ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ދިވެހިންނަށް އިސްކަންްދޭ ކުންފުނިތަކަށް އިންސެންޓިވްސް ދޭން ޖެހޭ ކަަމަށް. ފޮޓޯ:މަޖިލިސް
23 ޖޫން 2020 - 12:39
ޓޫރިޒަމް އިންޑަސްޓްރީގައި ދިވެހިންނަަށް އިސްކަަންދޭ ކުންފުނިތަކަށް ޓެކްސްގެ ލުއި ދޭންޖެހޭ ކަމަށްް ގަބޫލު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވެއްގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަލީ ވިދާޅުވީ، 60 ޕަސެންޓަށް ވުރެ އިތުރަށް ދިވެހިން ގެންގުޅޭ ރިސޯޓުތައް ވެސް އެބަހުރި ކަމަށާއި އެފަދަ ފަަރާތްތަކަށް "ހެޔޮ ގޮތް" ވާން ޖެހޭ ކަމަށެވެ. ޓެކްސްގެ ނިޒާމާއި ގާނޫނުތަކުގެ ތެރެއިން އެ އިންތިޒާމު ހަމަޖެހެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭން ނިމޭ އިރު، އަޅުގަނޑު އުއްމީދު ކުރާ ގޮތުގައި އަދި ގަބޫލުކުރާ ގޮތުގައި ދިވެހިންނަށް އިސްކަންދޭ ތަންތަނަށް ޓެކްސް އިންސެންޓިވްސް އަންނަން ޖެހޭ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އޯގާތެރިކަމުގެ ސިޔާސަތެވެ. އެހެންވެ، މީހުން އިސްލާހު ވާނީ ހަރުކަށި ފިޔަވަޅު އަަޅައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ ރަނގަޅަށް ކަންތައްތައް ކުރ ފަރާތްތަަކަށް ރަނގަޅު ގޮތްތައް ހަދައިދިނުން ކަަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޮބަހައްޓައިގެން ހަރުކަށި ފިޔަވަޅު އަޅައިގެނެއް ނޫން މީހުން އިސްލާހު ވާންވީ. މީހުން އިިސްލާހު ވާންވީ ނުވަަތަ ހެޔޮ ބަދަލު އަންނަންވީ ހަމަ ލޯބި ދީގެން،" އަލީ ވިދާޅުވި އެވެ.
ރަނގަޅަށް ކަންތައްތައް ކުރާ ކުންފުުނިތަކަށް ލުއި ލިބޭނެ މަގަށް މަޖިލީހުގެ މެމްބަރުން މަސަައްކަތް ކޮށްދެއްވަން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޮބަހައްޓައިގެން ހަރުކަށި ފިޔަވަޅު އަޅައިގެނެއް ނޫން މީހުން އިސްލާހު ވާންވީ. މީހުން އިިސްލާހު ވާންވީ ނުވަަތަ ހެޔޮ ބަދަލު އަންނަންވީ ހަމަ ލޯބިދީގެން،--- އަލީ ވަހީދު
ޓޫރިޒަމް އިންޑަަސްޓްރީ އަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސަައްކަތް އެ އިންޑަސްޓްރީގެ ފަރާތްތަކުން ކުރަން އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެކުގައި ވެސް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުުން އަންނަ ކަމަށް އަލީ ވިދާޅުވި އެވެ. އެކަމަކު، އެގޮތުން ކުރިއަށް ގެންދަން އުޅުނު ބައެއް ޕްރޮގްރާމްތަކަށް ތަރުހީބު ނުލިބުނު ކަމަށް ވިދާޅުވި އެވެ.
އަލީ ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާ އިން ތަމްރީނު ހަދަން މީހުން ޝައުގުވެރިކުވުމަށްޓަކައި މީހުންނަށް ތަފާތު އެހީތެރިކަން ދިނުމަކީ ވިސްނުމެކެވެ. އެގޮތުން ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންގެ ތަމްރީނު ނިމުމާ އެކު، ވަޒީފާ ލިބޭނެ ކަމުގެ ކަށަވަރުކަން މިހާރު ވެސް މިނިސްޓްރީން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޭތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ހަޔާ އެޑިއުކޭޝަނުން ދެކުނު ސަރަހައްދެއްގައި އިއުލާނު ކުރި ޕްރޮގްރާމަށް ހަމަ އެކަށީގެންވާ ތަރުހީބެއް ނުލިބިގެން އެ ޕްރޮގްރާމް ކުރިއަށް ނުދިޔައީ. އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަޅުގަނޑުމެންނާ ބައްދަލުކުރީމާ އަޅުގަނޑުމެން މި ވިސްނަނީ ސްޓައިޕެންޑެން ދީގެން، ކިޔަވަން ދާ ކުއްޖާ އަށް އެއްޗެއް ދީގެން ވެސް ކިޔެވޭނެ މަގު ފަހިކުރަން،" އަލީ ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ހާލަތު އޮތް ގޮތް ބަލަން ސަރުކާރުން ވަނީ މިދިޔަ އަހަރު ހާއްސަ ސާވޭ އެއް ކޮށްފަ އެވެ. އެ ސާވޭ އިން އެނގިފައިވާ ގޮތުގައި ވަޒީފާއި ދިވެހިންނާއި ބޭރު މީހުންގެ ނިސްބަތް ހުންނަން ޖެހޭ މިންގަނޑުގައި ނެތް ގިނަ ރިސޯޓްތަކެއް ފާހަގަ ކުރެވުނެވެ. އެ ކަންތައްތައް އިސްލާހު ކުރަން ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކަށް އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
24 June 2020
ރިސޯރޓްވެރިއެއްގެ ސްލޮޓްގަ އުޅެންޏާ ހުށަހެޅޭނީ ތިކަހަލަ ޚިޔާލު! އެނޫންނަމަ ބިދޭސީން ގެންގުޅޭ ތަންތަނުން އިތުރަށް ޓެކްސްނަގަން ޚިޔާލު ކުރެވުނީސް!
ައަފުރާސިޔާބު
23 June 2020
ދުނިޔޭގެ އެހެންގައުމުތަކުގައި ކަންކުރާގޮތަކީ އެގައުމަށް އިންވެސްޓްމަންޓް ގެންނަނީ އެގައުމުގެ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު އުފެއްދުންތައް ކުރިއަރުވައި އެކްސްޕޯޓް ޓެކްހާއި އިންޕޯޓް ޓެކްސް ނަގައި ގައުމަށާއި އަދި އިންވެސްޓް ކުރާފަރާތަށް ފައިދާ ހޯދާދިނުމަށް. މުހިންމު ޝަރުޠަކީ ވަޒީފާ އިތުރުކުރުން. މިގައުމުގައި މިވާގޮތަކީ އިންވެސްޓް ކުރާފަރާތަށް އެކަނި ފައިދާ މިވަނީ. ގާނޫނެއް ގައި ބަޔާންކޮށްފައިވާނަމަ ތިކަމަކަށް އާދޭސްކުރާކަށް ނުޖެހޭ
ބޮޑުމީހާ
23 June 2020
ގަވާއިދު ބަދަލުކޮށްބަލަ. ދިވެހިން 60% ބިދޭސީން ބާކީ ބައި. 99 އަހަރަށް ރިސޯޓު ދީފަ، ހަދަން 6 ރިސޯޓު ހުޅުވާވަރަށް ޑިއުޓީ މާފުކޮށް މުދާއެތެރެކޮށްފަ، ކޮވިޑް ލޯނު ދީފަ، އަނެއްކާ ޓެކްސްވެސް ލުއި ކުރަނީ. ހަރުކަށި ގަވާއިދަކުން ނޫނީ މައިތިރި ނުވާނެ. އަލީ ވަހީދު ހީކުރަނީ އެމީހުންގެ ތަރިކަ މުދާކަމަށްތަ އެއީ. އެ ފަޅުރަށްތަކާއި ފަޅުތަކަކީ ހުރިހާ ދިވެހިންގެ މިލްކެއް. އެއްބަޔަކަށް އަބަދު ފައިދާ
ސިމްޕަލް
23 June 2020
ހާދަ މަޖާ ޖޯކް ވިދާޅުވާ ބޭފުޅެކޭ. ސަރުކާރުން ހަދާފައިވާ ގަވާއިދާ އެއްގޮތަށް އަމަލު ކުރާނަމަ އަދި އިތުރަށް ސަރުކާރުން އެޙީ ދޭން މިޖެހެނީ. ގަވާއިދަށް އަމަލު ނުކުރިއަސް އޯކޭ. އެހެންވީމާ ކޮންމެހެން ގަވާއިދުތަކެއް ހެދުމުގެ މާބޮޑު ބޭނުމެއް ނެތްތާ.
އުމަރުބެ
23 June 2020
ހުރިހައި ރިސޯޓްތަކަށް ލުއިދޭންޖެހެނީ، ވަކި ބަޔަކު އިހްމާލް ކުރުމަކީ ފޮރިން އިންވެސްޓްމަންޓަށް ދެވޭ ނުބައި މެސެޖެއް، އެހެންކަމުން ހަމަ އެކަނި ދިވެހިންނަށް އިސްކަން ދިނުމަކީ ވަރަށް ބޮޑު ނާއިންސާފެއް، ކޮވިޑް ގެ މައްސަލައަކީ ހުރިހައި މީހުންނަށް އަދި މުޅި ދުނިޔެއަށް ދިމާވިކަމެއް
ައަފުރާސިޔާބު
23 June 2020
އުމަރުބޭ އިންޑިއާގޮސް އިންވެސްޓް ކޮށްފައި ބުނެބަލަ ތިމަންނަ ބޭނުންވަނީ އެތަނުގައި މަސައްކަތްކުރަން ދިވެހިންގެންނާށޭ ބުނީމާ ހުއްދަދޭތޯ؟ އެހެނެއްނޫން އިންޑިއާއިން ލިބެންނެތް ޕްރޮފެޝަނަލުންނަށް ހުއްދަދީފާނެ. ނުވަތަ އިންވެސްޓްކުރާ ފަރާތުގެ އާއިލާގެ މީހުންނަށް ހުއްދަދީފާނެ. އިންވެސްޓްމަންޓް ގައުމުތަކަށް މައިގަނޑު ގޮތެއްގައި ގެންނަނީ ދެ ސަބަބަކަށް އެއީ ގައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށާއި އުފެއްދުންތައް އިތުރުކުރުމަށް.
ދީފް
23 June 2020
160ރިސޯޓު އޮންނައިރު ދިވެހިންނައް އިސްކަންދޭ ްްްްްްްްްްްްްްްްް 10 ރިސޯޓު ވަރުއޮތީ ދިވެހިރާއްޖޭގަ 40%ދިވެހިން 60%ބޭރުމީހުން ގިނަ ރިސޯޓު ތަކުގަ 40%ދިވެހިން ނުވެސް އުޅޭ .ދިވެހިރާއްޖޭގަ ދިވެހިންނަށް އަންދާގާނޫނު
ދޫނި
23 June 2020
ރިސޯޓް އޯނަރުން ދަށުވެފަހުރި މީހެއް މި އަލީވަހީދަކީ. މަހުންޖަނުން ފަހަތުން އަބަދުވެސް މުގޯލިއަޅާނި
ފައިދިގުބޯވަ
23 June 2020
މަނިކުފާނަށް މިހާރު މަނިކުފާނު. ފެންނަފަދައެވެ. ރައްޔިތުންގެ މަތިން ހަދާންނެތިއްޖެކަންޔަޤީނެވެ. ރައްޔިތުންގެ މިލްކިއްޔާތުގައިވާ މުދަލާއި ރައުސުލްމަލު، އަދިޙަޒާނާ ތައް މަނިކުފާނނަށްއޮޅި އެތަކެއްޗަކީ މަނިކުފާނުގެ އަމިއްލަ މިލްކިއްޔާތުގައިވާ ތަކެތިކަމަށް ތިކޭ ހުވަފެެންހުއްޓާލާށެވެ. ރިސޯރޓުތަކުގެއޯނަރުންތައް ރައްޔިތުން. ބިކަކޮއް މަގުމަތި ކުރިހަދާން މަނިކުފާނު ނެތުނަސްރައްޔިތުން އެހަދާންކުރެއެވެ. އެވެރިންގެ އަތުންޓެކްސްނެގުމަށްރައްޔިތުން ގޮވާލަނމެވެ.
އެއްކަލަ ގޮލާ
23 June 2020
އިސްކަންދީގެން ދިވެހި މުވައްޒަފުން ކަނޑާލި ރިސޯޓުތަކަށްތަ؟
ވައަތުފުއްކިނބަ
23 June 2020
ވަޒީރޫ! ރައްޔިތުންގެ މުދަލަށް މަނިކުފާނަށް ބޭނުންހާ ބަޔަކަށް ބަހައި ބޭނުންވީމާ ޢެވެރިންނަށް ފައިދާ ވާގޮތައް ޓެކްސް ކަނޑާލުމަށްފަހު ވަޒީފައިގައި ތިބި ނިކަމެތި ރައްޔިތުން އެވެރިން ވަޒީފާއިން ވަކިކޮއް އާޢިލާ ތަކާއި އެކު މަގުމަތި ކުރީމަވެސް މަނިކުފާނުގެ ވިސްނުން ތިހުރީ އަދިވެސް އެފަދަ ވިޔަފާރިވެރިންނަށް ނަފާ ހޯދާދިނުމަށް މަނިކުފާނު ފޫގަލައިގެން ހުރިތަނެވެ. މިއީ ކޮރަޕްޝަން. ޚަމުގައި މިއަލާ ދެކި ތިކަންވެސް ބެލޭނެ ދުވަހެއް އަންނާނެކަން ޔަޤީނެވެ.