މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަވަނީ.
23 ޖުލައި 2020 - 00:21
ނ. ކުޑަފަރިން މާލެ ގެނައި އުމުރުން 92 އަހަރުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މި މަހު ކުރީކޮޅު ދެއްކި ނަމަވެސް ފަހުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދުވަސްވީ އެ މީހާގެ ދެ ވަނަ ޓެސްޓް ކުރީ ޕޮޒިޓިވްވިތާ ފަސް ދުވަސް ފަހުން ކަމަށެވެ. އެހެންކަމުން ޕޮޒިޓިވްވި ކަމަށް ފުރަތަމަ ލިބުނު ނަތީޖާއަކީ "ފޯލްސް ރިޒަލްޓް" އަކަށް ވުން ނުވަތަ އޭނާ އަކީ އެ ބަލިން ރަނގަޅު ވެފައިވާ މީހަކަށް ވުން ވެސް އެކަށީގެންވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ޑަބަލް ނެގެޓިވް ރިޒަލްޓް މިހާރު ލިބިފައި ވަނީ. ނެގެޓިވް ރިޒަލްޓް އައުމާ އެއްކޮށް ދެން އެ ފަރާތަށް އިތުރަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ޝިފްޓް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،" ނަޒްލާ ވިދާޅުވި އެވެ.
Covid-19: Kudafarin 30, Manadhoon 13 meehaku ekaheri koffi
The most trusted news source in the Maldives
Mihaaru
ދުވަސްވީ މީހާއާ ކޮންޓެކްޓްވި ބަޔަކު އެކަހެރި ކުރުން
އެ މީހާއަކީ ބަލިޖެހި ރަނގަޅުވެފައިވާ މީހަކަށް ވުމުގެ ފުރުސަތު އޮތުމުން އޭނާއާ ކޮންޓެކްޓްވި މީހުންނާ މެދު އަމަލު ކުރަމުން އަންނަނީ ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓާއާ މެދު އަމަލު ކުރާ ގޮތަށް ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
"އެ މީހުން ކަރަންޓީން ޕީރިއަޑުގައި ކަރަންޓީން ކޮށްފައި އަދި ކަރަންޓީންގެ މުއްދަތު ހަމަވުމުން ޓެސްޓް ކޮށްފައި ދޫކުރާގޮތަށް މި ވަގުތު ހަމަޖެހިފައި އޮތީ."
އުމުރުން 92 އަހަރުގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ކުޑަފަރީން 30 މީހަކާއި އެ އަތޮޅު މަނަދޫން 13 މީހަކު ވަނީ ކަރަންޓީން ކޮށްފަ އެވެ.
Covid-19 in salaamaiyve sarudhaaru dhonmaniku geyah
The most trusted news source in the Maldives
Mihaaru
ސަރުދާރު ދޮންބެ ބަލިން ފަސޭހަވެ ގެޔަށް
އެ މީހާ މާލެ ގެނައީ ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް އިތުރު ފަރުވާ ދިނުމަށެވެ. އެކަމަކު، އޭނާ މާލެ ގެނައުމުގެ ކުރިން މަނަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.
އުމުރުން 92 އަހަރުގެ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ވެސް ވަނީ ކޮވިޑް-19 އިން ރަނގަޅުވެފަ އެވެ. އެއީ އެހާތަނަށް ރާއްޖޭން އެބަލިން ރަނގަޅުވި އެންމެ ދުވަސްވީ މީހާ އެވެ. ކޮވިޑް-19 ގައި ރާއްޖޭން މަރުވި 15 މީހުންގެ ތެރެއިން ގިނަ ދިވެހީންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައި ވަނީ 44 ދިވެއްސަކާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ އެކަކު ކަމަށެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،103 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 2،397 މީހުން ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހެއް
24 July 2020
ހިތާމަކުރަން މިގައުމުގައި ކޮންމެ ކަމެއް ކުރަން މިޖެހެނީ ބޮޑުންގެ ކައިރިއައް ގޮސް ސަލާމް ޖަހައިގެންނާއި ޓްވީޓެއްކޮއްގެން - މި ކޭސްގައި ދެވަނަ ޓެސްޓެއް ހަދައިދޭން އެދުމުން އެޗްޕީއޭއިން އެކަމައް އިންކާރުކުތުން އެތައްބޮޑުންނެއް ކައިރީސަލާމްޖައިގެން ދެވަނަ ޓެސްޓެއް ނަގައިދިނީ 9 ދުވަސް ފަހުން. .. އެހެންއެތައް ބަޔަކައް 3 ދުވަސް ތެރޭ 2 ޓެސްޓްހަދާފަ ދޫކޮއްލާފައެބަހުރި ..
ގްލަވް
23 July 2020
ރެންޑަމް ޓެސްޓިންގކުރުމުގެ މަސައްކަތުގަ އުޅޭ ކުދިން މަގުމަތީ ތިބޭ ފޫހިވެފައި ބައެއް ފަހަރު. އެހެން ތިބޭ ގަޑިތައް ބޭކާރުނުކޮށް ބަހާލައިގެން ކޮންމެ ދުވަހަކުވެސް ޓެސްޓްކުރަން އޮންނަ އަދަދަކަށް އެކި ބްލޮކްގެ މީހުން ޓެސްޓްކުރަމުން ގެންދާނަމަ ކިހިނެތްބާވާނީ. ޓެސްޓް ކުރުމަކީ އިޚްތިޔާރީކަމެއް ކަމަށް ދޫކޮށްނުލައި އެންމެން ޓެސްޓްކޮށް ތިކަން ނިންމާލެވޭނެ ގޮތަކަށް ގެންދަންވީނޫންބާ. އެއްބަޔަކު ޓެސްޓްނުކުރަން ތިބޭނަމަ ހުސްވާނެހެން ހީނުވޭ.
ޝަކުވާ ބޯޓު
23 July 2020
ﷲ އަށް ހަމްދުކުރަން. ޝުކުރު ކުރަން ނޭނގޭ މީހުން ދައްކާނީ މަސް ބާނައިގެން އައިމަ ދޮށީގައި ހޭކިފަ އިން މޫދު ވިނަ ކޮޅުގެ ވާހަކަ. ކުރާނެ ކަމެއް ނެތް.
ބަޑިކަމަނަ
23 July 2020
ކޮންސަރުދާރު ދޮންބެ އެކޭ ކިޔާކައް ، އއޗްޕީއޭއިން ވަނީ މިކޭސްގަ ވަރައް ބޮޑައްއިހުމާލުވެފަ ..ދެވަނަޓެސްޓް ނަގައިނުދީ ފަޔައްފަރުވާނުދީ ހަމަ ބޭއްވީ
މިއިވެނީ
23 July 2020
ކޮން ވާހަކައެއްތޯ ހުއްދަ ނަގައިގެންނޭ ކިޔާފަ ޓެސްޓް ނުކޮށް ރަށްޜަށަށް މީހުން ތި ފޮނުވަނީ 5 ދުވަހަށޭ ކިޔާފަ ޓެސްޓް ހަދާފަ ފޮނުވުމަށް ގޮވާލަން ބަޔަކު މީހުން ޗުއްޓީ ހަދަން ޢީދު 5 ދުވަހަށް ރަށްރަށަށް ދާން ދޮރު ހުޅުވައިދިނީ އުތަ
ޢިޙްސާސް
23 July 2020
ތިބޭބެ ބަލިނެތް ރަށެއްގައި ހުއްޓައި ޕޮޒިޓިވްވީ ކިހިނެތް؟
މުލޭ
23 July 2020
މަނަދޫ އަކީ ބަލި މީހުންތިބި ރަށެއް ކުރިން.
އުންމު
23 July 2020
ކުޑަފަރިން ގެނައި ދުވަސްވީ މީހާއާއި މެދު އެޗްޕީއޭ އިން ވަނީ އިހުމާލުވެފައި. ބަލިނެއްރަށަކުން ގެނައި ހިނގާނޫޅެވޭ މީހަކަށް ބަލިޖެހުނުކަމަށް ބުނެވުނީ އޮޅުމުންކަމަށް އެއްބަސްނުވާން ދެވަނަ ޓެސްޓެއް ހަދައިނުދީ ބޭސްފަރުވާނުދީ އާއިލާއިންކުރި އާދޭސްތައްނާހާބޭއްވި ބޭއްވުންމީ ބޮޑު އަނިޔާއެއް
ބަރުބޯލަ
23 July 2020
ސަޅި މިހާރު ކުރިންވެސް ތިގޮތް އޮތް ޚިޔާލް ނެތީ
ރީތި މޫސަ
23 July 2020
އަލްހަމްދުﷲ