ހުޅުމާލޭގެ ފަޅުތެރޭގައި ސަފާރީއެއް އަޅާފައިވާއިރު ފުލުހުން އެ ސަރަހައްދު ޕެޓްރޯލް ކުރަނީ: މި ތަނުގައި އަޅާފައި އޮތް ސަފާރީއަކަށް ރޭ ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވެނީ ދިވެހި ދެ ފިރިހެނަކަށް.---ފޮޓޯ: މިހާރު
26 ޖޫން 2020 - 21:15
ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ދިވެހި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ލިބުނީ ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު ކަމަށާއި ދިވެހި ދެ ފިރިހެނުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 39 އަހަރުގެ ދެ މީހެކެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް 27 ން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން ޓޫރިސްޓުންނެއް ނާދެ އެވެ. އެހެންވެ، ސަފާރީއަށް ދިޔަ އަންހެން މީހާއަކީ ބެލެވޭ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ މީހެކެވެ. އެކަމަކު މައްސަލައިގެ އިތުރު ތަފްސީލު އަދި ނުލިބޭތީ އެކަން ކަށަވަރެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުންތެރި
27 June 2020
ސަފާރިއަށްު ދިއުން އެއީ ކުށެއް ރަވައިގެން ހިންގާ ބަދުއަހުލާޤީ ޢަމަލެއް
ސަންޕާޅޯ
27 June 2020
ތިހެން ބުނާކަށް ނޭނގޭނެ.
ރީތި މޫސަ
27 June 2020
ކީއްކުރަންބާ އެއަންހެންމީހާ ސަފަރީއަސްދިޔައީ އަދި ހުއްދަވެސް ނުދޭނޫންތޯ ނަމަވެސް އަވަހަށް ތިކަންކުރިމީހުނަށް އަދަބަދޭތި ދިގުނުދަންމާތި އެހެންނޫނީ ނިމިގެންދާނީ އެކަށީގެންވާ ހެކިނުލިބުނީކަމަށްވެގެން
ޙަލީމާ
27 June 2020
އަންހެން މީހާ ސަފާރީން ވައްކަން ކުރަން އުޅެނިކޮށް ފަޅާއެރީމަ ރޭޕު ކުރީއޭ ކިޔައިގެން ގުޅީ ކަމަށް ވެސް ވެދާނެ އެއްނު. ތިހާ އަވަހަށް ބައެއްގެ ބޮލުގައި އެހާ ބޮޑެތި ކަންކަން އަޅުވާކަށް ނުވާނެ. ކަމެއް އަދި ކުރި ކަމެއް ވެސް ނޭނގެއެއްނު.
ޙަލީމު
27 June 2020
އޭނާއަށް އެ ސަފާރީއަށް ދެވުނު ގޮތެއް ބަލަން ޖެހޭނެ.
ބަނިއާދަން
26 June 2020
ރޭޕަކީ ޖިންސީ ގޯނާއެއް ނޫން. ރޭޕަކީ ގަދަކަމުން ޒިނޭކުރުން. ޖިންސީ ގޯނާއަށްވަނީ ޖިންސީ ގުޅުން ހިންގުމެއް ނެތި އެކަމަކު ޖިންސީ ގުނަވަންތަކުގައި އަތްލުންފަދަ ކަންކަން. އެއީ ގޯނާއަކީ
ޚޮކހ
27 June 2020
ތަޖުރިބާ ދެއްތޮ؟
ސަސި
26 June 2020
ރޭޕް ކުރުމަށް ޖިންސީ ގޮނާ ކިއީމަ އޭގެ އަދަބު ކުޑަވާނެތަ
ނަދީމް45
26 June 2020
ފެއްޓުނީ ދޯ