ޚަބަރު / މެމްބަރު އަލީ ރިޒާ (މިލަންދޫ)

ބޮޑުފިނޮޅު މައްސަލަ: މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!

މެމްބަރު ރިޒާ މަޖިލީހުގައި ވާހަކަ ދައްކަވަނީ: ބިދޭސީންނާ މެދު އިހުމާލުވި މައްސަލައިގައި އޭނާ އަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައި.

ސައްހަ ޑޮކިއުމެންޓެއް ނެތް ބިދޭސީންތަކެއް ލައްވައި، ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި، އެތައް މަހެއް ވަންދެން މުސާރަ ނުދިނުމާއި، އެތަނުން އެމީހުން ފޭބިޔަނުދީ ގެންގުޅުމަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ހިންގެވި، ހިއުމަން ޓްރެފިކިންގެ އަމަލެއް ކަމަށް ތުހުމަތުކުރެވުނަސް، އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ ނުބަލާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު ރިޒާގެ ރިޒް މޯލްޑިވްސް ކުންފުނީގެ ދަށުގައި ތިބި 200 އެއްހާ ބިދޭސީން ބޮޑުފިނޮޅުގައި 13 ދިވެއްސަކު ރަހީނުކޮށް، އެތަނުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އަދި އެކަން ހުއްޓުވަން ދިޔަ ފުލުހުންނާ ވެސް ކުރިމަތިލި އެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކޮށް ބ. އޭދަފުށީ މެޖިސްޓްރޭޓު ކޯޓުން އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ބޮޑުފިނޮޅުގައި އެ ބިދޭސީން މީގެ މަސްތަކެއް ކުރިން ހިމޭން މުޒާހަރާއެއްކޮށް ހައްލު ނުލިބުމުން އުފެދުނު ރުޅިވެރިކަމުގައި ދިވެހިންތަކެއް ރަހީނުކުރުމުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ އިރު އެ މީހުންނާ މެދު ގިނަ ދުވަސްތަކެއް ވަންދެން ލާއިންސާނީ އަމަލުތަކެއް ހިންގި މީހުންނާ މެދު ފިޔަވަޅު ނޭޅިދާނެ ކަމުގެ ބިރު އެބަ އޮތެވެ. އެ ފާޑުކިއުންތަކާ އެކު އާއްމުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ އުޅެނީ، 4،000-7،000އާ ދެމެދުގަ އެވެ. ބައެއް މީހުންނަށް ހަ މަހުގެ މުސާރަ ނުދީ ތިބި ކަމަށް މި މައްސަލައިގައި މުސާރަ ނުދީ ތިބި ބިދޭސީންނާއި ދިވެހިންގެ ހައްގު ހޯދަން މަސައްކަތް ކުރަމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުންޏެވެ.

މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ބިދޭސީން ކުރި ހިމޭން މުޒާހަރާ. މުސާރަ ނުދީގެން ހަމަނުޖެހުން ފާޅުކުރުމުން ކާން ދިނުން ހުއްޓާލީ ކަމަށް ތުހުމަތުކުރެވޭ.

މަޖިލީހުގެ މެމްބަރެއްގެ ކުންފުންޏަށް ތުހުމަތުކުރެވޭ ޖިނާއީ ބޮޑު މައްސަލައެއް މި ފެންމަތިވީ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު، ސިޔާސީ ނުފޫޒާ ހެދި އެކަށީގެންވާ ގޮތެއްގައި ނުކުރާ ކަމުގެ ކަންބޮޑުވުން ވެސް އުފެދިފައި ވަނިކޮށެވެ.

މިކަމަށް އިޝާރާތް ކުރައްވައި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ނާޒުކު މީހުންގެ ގޮތުގައި، މި ގައުމުގައި ބަލަނީ ހިއުމަން ޓްރެފިކްކުރާ މެމްބަރުންނާއި މީހުން ރޭޕްކުރާ "ރޯޔަލްޓީ"ން ކަމަށެވެ.

ޑރ. ޝަހީދުގެ ޓުވީޓެއް.

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މަސައްކަތްތެރިންނަށް ބޮޑު ހިމާޔަތެއްގެ ގޮތުގައި ސިފަކުރައްވައި އަލީ ރިޒާ ކުރެއްވި ޓުވީޓަކަށް ވެސް އޭނާގެ އަމަލުތަކާ ގުޅުވައި އިންތިހާ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އަލީ ރިޒާގެ ޓުވީޓް.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގެ ތުހުމަތު ރިޒް އާއި ރިސޯޓް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން އަޅުވަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގަ އެެވެ. ރިޒް އިން ބުނާ ގޮތުގައި މުސާރަ ނުދެވުނީ ސީލް އިން ބިލްތަކަށް ފައިސާ ނުދައްކާތީ އެވެ. ސީލް އިން ބުނީ އެއްބަސްވުންތަކުގެ އަގު ކަމަށްވާ 12 މިލިއަން ރުފިޔާއަށް ވުރެ ވެސް އިތުރަށް، މިހާތަނަށް 21 މިލިއަން ރުފިޔާ، ރިޒް އަށް ދައްކާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ބިދޭސީންނާ މެދު ގާނޫނާ ޚިލާފު އަމަލުތަކެއް ހިނގަމުންދާ ކަން މާ ކުރިން ރިޒް ކުންފުންޏަށް އެނގޭ ކަން އެ ކުންފުނިން މިހާތަނަށް އާއްމުކުރި މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ މުސާރަ ނުލިބިގެން ބިދޭސީން ހިމޭން މުޒާހަރާއެއް ކުރި ކަމާއި އޭގެ ފަހުން ބިދޭސީން ޝަކުވާކޮށްފައިވާ އިރު ވެސް މުސާރަ ނުދީ ހުރި ކަމަށް ރިޒްގެ ފަރާތުން އެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނާއި މީޑިއާގައި ރިޒާ ދައްކަވާފައިވާ ވާހަކަތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑުފިނޮޅުގައި ހިއުމަން ޓްރެފިކިންގެ މައްސަލަތަކެއް ހިނގަމުންދާ ކަން އެ ކުންފުންޏަށް އެނގޭކަން ރިޒްގެ ނޫސް ބަޔާނުން ވެސް ސާފެވެ.

"ސުވާލަކީ އެކަން އެނގި ހުރެ އެކަށީގެންވާ ފިޔަވަޅެއް އެޅިތޯ؟ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނެތް. ގާނޫނީ ގޮތުން ބަލާއިރު އެ ކުންފުނީގެ ވަރަށް ބޮޑެތި ޒިންމާތަކެއް އެބަހުރި. އެހެންވެ ގާނޫނުގައި އެ ބުނާ ގޮތަށް އެ ކުންފުންޏާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ،" އުޝާމް ވިދާޅުވި އެވެ.

"މިހާ ބޮޑު ކަމެއް ހިނގައިދިޔައިރު އެ ކުންފުނީގެ ބަހެއް މިހާރު އޮންނަން ވާނީ ހޯދިފައި."

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މި މައްސަލައިގައި ތުހުމަތު ކުރެވިފައި "ޚާއްސަ އުސޫލުތަކަކުން" މި މައްސަލައިގައި އަމަލުކޮށްފާނެތީ އާއްމުންގެ ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދައްކަވަމުން އުޝާމް ފާހަގަކުރެއްވީ ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަވާން ޖެހޭ ކަމެވެ.

"އެއީ، އެމްޕީއެއް ކަމަކު، އެހެން މީހެއް ކަމަކު ގާނޫނު ތަންފީޒު ކުރުމުގައި ހަމަހަމަވާން ޖެހޭނެ. އެ ކަހަލަ މައްސަލައެއްގައި މެމްބަރެއް ކަމަކު ގާނޫނުން ވަކި ހާއްސަ އިމްތިޔާޒްތަކެއް ލިބިގެން ނުވާނެ. ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ގަބޫލުކުރަނީ،" އުޝާމް ވިދާޅުވި އެވެ.

ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުން ވެސް އެންމެ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ޓްރެފިކިންގެ އަމަލު ހިންގެވި ކަމަށް ތުހުމަތުވާ މެމްބަރު، ރިޒާގެ އިސްތިއުފާއަށް ވެސް ދަނީ ގޮވަމުންނެވެ. އެކަމަކު މެމްބަރެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވުމަކީ ގޮނޑި ގެއްލޭ ކަމެއް ނޫނެވެ. މެމްބަރުކަން ގެއްލޭނީ އެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެވެ.

ރިޒް ކުންފުންޏާ ބެހޭ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

އެކަމަކު "މިހާރު"ން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގަށް ރިޒް ކުންފުނީގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ. ސުވާލުކުރީ ރިޒާއާ ކަމެއް ނުވަތަ ކުންފުނީގެ ވަކީލުންނާ ކަމެއް ސީދާ ވިދާޅެއް ނުވެ އެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ބެއްލެވުމުގެ ދަށުން ކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ މި މައްސަލައިގައި އެ މިނިސްޓްރީ ނުވަތަ ބެލުމުގެ ދަށުގައިވާ އިމިގްރޭޝަން ފަދަ އެހެން މުއައްސަސާތަކުން ވެސް އެޅި ފިޔަވަޅެއް ސާފުވާން ޖެހޭ ކަަމަށެވެ.

ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން: "ޖަވާބުދާރީ ނުކުރެވޭ"!

ހިއުމަން ޓްރެފިކިން އާއި އެކަމާ ގުޅުން ހުރި ކޮރަޕްޝަންގެ ވާހަކަ ދެކެވޭތާ އެތައް އަހަރެކެވެ. އެކަމަކު އެ މައްސަލައިގައި ހައްލެއް ހޯދިފައި ނެތުމަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ވެސް ކަންބޮޑުވުމެކެވެ.

އެ ޖަމިއްޔާގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ މި މައްސަލަ އަށް ހައްލު ނުލިބޭ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ހިއުމަން ޓްރެފިކިންއާ ގުޅިފައިވާ ކޮރަޕްޝަން ހިންގާ ފަރާތްތައް ޖަވާބުދާރީ ނުކުރެވުމެވެ. ޖަވާބުދާރީ ކުރުމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އިގްތިސާދީ އިންޖީނުގެ ނިޒާމު ބައްޓަންކޮށްފައި ވަނީ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން) އާއި ކޮރަޕްޝަންގެ މައްޗަށް ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ޓުއަރިޒަމް އާއި ކޮންސްޓްރަކްޝަން ދާއިރާ އަށް ބަލާލިއަސް މިކަން ސާފުވާނެ. އެހެންކަމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން މި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާއިރު، މި ސިނާއަތްތަކުގައި ސީދާ މަސްލަހަތު އޮންނަ، ނުވަތަ އިންސާނީ ވަގުފާރިއާ ކޮރަޕްޝަންގައި ޖެހިފައިވާ ފަރާތްތައް ސިޔާސަތާއި ގާނޫނާއި ނިޒާމު ބައްޓަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހިނދު، އެ އޮތީ އަމިއްލަ ވިޔާފާރީގެ މަސްލަހަތާއި، އާންމު މަސްލަހަތު ކަމަށްވާ އިންސާނީ ވަގުފާރިއާ ކޮރަޕްޝާން ހުއްޓުވުމުގެ މަސްލަހަތާ ފުށުއަރާފައި،" އައިމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކިން އާއި ކޮރަޕްޝަން ހުއްޓުވުމަށް ވެސް އެފަދަ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ގާނޫނާއި ސިޔާސަތު ހެދުން ފަދަ ކަންކަމުން އެމީހުން ދުރުކުރަން ޖެހެ އެވެ.

އެކަމަކު މި މަސްލަހަތާ އެކު ގާނޫނު ހަދާ މަޖިލީހުގައި ގާނޫނު ހެދުމާއި ސިޔާސީ ބާރުވެރިކަމުގައި ނުފޫޒާ އެކު މައްސަލަތައް ނުބެލި ދިއުމަކީ ކަންބޮޑުވުމެކެވެ؛ ހިއުމަން ޓްރެފިކިންގެ މި ބޮޑު ޖަރީމާ ހިންގި މީހުންނާ މެދު ވެސް އެކަށީގެންވާ ފިޔަވަޅު ނޭޅޭނެ ކަމުގެ ކަންބޮޑުވުން އޮތީ ކުރިން ވެސް އެފަދަ މައްސަލަތައް ނުބެލި ދޫވެފައި އޮތުމުންނެވެ.

46 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 4%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލާޙް

12 July 2020

ސަބަހޭ އެމްޑީޕީ ރޯޔަލިސްޓުން. މިފަހަރު ރޯޔަލް ހިއުމަން ޓްރެފިކިން! ވާނެކަމަށް ހަރާމުން ހަރާން. މިފަހަރު ކުއްވެރިވާނީ ބޮޑުފިނޮޅު ކަމާއި މެދަކު ޝައްކެތްނެތް.

The name is already taken The name is available. Register?

މޫސަ ގޯތި އާދަނު

08 July 2020

މުސާރަ ނުދޭ މައްސަލަ އެއްކާރީގައި ބާއްވާފައި ކޮންހިއުމަން ޓުރެފިކެއްގެވާހަތޯ..... ރަށުގެ ވެރިފަރާތުން އަލިރިޒާ ގެންގުޅޭ މީހުންލައްވާ މަސަތްކަތްކުރުވާފަ އުޖޫރަނުދީ ގަދަބާރުން ރަށުން ބާލަން އުޅުނީމައި ދިމާވިމައްސަލައެއް

The name is already taken The name is available. Register?

ނަންނުގަތް

12 July 2020

ކަމޯން!! ހަމަ ރޯޔަލް ރޭޕް ދިޔަ ގޮތަށް ދޯ؟

The name is already taken The name is available. Register?

ފަހުދު

06 July 2020

އެޖެންޑާ 19. ހެހެ

The name is already taken The name is available. Register?

ބޮޑުމީހާ

06 July 2020

ކޮބާތަ ޑިމޮކްރަސީ ނެޓްވޯރކް، ޖީހާން، ޓްރާންސްޕޭރަންސީ، އުތެމާ، ހިއުމަން ރައިޓްސް ކޮމިޝަން، އަންނި، އީވާ، މި މުޅިން ހައްގުތަކާއިގެން އުޅުނު މީހުން

The name is already taken The name is available. Register?

ޖައިސާމް

06 July 2020

މީ ލިޔުން ނުކިޔާ ކޮމެންޓް ކުރާ މީހެއް ދޯ. މި އާރޓިކަލްގެ ފަހު ބައިގަ އެއޮތީ އެއްކޮށް ޓްރާންސްޕޭރަންސީގެ ބަސް.

The name is already taken The name is available. Register?

ހަދޭ

06 July 2020

އެންޑީޕީގެ މެންބަރެއްގެ ކައްތަންގަޑެއްކުއްވެރިވާނީއަނެންކުއްފުނި

The name is already taken The name is available. Register?

ސިއްދީޤު

05 July 2020

ތިޔައީ އެހެން ޕާރޓީ އެއް ގެ މެންބަރެއްގެ ފަރާތަށް ހިންގި ޖަރީމާއެއްނަމަ މިހާރު މަޖުލީހަށް ޤަރާރުތަކާއި ކުއްލިމައްސަލަތަކާއި ޤާނޫނުތަކުގެ އިސްލާހްތަކާއި ކޮންޓްރަކްޓަރުންގެ އުޞޫލުތަކާއި މަޖުލީހުގެ ޤަވާއިދުގެ އިސްލާމް ތައް ދާނީ އޮހެމުންނެވެ. އަދި ހުރިހާ މެންބަރުން މިހާރު މުޒާހަރާވެސް ފަށަފީސް ތޯއްޗެކެވެ. އެކަމަކު އެމްޑީޕީ ގެ މެންބަރެއްވީމާ އެތިބީނު ޗުޕް ވެސް ނުބުނެ. ޒީރޯ ޓްލެރެންސް، ޢަދުލު އިންޞާފު

The name is already taken The name is available. Register?

ކުމާރު

05 July 2020

މެންބަރު ކަމުން ވަކިކުރޭ, ވީހާވެސް އަވަހަށް.

The name is already taken The name is available. Register?

އިންލި

05 July 2020

ތިޕާޓީގެ ހިޔާވަހިކަމަ ވަދެމުޅީން ވެސްތިބީ ހަމަތިޔާއިގެ މީހުން އަދިތިއެގުނީ މަދުމިންވަރެއް..

The name is already taken The name is available. Register?

މަރުތެޔޮ

05 July 2020

ރިސޯޓް ޑިވެލޮޕަރަށްވެސް ސަބްކޮންޓްރެކްޓަރަށްވެސް އިނގޭނެ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންކަން. އެމީހުން ޕާސްޕޯޓް ކޮޕީ ހޯދާނެ ރިސޯޓަށް ގެންދިއުމުގެ ކުރިން. އެ މުއާމަލާތްތައް އެ ކުންފުނިތަކުގަ ހުންނާނެ އަދި ސަރުކާރު އިޚްލާސްތެރިއްޔާ ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހޯދޭނެ. ފުލުހުން ރިޒް އާއި ސީލް ކުންފުނީގެ ލިޔެކިޔުންތަކާއި އީމެއިލް އަދި ޑިޖިޓަލަ ކޮމިއުނިކޭޝަންތައް ހޯދަން މިހާރުއްސުރެ އުޅެފިނަމަ ކުށް ސާބިތުކުރެވޭވަރުގެ ހެކި ލިބޭނެ.

The name is already taken The name is available. Register?

ޔަހްޔާ

05 July 2020

ކިއްތަންމެ ތުހުމަތެއް ކުރިޔަސް މިސަރުކާރުގެ އެއްވެސް މީހަކަރުކަކަ ގަހަކަ ނުވާނެ އެއްކަމެއްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454