އިދިކޮޅުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި އެ ކޯލިޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
29 ޖުލައި 2020 - 02:29
ޕީޕީއެމް/ޕީއެންސީން މާލޭގައި ރޭ ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުނޑު ޖެހި ކަމަށް ފުލުހުން ބުނާ ވާހަކަ އަށް އިދިކޮޅުން އިންކާރު ކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށް ގޮވާލައި އިދިކޮޅުން ފަށާފައިވާ ސިލްސިލާ މުޒާހަރާގައި މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ރޭ ބޭއްވި އެއްވުން ރޫޅައިލުމަށް މަސައްކަތްކުރި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުނޑު ޖަހާފައިވާ ފޮޓޯއެއް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ޓުވިޓާގައި އާންމުކުރެއްވި އެވެ.
ހަމީދު ވިދާޅުވީ، އިއްޔެ އަކީ ކޮވިޑް-19 އަށް ރެކޯޑް އަދަދަކަށް ދިވެހިން ޕޮޒިޓިވްވި ދުވަސް ކަމަށް ވާއިރު، ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އެކަން ތަހުގީގު ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ ކަމަށެވެ.
"ޕީޕީއެމް/ޕީއެންސީ އިން ދުވަހަކު ވެސް ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަކަށް ކުރިމައްޗެއް ނުލާނެ. އެއީ އަޅުގަނޑުމެންގެ އިހުތިރާމާއި ލޯތްބާއި ގަދަރު ލިބިގެންވާ ދެ މުއައްސަސާ،" އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
PPM/PNC in dhuvahakuves dhivehi fuluhunnaa dhivehi sifainnakaa kuri mahcheh nulaane.E’ee alhugan’du menge ihuthiraamaa loaiybaa gadharu libigenvaa 2 muvassasaa.dhivehi sifainnaa fuluhunnah takai alhugan’du men abadhuves fakh’uruverivamu @Ch13official @DhiyaresNews @dhenonline
— Abdul Raheem Abdulla (@Banafsaa) July 28, 2020
އަބްދުއްރަހީމްގެ ޓުވީޓު
ޕީޕިއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވާ ގޮތުގައި، ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހީ އެހެން ބަޔަކު ރާވައިގެންނެވެ.
ޝިޔާމް ވިދާޅުވީ، އިދިކޮޅުން ރާވާފައި ވަނީ "ކުޅުތަޅަން" ކަމަށް ބުނެ ފުލުސް އޮފިސަރަކު ގޮސް އޭނާ ކައިރީގައި ބުނި ކަމަށެވެ. އެއީ މުޒާހަރާ ފެށުމުގެ ކުރިން ރޭގެ 8:22 ގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިހުތިޖާޖު ފެށުމުގެ ކުރިން މިރޭ 20:22 ގައި އަޅުގަނޑު ޗާނދަނީ މަގު ދުވާރުމަތީ ހުއްޓާ ފުލުހަކު އައިސް ވިދާޅުވި ސާރމެން މިރޭ ނިންމާފައި އޮތީ ކުޅުތަޅަން ކަމަށް މައުލޫމާތު ލިބެޔޭ،" ޝިޔާމް ވިދާޅުވި އެވެ.
"މި ހަޑި މުޑުދާރު އަމަލަކީ ބަޔަކު ރާވައިގެން ފުލުހުންނަށް ވެސް މައުލޫމާތު ލިބިފައިވާ އަމަލެއްކަން ޔަގީންވޭ."
Ihuthijaaj feshumuge kurin 20:22 ga Police Officer eh alhugandu Chaandhanee Magu dhuvaaru mathee hutta vadaigen vidhaalhuvee Sir men mirey nimmafa othee kulhu thalhan kamah mauloomath libeye. Alhugandu dhennevin alhugandumennakee Dhivehi Fuluhunnah v ihuthiram kura bayekey. 1/2 https://t.co/9lGDLX9qw4
— Ahmed Shiyam (@Shiyamaldives) July 28, 2020
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ޓުވީޓް
އޭނާ ވިދާޅުވީ އެފަދަ އަމަލެއް އިދިކޮޅުން ނުކުރާނެ ކަމުގެ ޔަގީންކަން ކުރިން ވެސް ދީފައި ވާނެ ކަމަށެވެ. އިދިކޮޅުން ދިވެހި ފުލުހުންނަށް އިހުތިރާމު ކުރާ ކަމަށާއި އެފަދަ ކަމަކަށް ހިތްވަރު ވެސް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގައި ސީޕީ ހަމީދު ކުރެއްވި ޓުވީޓު ޝިޔާމް ސިފަކުރެއްވީ ސިޔާސީ ސްޓަންޓެއްގެ ގޮތުގަ އެވެ.
"ސިޔާސީ ސްޓަންޓު ނުޖައްސަވާ. ތީތި ނުހިނގާނެ. މާލެ ވަށައިގެން ހުންނާނެ ސީސީޓީވީ. އެ ބަލައިގެން ތި މުޑުދާރު އަމަލު ހިންގި ފަރާތް ހިފައި ހައްޔަރުކުރޭ. ތިއީ ބަޔަކު މަޖަލަކަށް ވެސް ކުރާވަރު ކަމެއް ނޫން،" ސީޕީ ހަމީދުގެ ޓުވީޓަަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.
CP @M_Hameedh siyaasee stunt nujassava. Theethi nuhingaane. Male' vasha hunnaane CCTV. Ballavaafa thifadha mududhaaru amalu hingi faraai hifaa hayyaru kurey. Thee insaanun majalakahves kuraavaru kankamehnoon. https://t.co/9lGDLX9qw4
— Ahmed Shiyam (@Shiyamaldives) July 28, 2020
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ޓުވީޓް
ފުލުހުން އާއްމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެއް ފުލުހެއްގެ ޔުނީފޯމުގެ މޭމައްޗާއި ފުރަގަހުގެ އިތުރުން އޭނާގެ ކަނދުރާ މައްޗަށް ވެސް ހައްޕުނޑު ވަނީ ޖަހައިފަ އެވެ. އަދި އަނެއް ފުލުސް މީހާގެ ޔުނީފޯމްގެ ފަހަތަށްވާ ގޮތަށް ވަނީ ހައްޕުނޑު ޖަހައިފަ އެވެ.
ފުލުހުން ބުނީ މި އަމަލު ހިންގި މީހަކު ހޯދައި އެމީހަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
29 July 2020
ހިޔެއް ނުވޭ މުޒާހަރާކުރި މީހުން ކުރި ކަމެއް ހެން، އެހެން ލާފަ ދިޔަ މުޒާހަރާޔާ ނުބެހޭ ބަޔަކު ކުރި ކަމެއް ހެން ހީވަނީ.!!! .. ޕީޕީއެމް އަށް ތާއިދު ނުކުރާތީ ތިތަނަކަށް ނުއެއްދަން، އެކަމަކު ގެ ހުންނަ ދިމާ ގޮތުން ތިކަންތައްގަނޑު ފެނުނު... ފުލުހުން ތިބި ދިމާގެ ގޮތުން މުޒާހަރާ ގެ ބައިވެރިން ކުރި ކަމެއް ހެން ހިޔެއް ނުވޭ... މި ޕީޕީއެމް އިން މުޒާހަރާ ކުރަން ވަނީ މިހިސާބުގަތަ؟
ދާންދޫ
29 July 2020
ތިޔަ ފޮޓޯއިން ބުނެ ކިޔައި ދެނީ ތިޔައީ އެހެން ތަނެއްގައި ޖަހާފައި ވާ އެއްޗެއް ކަމަށް . ތިޔަ ފޮޓޯއިން ކިޔައި ދެނީ ތިޔައީ މުޒާހަރާއިން ބޭރުގައި ކޮއްފައިވާ ކަމެއް ކަމަށް .
Abdulla Nafiz
29 July 2020
އިދިކޮޅުން ކޮންކަމަކާ އެއްބަސްވީ، އެންމެން ގުޅިގެން ރައްޔިތުންގެ ބޭތުލްމާލު ދަވާލައިގެން ތިބެ އެކަމަށްވެސް ކުރީ އިންކާރު، ދެން ކޮންކަމަކާ އެއްބަސް ވާނީ، އެތަންމިތަނުން އަގުބޮޑު ލަގްޒަރީ އެޕާޓްމެންޓް ގަނެގެން އެއުޅެނީ އެހެން ނޫނީ ކޮންތާކުން ހޯދި ފައިސާއަކުންތޯ!
ހައްގުބަސް
29 July 2020
އެމްޑީޕީގެ ވާނުވާ ނޭގޭ ޓުވިޓަރުންތަ ހަޖަމްނުވަނީ ހައްޕުޑު އެމްޑީޕީ
ބޮކި
29 July 2020
ދުވަހަކުވެސް ހައްޕުނޑެއް ނުޖަހާނެ އެކަމަކު ވައްކަން ކުރާނެ !!
29 July 2020
އެމްޑީޕީ އަށް ތާއިދު ކުރަން، ދެރަ ކަމަކީ މި ވެރިކަމުގެ މާގިނައިން ސިޔާސީ ވެރިން، މަތީ މަގާމްތަކުގަ ތިބޭ ފަރާތްތައް އަންހެނުންނަށް ޖިންސީ ގޯނާ ކުރުން... ވަރަށް ދެރަ އެއް ބަޔަކަށް ޖިންސީ ގޯނާ ކުރުމުން އަދަބް ނުދޭތީ... ހައްގު އަދަބް ދޭން ޖެހޭ
ޞެނކު
29 July 2020
ޕީޕީއެމމަކީ ބަހުން ކަންކަން ނުކުރާނެ ކަމަށް ބުނަޏަސް ވަރަށް މަކަރުވެރި ބައެއް ތަޖުރިބާ ކުރެވިއްޖެ ދަސްވެއްޖެ
އަހުންމާ
29 July 2020
އަމިއްލަ އެދުމުގެ މުޒާހަރާއަކަށް ނޫނީ މިދުވަސްކޮޅު އެކަކުވެސް މުޒާހަރާ އަކަށް ނުނިކުންނާނެ. ކޮވިޑްގެ ނަސޭހަތް ދީފަ އެންމެން ގެއަށް.ތި މުޒާހަރާ ރޭވި ބަޔަކު ގައުމު ނުރައްކާތެރި ހާލަތަކަށް ގޮސްފިނަމަ ޒިންމާ ނަގަން ޖެހޭނެ. ކޮވިޑް އެބައުޅޭ. އެޗް ޕީ އޭ ކޮބާ؟ޕޮލިހުން ގަޔަށް ހައްޕުޑު ޖެހި މީހަކު ޕޮޒިޓިވްތަ؟
ރަންކަރު
29 July 2020
ފޮޓޯތަކަށް ބެލީމަ ސިފަވަނީ އެހެން ގޮތެއް، ކުޅާއި އެކު ހައްޕުޑު ދާނީ ފުދޭވަރެއްގެ ކާރީގައި ހުރެގެން. ސޯ ޕްލީޒް އިންވެސްޓިގޭޓް ދެޓް. ކީއްވެބާ މިވަރު ކަމެއް ހިންގިއިރު ލައިވް މުޒާހަރާގަ ވީޑިއޯއަކަށް ނޭރީ. ނޫސްވެރިއަކަށް ނުފެނުނީ. ނޫނީ އެހާކާރިން ކުޅުޖެހީމަ މިހާއައިޑެންޓިފައިކޮށް ހައްޔަރު ނުކުރީ.
Abdulla Nafiz
29 July 2020
މިހާރުވެސް މމޕރސ ގެ ވައްކަމުގެ މައްސަލަ އިންވެސްޓިގޭޓް ކުރާތީވެ ފަޔަށް ހިނިއަރައިގެން ތެޅޭހެން އުޅޭތަން މިފެންނަނީ، އެކަމަކުވެސް ހެޔޮ ތިޖޫރި ދަވާލި ބަޔަކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ......
ހޮޅިބެ
29 July 2020
މުޒާހަރާގެ ބައިވެރިންނަށް ވުރެ މުޒާހަރާ ކަވަރުކުރަން ތިބި ނޫސްވެރިން ގިނަ.. ޕަކާސް..
ގަމީސް
29 July 2020
ތިމުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ދިވެހިރައްޔިތުންގެ ފައިސާއިން ވައްކަން ކުރީ ކޮން ބައެއްތޯ؟؟؟ ނުހައްގުން ލިބުނު ފައިސާ އިން ރޮލެކްސް ގަޑި އާއި އަގު ބޮޑު ކާރާއި ފްލެޓްތައް ގަތީ ކޮންބައެއްތޯ؟؟ ހައްޕުޑު ޖެހީ ވެސް ހަމަ އެމީހުން..