ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލު ހުޅުވުން ކާމިޔާބެއް ނުވި، އެޓެންޑެންސް ދަށް

ނިއު ނޯމަލްގައި، ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކޮވިޑް-19ގެ ކުއްލި ހާލަތަށް ގެނައި ލުޔާ އެކު، މާލޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވި ނަމަވެސް، އެ ފިޔަވަޅު ކާމިޔާބުނުވެ، ދަރިވަރުންގެ އެޓެންޑެންސް ވަރަށް ބޮޑަށް ދަށްވާން ފަށައިފި އެވެ.

ތިން މަހަށް ފަހު މި މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވިއިރު، ފުރަތަމަ ހަފުތާގައި ހާޒިރުވި ދަރިވަރުންގެ އަދަދު ރަނގަޅެވެ. ގިނަ ސްކޫލުތަކުގެ އެޓެންޑެންސް ވެސް އުޅުނީ 60-80 ޕަސެންޓާ ދެމެދުގައި ކަމަށް ވެ އެވެ. ނަމަވެސް މިހާރު އެ ނިސްބަތް 30 ޕަސެންޓަށް ވެއްޓިފައިވާ ކަމަށް، ބައެއް ސްކޫލްތަކުން ބުނެ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ސްކޫލްތައް ބަންދުކުރަން ޖެހިފައިނުވާ ފަދަ ދިގު މުއްދަތަކަށް، ކޮވިޑް-19ގެ ސަބަބުން، ބަންދުކުރުމަށް ފަހު ހުޅުވީ 9-12 އާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. އެކަމަކު ސަރުކާރުން އެގޮތަށް އަމަލްކުރި ނަމަވެސް، އޭރު ވެސް ގިނަ ބެލެނިވެރިންގެ ވިސްނުން ހުރީ ދަރިވަރުން ނުފޮނުވާ ގޮތަށެވެ.

މާލޭ ސަރަހައްދުގެ ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ދަރިވަރުން އައުން މަދުވީ ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު ކަމަށެވެ. މިހާރު ކްލާހެއްގައި ހައެއްކަ ކުދިން ވެސް ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލު ފެށުނުއިރު [އެޓެންޑެންސް] ރަނގަޅު. އެކަމަކު ކޮވިޑް-19ގެ ކޭސްތައް އިންކްރީސް ވާން ފެށީމަ [ދަރިވަރުންގެ އަދަދު] މަދު،" ސްކޫލެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ސްކޫލުތަކުގެ އެޓެންޑެންސް މީމިސް މެދުވެރިކޮށް ބަރާބަރަށް އަޕްޑޭޓްކުރާނެ އެވެ.

ރައްކާތެރިކަމުގެ އެތައް ފިޔަވަޅަކާ އެކު ސްކޫލްތައް ހުޅުވީ ހަފުތާއަކު ދެ ދުވަހު ކިޔަވައިދޭ ގޮތަށެވެ. އަނެއް ދެ ދުވަހު ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ގޭޓް ދޮށުން ދަރިވަރުންގެ ހުން ބެލުން ހިމެނެ އެވެ. އަދި ސެނެޓައިޒް ކުރެވޭނެ އިންތިޒާމް ވެސް ހުރީ ހަމަޖައްސައިފަ އެވެ. ގައިދުރުކަން ބެހެއްޓުމަށްޓަކައި، ކްލާސް ރޫމުގައި ގިނަ ވެގެން ތިބޭނީ 15 ދަރިވަރުންނަށެވެ.

ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ވާނެކަމުގެ ޔަގީންކަން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި އޮތީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވަޔަކުން ފެށިގެން މައްޗަށް ކަމަށެވެ. އެ ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް އަންނަނީ ކިޔަވައިދެމުންނެވެ.

"މިހާރު" ޕޯލުން ވެސް ފެނުނީ ބެލެނިވެރިންގެ ޖެހިލުންވުން

އަލުން ސްކޫލްތައް ހުޅުވުމުގެ ކުރިން "މިހާރު"ގެ ކިއުންތެރިންގެ މެދުގައި ނެގި ޕޯލްއަކުން ވެސް ދެއްކީ، ގިނަ ބެލެނިވެރިން އަދި އެކަމަށް ތައްޔާރު ނޫން ކަމެވެ. އެގޮތުން ޕޯލްގައި ބައިވެރިވި 5،700 އަށް ވުރެ ގިނަ ކިއުންތެރިން ބުނެފައި ވަނީ ސްކޫލްތައް ހުޅުވިޔަސް ދަރިވަރުން ނުފޮނުވާނެ ކަމަށެވެ. އެއީ ބައިވެރިވި ކިއުންތެރިންގެ 64 ޕަސެންޓެވެ.

ސްކޫލަށް ކުދިން ފޮނުވާނެ ކަމަށް ބުނީ އެންމެ 18 ޕަސެންޓް ކިއުންތެރިންނެވެ. ވަކި ގޮތެއް ނިންމަން ދަތިކަމަށް ބުނި މީހުންގެ ނިސްބަތް ވެސް އުޅުނީ 18 ޕަސެންޓްގަ އެވެ.

އެކަމަކު ސަރުކާރުން އުއްމީދުކުރި ވަރަށް ސްކޫލްތަކަށް ދަރިވަރުން ފޮނުވަން ޖެހިލުންވުމުގެ މައިގަނޑު ސަބަބަކީ ބަލިޖެހޭ ދިވެހިންގެ އަދަދު ގިނަވާން ފެށުން ކަމަށް ބެލެވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިދިއަ ތިން ހަފްތާ ތެރޭގައި ގުޅުމެއް ނެތް ކޭސްތަކުގެ އަދަދުތައް ވަނީ ގިނަވެފަ އެވެ.

56 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 42%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެއްކޭ މީހާ

20 July 2020

ތިމަންނަމެން | ކޯވިޑް19 އައިސްގެން އުޅުނު ނުރައްކާ ތެރި ވަގުތުގަވެސް ދަރިވަރުންނަަައް ސުކޫލް ތަކުގައިލާ ކިޔަވާ ދިނީމޭ ބުނަން ވެގެން ކުރާ ކަމެއްތީ....

The name is already taken The name is available. Register?

އީތޭން

20 July 2020

ސްކޫލްތަކުގެ މުވަޒަފުން، ދަރިވަރުން ޕޮޒިޓިވް ވާ ވާހަކަ އިވެންޔާ ސްކޫލަށް ދާން ދަރިވަރުން ވެސް ބެލެނިވެރިން ވެސް ބޭނުމެއް ނުވާނެ... ހަގީގަތުގަ މިހާރު މާސްކް އެޅުން ވެސް މަދު ވާން ފަށައިފި... ސްކޫލްގަ ވެސް ވަކި ހިސާބަކުން މާސްކް ނަގައިގެން ތިބޭ... ކުދިންތަށް ގްރޫޕް ހަދައިގެން ބޮޑިވެގެން ތިބޭ ފަހަރު އަދޭ... ބެލެނިވެރިން އާއިލާގެ ބޮޑެތި މީހުން މާސްކް ނާޅަންޔާ ކުދިން ވެސް އަޅައިގެން ތިބޭކަށް ބޭނުމެއް ނުވާނެ.. ބައެއް ދިވެހިން ވަރަށް ފަރުވާ ކުޑަ.

The name is already taken The name is available. Register?

ޢަނީ

20 July 2020

ޓެލެކްލާސް ރިޕީޓުވާތާ އެތަށް ދުވަހެއް ވެއްޖެ. ކުދިން ޓީވީ ކުރިމަތީ ތިބެތިބެ ފޫހިވެއްޖެ. ގޫގުލް ކްލާހޭ ކިޔާފައި ގިނަ ޓީޗަރުން ބެލެނިވެރިޔާ ބޮލަށް ހޯމްވާކު ތަކެއް ރޭހެއްނިންމާ އުޅޭއުސޫލުން ހަވާލުކޮއްފަ އޭނާގެ ވަޒީފާ އަދާކުރިކަމަށް ގަބޫލު ކުރަނީ. މިކަންތައްތައް ގާތުން ދަރިފުޅަށް އެއްޗެއް އެބަ ދަސްވޭތޯ ނޫންތޯ ބަލާބެލެނިވެރިޔާއަށް ރަނގަޅަށް އެނގޭނެ އޭނާ ކުއްޖާއަކަށް މި ސިސްޓަމުން އެއްވެސް އެއްޗެއް ރަނގަޅަށް ދަސްނުވާތާ މިހާރު 7 މަސްވެގެން ގޮއްސިކަން.

The name is already taken The name is available. Register?

15އަހަރުގެ ލައިކާ

20 July 2020

މިކަ މާ ހެދި ބެލެނިވެރިންގެ އަތުން ހިނގާ ހަރަދު މިވަނީ ދެގުނައަށް އިތުރުވެފަ.. ????

The name is already taken The name is available. Register?

މުދައްރިސެއް

20 July 2020

9،10 ގެ ކުދިންނަކީ އޯލެވެލް އަށް ތައްޔާރުވާ ކުދިންނަށް ވާތީ، މިހާރު ކިޔަވައިދޭ ބައިތައް ސްކޫލްތަކުން އަލުން ކިޔަވާދޭނެ. އެއީ އެޓެންޑެންސް %40 އަށް ވެސް ނާރާތީ. އެޑިއުކޭޝަން މިނިސްޓަރ ގަދަ ފައި ވިއްދާފަ މި ހާލަތުގަ މާލޭ ސްކޫލްތައް ހުޅުވައިގެން މި އުޅެނީ މާ ކަންކަން ވާކަން ދައްކަންތޯ

The name is already taken The name is available. Register?

ޙަސީނާ

20 July 2020

ސްކޫލްތައް ހުޅުވާ ކުދީންގެންދަން ބުނިޔަސް ކިހިނެއް ފޮނުވާނީ އިހައްދުވަހުވެސް ހުޅުމާލޭ ސްކޫލްއަކުން ޕޮޒިޓިވްވި މުދައްރިސް ހުރީ ދަރިވަރުންގެ ހުންބަލަން އެކަން ސިއްރުކޮށްފަ އޮތީ، އަނެއް ސުކޫލުގެ ޕްރިންސިޕަލް ޕޮޒިޓިވްވި އިރު އެހަފްތާގަ ސްކޫލަށްނިކުމެ ދަރިވަރުންނާ ބައްދަލުވެފަ ހުރީ. ދެންތިކުރާ ޑިސްއިންފެކްޓްއަކީ ފޮތިކޮޅެއްގަ ބްލީޗް ސޮލިއުޝން ހާކާލާފަ އޭގެން ހުރިހާ މޭޒެއް އެއްބުރުން ފޮހެލަނީ އެނިމުނީ. ރަގަނޅު

The name is already taken The name is available. Register?

އާދަނު123

19 July 2020

ބޮޑު ކަމެއް ވެގެން އުޅޭއިރު ނުވާ ކަމަކަށް ހަދައިގެން ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތައް ސިޔާސީ ކުލަތަކު އެއްކިބާވާން އެބަޖެހޭ

The name is already taken The name is available. Register?

ޖުމާހާ

19 July 2020

އެޑިއުކޭސަން މިނިސްޓަރީގެ ސިޔާސީ ބޭފުޅުން ވަނީ ފޭލިވެފަ. އިސްތިއުފާ

The name is already taken The name is available. Register?

އާދަނު

19 July 2020

ސީ.އެޗް.އެސް.ސީ އަށް ކުދިން ކިޔަވަން ގެންދަން ފެށީ މިއަދަކުނޫން. މި މަހުގެ ކުރީކޮޅު ކުދިން ގެންދަން ފަށައިފި. ލޮކްޑައުން އުވާކުމާއެކު ކިޔަވައިދޭން ފަށައިފި. އޭރު ކުޑަކޮށް ބަލި ކޮންޓްރޯލްވެފައޮތީމަ ގިނަބެލެނިވެރިން ދަރިން ފޮނުވި. ނަމަވެސް މިހާރު މިދަނީ ބަލި ފެތުރެމުން. މިހާލަތުގައި ބެލެނިވެރިން އެމީހުންގެ ދަރިން ފޮނުވަންޖެހެލުންވާނެކަން އެޑިޔުކޭޝަން މިނިސްޓަރަށް ނޭގޭތީ ހިތާމަކުރަން. އޮންލައިންކޮށް ރަގަޅަށް ކިޔަވައިދެއްވޭތޯ ބައްލަވައިދެއްވުމަށް މިނިސްޓަރަށް އާދޭސްދަންނަވަން.

The name is already taken The name is available. Register?

ބަދަލު

19 July 2020

މިހާރު އެތައް އާގޮތްތަކެއް އުނގަންނައިދިނުމުގެދާއިރާއަށް ހުޅުވިއްޖެ. ރަށްރަށުގެ ޓީޗަރުން ޓެލިކިލާސްގަ އެބަ މާލޭކުދިންނަށް ފިލާވަޅުނަގައިދޭ. ނުދިއަސް ކިޔެވޭ ފިލާވަޅުތަކަށްޓަކައި ކީއްކުރަން ސްކޫލަށްދަނީ؟ މާލޭ ސްކޫލްތަކުގަ ކުރިންވެސް އެންޓަޓެއިންމަންޓްބައި އެހާބޮޑު. މިހާރު އޮންލައިންކޮށްވީމަ ހުރިހާ ފޯކަސްއެއް ކިއެވުމަށްދެވޭ. ކްލާހުގަ އުނދަގޫކުރާ ކުދިންގެ ކިބައިން ނެއްޓި ފިލާވަޅަށް މާބޮޑު ސަމާލުކަން ދެވޭ. ނިއުނޯމަލްގައި އެތައްބަދަލެއް އަންނަންޖެހޭ.

The name is already taken The name is available. Register?

ނެކްސްޓް

19 July 2020

ރަގަޅު ވާހަކައެއް މިވަގުތައް ހަމަ އެނަމެ ރަނގަޅު ޓެލެކްލާސް އާއި ގޫގުލް ކްލާސްތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454