އައިޖީއެމްއެޗް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ޖުލައި 2020 - 10:33
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިރާނުގެ މީހަކު، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން އަންނަނިކޮށް ރޭ 11:50 ހާއިރު މަރުވީ ރަހުމަތުﷲ 49، ކަމަށެވެ. އެއީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެކެވެ.
އޭނާ ހައްޔަރުކޮށްފައި ހުރީ ރާއްޖެ އަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގަ އެވެ.
ރަހުމަތުﷲ މަރުވުމާ ގުޅިގެން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅާފައިވާ ކަމަށް ގައިދީން ބަލަހައްޓާ އިދާރާ އިން ބުންޏެވެ.
މަސްތުވާތެކެތި ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް އީރާނުގެ ބޯޓުތަކެއް މިދިޔަ އަހަރު ހިފަހައްޓާފައި ވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
25 July 2020
އެހެން ބައެއްގެ ސަރުކާރަކުން މިކަން ހިނގިނަމަ އެމްޑީޕީ އެކްޓުވިސްޓުން ސޯޝަލް މީޑިއާ ގޮއްވާލާނެ. އަދި އިންސާނީ ހައްގޭ ކިޔާ ޖަމާއަތްތަކަށް މައުލޫމާތުދީ ހީވާނީ ރަންގަނޑެއް ލިބިގެން އުޅޭހެން.
އިންސާފުތޯ
24 July 2020
ޔާމީނު ސަރުކާރު ގޯސްވެ ނަންވެސް ވާނީ.
ކަޅުމަރިޔަނބު
24 July 2020
انا لله وانا اليه راجعون ޝަރީޢަތްވެސް ނިމުނީ!
އެޗްއެންއެސް
24 July 2020
އެހެންވީމާ އެއީ ޝަރީއަތް ނިމެންދެންނެއް ނޫން. އެލެވުނީ އުމުރަށް.
ކޮކީ
24 July 2020
މިއީ އިހުމާލެއް އެގެއްލުނީ ފުރާނައެއް ކީއްވެތޯ ދައުވާނުކޮށް މިހާލަސްވީ މީވާ ބައެއް
އިންސާފުތޯ...
24 July 2020
1 އަހަރާއި 2 މަސް ވަންދެން އެއްވެސް ދައުވާއެއްނުކޮށް ހުކުމެއްނުކޮށް ޖަލުގައި މަރުވަންދެން ބެހެއްޓުމަކީ އިންސާފުތޯ ؟؟
1828
25 July 2020
އެއްބަޔަކަށް މިއީވެސް އިންސާފް
ޙިނި
24 July 2020
ކުއްވެރިން ވަގުން ޖިންސީ ގޯނާ ކުރާމީހުން ޓެރަރިސްޓުން ނޯ ސިންޕަތީ
ހަސަބު
24 July 2020
انا لله وانا اليه راجعون اللهم اغفر له وارحمه واسكنه في الجنة آمين
ޔާނު
24 July 2020
އިންސްޕެކްޓާރ އޮފް ކަރެކްޝަނަލް ސާވިސް ކިޔާތަނެއް ހުރޭތަ؟ އެވެސް ޕަޕެޓެއް. ބޮޑު މަގާމްތައް ހަދައިގެން މުސާރަވެސަ ޙަލާލްނުވާނެ