ޚަބަރު / މޯލްޑިވްސް ފިލްމް އެސޯސިއޭޝަން

ފިލްމު އެސޯސިއޭޝަން ވެސް ރޭޕާ ދެކޮޅަށް ނުކުމެއްޖެ

ފިލްމީ ދާއިރާގެ ބައެއް މީހުން ފޮޓޯއަކަށް ހުއްޓިގެން: ރޭޕާ ދެކޮޅު ކަމަށާއި އެފަދަ މައްސަލަތަކާ ގުޅިގެން ފިލްމީ ދާއިރާ އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފިލްމު އެސޯސިއޭޝަނުން ބުނޭ.---ފޮޓޯ: މިހާރު

ރޭޕާ ދެކޮޅު ކަމަށާއި އެފަދަ މައްސަލަތަކާ ގުޅިގެން ފިލްމީ ދާއިރާ އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން މިއަދު ބުނެފި އެވެ.

އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ބުނީ "ރޭޕް ކުރުމާއި ޖިންސީ ގޯނާއާ އަޅުގަނޑުމެން ވެސް ދެކޮޅު" ކަމަށެވެ.

"މިފަދަ ކޮންމެ ކަމެއްގައި އެމްއެފްއޭ އިން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި މި އެސޯސިއޭޝަން ފަހަތަކަށް ނުޖެހޭނެ،" ފިލްމު އެސޯސިއޭޝަނުން ބުންޏެވެ.

އެ ޖަމިއްޔާ އިން މިހެން ބުނީ، ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލު (ޖުމަލް) ގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން، އޭނާ ލައްވައި މިހާތަނަށް އެންމެ ގިނަ ފިލްމު ކުޅުވި ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުން ޒުވާން އެކްޓަރު އިއްޔެ ވަކިކޮށްފައި ވަނިކޮށެވެ.

ޖުމަލްއާ ދޭތެރޭ މިފަދަ ފިޔަވަޅެއް ޑާކް ރެއިނުން އެޅި އިރު، އޭނާ އާންމުން ބަލައިގަތް ތަރިއަކަށް ހަދައި ދިނީ ވެސް އެ ސްޓޫޑިއޯ އިންނެވެ. ޖުމަލް އަކީ ޑާކް ރެއިނުން ކުރިން މި މަހުގެ 1 ގައި ގެނެސްދޭން ނިންމި ފިލްމު "ނޮވެމްބާ" ގެ ވެސް ބަތެލެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ އަލުން ހޫނުވެފައި ވަނީ އެ ފިލްމު ކޮވިޑް-19އާ ހެދި އަންނަ އަހަރަށް ފަސްކޮށްފައި ވަނިކޮށެވެ.

ޖުމަލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ދެބޭންގެ ދެދަރި އަންހެނެކެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2016 ގަ އެވެ.

އެމްއެފްއޭ އިން ރޭޕްގެ މައްސަލައިގައި ވާހަކަ ދެއްކި އިރު، އެ ޖަމިއްޔާގެ ޗެއާޕަސަން އަދި މަޝްހޫރު ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯ އިން ރިލީޒް ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ފިލްމު "ޕްލޭން ބީ" އަކީ ވެސް ޖުމަލް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ.

ޖުމަލް މަސައްކަތް ނިންމާފައި އޮތް އަނެއް ފިލްމަކީ އައި ފިލްމްސް އިން މި އަހަރު ގެނެސްދޭން ރާވައިގެން ތިބި "ނީނާ" އެވެ.

ޑާކް ރެއިންގެ ފިލްމުތަކުން ޖުމަލް ވަކިކުރި އިރު، އެ ސްޓޫޑިއޯގެ ބިރުވެރި ފިލްމު "ބަޅިނދު" ފެ ޝޫޓިން ވެސް ވަނީ ފަށައިފަ އެވެ.

ޖުމަލްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތު ގަދަވެފައިވާ އިރު، ބައެއް ފިލްމީ ތަރިން ވެސް އަންނަނީ އެފަދަ މައްސަލަތަކާ ދެކޮޅަށް މިހާރު ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. ރޭޕިސްޓުންނާއި ޖިންސީ ގޯނާކުރާ މީހުން ހައްޔަރުކޮށް، ހައްގު އަދަބު ދިނުމަށް އެ މީހުން އަންނަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ބާރުއަޅަމުންނެވެ.

މިއީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާ ފުޅާކޮށް ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލައި، ފިޔަވަޅު އަޅަން ގޮވަން ފެށި ފުރަތަމަ ފަހަރެވެ.

ނަމަވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ދެ ފިލްމު އިންޑަސްޓްރީ ކަމަށްވާ ހޮލީވުޑާއި ބޮލީވުޑްގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް #މީޓޫގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުން އަންނަތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. #މީޓޫއާ ގުޅިގެން އެ ދެ އިންޑަސްޓަރީން މިހާތަނަށް މަޝްހޫރު އަދި ނުފޫޒު ގަދަ އެތައް ފަންނާނުންނަކާ ދޭތެރޭ އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ.

10 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 11%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮލީވުޑް.

05 July 2020

ރޭޕް ކަރްނާ މަނާހޭ..

The name is already taken The name is available. Register?

ހުސެނ

05 July 2020

ހަފްތާއެއް ނުވާނެ ތީގެން އެއްކަމަކަށްވެސް .... ދިވެހިން ހަދާން ނެތިދާނެ.... ރޭޕް ގެ ތުހުމަތު ކުރެވޭ އެއްބައިމީހުން ތަހުގީގާ ޝަރީއަތް ނިމެންދެން ބަންދުގަ .... އަނެއްބަޔަކު ތަހުގީގާ ޝަރީއަތް މަތިން ހަދާން ނައްތާލަން ހަމަ މިނިވަންކަމާއެކު ގޭގަ... ތުހުމަތު ކުރެވޭ ބައެއްމީހުންގެ ފޮޓޯ އާއި ވަނަވަރު އާއްމު ކުރާއިރު ބައެއް މީހުން ގެ ފޮޓޯއެއްވެސް ވަނަވަރެއްވެސް ހާމައެއްނުކުރޭ... ބޭ އިންސާފުގެ ލާމަސީލު ... ކޮބާ ހަމަހަމަކަން؟

The name is already taken The name is available. Register?

ރޮމޭ

05 July 2020

ޖުމައްޔިލްގެ ނަމާ ވަނަވަރާ ފޮޓޯ ޖެހިގޮތަށް ރޯޔަލް ބޭފުޅުންގެ ވަނަވަރުވެސް ހާމަކޮށްލަބަލަ

The name is already taken The name is available. Register?

ތުހުމަތު

04 July 2020

ރޭޕްގެ ތުހުމަތު އޮއްވަ ޖުމަލް ކޮނޑަށް އަރާ އީދު ޝޯތައް ދިނީ ވެސް ހަމަ ތި އައްޒަމެން.

The name is already taken The name is available. Register?

ޙަލިމަ

05 July 2020

ހިތްހަމަ ނުޖެހޭ މީހާ ތުހުމަތެއް ކޮށްލާއިރަށް އެނިމުނީ ދޯ، ހަގީގަތަކަށް ވިޔަސް ނުވިޔަސް އެމީހަކު ޒަމާން ދިޔައީ.

The name is already taken The name is available. Register?

ތޫ

04 July 2020

ސަފާރީ ގަ ރޭފްކުރި މީހުން އަދިވެސް ހާމަ ނުކުރޭ

The name is already taken The name is available. Register?

މޯޑް

04 July 2020

ޖުމެއިލު އަދިވެސް މިނިވަން ކަމާއެކު އެ އުޅެނި. މިފަދަ މީހުންނަށް ދެވަނަ ފުރުސަތެއް ދީގެއް ނުވާނެ

The name is already taken The name is available. Register?

Ziyaad

04 July 2020

ޖު މަލަކީ މާ މަޝްހޫރު ފިލް މުސްޓާރެއް ކަ މެއް ނޭގޭ. ނުދަންނަން

The name is already taken The name is available. Register?

ކިއްލި ބާދްޝާހް

04 July 2020

ދެންފަހެ ސަފާރީގެ މަތިން މީސްތަކުން ހަނދާން ނެތިދާހުއްޓެވެ.

The name is already taken The name is available. Register?

ޖަމީލުބެ

04 July 2020

ސަފާރީގެ މަތީން މީސްތަކުން ހަނދާންނެތި ހިގާންޖެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454