ރާއްޖޭގައި ނުވަ މަޝްރޫއެއް ހިންގަން އިންޑިއާ އިން ދިން 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކާ އެކު، މިނިސްޓަރު ޝާހިދާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަދި ބައެއް މެމްބަރުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ފޮރިން މިނިސްޓްރީ
28 ޖުލައި 2020 - 19:01
ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ނުވަ ޕްރޮޖެކްޓަކަށް ބޭނުންވާ 85 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން މިއަދު ރަމްޒީކޮށް ހަވާލުކޮށްފި އެވެ.
މިއީ އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ޝުޝްމާ ސްވަރާޖް މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ސަރުކާރުން ދޭން އެއްބަސްވި 85 މިލިއަން ރުފިޔާ އެވެ. ހަމަ އެ ދަތުރުގައި، ރަށްރަށަށް އިޖުތިމާއީ އަދި އިގްތިސާދީ ފައިދާ ކުރާނެ މަޝްރޫއުތައް ކުރިއަށް ގެންދަން އިތުރު 106 މިލިއަން ރުފިިޔާ ދޭން ވެސް އެއްބަސްވެވަޑައިގަތެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާގެ ސަރުކާރުން ދިން 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ރަމްޒީ ޗެކް ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އެވެ.
ރާއްޖޭގައި ނުވަ މަޝްރޫއެއް ހިންގަން އިންޑިއާ އިން ދިން 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކާ އެކު، މިނިސްޓަރު ޝާހިދު މިއަދު ހަވާލުވެވަޑައިގަންނަވަނީ---ފޮޓޯ: ފޮރިން މިނިސްޓްރީ
މި ފައިސާގެ އެހީގައި ކުރިއަށް ގެންދަން ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫގެ ފަސް އަވަށެއްގައި ޓޫރިޒަމް ޒޯން ތަރައްގީ ކުރުން ހިމެނެ އެވެ. ހިތަދު އާއި މަރަދު އާއި ފޭދު އާއި ހުޅުދޫ އަދި މީދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރަން އެއްބަސްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރަންސެއްގަ އެވެ.
އައްޑޫގައި ތިން މަސް ޕްލާންޓު ހެދުމާއި ހއ. ހޯރަފުށީގައި ފެން ޕްލާންޓެއް ގާއިމްކުރުން ވެސް އިންޑިއާ އިން ދިން ފައިސާގެ އެހީގައި ކުރިއަށް ގެންދާ ނުވަ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
ފޮރިން މިނިސްޓަރު މިނިސްޓަރު ޝާހިދު، މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މި މަޝްރޫއުތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ ސަރުކާރުން ދިން ފައިސާއާ ރަމްޒީކޮށް ހަވާލުވެވަޑައިގަތުމަކީ މި މަޝްރޫތަކުގެ އަމަލީ މަސައްކަތް އަވަހަށް ފަށަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
"ކުރިއަށް އޮތް ހަފުތާތަކުގަ އާއި މަސްތަކުގެ ތެރޭގައި މި މަޝްރޫއުތަށް އަވަހަށް ފަށާނެ ކަމަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވި އެވެ.
މި މަޝްރޫއުތަކާ އެކު، އިޖުތިމާއީ ގޮތުން ގިނަ ފައިދާތައް ރަށްރަށަށް ކުރާނެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ވީހާ ވެސް އަވަހަކަށް މި ކަމުގެ މަސައްކަތް ފެށުން މުހިއްމު ކަމަށެވެ. މިއީ ނިސްބަތުން ކުޑަ މަޝްރޫއުތަކެއް ނަމަވެސް މި ކަމާ ގުޅިިގެން އެ ރަށްރަށަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއުތައް ހިންގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ކަމެކެވެ. މި މަސައްކަތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ވަމުން އަންނަ އެހީތެރިކަމަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ އެ އެހީގެ ދަށުން ގިނަ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބ. ފެހެންދޫ ދަރިވަރުން އެ އަތޮޅު ގޮއިދު އަށް ކިޔަވަން ދާން ބޭނުންވާ ފެރީ ލޯންޗެއް ވެސް އިންޑިއާ ސަރުކާރުން ދާދި ފަހުން ވަނީ ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
29 July 2020
ކޮބާ ޗައިނާ؟
ޝޮކްތެރަޕީ
29 July 2020
ރާއްޖެ ތަރައްގީވަނިކޮއް ދިވެހިން ހެދި ގޯހެއްގެ ސަބަބުން އިންޑިޔާގެ މުޝުތެރޭ ފިތިގެން ކޮންތަރައްގީއެއްތަ ވާނީދެން؟
މާލޭބޮޑުމީހާ
29 July 2020
އިންޑިއާ އިން ދޭ އެހީން މަޝްރޫއު ހިންގަން ބޭނުމެއްނޫން. އެކުވެރިއަކަށް ކަމުދާ ގައުމެއް ނޫން. ނަމަވެސް އަވައްޓެރިއެއްވީމައި އޮންނަ ގުޅުމެއްބާއްވާ. އަވައްޓެރިއަކަސް ބޮލަށް އެރިއަދީގެން ނުވާނެ.
ސޭނޯ
29 July 2020
ބޭނުމެއް ނޫން. ތިއީ ރޭވުމެއް. ތިއުޅެނީ އަހަރުމެން އަޅުވެތިކުރަން.
ރެފްރީ
29 July 2020
ބަދަލުގައި ކޮން އެއަރޕޯޓެއްތޯ މިފަހަރު ދޭންޖެހެނީ؟
ލޯމާފާން
29 July 2020
ޢެޖެންޑާ 19 އަކީ ނާށި ގަނޑު ހިފައިގެން ސަލާން ޖެހުން.
ރަދީފްއޮފިޝިއަލް
29 July 2020
''އައްޑޫގައި ތިން މަސް ޕްލާންޓު ހެދުމާއި''. އައްޑޫގެ 3 ވިޔަފާރިވެރިޔަކަށް ވެސް މިފަދަ ޕްރޮޖެކްޓްތައް ސްޕޮންސަރ ކުރެވޭނެ.ނަމަވެސް އަތޮޅުގެ ކުރިއެރުމަށް އައްޑޫގެ ވިޔަފާރިވެރިން އެއްޗެއް ދިއްކޮށްނުލާނެ.ދެރަ.
ސަރީފު
29 July 2020
ތިޔަހެން ކުދި ކޮންނާއި ބޮޑެތިކޮން އިންޑިއާއަތުން ލޯނުނަގަމުންގޮސް މި 18 މިސްތެރޭ 1 ބިލިއަން ޑޮލަރު ހަމަކޮންފި، މީ ލޯނު ދަންތުރަެއްނޫން ޗައިނާ އަތުން 700 މިލިއަން ނެގީމާ އެވީ ލޯނު ދަންތުރަ އަކަށް..ދިވެހިން ހަމަ އަންނި ބުނާ ކޮންމެ އެއްޗަކަށް ބޯޖަހާނެ..އަދިވެސް ވޯޓް ދޭތި..އިންޑީއާގެ ބޭނުަކީ ލޯނުން ސަލާމަތް ނުވާވަރު ކޮއްފައި އެމީހުންގެ ބާރު ރާއްޖެއަށް ފޯރުވުން...ދެން ބޮޑުވަރު މީ...އިންޑިއާމީހުން އަދިވެސް ދަސްނުވޭ.
ރަށްއިތުމީހާ
29 July 2020
ޔާމީނު ޗައިނާއިން ލޯނުނަގާގެން ރަށްއިތުން ބޮލުގަ އަޅުވާފަ އޮތް ދަރަނި އޮތީ ދަރިފަސް ކޮޅަށް ދާ ދެން ދަށްކަ ދަށްކާ ތިބޭ ގޮތަށް. އެވަރުން ނުވެގެން ބެސްޓްފުރެންޑް ސިޔާމަށް ސަރުކާރުން ގެރެންޓީދީގެން އެޅުވި ލޯނު ވެސް މިސަރުކާރު ދަށްކަން ޖެހިފަ މިއޮތީ. ޔާމީނަށް ދިވެހި ރަށްއިތުން މާފް ނުކުރާނެ ދުވަހަކުވެސް
ރަށްއިތުމީހާ ބަސް
29 July 2020
ހަމަ ހެވެނީ ތިޔަކޮމެންޓުން....ޔާމީނު ވެރިމަކުގައި ސަރުކާރުން ޗައިނާ އަތުން ނެގި ޖުމްލަ ލޯނު އަދަދު އަރަނީ 700މިލިއަން އަށް..އެއީ 5އަހަރު ތެރޭގައި މިސަރުކާރުން އިންޑިއާއަތުން 18 މަސްތެރޭ 1 ބިލިއަން ލޯނު އެކި ނަންނަމުގައި ނަގައިފި..ދެން ކާކަށް ބާ މާފު ނުކުރަންވީ، އަދި ކުރިއަށްއޮތީ ވިލިގިލިމާލެބުރިޖަށްނަގާ450މިލިއަން ޑޮލަރު...
ބިލިޔަން
29 July 2020
މިސަރުކާރުން ބިލިޔަނުގެ ލޯނު އަދި ނުނަގާ. އެމީހުން ދިނީ ބޭނުންނަމަ އެއަދަދަށް ނެގުމުގެ ކްރެޑިޓް ފެސިލިޓީ. މި ގެރެންޓީގެ ދަށުން ނަގަމުންދާ ލޯނުތަކުގެވާހަކަ ވަކިވަކިން ހަބަރުތައް މި ގެނެސްދެނީ. ލޯނު ނެގުން ރަނގަޅެކޭ ނޫން އެކަމަކު ދޮގު ހަބަރު ފެތުރުމަކީވެސް ރަނގަޅު ކަމެއް ނޫން.
ތެދުވެރިޔާ
29 July 2020
85 މިލިޔަންރުފިޔާއަ ކޯޗެއްތަ އެޅޭނީ. މަސްވެރިކަން ތަރައްގީ ކުރުމަ 50 މިޔަން ޑޮލަރު އެއޮތީ އޯޕެއްކްފަންޓުން ދީފަ. އެމްޑީޕީ ސަރުކާރުން އުޅެނީ އިންޑިޔާ ކުރާކަމެއްގެ ގޮތުގަ ރައްއިތުންނަ ދައްކަން.