ޚަބަރު / އެމްއޭސީއެލް

އޭސީސީން އާނއެކޭ ބުނުމާއެކު، ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރަން އެމްއޭސީއެލް ތައްޔާރު

ެާއާ ސީޕްލޭން ޓާމިނަލް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރުގެ މަންޒަރެއް. ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާ މެދު އޭސީސީގެ ލަފަޔަކަށް ވަނީ އެދިފައި.

އެމްއޭސީއެލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތް ކޮށްފައިވާ އާ ސީ ޕްލޭން ޓާމިނަލް ދޫކުރުމާ މެދު އޭސީސީގެ ލަފަޔަކަށް އެދިފައިވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ން ބޭއްވި ބައްދަލުވުމެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑައިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ، އޭސީސީގެ ލަފަޔަކަށް އެދުނީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް ގެންދިއުމާ މެދު ކަަމަށެވެ.

"މިހާރު އަޅުގަނޑުމެން އޭސީސީގެ ރެސްޕޮންސަކަށް މަޑުކޮށްގެން މި ވަގުތު މިތިބީ. އެ ބޭފުޅުން އާނއެކޭ ހަމަ ވިދާޅުވާ އިރަށް ކޮންޓްރެކްޓްތައް އަޅުގަނޑުމެން ހަވާލު ކުރާނަން،" ސޯލިހު ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ސުވާލަކަށް ވީ، ސަރުކާރުން ޝަރުތުތަކަަކަށް އެއްބަސްވެފައި ވާއިރު، އެގޮތަށް ކުރިއަށް ދިއުން އޭސީސީން ހުއްޓުވާފައި ވޭތޯ އެވެ. އޭގެ ޖަވާބުގައި ސޯލިހު ވިދާޅުވީ އޭސީސީން އެކަން ހުއްޓުވާފައި ނުވާ ކަމަށާއި އެކަމަކު އެ ކޮމިޝަންގެ ރައުޔެއް ހޯދަނީ އެމްއޭސީއެލުން ބޭނުންވެގެން ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް، މާލިއްޔަތު ކޮމިޓީ އަށް ކުރިން ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

".. ނޫން އަޅުގަނޑުމެން އަނެއްކާ ވެސް ހަމަ އޭސީސީ އަށް މި ފޮނުވީ. ފިނޭންސް މިނިސްޓްރީން މި ކަހަލަ ގައިޑެންސެއް އެބައޮތޭ މަޖިލީހުން މި ކަހަލަ ގައިޑެންސެއް އެބަ އޮތޭ. ތިޔަ ބޭފުޅުން ފޮނުވާފައި އޮތް މީނދަމީނދަ އެއްޗަކާ އެއާ އެބަ ކުޑަކޮށް ތައާރަޒުވެޔޭ، އަޅުގަނޑުމެން މިގޮތަށް މި[ކަން] ގެންދަން ތިޔަ ބޭފުޅުން އޯކޭ ދެއްވީމައޭ އަޅުގަނޑުމެން މި އާއިގެން ކުރިއަށް ދާނީ،" އޭސީސީގެ ލަފައަކަށް އެދުނު ސަބަބާ ގުޅޭ ތަފްސީލަށް ވަޑައިގަންނަވަމުން ސޯލިހު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ހުށަހެޅުމަކީ ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމެވެ. އެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަައަށް ހިންގަން ވާން ޖެހޭ ތައްޔާރީތައް ނިމި ޓާމިނަލްއާ ހަވާލުވާން ވެސް އެ ނިންމުމުގައިވެ އެވެ.

ފިނޭޭންސުން އެގޮތަށް އެންގީ 19،000 އަކަމީޓަރުގެ ޖާގައެއް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން 15 އަހަރު ދުވަހަށް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް ބުނެ ޓީއެމްއޭއިން ޝަކުވާ ކުރަމުން ދަނިކޮށެވެ.

އެމްއޭސީއެލް އާއި ޓީއެމްއޭގެ އެ މަޝްވަރާގެ ކަންތައް ފެންމަތިވީ އެސްއޯއީ ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށް ފަހު އެވެ. އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން އެދޭ ގޮތަށް ޓާމިނަލް ކުއްޔަށް ދީފި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލޭނެ ކަމަށެވެ.

ސީ ޕްލޭން ޓާމިނަލްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރު އެންމެ ފަހުން ވިދާޅުވެފައި ވަނީ އެކަމުގައި ސަރުކާރުގެ ނިންމުން ތަންފީޒު ކުރައްވާނެ ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހެވެ

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

4 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަފުރާސިޔާބު

22 June 2020

ތިވެސް ފާޑެއްގެ ކަމެއް. އެއިރުން ކޮންމެ ގޯހެއް ހަދާފައި އޭސީސީގެ ބޮލަށް ކަނޑާލާނީ. ނިމިދިޔަ ސަރުކާރުންވެސް ގިނަކަންކަމުގައި އޭސީސީގެ ލަފާހޯދައި އެގޮތަށް ކަންކަން ނިންމާފައި އެބަހުރި. އަދި އެނިންމި ނިންމުންތަކަކީވެސް ގާނޫނާ ޚިލާފަށް އެކަމަކު އޭސީސީގެ ވެރިންނަށް ނުސީދާ އަދި ސީދާ ފައިދާލިބޭ ކަންކަން. އޭސީސީ އަކީ ސަރުކާރުގެ އެޑްވައިޒަރީ ކައުންސިލުތޯ؟ ނަމުގެ ކުރީގައި އޮތް އެންޓި ކަނޑާލާފައި ޖީ އަކުރު ލާފައި ގަވަރުމަންޓް ސެންޓްރަލް ކައުންސިލު ކިޔަންވީނޫންތޯ

The name is already taken The name is available. Register?

ވަތުބަތާނަ

22 June 2020

ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ އެތައް ވަޢދުތަކަކާއި ހުވާތަކެއް ވެގެން! ރައްޔިތުންނަށް ގައުމަށް އެންމެ ފައިދާހުރި ގޮތަށް ވެރިކަން ކޮށްދޭންވެގެން! ނަމަވެސް ވެރިކަން ލިބުނީމާ ހަމައެއްމެ ކަމެއްވެސް ކަޓު ނުލިބޭގޮތަށް ނުކުރެވޭ! ޔަޢުނީ ދެފުއްފެންނަށްގޮތަށް. ގާތް މީހުންނާއި ތިމާގެ މީހުންނަށް މަގާމުތަށް ދީފުރާލަނީ. އާދައިގެ މީހުންގެ ދަރިން ކިޔެވިއެއްޗަކާއި އެއްވަރު ވަޒީފާގަނޑެއް ލިބޭނެގޮތެއް ނެތް! ބޭރު މީހުން ގެނެސް ފުރާލާ.

The name is already taken The name is available. Register?

ކަންނާޑި

21 June 2020

މިހާތަނަށް އޭސީސީން ބަލަމުންދާ ކަމަށް ބެލެވެނީ ދެ މައްސަލައެވެ އެއީ 400 ރުފިޔާ ގެ މައްސަލައަކީ ލާމު ގަމު ގޯތި މައްސަލައެވެ . ގެއްލިފައިވާ 1000 ރުފިޔާ ނޫޓް ޕެލަޓް ޕެލަޓް ރުފިޔާ ގޯނިތަކުގެ އެއްވެސް މައްސަލައެއް ނުބަލައެވެ

The name is already taken The name is available. Register?

މިވަރެއްނެތް

21 June 2020

އެހެން ބައެއްގެ ބޮލަށް ކަނޑާލާގޮތަށް މިހާރު ނިންމާލަނީދޯ؟ ރާއްޖޭގެ ސަރުކާރުން ވިޔަސް ސަރުކާރުގެ ކުންފުންޏަކުންވެސް ތެދުވެރިކަމާއެކު ކޮރަޕްޝަން ނުހިމެނޭ ގޮތަށް ކަމެއް ކުރާނެ ކަމުގެ އުންމީދު ރައްޔިތުންނަށް ވަރަށްވެސް ކުޑަ. އާންމުންގެ އިތުބާރު ގެއްލިފައިވާ ވަރުން ބުއްދުވެރި ގޮތަކީ ސަރުކާރުން ވިޔަފާރިއާޢި ދުރުވެ ޕޮލިސީތައް ތަންފީޛުކޮށް ޓެކްސް ނެގުން. އެއިރުން އާމްދަނީ އިތުރުވެ ކޮރަޕްޝަން މަދުވެ އެފިޝެންސީވެސް އިތުރުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454