ޚަބަރު / ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް

ބިދޭސީންގެ އަމަލުތައް ގައުމު ހިފުމެކޭ އެއްފަދަ: ޝަމާލް

މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލާއި އެހެން މުއައްސަސާތަކުގެ އިސްވެރިން.---ފޮޓޯ: މަޖިލިސް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަމަލުތައް ހުރިގޮތުން ބޭރުގެ ބަޔަކު ރާއްޖެ އަރައި ހިފުމާ އެއްފަދަ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ޝަމާލް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން 179،954 ބިދޭސީން އުޅޭއިރު ރަޖިސްޓްރީ ނުކުރާ 66،000 ބިދޭސީން އުޅޭ ކަމަށެވެ. އެހެންކަމުން ފަސް ލައްކައެއްހާ މީހުންގެ އާބާދީ އޮންނަ ރާއްޖޭގައި 250،000 އެއްހާ ބިދޭސީން އުޅޭ ކަމަށް ޝަމާލް ވިދާޅުވި އެވެ. މިހާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅޭއިރު މި މީހުންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"މި ޒަމާނަކީ އެއް ގައުމުން އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ ހިފާ ޒަމާނެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން ކައިރީގައި އޮތް ގައުމަކުން މިއޮތީ އެތައް ބަޔަކު އަޅުގަނޑުމެންގެ ހުޅުވިފައިވާ ބޯޑަރުތަކެއް އޮތީމަ އެތައް ބަޔަކު މިއޮތީ މި ގައުމަށް އަރާފައި. ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރައި ހިފިޔަސް ފެންނަން މިހުންނަ ކަންތައްތައް ކަހަލަ ކަންކަން މިހާރު މިފެންނަނީ މި މީހުންގެ ފަރާތުން،" ޝަމާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކަށް މިއޮތީ މި މީހުން ފޫއަޅުވާލާފައި ވަދެފައި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހީންނާ ކައިވެނި ކުރުމާ މިހެންގޮސް ހުރިހާ ދިމާލަކަށް. ކުށްތަކުގައި ވެސް މި މީހުން ޝާމިލް ވެގެން ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ. އެހެން ގޮސް އެންމެ ފަހުން ތިފެންނަނީ ފުލުހުންނާ އިހަކަށް ދުވަހަކު ކުރިމަތިލި މީހުން. އެހެންކަމުން މިއީ ގައުމީ ސަލާމަތަށް އިޝޫއަކަށް މިކަން ދިމާވާ ސަބަބަކީ."

Bidheyseen ge hamanujehumuge fahathugai vanee musaaraige massala eh nun: Mariya

Bidheyseen ge hamanujehumuge fahathugai vanee musaaraige massala eh nun: Mariya

The most trusted news source in the Maldives

Mihaaru

ބިދޭސީންގެ ހަމަނުޖެހުމުގެ ފަހަތުގަިއ ވަނީ މުސާރައިގެ މައްސަލަ ނޫން ކަމަށް މިނިސްޓަރު ވިދާޅުވުން

ކަންބޮޑުވުން ފާޅުކުރައްވަމުން ޝަމާލް ވިދާޅުވީ ގިނަ ބިދޭސީންގެ މައްޗަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ތަންފިޒު ނުކުރެވޭ ކަމަށެވެ. ރާއްޖޭގެ ޒުވާނުންގެ އާބާދީ އަށް ވުރެ ބިދޭސީންގެ އާބާދީ ބޮޑުވެފައި ވުމަކީ ބޮޑު ނުރައްކަލެއް ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލަ މީގެ ކުރިން ވެސް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާ ކަމަށެވެ. އެހެން ކަމުން މުޅި ދައުލަތް ގުޅިގެން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ގައުމީ ސަލާމަތީ ކައުންސިލްގައި ވެސް މިކަމާ މަޝްވަރާ ކުރެވިފައި އޮތީ މިކަމާ. މިސާލަކަށް ކިހިނެއްތޯ މީގެ ތެރެއިން އިލީގަލް މީހުންނާ ދޭތެރޭ ފިޔަވަޅު އެޅޭނީ. އެ މީހުން ކިހިނެއްތޯ ފޮނުވާލެވޭނީ،" ޝަމާލް ވިދާޅުވި އެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކުގައި ވެސް އެބަ ގެންގުޅޭ އިލީގަލް މީހުން. އެތައް ޒަމާންތަކެއް ވެގެން މިދިޔައީ. މިއީ ވެސް އިޝޫއެއް. ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ކުރިއަށް އޮތް ހަ އަހަރަށް ވާވަރަށް ލޭބާ މިއޮތީ އެތެރެވެފައި ކަންނޭންގެ. އެހެންވީމައި އަޅުގަނޑުމެން މަޝްވަރާ ކުރިން މި މީހުންގެ ތެރެއިން ރެގިއުލޭޓް ކުރަންވީންނޫންހޭ މަސައްކަތް ކުރެވޭނެ ތަނަކަށް ގެންގޮސް ބައިތިއްބައިގެން. އެ މީހުން ރަޖިސްޓްރީ ކޮށްގެން ކުންފުނިތަކަށް ދޭންވީ ނޫންހޭ."

މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލާއި އެހެން މުއައްސަސާތަކުގެ އިސްވެރިން.---ފޮޓޯ: މަޖިލިސް

މިއަދުގެ ކޮމެޓީގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވިދާޅުވީ ބިދޭސީން ރާއްޖޭގައި އެކިއެކި ހަމަނުޖެހުންތައް ހިންގަނީ މުސާރާގެ މައްސަލައިގައި ނޫން ކަމަށެވެ. އެކަމުގެ ފަހަތުގައި ބަޔަކު ވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ބޮޑުފިނޮޅުގައި 200 ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައި ވަނިކޮށް، ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އިމާރާތްކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލައި ގަލުން ހަމަލާ ދިނެވެ. އެ މައްސަލައިގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށް، ތަހުގީގު ފަށައިފަ އެވެ.

109 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 4%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންކެޔޮ

22 July 2020

ޑީޕޯޓް ކޮށްލާމީހާވެސް އަނބުރާއާދެވޭގޮތަށްއޮންނަނީ އިމިގުރޭޝަން ކޮންމެވެސް މުވައްޒަފަކަށް 30،000ރ ދިީނީމަ. އެމީހާ އޭރުން ސިސްޓަމުން ފުހެލާނެ.

The name is already taken The name is available. Register?

މުސްތަފާ

22 July 2020

އަދި އެހެން ގައުމަކާ ގުޅިފަ އޮންނަނަމަ ކިހަވަރެއް ވާނެ. އެއާޕޯޓުން އެތެރެ ވާއިރުވެސް އެޔެއްމިޔެއް ނޭނގޭ. ެެެެެެެެެެެެެ އިމިގްރޭޝަން ގެ ގާބިލް ކަން ފެނިފަ ދެ ތަށި ފެން ް ދޭހިއްވެއްޖެ.

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

22 July 2020

އިންޑިޔާ މީހުންނަ ރައްވެހިކަން ދޭންވެގެން ނަޝީދު އަޑީގަ ހުރެ ޖަހާ ސަަކަރާއް ވަރައް ނުރައްކާ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

22 July 2020

ނަޝީދު އަކީ މިޤައުމަ ހުރި ބޮޑު ނުރައްކަލެ. ނަޝީދުގެ ފަރާތުން މުޅިންވެސް ލިބޭނީ ގެއްލުން ބަސްމަގުންވެ އަމަލުންވެ ކުރިމަގުންވެސް. ދިވެހިންނަ ވިސްނޭނީ ކިހާ ހިސަބަކުންބާ

The name is already taken The name is available. Register?

މުޑަހަންޖާ

22 July 2020

މަބުނީ، މިސާލަކަށް ފުލުހުން ދިވެއްސަކު ބޮޑު ހައްޔަރުކޮށްގެންދިޔައިމަ ތިމަންނަމީ ކާކުކަންނޭނގޭ ލިޔެކިއުމެއްވެސްނެތް ބިދޭސީއެކޭބުނެލީމަ ދެން ދައުވާއެއްނުކުރާނެދޯ.

The name is already taken The name is available. Register?

ސިކުނޑި

21 July 2020

ބިދޭސީން ގަވާއިދާ ޚިލާފުވަނީ ގަސްތުގައި ނާޖާއިޒު ފައިދާ ހޯދަން! އަންޑޮކިއުމެންޓެޑް މީހުން އެތިބީ އެއީ ކޮންގައުމެއްގެ ކާކުކަން ނޭނގޭ ވަރަށް އަންޑޮކިއުމެންޓެޑް ވެފައެވެ. ބެލޭނެ ގޮތެއްވެސްނެތެވެ. ހަވާލުވާނެ ގައުމެއްވެސް ނެތެވެ. އެކަމަކު މަސައްކަތްކޮށްފައި އެމީހުން ލާރި ފޮނުވާނެ ގައިމުކާއި އަނބިދަރިންވެސް ތިބެއެވެ. "ފިކުރީ ހައްދު ފަހަނައެޅުން ހުއްޓުވުމުން، އިޖުތިމާޢީ އިސްތިޢުމާރުން ގައުމު ސަލާމަތް ކުރުމަށް ފޯކަސް ބަދަލުކުރުން" ވަރަށް މުހިންމު!

The name is already taken The name is available. Register?

Dhaadhey

22 July 2020

ބެލޭނޭ ގޮތްވެސް އެނަހުއްޓެވެ. އެމީހުން އެތެރެވެފައިވަނީ ގަވާޢިދުން ދިވެހިސަރުކާރުގެ ކަމާބެހޭ މުއައްސަސާގައި ލިޔެކިއުންތައް ފައިލްކުރުމަށްފަހު އެވެ. މިއީ އިންޑިއާ ބަންގާޅު ޕާކިސްތާނު ބޯޑަރުގޮތަށް ކޮންމެ ދިމާއަކުންވެސް ވަގަށް ފުޅަންމަތިން ފުންމާލައިގެން އެއްވެސް މީހަކަށް އާދެވޭނޭ ގައުމެއްނޫނެވެ. ޚުދު ދިވެއްސަކަށްވެސް އެއްރަށުން އަނެއް ރަށަށް ނޭރޭނޭ ހެން ވަކިވެ މީހާ ހާމައަށް ފެންނާނެ ގޮތަށް ވަކިވެފައިވާ ރަށްތަކެއް އޮތް ގައުމެކެވެ. ދައުލަތުގެ އޮޅުވާލުމެކެވެ.

The name is already taken The name is available. Register?

ސިކުނޑި

21 July 2020

2/2 އިޖުތިމާޢީ ކަންކަމުން ސިޔާސީ ފައިދާ ހޯދަންއުޅޭނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެ! ރާއްޖޭގައި ނުރައްކާތެރި ފިކުރީ ހައްދު ފަހަނައަޅުމަކީ އެކަހަލަ ކަމެއް! މިވާހަކަ މިނިސްޓަރާއި ސިފައިންގެ ވެރިން ދެއްކުމާއި ނޫހުގައި ކޮލަމް ލިޔާ މީހަކު ދެއްކުން ވަރަށް ތަފާތު!

The name is already taken The name is available. Register?

ހުސެން

21 July 2020

ބޭކާރު ހުސް އަނގަތަކެއްތަޅާލާފަ ތިޔަހިސާބުން ތިޔަކަން ތިނިމުނީ! ދިވެހިންގޮސް ބަންގާޅުގެ ނުވަތަ އިންޑިޔާގެ ނޫނީ މެލޭޝިޔާގެ ފުލުހުންނާ ކުރިމަތިލާބަލަ ވާގޮތް ބަލާލަން، ކީއްވެތޯ އަޅަންޖެހޭ އެއްވެސް ފިޔަވަޅެއްނޭޅިގެން މިރާއްޖޭގަ މިއުޅެނީ؟ ބަންގާޅިންނަށް ބަންގާޅިންނޭ ބޮންދޭ އަދި އެހެން އެއްޗެހިވެސް އަހަރެމެންކިޔަނީ މިމީސްމީހުންގެ އުނދަގޫބޮޑުވީމަ، ބލބޮޑުކަމަށް ދުނިޔެއަށް މަޝްހޫރުބައެއް، އަވަސްފިޔަވަޅުތަކެއް ނާޅައިފިނަމަ ގައުމަށް ހުރި ބޮޑު ނުރައްކަލެއް

The name is already taken The name is available. Register?

ސިކުނޑި

21 July 2020

1/2 ކަން އޮތް ގޮތާއި ކަން ހިނގާ ގޮތާއި ކުރިމަގުގައި ވެދާނެކަމަކީ، ކަމާބެހޭ ފަރާތްތަކުން ހޯދާ ބަލަހައްޓަންޖެހޭ ކަންކަން! ރައްޔިތުންނަށް އެނގެން ބޭނުންވަނީ، ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅުތައް! އެންމެ އާދައިގެ މީހާއިން ފެށިގެން ގޮސް ރައީސާ ހިސާބަށް އެންމެން މައްސަލަތަކުގެ ވާހަކަ ދައްކައިގެން މައްސަލަ ހައްލެއް ނުވާނެއެވެ.

The name is already taken The name is available. Register?

ގުއިޓައްޕަން

21 July 2020

ސިޔާސީ ޕާޓީތަކާއި އެމީހުން ދައްކާވާހަކަތަކާއި އެވާހަކަގުޅުވާލާ މުނާސަބުތައް ނޭގޭމީހަކު ކުޑަކުއްޖަކުނެތް. ވީމާ ކޮންމެކަމެއް މާބޮޑަށް ސިޔާސަ ކުރާނެކަމެއްނެތް. ބަންގާޅުންގެ މައްސަލަ މިއީ ސަމާސައަކަށް ވުރެން ސީރިއަސް މައްސަލައެއް. އެންމެންވެގެން ހައްލުކުރަްޖެހޭކަމެއް. މިކަމުގައި ކުށްވެރިވާބަޔަކަށް އަދަބުދެވެންޖެހޭ. ގައުމު މިއޮތީ ފަސާދައެއްގެ އަނގަމަތީ. މިނިވަންކަމެއްނެތް. ގައުމުގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލާންފަށައިފި. ކިހާވަރަކުންބާ ސީރިއަސްވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454