21 ޖޫން 2020 - 19:07
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެއްވެސް މައްސަލައެއް ނުބަލަައި ދޫކޮށްލަން އަންގާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ، މި ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމާފައިވާ ކަމަށް ބުނެ "ދިޔަރެސް" ގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ބުނީ، ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ތަހުގީގީ އިދާރާއަކަށް ވެސް މިނިވަންކަމާ އެކު، ތަހުގީގު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. ޖިނާއީ ހުރިހާ މައްސަލައެއް ވެސް ތަހުގީގު ކުރުމާ މެދު ގޮތް ނިންމާނީ ތަހުގީގީ އިދާރާތަކުން ކަމަށާއި އެއީ ޕީޖީ އަށް ބާރު ފޯރުވޭ ކަންކަން ނޫން ކަމަށް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ގާނޫނުތައް ހަމަޖެހިފައިވާ ގޮތުން ނަމަ ޖިނާއީ މައްސަލަތަކުގައި ޕީޖީ ދައުވާ ކުރުމަށް ނިންމަވާނީ ތަހުގީގީ އިދާރާތަކުން ފޮނުވާ ކަންކަމަށް ބެއްލެވުމަށް ފަހު އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން، މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން އެ އޮފީހުން ނިންމައިފައެއް ނުވާނެ އެވެ. ވަކި މީހެއްގެ ބައި ނުބެލުމަށް ނުވަތަ މައްސަލަ ކުރިއަށް ނުގެން ދިއުމަށް ޕީޖީ ހުސައިން ޝަމީމް އެއްވެސް އިރުޝާދެއް ދެއްވާފައި ނުވާނެ ކަމަށާއި މައްސަލަތަކާ ގުޅިގެން ޕީޖީ ދެއްވާފައިވާ ލަފާ ލިޔެކިޔުމުން ފެންނަން ހުންނާނެ ކަމަށް ބަޔާނުގައި ވެ އެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ ބައި ތަހުގީގު ނުކުުރުމަށް، ނުވަތަ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މީހެއްގެ މައްސަލައެއް މި އޮފީހަށް ބަލައި ނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އެއްވެސް އިރަކު، އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށް ވެސް އަންގަވާފައެއް ނުވަތަ އިރުޝާދު ދީފައި ނުވޭ،" ބަޔާނުގައި ވެއެވެ.
ޕީޖީ އޮފީހުން ބުނީ، ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ތަހުގީގީ އިދާރާއަކަށް ވެސް މިނިވަންކަމާ އެކު، ތަހުގީގު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. ޖިނާއީ ހުރިހާ މައްސަލައެއް ވެސް ތަހުގީގު ކުރުމާ މެދު ގޮތް ނިންމާނީ ތަހުގީގީ އިދާރާތަކުން ކަމަށާއި އެއީ ޕީޖީ އަށް ބާރު ފޯރުވޭ ކަންކަން ނޫން ކަމަށް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ޕީޖީގެ މަގާމުގެ ހައިސިއްޔަތުން ނިންމަވާ ނިންމެވުންތަކަކީ މިނިވަންކަމާ އެކު، ގާނޫނުއަސާސީ އާއި ގާނޫނާއި ރައްޔިތުންގެ ހައްގުތަކާއި މިނިވަން ކަން އޭގެ ހަގީގީ މާނައިގައި ރައްކާތެރިކޮށް، ނެގެހެއްޓުމަށް ނިންމަވާ ނިންމުންތަކެއް ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަކީ ގައުމީ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، އަދުލު އިންސާފު ކަށަވަރު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން އެއްވެސް އިސްތިސްނާއެއް ނެތި.ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ޕީޖީ އޮފީހުން ދިނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޮވެމްބަރު 17، 2018 ގައި މަގާމުގެ ހުވާކުރެއްވުމާ އެކު، އެ ދުވަހު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުން ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓެއް އެކުލަވާލާފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު މުހައްމަދު
22 June 2020
ރީނދޫ ހަރުގޭ ފުއްޑަނުން ނުކުމެ މީނައަށް ކޮން މިނިވަނެއް ވެވޭނީ
ޚާލިސް
22 June 2020
ޤައުމު މިއޮތީ ހުރިހާ ނަމާދެއްގެ ފަހު ރަކުޢަތުގައި "ޤުނޫތު" ކިޔަން ޖެހިފައެވެ.
ކަނބިލި
22 June 2020
މީނާ ވައްތަރީ ސިޔާސީ އެކްޓިވިސްޓަކާ. އެމްއެމްޕީސީއއާރު މައްސަލައަކީ ސަރުކާރުގެ ބޮޑުންގެ ކަރުގައި އަޅައިގެންފައިވާ ކައްޓެއް
ޔާ ޤޫބު
22 June 2020
ސިމްބެ ވެސް ކަޑަ އެވެ. ހީކުރެވުނީ ނުބައި ކޮށެވެ.
ބޮޑުމީހާ
22 June 2020
ފުރަތަމަ އަމިއްލަ މީހާއާއި ސުވާލުކޮށްބަލަ ހިޔާނާތް ބަލަން ތި ބޭފުޅާގެ މަސްލަހަތު އޮތްތޯ. އަދީބުގެ ވަކީލު ފީގެ ފައިސާ އަކީ ހިޔާނާތުގަ ފައިސާ. ކަޑައެޅިގެން އަދީބު ހިންގާފާއިވާ ޖަރީމާއެއްގައި ދިފާއުގައި ކަލޭ ނުކުތީ ހިޔާނާތުގެ ފައިސާގައި ޖެހެން. ދެން މިހާރު ތި މަގާމުގައި ހުރެ އެކަން އިންސާފުވެރިކޮށް ގެންދާނެގޮތެއް ނުވިސްނޭ
ރީތި މޫސަ
22 June 2020
ރާއްޖެއަށް ޑިމޮކްރަސީ އައިހިސާބުންފެސިގެން ނޫގާނޫނު އަސާސީއުވާލާ އެކުލަވާލި ފެހިގާނޫނުއަސާސީ ވުޖޫދަށްއައިހިސާބުން ފެށިގެން ބަލަންޖެހޭ
ޙަލީމު
22 June 2020
ކެރެޓް ނަޖީބު މަރާލި މީހާ ސަލާމަތް ކުރަން ކޯޓުގައި ދޮގުވާހަކަ ދައްކައި ޤާޟީއަށް އޮޅުވާލަން އުޅުނީ މީނަ.
ކޮރަކަލި
22 June 2020
މިވެރިކަން ނިމޭއިރުވެސް ތިކަން ވާނެބާ ރަށެތެރެ ކިޔާތީއިވޭ މިހާރު ހޮވިފައިވާ މަޖުލިސްގައި ވެސް ތިރުފިޔާކޮޅު ލިބުނު ކުދިންކޮޅެންވާކަމައް،
އެޑަމް
21 June 2020
ޕީޖީ ތިހެންވިދާޅުވާއިރު2008ކުންފެށިގެން ތިވިދާޅުވާ ތަހުޤީޤީ އިދާރާތަކުގާވާނުވާނޭގި ހުއްޓިފަ ކުރިއައްނުގޮސްކިތައްމަސްއަލަ އެބައޮތްތޯ?މިކަންބަލާނެއަދި ބެލޭނެ އެއްވެސްފަރާތެއް މިޤައުމުގަވޭތޯ,ތިދާއިރާތަކައް ރައްޔިތުންގެއިތުބާރުއޮތީކިހާ ވަރަކައްތޯ?!
ސޭކު
21 June 2020
ޙުސޭނާ، އަމިއްލައަށް ދިފާއުވާންވެސް ނޭނގޭ ކަލެއަށް. ތިމައްސަލަ ޕީޖީގެ ދަށުން ގެންދެވޭނީ، އެއްބަޔަކު ރުއްސައިގެން. ތިހުރިހާ އެެްއްޗެއް ކަލެއަށް އެނގޭނެތާ، އަދީބުގެ ވަކީލުވއްޔަ. ތިމައްސަލަ ބަލަންޏާ ބަލަިއި ނިމެންދެން ގޭގަ ހުންނަންޖެހޭ. ޢެހެންނޫނީ ކަލޭގެ ނުފޫޒު ވައްދާނެ