ޚަބަރު / މިނިވަން ދުވަސް

މިނިވަން ދުވަސް: ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނަގައިފި

ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފި އެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު 6:00 ޖެހިއިރު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރި އެވެ. އިސްވެ ދުއާ ކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް ޝައިހް ނަސްރުﷲ އަލީ އެވެ.

ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން މިނިސްޓަރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުއާ ކުރައްވަނީ: ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފަ-- ފޮޓޯ: ރައީސް އޮފީސް

މާލޭގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ. މިނިވަން ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ހާއްސަ ރަސްމިއްޔާތާއި ކުޅިވަރު ހަރަކާތްތައް ބޭއްވި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި އަހަރު އެފަދަ އެއްވެސް ކަމެއް ނުބާއްވަން ސަރުކާރުން ވަނީ ނިންމަވައިފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު 10:00 ގައި ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ.

23 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 54%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާޒިން123

26 July 2020

މިނިވަން ދުވަހުގެ ރަސްމިއްޔާތުން ފާހަގަވީ އެންމެ ކަމެއް. އެއީ ޑިފެންސް މިނިސްޓަރު ތުރުކުރައްވާފަ ހުރި ހެދުންކޮޅު. އެހެދުމުން އަޅުގަނޑަށް ދިން މެސެޖަކީ ދިވެހިރާއްޖެ އޮތީ އިގިރޭސިންނަށް ބަރޯސާވެފަކަން. އެމީހުނަށް ކުރާސަޕޯޓާ އެއަޅުވެތިކަމަށް ދިވެހިން ޤަބޫލުކަން. ތިޔަރަސްމިއްޔާތަށް ވަޑައިގެންނެވި އެހެން ހުރިހާ ކަނބަލުން ތިއްބެވީ ފާސްކުރި ރަސްމީ ހެދުމުގައި. ކޯޓަކީ ރަސްމީ ހެދުމެއްނަމަވެސް އެރަސްމިއްޔާތަށް މާރިޔާގެ ހެނދުން މުނާސަބެއްނޫން.

The name is already taken The name is available. Register?

އޮރިޖިނަލް މޮހަނު

26 July 2020

ނިކަން އަޅެ ބުނެބަލަ ޚުދު ނަފްސަށްވެސް އޮޅުވާނުލާ.. އަސްލުވެސް މިނިވަންކަން އިޙްސާސް ކުރެވޭތޯ މިހާރު؟

The name is already taken The name is available. Register?

އިމްރާނު

26 July 2020

ނުކުރެވޭ. ސީދާ ރައީސް އިބްރާހިމަށްވެސް އެނގޭނެ ތިމާ މިމަގާމުގައި މިހާރު މިހުރެވެނީ ބަނދެވިފައި އެއްވެސް މިނިވަންކަމެއްނެތިފައިކަން.

The name is already taken The name is available. Register?

ހަލޭ

26 July 2020

އިނގިރޭސިންގެ ފަރާތުން މިނިވަންވެގެން ދެން ދާން މިއުޅެނީ އިންޑިއާގެ އަޅުވެތިކަމަށް. މާ ގިނަ ދުވަހެއް ނެތް ދެނެއް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

26 July 2020

ރާއްޖެއަ ކަމެއް ކޮއްދިނީ ވެލާނާ ނާސިރާ ރައިސް ޔާމިން. މި ދެބޭފުޅުންނަކީވެސް ބަސްމަދު ރާއްޖެ ތަރައްގީ ކުރުމުގަ އަމަލީ ގޮތުން ސާބިތުކަން ދިވެހިންނަ ދައްކަދިން ދެބޭފުޅުން. މީ ދޮގެއްތަ؟

The name is already taken The name is available. Register?

އެމްޑީޕީމީހާ

26 July 2020

ރާއްޖެއަ ކަމެއް ކޮއްދެންޏާ ސަރުކާރާ ރައްޔިތުންގެ މަޖުލީސް އިސްތުއުފާދީފަ އަލުން ރިޔަސީ އިންތިހާބެއް ބައްވަންވީ. މީ ދިވެހިންގެ އާދޭސް މިހަރު.

The name is already taken The name is available. Register?

ރާވެރިބޭ ރުކަން

26 July 2020

ރާއްޖޭގަ އިންޑިޔާގެ 10 ރޭޑާ ހަރުކުރުމަކީ ވަރައް ގޯސްއަމަލެ. އިންޑިޔާގެ އަސްކަރީ ހެލިކަޕްޓަރުތައް ފޮނުވާލާ. ދިވެހިން އަމިލްލަ ރޭޑާ ހަރު ނުކުރެވެނީތަ؟ ދިވެހިން ކިހާ ޓެކުހެއްތަ ސަރުކާރައް ދެނީ.

The name is already taken The name is available. Register?

ރަށުތެރެ

26 July 2020

އިންޑިޔާ އެމްބަސީގަ ދިދަ ނަގާބަލަ. ކަލޭމެން ވަނީ ޤައުމައް ހިޔާނާއްތެރި ވެފަ.

The name is already taken The name is available. Register?

ައަފުރާސިޔާބު

26 July 2020

ބޮޑު ރަސްމިއްޔާތެއް ބާއްވާފައި ދިދަނެގުމެއް އެހާ މުހިންމެއްނޫން. ދުނިޔޭގައި މިހާރު އޮތީ އިގްތިޞާދީ ގޮތުން އަޅުވެތި ކުރުމުގެ ރޫހެއް. އެއޮތް ވަރުގަދަ ޔޫރަޕަށްވެސް އެއުޅެނީ އަމިއްލަ ގައުމުގެ މަންފާއަށް ކުރަންޖެހޭ ކަމެއްވެސް އެކަމުގެ ސަބަބުން ނުނިންމިގެން. ގައުމުގެ ކުންފުނިތަކާއި ބޭންކު ތަކުގައި ހުންނަ ފައިސާ ދިނުމަށް އެހެން ގައުމެއްގެ ކޯޓުން ކުރާ ހުކުމް ތަންފީޒުކުރަންޖެހި އެތިބެނީ 4 އުދަރެސް ފެނުޖެހިފާ. ގައުމަށް ގޭސް ކޮޅެއް ގަނެވެން އޮތީވެސް ހުއްދަދިނީމާ.އަޅުވެތިކަން

The name is already taken The name is available. Register?

އެމެރިކާ

26 July 2020

ކޮވިޑް19ގަ ހާދަހާ ލާރިއެކޭ ކަޓުވާލީ.

The name is already taken The name is available. Register?

ރާއްޖެތެރެމީހާ

26 July 2020

އަޅުގަނޑެ ދެނެ ދުވަހަކުވެސް އެމްޑީޕީޔައް ވޯޓެއް ނުދޭނަން. ނަޝީދު ހުރިހާ ދުވަހަކުން. ނަޝީދު ބޭރުކުރޭ އެމްޑީޕީން.

The name is already taken The name is available. Register?

1828

26 July 2020

ތިކަމެއް ނުވާނެ. އެމްޑީޕީގައި ގިނަވާނީ ނަޝިދަކީ އެމްޑީޕީ އަދި އެމްޑީޕީއަކީ ނަޝީދުކަމަށް ޤަބޫލުކުރާ ދިވެހިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454