ފުވައްމުލަކު ސިޓީ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ:އެމްޓީސީސީ
21 ޖުލައި 2020 - 14:34
ފުއްމުލަކުގައި ރަށު ތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެ ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. މަސައްކަތުގައި ހިމެނެނީ 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުން ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ދަށުން ކުރާނެ އެވެ.
އެމްޓީސީސީއާ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކުރި މި މަސައްކަތަށް 279.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.
އާބާދީގައި 10،000 އަށް ވުރެ ގިނަ ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން ޖެހެނީ 730 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ނުކުރެވި އޮތުމުން މި ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރީފު
21 July 2020
ހަމަތިގޮތަށް މ.މުލީގައި އެއާރޕޯޓެއްއަޅައި ނާލާފުއްޓާ މުލި ކޯޒުވޭއަކުން ގުޅުވާލަދެއްވާނެކަމަށް ވިދާޅުވި އަދިވެސް އެއްވެސް މަސައްކަތެއް ނުކުރޭ. އަދިމީ ރައީސްސޯހިހުގެ ރިޔާސީވައުދުފުޅެއް.
ކުޑަހުވަދޫ
21 July 2020
އިބްރަހީމް މުޙައްމަދު ސޯލިހުވަނީ 'ކުޑަހުވަދޫގައި ބަކީ ހުރި މަގުތަކުގައި ތަރާރުއެޅިގެންދާނެ' ކަމަށް ކުޑަހުވަދޫ ރައްޔިތުންނަަށް ވައުދުވެފައި. އަދި ހަމަ އެއްވެސްކަމެއް ނުކުރޭ. ނަޝީދުގެ ވެެރިކަމުގައިވެސް ކުޑަހުވަދޫއަަށް އެއްވެސް ކަމެއް ނުކޮށްދޭ. މިތިބީ ބަލަން. ކަމެއްނުކޮށްދީ ރިޔާސީ އިންތިހާބާއި ކުރިމަތިވެއްޖެއްޔަ ބޮޑުތަނުން އެމްޑީޕީއަށް ނޯބުނުވަން މަސައްކަތްކުރާނަން ކުޑަހުވަދޫއިން.
ރަދީފްއޮފިޝިއަލް
21 July 2020
އައްޑޫގެގިނަ މީހުންއެއީ އެމީހުންގެ އަމިއްލަ މަސް ވަޅުލާފައޮތް ފަސްގަނޑަށްވުރެ ބޮޑަށް ޕާޓީއަށް ލޯބި ޖެހިފަތިބި ބައެއް.މިހެން ކަންކުރީމަ އެއަތޮޅުގެ ތަރައްގީވަނީ ވަރަށް ބޮޑަށް ވަޅުޖަހާފަ.ހުރިހާ މީހުން އެބަޖެހޭ ޕާޓީރޫހަށްވުރެ ބޮޑަށް އަތޮޅުގެ ކުރިއެރުމަށް ކަންކަން ކުރެވޭނެ ގޮތަށް މަސައްކަތްކުރަން.މިހާރުވެސް އޮތީ 7 ސުމެއްގެ ސްކޯއެއް.ދެން ކީއްވެގެންތަ ކަންކަން ނުކުރެވިގެން މިއުޅެނީ.މެމްބަރުން ޕްލީޒް ޓްރައި.ޕްލީޒް.ވ.ވެދުން
އައްޑޫބެއްޔާ
21 July 2020
ރ.ޔާމީނުގެ ސަރުކާރުގައި ހުވަދު އަތޮޅު އެއޮތީ ނަގާ ކޮޅަށް ޖަހާފަ. މިވެރިކަމުގައި ފުވައްލުމަކު އެދަނީ ތަރައްޤީ ކުރަމުން. ވޯޓު ހޯދާން މަމެން އައްޑޫ މީހުންކައިރީ ބުނީ އަހަރެމެނަށް އޮތީ ޚާއްސަ މެނިފެސްޓޯއެކޭ. އެކަރުދާހުގައި ހުރި ކަންކަން ނިމޭއިރުގާ ފުރަމާލެއަށް ވުރެ އައްޑު އޮންނާނީ ކުރީގައެޭ. ހެއްލިތިބެ ވޯޓުދީ ދައުރު ދެބައިވެދާއިރުގާ އެމެނިފެސްޓޯއަށް ކޮފީ ބަންޑުންވެއްޖެ
ރަދީފްއޮފިޝިއަލް
21 July 2020
ބެއްޔާ ތެބެޏީ ހެެއުކޮށް. އަވަ ތާއީދުކެރަން ތެ ކޮމެންޓާ.
1828
21 July 2020
މިހާރު އައްޑޫމީހުން ނަޝީދަކަށް އިބޫއަކަށް އިތުބާރެއް ނުކުރާނެ. ލަނޑުދީފި. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަންވެސް ދޭނީ އައްޑޫ މީހަކަށޭ ކިޔާފައި އެންމެ ފަހުވަގުތު އެއިނީ ގޮނޑީގައި ސަވާރުވެގެން. މަލޭ މީހުން ރާއްޖެތެރޭ މީހުންނަށް ހެވެއް ނޭދޭނެ. މާލޭ ސަރުކާރަށް ނޫނެކޭ ރާއްޖެތެރޭ މީހުން ބުނަންވެއްޖެ.
ސަތޭކައަކުން ސުމެއް
21 July 2020
އަސްލުވެސް ކަލޯމެން ތިބީ، ތިބެނީ އަބަދު ހެއްލިފައި. ހެއްލެފައި ތިބޭތި ދެންވެސް.. ހެއްލުމަކީ ގެއްލުމެއް.. ނަޝިދުއަކީ މި ވަޠަނަށް އެއްވެސް ކަމެއް ކުރާނެ، ކުރެވޭނެ މީހެއްނޫން. އޭނާ ބާރުވެރިކަން ހޯދުމުގެ އޮންނަނީ އެންމެ ބޭނުމެއް. އެއީ ލާދީނީ އެޖެންޑާ ފެތެރުން. އައްޑޫ މީހުންގެ ސަބަބުން ނަޝީދުއަށް މި ގައުމަށް ފާވެގަތުމުގެ ފުރުސަތު ލިބުނީ.
ޝާޑު
21 July 2020
މާލޭގެ މަގުތައް ހަދާންފަށަނީ ކޮންއިަކުންނޯ؟ މިހެން މިއަހާލެވުނީ މޭޔަރު މަގުހެދުމުގެ މެގަޕުރޮޖެކްޓެއް އިއުލާނުކޮށްފައިވާތީ.
ރަދީފްއޮފިޝިއަލް
21 July 2020
ހެހެހެހެހެހެހެ.ތަމެން ދެން ތިޔާ ޒާތުގެ ސުވާލެއް ނުކުރައްޗޭ.އެއީ 02 ވަނަ ފަހަރަށް މޭޔަރުގެ މަގާމް ލިބޭތޯ ކުޅެލި ޗަރުކޭހެއް.ވ.ވެދުން