ޕީއެސްއެމް: އެތަނާ ދެކޮޅަށް ހަ ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި.
20 ޖުލައި 2020 - 14:52
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބީލަމަށް ނުލައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރި މަސައްކަތްތަތަކުގެ އަގު ހޯދަން ހަ ކުންފުންޏަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން އެކި ފާރާތްތަކާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރުވާފައިވާ އިރު ކޯޓަށް ދިޔައީ ކޮން ކުންފުނިތަކަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތް ކަން ޕީއެސްއެމުން ކަށަވަރުކޮށްދެ އެވެ.
ޕީއެސްއެމްއާ ދެކޮޅަށް ކުންފުނިތަކަކުން މި މައްސަލަ ހުށަހެޅީ އެތަނުގެ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 14 މައްސަލައެއް ބަލައިދިނުމަށް އެދި އެ ކުންފުނީގެ އާ މެނޭޖުމެންޓުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވެސް އެދިފައި އޮއްވަ އެވެ.
ޕީއެސްއެމަށް މި ސަރުކާރުގައި އައްޔަންކުރި މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު އޭރު ވިދާޅުވީ އޭސީސީއަށް ފޮނުވީ ޕްރޮކިއުމަންޓުގެ އިޖުރާއަތުން ބޭރުން ކޮށްފައިވާ މުއާމަލާތްތަކަކާ ބެހޭ 14 މައްސަލައެއް ކަމަށެވެ. އޭސީސީން މި މައްސަލަތަކުގެ ތަހުގީގު ކުރާތާ އަހަރެއް ވީއިރު ވެސް ރިޕޯޓު އަދި އާއްމެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި ސިވިލް ކޯޓަށް ހަ ކުންފުންޏަކުން ދިޔައީ މީގެ ތެރެއިން ބައެއް މައްސަލަތައް ހިފައިގެންނެވެ. ބީލަށް ނުލައި ކުރުވި މަސައްކަތްތަކުގެ އަގު ހޯދަން އިންވޮއިސް ޕީއެސްއެމަށް ފޮނުވާފައި ވިޔަސް އެ ކުންފުނިތަކަށް ފައިސާ ދުލެއް ނުކުރެ އެވެ.
ޔާމީންގެ ސަރުކާރާއި އެ ސަރުކާރު ހިންގި ޕީޕީއެމްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރި ޕީއެސްއެމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭސީސީގެ އަމިއްލަ އިސް ނެގުމަށް ވެސް ބައެއް މައްސަލަތަކުގެ ތަހުގީގު ކުރަން ފެށި ކަން އޮތީ ކުރީގެ ކޮމިޝަނުން ހާމަކޮށްފަ އެވެ.
ޕީއެސްއެމުން ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން އެމްޑީ ބިއުރޯ ހެދި މައްސަލައެއް ވެސް އޮތީ ފެންމަތިވެފަ އެވެ. އޭގެ އިތުރުން ޕީއެސްއެމުން ހިންގާ ޓްރޭނިން އިންސްޓިޓިއުޓެއް ކަމަށްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި)އަށް އިމާރާތެއް ހޯދުމުގައި ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގާފައިވާ މައްސަލައެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Yoosuf
21 July 2020
މިހާރުވެސް ރިހާކުރު ފުޅިއެއް ވަގަށް ނަގާބަލަ ވަގުތުން ޖެހޭނީ ޖަލަށްދާން. އެވެސް 6 އަހަރަށް. ދޯ
ައަފުރާސިޔާބު
21 July 2020
ބޮޑަށް ބެލެވެނީ އެތެރެއިން ގަންނަ ގަނޑެއް ކަމަށް. މިހާރު އެތަނުގައި ހުންނާނެ ކުރިން އެއްވެސް ކަމެއް ޙަވާލުނުކުރާ ތަންތަނުންވެސް މަސައްކަތް ކުރިކަމުގެ ލިއުންތައް. މިސާލަކަށް އިސްތިހާރު ކޮންޓެންޓް ހަދަން ސޮއިކުރި ޒާތުގެ އެގްރިމެންޓް ތައް.
މާންބޭ
20 July 2020
އެތައް އަހަރެއްގެ ފަހަތައް މިހާރުު ޕީއެސްއެމް ދުއްވާލައިފި. މިހާރުގެ އެމްޑީއަކީ މީޑިއާ ތަނަކަށް ފުދޭ މީހެއް ނޫން. މާތްކަލާކޯ މިހާރުގެ ވެރިން ކާލިވަރު އިނގޭނި މިވެރިންގެ ދައުރު ނިމުނީމަ. ކަމާބާހާ ހުންނާނެ. ވަރަށް ގާތުން އެބަ ބަލަން. އަމިއްލައަށްވެސް މައްސަލަތައް ހުށަހަޅާނަން.
ޙިނި
20 July 2020
ވާގޮތަކީ ސިވިލްސާވިސް ގަ ތިބީ ރަން 30 އަހަރުގެ ބަތޮލުން ނޫނީ ކާމިނީގޭ ބޭފުޅުން ގެ ހެޔޮފުޅުކަމުން ކަންކަން މަގުފަހިވެފަ ތިބިމީހުން، އެެމީހުން އެމްޑީޕީ ސަރުކާރައް އެއްކަމެއްވެސް ވިޔަކަ ނުދޭނެ ، މިމީހުން ރީއެޑިއުކޭޓް ކުރަން ޖެހޭ ނޫނީ ވަކިކުރަންޖެހޭ
ސީލަ މަޑި
20 July 2020
މާލިއްޔަތު ގަވާއިދަކަށްނޫން ތިތާއަމަލު ކުރަނީ. ތިތާނގެ ޕްރޮކިއުމަންޓް ސިސާސަތަށް. މިހާރުވެސް އެމްޑީ ޚާލިދު އަމަލު ކުރަނީ ހަމަ އެ ޕޮރޮކިއުމަންޓް ސިޔާސަތަށް. ޚާލިދު މޮޅުވާން ޓްވީޓް ކުރިއިރު ވާނުވާނޭގޭ މީނައަށް. އެހާ ގޯސް ސިޔާސަތެއް ބަދަލުނުކޮށް އޭގަ ތި ބައްދަނީ ގައިމު ފައިދާތަކެއް ވާތީނޫންބާ؟
ހާލިދާ ޒިޔާ
20 July 2020
ޕްރޮކިއުމަންޓް ޕޮލިސީގެ ތެރެއިން ތިކަންކުރީ. ހަމަ އެޕޮލިސީގެ ދަށުން މިހާރުވެސް 2 އަހަރު ވީއިރުވެސް ތިތާތި ކަންކަން ކުރަނީ. މިމެނޭޖުމަންޓްގަ ދިރާގަށް ލިބެން އޮތް އެސްޑީއެމްއައި އުރީދޫއަށްދިނީ ހަމަ މިޕޮލިސީން. ތިލާރީ ނުނެރެވިގެން ނުކެވިގެން މިސަރުކާރު ބަޔަކު އުޅޭތާ ލައްކަ ދުވަސްވެއްޖެ.
މަހާރަދުން
20 July 2020
ތީމީޑިއާ ސްޓަންޓެއް ތިލާރި ގަނޑު ނުދެވިގެން އުޅޭތާ ލައްކަ ދުވަސްވެއްޖެ މިސަރުކާރުގެ ބައެއްބޮޑުން. ބިގަށް ދިންހެން ދޭން ތިއުޅެނީ ޚަލިދު ޓުވީޓު ކުރީމަ ނޫހުގަ ޚަބަރުޖަހާފަ ދެން ފަހުން ތިލާރި ނެރޭއިރު އޮންނާނީ ހަޅަޖަހާމަޑުވެފަ. ދެން މާބޮޑަށް މިވާހަކަ ނުވެއްދައްކާނެ. ހުސްޗަރުކޭސް.
ޙިނި
20 July 2020
ތި ކޯޓުތަކުން ނާ ޕީއެސްއެމުން ކީއްވެ މައްސަލަ ހުށަހެޅި ފަރާތްތަކުގެ މައުލުމާތު ހާމަނުކުރަނީ. މީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާ ހިލާފު އަމަލެއް ނޫންތޯ.
އޭކޭސީޖީ
20 July 2020
ތިއިން މީހަކަށް އަދަބެއް ލިބޭނެދުވަހެއް ނާންނާނެ
ދުނިޔެ ދުއް
20 July 2020
ތިތަނުގެ ޕޮލިސީގެ ތެރޭން ކަމަށްވަނީ ތިޔާކަން ކުރީ. އެޕޮލިސީގެ ދަށުން މިހާރުވެސް ކަން ކަން ތިތާކުރަނީ. ހީހީ ހަލާކު