަ ރޯގާ ނުވަތަ އާއްމުކޮށް ބުނަނީނަމަ flu . ކުރޯނާ ރޯގާއަކީވެސް އާދައިގެ ރޯގާއެއް، ތަފާތަކީ ދުނިޔޭގެ ނުފޫޒު ގަދަ ބަޔަކުގެ ރޭވުމުން ސަރުކާރުތަކާއި WHO ހައިޖެކްކޮށް އެމީހުން ބޭނުންވާ ލަނޑުދަޑި ހާސިލުކުރިކަން. ބޭުމަކީ ވިޔާފާރިތައް ބަނގުރޫޓްކޮށްލުން، ލޮކްޑައުން ކޮށްލައި މީހުންތައް ބަލިކޮށޤލުން. ދުނިޔެ ރިސެޓްކޮށްލުން

The name is already taken The name is available. Register?

އިން ޝާ ﷲ

19 June 2020

މމިހުރީ، ސާނަވީ އަށް ކިޔަވާ ދަރިފުޅުގެ ކިޔެވުން ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި ވާތީ، 1 ޖުލައިގައި ސްކޫލަށް ފޮނުވަން ފައިކުރި އޮޅާލައިގެންނެވެ. އަލްޙަ މްދުލިﷲ! އިން ޝާ ﷲ! މިރާއްޖޭގެ ކިޔަވާ ދަރިވަރުންނާއި، ޢާން މުންނާއި، ދުނިޔޭގެ ކަންކޮޅު ތަކުގައި ތިބި މީސްތަކުން މި ބަލި މަޑުކަ މުން ރައްކާތެރި ކުރައްވަވާނެ އެވެ! އާ މީން

The name is already taken The name is available. Register?

އަހުމަދު

19 June 2020

ރައީސް ނަޝީދު މިހެން ބުނީމަ ގޯސްވީ. މިމީހުން ބުނީމަ އޯކޭ.

The name is already taken The name is available. Register?

ފަރުދު

19 June 2020

ތިޔަ ވިދާޅުވީ ވަރަށް ވެސް ބޮޑު ތެދުފުޅެއް ! ތާއަބަދު މުޅިޤައުމު ލޮކްޑައުން ކޮށްފައެއް ނުބޭއްވޭނެ ! ރާއްޖޭންވެސް މިބަލިން ސަލާމަތްވުމަށް ވަރަށް ގިނަ ކަންތައްތަކެއް މހާރު ކުރެވިއްޖެ !އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭން ކޮވިޑްގެ ކޭސްތައްވެސް ވަރަށް ބޮޑަށް ﷲގެ އިރާދަ ފުޅާއެކު މިވަނީ މަދުވެފައި ! ދެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން އެކިއެކި މަރުޙަލާތައް ކަޑައްތު ކުރުން އެއީ އެންމެ ރަނގަޅުގޮތް !

The name is already taken The name is available. Register?

ސުވާލު

19 June 2020

ކަލޭމެން ދެއްކި ޗާޓުތަކާއި ގުރާފްތައް މިހާރު ކޮބޭތަ، ހަމަ ތޮޅިޔަށް ދިޔާ ދޮތަ.

The name is already taken The name is available. Register?

ޖަވާބު

19 June 2020

ދ‫ެއްކި ޗާޓުތަކާ ގާތްކުރާ މިންވަރަކަށް ވެސް ނުގޮސް މައިތިރިވީ ލައްކަ މަސައްކަތުން. ތޮޅިއައްދިޔައީ ތިބުނަނީ އެވަރަށް މީހުން މަރު ނުވީމަތޯ? ކޮންފަދަ ރަހުމުކުޑަ ވާހަކައެއް ތިދައްކަނީ. ދެންވެސް ވާނުވާ ބަލައި ދެވަނަ ރާޅެއް ނުނަގާތޯ މަސައްކަތް ކޮށްބަލަ

The name is already taken The name is available. Register?

ހާލުގެދުލުން

19 June 2020

ތެދެއް ހަމަ. ވެކްސިނެއް ތައްޔާރު ކުރެވެން އަދި އަހަރަކަށްވުރެ ގިނަ ދުވަސްވެސް ނަގާފާނެތީ ހުރިހާ ގައުމަކަށްވެސް މި އޮތީ ވައިރަސް ގޮވައިގެން އުޅެން ދަސްކުރަން ޖެހިފައި.. މިއީ ހިތި ހަބަރަކަށް ވިޔަސް، މިއަދު ދުނިޔޭގެ ހާލަތަކީ..

The name is already taken The name is available. Register?

އިޝާ

19 June 2020

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮވިޑްއާ ކުރިމަތިލަމުން މިދަނީ އެކި ފޭސްތަކަށް ބަހާލައިގެން. ފުރަތަމަ ކޮންޓްރޯލު ކުރަން ލޮކްޑައުންކޮށް މީހުން ޑިސިޕްލިން ކުރޭ. އެކަން ކަށަވަރުވީމަ، ދެން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭ. ފުރަތަމަ ފޭސްގައި ލޮކްޑައުން ނުކުރި ނަމަ ނުވަތަ މިއަދު އެމެރިކާ އޮތް ހާލަތުގައި ރާއްޖެ އޮންނާނީ. އެމެރިކާގައި މިއަދު 2 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ މަރުވި އަދަދު ފަހަނައަޅައި ގޮއްސި ވިއެޓްނާމް ހަނގުރާމައިގައި މަރުވި އަދަދަށްވުރެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454