އެންއީއޯސީގެ ފަހުގެ އަދި އެޗްއީއޯސީގެ ފުރަތަމަ މީޑިއާ ބްރީފިންގައި ހެލްތު މިނސްޓަރު އަމީން ރޭ ނޫސްވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަވަނީ.
02 ޖުލައި 2020 - 12:57
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ހުރިހާ ކަންކަމެއް ބަލަހައްޓައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުފެއްދި ނެޝެނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިއްޔެ އުވާލައި، އެތަނުގެ ހުރިހާ މަސައްކަތެއް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ދަށަށް ބަދަލުކޮށްފި އެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެންއީއޯސީ އުވާލާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާންކުރައްވައިފަ އެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެންއީއޯސީ އުވައިލި ނަމަވެސް ހިންގަމުންދާ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާނެ ކަމަށެވެ. ހުރިހާ ކަމެއް ދެން ހިންގާނީ އެޗްއީއޯސީގެ ދަށުން ކަމަށް ވިދާޅުވި އެވެ.
"ހެލްތު އިމަޖެންސީ އޮޕަރޭޝަނަށް ބަދަލުވުމުން މަސައްކަތުގެ ބައިވެރިންނަކަށް ބޮޑު ބަދަލެއް ނާންނާނެ، އެކަމަކު ކުރިން އެތައް ދުވަހަކަށް ކުރި މަސައްކަތުގެ ސްކޭލް ކުޑަވެގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެންއީއޯސީ އުވާލި ނަމަވެސް ހިންގަމުންދާ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާނެ-- އަމީން
އަމީން ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތަށް މިހާރު ބަލާއިރު ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުވުމާއި، ކަރަންޓީންކޮށް އައިސޮލޭޓްކުރަން ޖެހޭ މީހުން މަދުވުމުގެ އިތުރުން ލޮޮކްޑައުން އަށް ގެނައި ބޮޑެތި ލުއިތަކުގެ ސަބަބުން މުޅި އޮޕަރޭޝަންގެ ސްކޭލް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެޗްއީއޯސީ އުފައްދައި އެންއީއޯސީ އުވާލުމަކީ ހަމައެކަނި ހިންގުމުގެ ބަދަލެއް ކަމަށެވެ.
އަމީން ވިދާޅުވީ އޮޕަރޭޝަން ކުޑަކުރިޔަސް މިކަން ކުރިއަށްދާހާ ހިނދަކު ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މިކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.
"އެންމެ ބޮޑު ތަފާތަކީ އެންޑީއެމްއޭއިން ކުރަމުން އައި ކަންކަމަށް ބަދަލު އައުން. އެކަމަކު އެންޑީއެމްއޭ ވެސް ދެން ހުރި އިދާރާތަކުގެ އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ލިބޭނެ،" އަމީން ވިދާޅުވި އެވެ.
"މިކަން ކޮޅެއްގައި ޖެހެންދެން، މި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުވަންދެން، ސަރުކާރުން ކަށަވަރުކުރާނެ މިކަން އެންމެ ފުރިހަމަކޮށް ކުރިއަށްގެންދާކަން."
ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު އެންއީއޯސީ އުފައްދާފައި ވަނީ 7، މާޗްގަ އެވެ. އެންއީއޯސީގެ އޮޕަރޭޝަނަށް ހަތަރު މަހާ ގާތްކޮށްފައި ވަނިކޮށް އެންއީއޯސީ އުވާލައި ހުރިހާ މަސައްކަތެއް އެޗްއީއޯސީގެ ދަށަށް ބަދަލުކޮށްފައިވާއިރު އަމީން ވިދާޅުވީ އެޗްއީއޯސީ އަށް ވެސް އާ ތަރުޖަމާނެއް ކަނޑައަޅައި މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުކަލޯ
02 July 2020
ވަރަށް ކާލެވިއްޖެ ވިއްޔަ މިހާރުދެން ކުޑަކޮށް ބަނޑު ފުރުނީ ދޯ ރައްޔިތުން ދަރާވިކި ބިކަވީ މިތިބަ ނުލަފާ މީހުންނަށް ކުޑަކޮށްވެސް ހިހްސާސް ވާކަމެއްނެއް
ކަރުތާފެން
02 July 2020
98،000 މީހުން ބަލިން ސަލާމަތް ކުރެވުނީ .. އެހެންވެ ހަމަ ނޭވާ ލެވުނީ. މީހުންކުރާ ބުރަ މަސައްކަތް ބަލައި ނުގަނެވޭ ތަނުގައި ފިތުނަ އެއް ހެދޭތޯ ބަލާ
ޑޮކްޓަރ ނާން
02 July 2020
ހެޔޮ ނުވާނެ ކޮން މެ ކަ މެއް ސިޔާސީ ކުރަން.
އިހްލާސްތެރި މަސައްކަތް
02 July 2020
ކޮވިޑް ކަންތަކުގައި ނެރުނު ނަތީޖާ އިތުުރުން ފާއިތުވި އަހަރުގައިވެސް ސިއްހީ ދާއިރާއިން ހާސިލުކޮށްފައިވާ ކަންކަމަށް ނަޒަރު ހިންގާލާއިރު މިނިސްޓަރު އަމީންއަކީ ނަތީޖާ ނެރެދޭ އަދި ނަތީޖާ ނެރޭނެ މީހެއްކަން ސާބިތުވެގެން ގޮއްސި. ކޯލިޝަން މިނިސްޓަރެއްވީމަ ނަޝީދު ކިތަންމެ ނުރުހުމަކާ ޖެއްސުމެއް ރައްދުކުރިއަސް މިއަދު ގިނަ ދިވެހިން ގަބޫލުކުރޭ މިނިސްޓަރު އަމީންއަކީ ސޯލިހު ކެބިނެޓުގައި ހުރި އެންމެ ހިންގުންތެރި ވަޒީރުކަން. ދުއާއަކީ ދެންވެސް ކާމިޔާބު މިންވަރުކުރެއްވުން.
ގުރާ
02 July 2020
ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފުރަތަމަ ފޭސްގައި ކޮވިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރުމުގެ އިތުރަށް ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްގެން ގައުމީ ކަމެއް ގޮތުގައި. އެކަމަކު އޭގެ ތެރެއިން އަމާން އައްސޭރިއަކަށް އާދެވުނީ މަދު ގައުމަކަށް. ކޮވިޑް ކަންތަކުގައި ރާއްޖެއިން ހޯދި ފުރިހަމަ ކާމީޔާބީއަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ ދެންވެސް ރަނގަޅުވާނެ.
އަލި ދައްތާ--
02 July 2020
ކުރި ކަންތަކުގެ ތަރުޖަމާ-- ނަމާއި މަބުރޫކު ބަދަލުކުރީ@ ބަދަލު ކުރުމާއި އެކީ މަބުރޫކު NEOC ހިފާއިގެން ހިގައްޖެ!