އާމިރު.
01 ޖުލައި 2020 - 07:49
އެކްޓަރު ވިވެކް އޮބެރޯއި ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ ނަމަކީ "އިޓީ" އެވެ. މީގެ ޑައިރެކްޓަރަކީ ވިޝާލް މިޝްރާ އެވެ. މި އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި ޝޫޓިން ފަށާ ފިލްމު ގެނެސްދޭނީ ވިވެކްގެ ފިލްމު ކުންފުނި އޮބެރޯއީ މެގަ އެންޓައިންމަންޓުންވެ.
"އިޓީ" އަށް ކާސްޓުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުން ދިޔަ ނަމަވެސް، އޭގެ ރޯލަކުން ވިވެކް ފެންނާނެ ކަމެއް އަދި އޭނާ ނޭނގެ އެވެ.
Excited to announce our 1st film- #Iti
— Vivek Anand Oberoi (@vivekoberoi) June 30, 2020
Produced by @mandiraa_ent & my home production Oberoi Mega Ent. A high concept thriller directed by the talented @mishravishal. To go on floors by Oct'20🤞#PrernaVArora
Heartfelt thank you to each one of you for all your love & support 🙏 pic.twitter.com/JnGz1C48Yy
އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ކުޅުނު "ޕީއެމް ނަރެންދުރަ މޯދީ" އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާފައި ވަނިކޮށް ލޮކްޑައުންއާ ހެދި، ފަހުން މަސައްކަތް ހުއްޓިފައި އޮތް އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގްގެ ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
We are stoked to commence shoot of our 18th production starring @arjunk26 @Rakulpreet #NeenaGupta directed by @kaachua! 🎬 #WaitForIt@monishaadvani @madhubhojwani @nikkhiladvani @TheJohnAbraham @itsBhushanKumar @johnabrahament @tseries pic.twitter.com/RwH5Swxtlr
— Emmay Entertainment (@EmmayEntertain) November 16, 2019
އަދި ނަން އިއުލާންކޮށްފައި ނުވާ މި ކޮމެޑީ ޑްރާމާ އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ކާޝްވީ ނައިރް ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ވާނީ އަރުޖުން އާއި ރަކުލްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒާއި ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ މަންޒަރުތަކެއް ކުރިން އޮތީ ޔޫރަޕްގައި ވެސް ނަގާ ގޮތަށެވެ. ފިލްމުގެ ޓީމުން ބުނިގޮތުގައި އެ މީހުން އަންނަނީ ލޮކްޑައުން އަށް ދެމުން އަންނަ ލުއިތަކާ އެކު ޔޫރަޕް ޝެޑިއުލް ކުރިއަށް ގެންދާނެ ގޮތަކާ ދޭތެރޭ މަޝްވަރާ ވެސް ކުރަމުންނެވެ.
އެކްޓަރު އާމިރު ޚާންގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އެހެން މުވައްޒަފުންނާއި އެ މީހުންނާ ކޮންޓެކްޓުވި އިރު ޓެސްޓްކުރި އިރު، ނެގަޓިވް ކަމަށް ބުނެފި އެވެ.
— Aamir Khan (@aamir_khan) June 30, 2020
އާމިރު ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މަންމަ ޒީނަތު ކޮވިޑަށް ޓެސްޓްކުރަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
އިންޑިއާގައި ކޮވިޑް-19އާ ދިމާކޮށް ލޮކްޑައުން އިއުލާންކުރި އިރު، އާމިރު ދިޔައީ އޭނާގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް މަސައްކަތް ފަހުން ހުއްޓުމާ ގުޅިގެން މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ނިންމި ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިިޕޯޓްތައް ބުނެ އެވެ.
ފިލްމު "ކޫލީ ނަމްބަރު 1" ރިލީޒްކުރިތާ އަންގާރަ ދުވަހަށް 25 އަހަރު ފުރުމާ ދިމާކޮށް ބަތަލާ ކަރިޝްމާ ކަޕޫރް އެ ފިލްމުގެ ހަނދާންތައް އާކޮށްފި އެވެ.
ޖޫން 30، 1995 ގައި ރިލީޒްކުރި އެ ފިލްމާ ބެހޭ ގޮތުން ކަރިޝްމާ ބުނީ އެއީ އޭނާގެ ހިތާ އެންމެ ގާތް އެއް ފިލްމު ކަމަށާއި "ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް ދަވަނާ އެކު ފެށި ނަމްބަރު 1 ސީރީޒްގެ ފުރަތަމަ ފިލްމު ކަމަށެވެ. "ކޫލީ ނަމްބަރު 1" އަކީ ކަރިޝްމާ އާއި ގޯވިންދާ ކުޅުނު ފިލްމެކެވެ. ފިލްމާ ބެހޭ ގޮތުން ކަރިޝްމާ ބުނީ އެ ފިލްމުގެ ހަނދާންތައް އަބަދު ވެސް ހުންނާނެ ކަމަށެވެ.
ޑޭވިޑް މިހާރު އަންނަނީ "ކޫލީ ނަމްބަރު 1" ގެ ރިމެކެއް އޭނާގެ ދަރިފުޅު ވަރުން ދަވަނާއި ސާރާ އަލީ ޚާނާ އެކު ގެނެސްދޭން ތައްޔާރުވަމުންނެވެ. ކުރިން އެ ފިލްމު މެއި މަހުގެ 1 ގައި ރިލީޒްކުރަން އޮތް ނަމަވެސް ކޮވިޑާ ހެދި ވަނީ ރިލީޒްކުރުން މަޑުޖައްސާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy