ސުޝާންތު އަދި ރިއާ.
02 އޯގަސްޓް 2020 - 08:53
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި އިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ އަށް އާއިލާ އިން ކުރި ތުހުމަތުތަށް ރިއާ ދޮގުކޮށްފި އެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި އެކްޓަރުގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ސުޝާންތުގެ އާއިލާ އިން ބިހާރުގެ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ރިއާ އަށް ކުރެވޭ ތުހުމަތުތައް އިތިރުވެ، ތަހުގީގު ސީރިއަސްވެފައި ވަނިކޮށް ފުރަތަމަ އާންމުކުރި ވީޑިއޯއެއްގައި ރިއާ ބުނީ ސުޝާންތުގެ އާއިލާ އިން ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ސުޝާންތުގެ މަރުގެ ޒިންމާ ރިއާ ނަގަން ޖެހޭނެ ކަމަށް ބުނެ އާއިލާ އިން ފުލުހުންނަަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުން އެކްޓަރު ފުރާނަ ދުއްވައިލި ރިއާ އޭނާހެ ދިރިއުޅުން ކޮންޓްރޯލްކޮށް މުށުތެރޭގައި ބަންދުކޮށްލުމުން ކުތިމަތިވި ވޭންތަކާ އެކީގަ އެވެ.
އެގޮތުން ނަފުސާނީ ގޮތުންނާއި މާލީ ގޮތުން ވެސް ސުޝާންތަށް ރިއާ ގެއްލުން ދީފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އޭނާގެ އެކައުންޓުން ގިނަ އަދަދެއްގެ ފަައިސާ ނެގި ކަމުގެ ތުހުމަތާއި ނަފުސާނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އާއިލާ އާއި ރައްޓެހިންނާ ވެސް ނާންގައި، ސުޝާންތަށް ނަފުސާނީ ގޮތުން "ޓޯޗާކޮށް" އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލި ކަމުގެ ތުހުމަތުކޮށްފައިވެ އެވެ. މީގެ އިތުރުން ސުޝާންތުގެ އާއިލާ އިން މިހާރު ތުހުމަތުކުރާ ގޮތުގައު ރިއާ އާއި އޭނާގެ އާއިލާ އިން ވަނީ ސުޝާންތަށް ސިހުރު ވެސް ހަދައިފަ އެވެ.
މި ތުހުމަތުތައް ދޮގުކޮށް ރިއާގެ ފަރާތުން އޭނާގެ ވަކީލު ސަތީޝް މަނެޝިންޑޭ މެދުވެރިކޮށް ނެރުނު 19 ސިކުންތުގެ ވީޑިއޯއެއްގައި ފެންކަޅިގެ އިނދެ ބުނެފައި ވަނީ ސުޝާންތުގެ މަރާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާކޮށް ހިންގާ ޝަރީއަތާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ބުންޏެވެ. ރިއާ، 28، ބުނީ ޖުޑިޝަރީ އަށް އޭނާ އިތުބާރުކުރާ ކަމަށާއި ކޯޓްގައި ކުށެއް ނެތްކަން ސާބިތުކޮށް ދެވޭނެ ކަމަށެވެ. އަދި ހައްގަށް އިންސާފު ލިބޭނެކަމާ ދޭތެރޭ ވެސް ޝައްކުނުކުރާ ކަމަށް ބުނެފައިވެ އެވެ.
ރިއާ ބުނީ ސުޝާންތުގެ މަރާއާ އެކު އެތައް ބަޔަކު ސޯޝަލް މީޑިއާގައި ވެސް އޭނާއާ ދިމާކޮށް ބިރާއި އިންޒާރު ދެމުންދާ ކަމަށެވެ. އެކަމަކު އެއިން ވެސް އެއްވެސް ކަމަކަށް ރައްދު ނުދެނީ ވަކީލުންގެ އިރުޝާދުތަކާ އެކު ކަމަށް ބުންޏެވެ. ރިއާ ބުނެފައިވާ ގޮތުގައި ސުޝާންތު މަރުވި އިރު އެ ދެ މީހުން އެކުގައި ދިރިއުޅޭތާ އަހަރެއްހާ ދުވަސްވެދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
02 August 2020
ފަހުގެ ޚަބަރުތަށް ބުނާގޮތުން ރިޔާ މުންބާއިން ކީއްކުރަން މުޅި އިންޑިއާއިންވެސް ފިލައިފި ކަމަށްވަނީ. އެންމެ ފަހުން ފެނިފައިވަނީ އާއިލާއާއެކު ނޫކާރަކަށް ބައިވަރު ސްއިޓްކޭސްތަށް ލައިގެން ދަނިކޮށް!