މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާގެ ކުންފުންޏާ ދެކޮޅަށް ވަގުތީ އަމުރެއް ނެރުނު މެޖިސްޓްރޭޓްގެ މައްސަލަ ވަނީ ޖޭއެއްސީއަށް ހުށަހަޅާފައި.
16 ޖުލައި 2020 - 13:04
ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑު ފިނޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތްކުރަން ގެންދިޔަ މީހުން އެ ރަށުން ބާލަން އަމުރު ނެރުއްވުމުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުގެން ތިބި ރިޒް ކުންފުނިން އެ ރަށަށް ގެންގޮސް ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުންތަކަށް ފަހު އެ ކުންފުނިން ހަވާލުވާން އިންކާރުކޮށް ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން ބާލަން ރިޒް ކުންފުންޏާއި ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރުއްވީ އަހްމަދު ލަތީފަކީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކާ ހަވާލުވެ ހުންނެވި އިސް މެޖިސްޓްރޭޓެވެ.
ރިޒާގެ ކުންފުންޏަށް ގާނޫނީ ލަފާދޭ ލޯ ފާމް، "ލޯ ކްރާފްޓް" އިން ނެރުނު ބަޔާނެއްގައި ބުނީ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފްގެ ސުލޫކީ މައްސަލައެއް އީމެއިލްގެ ޒަރިއްޔާއިން އިއްޔެ ރޭ ޖޭއެސްސީ އަށް ހުށަހަޅާފައިވާ ކަަމަށެވެެ. ލޯކްރާފްޓުން ނެރުނު ތިން ސަަފްހާގެ ދިގު ބަޔާނުގައި މެޖިސްޓްރޭޓް ލަތީފަށް ގިނަ ތުހުމަތުތަކެއް ކޮށްފައި ވެ އެވެ. އެގޮތުން އޭނާ ނެރުއްވި އަމުރަކީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން، ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ލޯ ކްރާފްޓުން ބުނެފައިވަނީ ބޮޑުފިނޮޅުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން، ރިޒް ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލާގައި ރިޒްގެ ފަރާތުން ނެގި އިޖުރާއީ ނުކުތާތައް ބަލައިގެންފައި ނުވާ ކަމަށާއި އެއީ މައްސަލަ ބާތިލްކުރަން ޖެހިދާނެތީ ކަމަށް ބެލެވޭ ކަމަށެވެ. އަދި މެޖިސްޓްރޭޓް އަމަލުކުރައްވަންވީ ގޮތް ޝަރީއަތުގައި ކިޔައިދެނީ ސީލްގެ ވަކީލުން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އަމުރު ނެރުއްވީ ބޮޑުފިނޮޅު މައްސަލާގައި ހިންގަމުންދާ ހިއުމަން ޓްރެފިކިންގެ ތަހުގީގަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި މިކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވެސް ހިމެނޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެންވެ "ވަަކި ބަޔަކަށް މަންފާވާ ގޮތަށް ގާނޫނާ ހިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށް އަމުރެއް ނެރުމަކީ ފަނޑިޔާރުގެ ސުލޫކީ މިންގަނޑާއި ހިލާފު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ" ޖޭއެސްސީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ލޯ ކްރާފްޓުން ބުންޏެވެ.
ބޮޑުފިނޮޅުން ރިޒްގެ މަސައްކަތު މީހުން ބާލަން އަމުރު ނެރެފި https://t.co/TFrL1zxvwQ
— Mihaaru (@Mihaarunews) July 15, 2020
ވަގުތީ އަމުރަށް ފަހު ރިޒްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަމުރު ރައްދުވާ "ރިޒް" އަކީ ވުޖޫދުގައި ނެތް ކުންފުންޏެއް ކަމަށާއި ކުންފުންޏަށް ކިޔަނީ އާރްއައިއެކްސް ކަމަށެވެ. އެކަމަކު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކާއި މިހާތަނަށް މުއާމަލާތްކުރި އެކި ލިޔުންތަކުގައި ވެސް "ރިޒް" ކަމަށް ދިވެހި ބަހުން ލިޔެފައި އެބަހުއްޓެވެ. ނަމާ މެދު ސުވާލު އުފައްދައި ވާހަކަ ދައްކަން ފަށާފައި ވަނީ އެތައް ބިދޭސީންނަކަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި ހިއުމަން ޓްރެފިކިން އަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލަން ފެށުމާ އެކުގަ އެވެ.
ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.
ރިޒް އިން ބުނެފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ އިން ވަނީ އެ ތުހުމަތަށް އިންކާރުކޮށް، ފައިސާ ދިން ކަމަށް ބުނެފަ އެވެ. އަދި ބުނެފައިވަނީ ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގައި އޮންނަ ގޮތުން ރިޒްގެ ޒިންމާއެއް ކަމަށާއި އެއީ ސީލް އިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
17 July 2020
ސަޅި އިނގޭ. މަޖިލީހުންވެސް ގާޒީން ސިފަކުރަނީ ގަމާރުންގެ ގޮތުގައި. އެހެންވީމާ މަޖިލީހުގެ މެމްބަރު ހިމެނޭ ރިޒުންވެސް އެކަން އެގޮތަށް ފެށީ. މަޖިލީހުގެ ރައިސްގެ އެއްބާރުލުން ލިބިގެން ތިކަން ބޮޑުމަކަކށް ނުވެ ހިނދިދާނެ
ޫވުބު
17 July 2020
ކޯޓުތަކާއި ޝަރުއީދާއިރާ ގޯސްކަމަށް މިމީހުންކިޔަނީ މިމީހުންރުހޭގޮތަށް ހުކުމް ނުކުރާތީއެވެ. ޔާމީން ނަންވާނީ، އެކަމަކު މިމީހުންވެސް ކަންމިކުރަނީ. ހަމަ އެއުސޫލުން.
އިސްލާހު
17 July 2020
މެމްބަރުގެ ލަދުހަޔާތް ކޮބާހެއްޔެވެ. ބޮޑެތި ޖަރީމާ ހިންގާފަ އަދިވެސް ބަލަންވީ އެހެންމީހުންގެ މައްސަލަ ހެއްޔެވެ.
ހުސޭނުބެގެ އާދަނ
17 July 2020
އިންސާފު ޤާއިމުކުރުން މެކު ހަށް. ސާބަސް. އެޖެންޑާ19 ތަފާތު
ފަހުދު
17 July 2020
މަޖިލީސްގެ ރައީސް އަކީ ޖޭއެސްސީގެ މެމްބަރެއް. މިހާރު މިއޮތީ 3 ބާރު ނިކަން ރަންގަޅައް ވަކިކޮއްފަ.
އަލީބަލީ
16 July 2020
ރިޒު ކިޔާ ކުންފުންޏެއްގެ ކަންތަކަށް އާރު އައި އެކްސް ގެ ވަކީލުން ބޭނިގެން މި އުޅެނީ ކީއްވެ. ހުކުމް ކުރުމުގެ ކުރިން ވެސް މި ކުރަނީ އާރު އައި އެކްސް ގެ ޝަރީއަތެއް ނޫން ކަން އެނގެއެއްނު. ކީއްވެ ކޯޓަށް ދިޔައީ
ރައްޔިތުމީހުުން
16 July 2020
ކޯޓުން ޙުކުމް ކުރާއިރަށް ނުރުހޭމީހާ މައްސަލަ ނިންމެވި ޤާޟީގެ މައްސަލަ ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ހުށަހެޅައިގެން ޤާޟިންނަށް ބިރުދެއްކުމުގެ ނުބައި އާދައެއް އުފެދި އަށަގަންނަނީ!
ގޮބޮޅިއަލީ
16 July 2020
މީނަ ހައްޔަރުކުރާކަށް ނުވޭތަ އަދިވެސް ޕާޓީ މީހަކަސް ދެން ބޮޑުވަރުދޯ
އަބްދުﷲ
16 July 2020
ހެހެހެހެހެހެ ހޭ... ތިޔަޖެހުނީ ބޮޑުތާ.. ޕާޓީ ކުދިން ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް ކުރާ ކޮންމެ ފަހަރަކު ޕާޓީން ހިންގާ ޖޭއެސްސީ ކިޔާ ތަނަކަށް މައްސަލަ ހުށައަޅާ ގާޒީންނަށް ބިރުދެއްކުމަށްވުރެ ނުރައްކާތެރި ކަމެއް ގައުމެއްގެ އަދުލު އިންސާފުގައި އޮންނާނެތޯ؟؟
ނަޖުމާ
16 July 2020
މިމީހުންގެ ލަދެއްގެ އަދި ބިރެއްގެ ކަންފުޅެއްވެސް ނެތީތާއެވެ. ބާރާއި ނުފޫޒު މީހަރު ބޭނުންކުރެވިދާނެއެވެ. އާހިރަތްދުވަހުން ތިޔަ ވަކީލުންނާއި، ލިބިފައިވާ ބާރުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.