ރާއްޖޭގެ ބޯޑަރު ހުޅުވާލި ފުރަތަމަ ދުވަހު އައި ޓޫރިސްޓުންތަކެއް މަތިންދާ ބޯޓުން ފައިބަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
22 ޖުލައި 2020 - 15:03
ރާއްޖޭގެ ބޯޑަރު ހުޅުވިތާ ހަފްތާއެއްވިއިރު މިހާތަނަށް އައީ އެންމެ 560 ޓޫރިސްޓުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވި ފުރަތަމަ ހަތަރު ދުވަހު ޓޫރިސްޓުން އައި އަދަދު ނިސްބަތުން ގިނަ އެވެ. އެގޮތުން ފުރަތަމަ ހަތަރު ދުވަހު 443 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް ވޭތުވެދިޔަ ތިން ދުވަހު އައީ އެންމެ 117 ޓޫރިސްޓުންނެވެ.
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތައް ހިމެނޭއިރު އެންމެ ގިނައިން ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 87 ޓޫރިސްޓުންނެވެ.
އިނގިރޭސިވިލާތުން ވަނީ އެ ގައުމުގެ ބޯޑަރުތައް ހުޅުވާލައި ބައެއް ގައުމުތަކަށް ލުއިތަކެއް ދީފަ އެވެ. ނަމަވެސް މި ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. އެހެންކަމުން ރާއްޖެ އަށް އައިސް އެނބުރި އިނގިރޭސިވިލާތަށް ދާ ޓޫރިސްޓުންނާއި ރާއްޖޭން އެ ގައުމަށް ދާ ޓޫރިސްޓުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު ވަނީ ބޯޑަރު ހުޅުވުމުން ގިނަ ބަޔަކު ރާއްޖެ އަންނަން ޝައުގުވެރިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބޯޑަރު ހުޅުވުމަށް ފަހު ހަފްތާއެއްވިިއިރު އައި ޓޫރިސްޓުންގެ އަދަދު އާއްމުކޮށް ހަފްތާއެއްގެ ތެރޭގައި ޓޫރިސްޓުން އަންނަ އަދަދާ ކައިރި ވެސް ނުކުރެ އެވެ.
ޓޫރިޒަމް މިނިސްޓްރީއާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިގޮތުގައި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާން ދެތިން މަސް ނަގާނެ އެވެ. އަދި މި ދުވަސްވަރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމާ ގުޅުގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ހަތަރު މަސް ދުވަސް ވަންދެން ޓޫރިޒަމް ހުއްޓިފައި އޮތުމުން މިއަހަރު އަންނާނެ ކަމަށް މިހާރު ލަފާ ކޮށްފައިވަނީ 850،000 ޓޫރިސްޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
23 July 2020
ޓޫރިޒަމަށް އެކަނި ބަރޯސާނުވަށް މެގަފޮރެޖެކުޓެއް ވަރަށް އަވަހަށް ރައީސް ސޯލިހު ފަށްޓަވާ ދެށްވާ ހަބަރު އަށްސަވައިފިން. މި ފޮރެޖެކްޓަކީ ބިލިޔަން ޑޮލަރގެ އިވެސްޓެއް. ރައީސް ސޯލިހު ޒައާމަތުގައި ދިވެހިން ގެ ދިރިއުޅުމަށް ހެޔޮލަފާ ބަދަލު ތަކެއް އަށްނާނެ ކޮޅުމަތި ފެންނަށް ފަށައިފި. ރަށްއިތުންގެ އަތްމަތި ތަނަވަސްވެ އިޖްތިމާއީ މަންސަލަ ތަކަށް ހައްލުއަށްނާނެ..
ޜަހޫ1
23 July 2020
ޢިބޫ، ކެބިނެޓް ރީޝަފްލުކުރޭ....ވަރަށް ސޭޑްލީ ބުނަންޖެހޭނީ މިހާތަނަށް ދެކުނު އެންމެ ފީކަޅާ ކެބިނެޓޭމީ......ފައްޔާޒު އަކީ އިކޮނޮމިކް މިނިސްޓްރީ މުއައްޒަފުން ބުނާގޮތުގައި ވަރަށް ބޮޑާ އަދި ކިބުރުވެރި، މީހުންނާއި ޖައްސާލައިގެން އުޅޭ އަންޕްރޮފެޝަނަލް މީހެކޭ ބުނާތީ އަޑުއަހަން...ޓްރާންސްޕޯޓު އަދި ޕްލޭނިންގ މިނިސްޓަރުން އަކީ ކީއްކުރާ ބައެއްކަމެއް ނޭންގެ.... ހެލްތުވެސް ހަމަ މިހެން.........ސޭޑްލީ އެމްޑީޕީ ދެކެ ފޫހިވާންފަށައިފި!!
އުމް ޗޮން
23 July 2020
ޑިސްލައިކެއް ދިނީ ހަމައެކަނި ހެލްތުގެ ނަން އޮތީމަ. ޕާޓީ މީހާ ނުވެގެން އޭނާ ދެކެ ކިތަންމެ ރުޅި އަޔަސް އަމީނަކީ ހިންގުންތެެރި ބޭފުޅެއް. އެހާ ރަނގަޅަށް ހިނގާ ވުޒާރާއެއް ނެތް މިހާރަކު
ޚިޔާލު
23 July 2020
އެތައް މަހެއް ވާއިރު ވެސް ދުނިޔޭގެ ޓޫރިޒަމް ރަގަޅެއް ނުވާނެ. ދެން ރާއްޖެއަށް އާމްދަނީ ލިބޭނީ އުންބަޅަކަޑަ ލަންކާއަށް ވިއްކައިގެން
ޙަސަން.
23 July 2020
އަލީ ވަހީދު ނެތީމަ އެމީހުން ނާންނަނީ.
ހަސަންދީ
23 July 2020
ރާއްޖޭގެ ހުރިހާ ރިސޯޓްތައްފުރި ބާރުއަރާނެ ދުވަސްކޮޅަކުން.
ްއަދުރޭ
22 July 2020
އިގިރޭސިވިލާތުން ރާއްޖެއަންނަންބޭނުންވާ ވަރަށްގިނަ ޓޫރިސްޓުންއެބަތިބި. ނަމަވެސް 14 ދުވަސް ކަރަންޓީންވާނެޖެހޭތީ އަދި އަންނަން ބޭނުންނުވެފަ. ކަރަންޓީން ވާންޖެހޭ ލިސްޓުން ރާއްޖެ ނަގައިފިނަމަ ޓޫރިސްޓުން އައުން އިތުރުވާނެ.
ޖަައްސަންވީއޭ
22 July 2020
ރާއްޖޭގެ އިގްތިސާދު ކޮއްޅަށް ނަގާ ޖަހާނެ ގޮތް ރައީސް އޮފީހުން ނުވިސްނާނަމަ މަޖްލީހުގައި އޮންނަ އިގްތިސާދީ ކޮމެޓީން ޖެހޭނެއޭ މިކަމާއި މެދު ވިސްނާ މިކަމަށް އަވަސް ފިޔަވަޅު ތަކެއް އަޅަން އިތުރަށް ޓެކްސް ނުނަގާ މިކަން ކުރެވެން އޮތް ހަމަ އެކަނި އެންމެ ބޮޑަށް އިތުބާރު ކުރެވޭ ގޮތަކީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ކުއްޔަށް ދީގެންނޭ މާލެ ސަރަހައްދަކީ އެއީ މާލެ އަތޮޅު ކަމަށް މަޖްލީހުން ގާނޫނަކުން ނިންމަންވީއޭ އެއިރުން އެކަން ރަނގަޅަށް ދާނީވެސް
ބޯގަޅި
22 July 2020
ބަންގާޅުން ވަންވޭޓިކެޓްގަ ހޮޓެލް ބުކިންގ އެއްނެތި އަންނަ ޓުއަރިސްޓުން އަންނަން ނުފަށަނީތޯ؟. ނޫނީ މިހާރު އެއީ ކައުންޓްވެސް ނުކުރާބަޔަކީތޯ؟.
ހޮޓްކިންގ
22 July 2020
ބޯޑަރު ހުޅުވާލި ދުވަހު ހީވީ އެހެން ކަމެއްހެން. އޭރު ބުނި އަންނަން ތިބި ޓޫރިސްޓުން ގިނަވެފައި ފުލައިޓް މަދުކަމުންނޭ މިއުޅެނީ. އަހަރު ނިމެންވާއިރަށް އެއް މިލިއަން މީހުން އަދި އަންނާނޭ. މިހާރު މުޅިން ކަރު އެލިއްޖެ. ކުރާނެ ކަމެއްނެތް. ޑޮލަރު ރަނަށްވެއްޖެ. އޭޓީއެމުން ލިބޭ ޑޮލަރު ކުދިވެއްޖެ. މިސަރުކާރުން ހޯދިކަމަށް ޝާހިދު ބުނާ ބިލިއަން ޑޮލަރު ވީތަނެއް ނޭނގޭ. ރައްޔިތުން މިފަހަރު ހަފުސްވާނެ.
ޙަސަން.
23 July 2020
އޭރު ފުރިގެން ފްލައިޓް ބޭރުގަ ވެސް ތިބި
ދިރާސާ ކޮށްފައި
22 July 2020
ވަރަށް ބަލިކަށީ ނާޤާބިލް ކެބިނެޓެކެވެ. ކިޔާވެސް ކަމުދާ ތިބީ ފައްޔާޒް އާއި އަމްރު އާއި އަމީނު އެވެ. ޗަބީ އާއި ޢައިޝަތު އަލީ ވެސް އޯކޭ އެވެ.ޒަހާ އާއި ނަހުލާ އާއި މަލީހު އާއި ހުސެން ރަޝީދު އާއި އަސްލަމު ކަޑައެވެ. މާރިޔާގެ ގޮތެއް ނޭގެއްވެ.
ހަކީމް
22 July 2020
އެއީ ތެދެއް ގެސްޓުން އައުމުގެ ކުރިން ރާއްޖޭގަ އޮތް ކެބިނެޓް ގެ ދިރާސާ އެއް ކޮއްފަ އިންނަން ނިންމަނީ ....
ޢިޔަ
23 July 2020
ފަޔާޒަކީވެސް ކަމުދާ މީހެއްނޫނޯ. ކެބިނެޓް ޗޭންޖްކުރޭ- އިބޫ ޕްލީސް.....ބޭނުންވަނީ ނިއު ފޭސަސް.