ޚަބަރު / ކޮވިޑް-19

މާލޭ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަށް ކާފިއު ހިންގަނީ

މާލޭގައި އަމިއްލަ ބަޔަކު ހިންގާ މާރުކޭޓެއްގައި ބަޔަކު ތަރުކާރީ ބަންދު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

04 އޯގަސްޓް 2020 - 16:34

86 comments
04 އޯގަސްޓް 17:07

ޑރ. ނަޒްލާ: ލޮކްޑައުންގެ އިފެކްޓަކީ ޕީކް ލަސްކުރުން. ޕީކް އަންނައިރު ބަލި ޖެހޭ މީހުންގެ އަދަދު މަދުކޮށް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުން މަދުކުރުން. އަޅުގަނޑުމެން ކަންކަން ދޫކޮށްލައިގެނެއް ނޫން މިހާރު މިހެން މިވީ. ނިއު ނޯމަލް އަކަށް ލޮކްޑައުން ރިލީޒްކުރީ. އެކަންކަން ރަނގަޅަށް އާންމުންނަށް ކުރިއަށް ނުގެންދެވުނީމަ ކޭސްތައް އިތުރުވެގެން މި ދިޔައީ.

04 އޯގަސްޓް 16:59

ޑރ. ނަޒްލާ: ރަށްރަށަށް ކުރާ ސަޕްލައި ދަތުރުތައް އަޅުގަނޑުމެންނަށް އެއްކޮށް ހުއްޓައެއް ނުލެވޭނެ. އެކަމަކު އެކަހަލަ ދަތުރުތަކުގައި ވެސް އަދި އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވެސް މާސްކް އެޅުން އެއީ މަޖުބޫރު ކަމެއް. މީގެ ބޭނުމަކީ ބަލި ފެތުރެން ފެށިޔަސް އޭގެ ސްޕީޑް ދަށް ކުރުން. މިއަދު މި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވުމެއް ނެތް.

04 އޯގަސްޓް 16:46

ޝަރީފް: ރޭގަނޑު 10ގެ ފަހުން ޑިއުޓީ އަށް ދާ މީހެއް ނަމަ އެ މީހަކު ޔުނިފޯމްގައި ހުރުމަށާއި ހުއްދަ އޮންނަން ޖެހޭނެ. އެހެން ނޫނީ ފިޔަވަޅު އަޅާނަން.

04 އޯގަސްޓް 16:45

ޝަރީފް: 10 އިން ފެށިގެން މަގުމަތީގައި އުޅޭ މީހުން އަޅުގަނޑުމެން ޖޫރިމަނާ ކުރަމުން ގެންދާނަން. ފުލުހުން މިރޭ މަސައްކަތް ފަށާއިރު، އެއްވެސް އުޅަނދަކަށް އަޅުގަނޑުމެން ހުއްދައެއް ނުދޭނެ. އެއްވެސް ބޭނުމަކަށް ހުއްދައެއް ނުދެވޭނެ. ހަމައެކަނި އެ ގަޑީގައި ދުއްވޭނީ ސަލާމަތީ ހިދުމަތްތަކާއި ސިއްހީ ހިދުމަތް ދޭ އުޅަނދުފަހަރަށާއި އެމްބިއުލާންސަށް އެކަނި.

04 އޯގަސްޓް 16:42

ޑރ. ނަޒްލާ: މާލެ އަށް ކޮންމެހެން ދެން އާދެވޭނީ ސިއްހީ ބޭނުންތަކަށް އެކަނި. އަދި އެ އަންނަ ދޯނިފަހަރުގެ ފަޅުވެރިންނަށް މާލެ އަށް ނުފޭބޭނެ.

04 އޯގަސްޓް 16:42

ޑރ. ނަޒްލާ: އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ވެސް އަޅުގަނޑުމެން އޮޕަރޭޝަންގައި ރަނގަޅުކުރަން ޖެހޭކަންކަން. ކެޕޭސިޓީތައް އިތުރު ކުރުމުގެ މަސައްކަތްތައް މިހާރު ވެސް އެބަ ކުރެވެމުންދޭ. ނޭވާލާ ނިޒާމުގެ ބައްޔަަކަށް ވާތީ މި ބަލި ވަރަށް ފަސޭހައިން ފެތުރެމުންދާނެ. އެހެންވެ ބަލި ކޮންޓްރޯލް ކުރުމުގައި އާންމުންގެ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވާނެ.

04 އޯގަސްޓް 16:41

ޑރ. ނަޒްލާ: މިހާރު ހުރި ހާލަތުގައި އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ ކެޕޭސިޓީއާ އެއްވަރަށް ޕޮޒިޓިވް އަދަދުތައް މަދުކުރަން. ހާއްސަކޮށް ހައި ރިސްކް މީހުން މި ބަލިން ރައްކާތެރިކުރަން މަސައްކަތް ކުރަން ޖެހޭ. އަދި ސްޕީޑް ވެސް ދަށްކުރަން މި ދުވަސްވަރު މަސައްކަތް ކުރަން ޖެހޭ. ހަމަ އެއާ އެކު މި ބަލިން ރަށްރަށް ވެސް ސަލާމަތް ކުރަން އެބަ ޖެހޭ.

04 އޯގަސްޓް 16:40

ސާމިޔާ: ބަލި ފެތުރެމުންދާ ހާލަތެއްގައި އެއްވެސް ކުޅިވަރެއް، ޓޯނަމަންޓެއް ވެސް ނުބޭއްވުން އެދެން. ސިއްހީ ދާއިރާއިން ބާރުއަޅަން ކަސްރަތު ކުރަން. އެކަމަކު އެކަނި ކަސްރަތު ކުރުމަށް މި ދަނޑިވަޅު އަޅުގަނޑުމެން ބާރު އަޅަނީ.

04 އޯގަސްޓް 16:39

ސާމިޔާ: އޮފީސް މާހައުލަށް ކޮންމެހެން ނުކުންނަ ޖެހޭ ހާލަތުގައި ވެސް ބްރޭކްތައް ނުނެގުމަށް އެދެން. އަދި ވީހާ ވެސް މީހުންނާ ކޮންޓެކްޓްވުން މަދުކުރުން މުހިންމު.

04 އޯގަސްޓް 16:35

ސާމިޔާ: މީގެ އިތުރުން މާލޭ ސަރަހައްދުގައި އެއް ވަގުތެއްގައި 5 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ. އަދި ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށް އެދެން.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އިއުލާން ކުރި ގޮތުން ނަމަ މިރޭ 10 އިން ފެށިގެން ފަތިހު 5 އަށް ކާފިއު ހިންގާއިރު، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ އެވެ.

މީގެ އިތުރުން އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށް ވެސް ވަނީ، އާ އުސޫލުގައި ހަމަޖައްސައިފަ އެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި އެކަންޏެވެ. މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގާއި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ އަދި މާލޭ ސިޓީ ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

މިދިއަ މަހު 1 ގައި، ދެ މަސް ދުވަހުގެ ލޮކްޑައުންއަށް ދިން ބޮޑެތި ލުއިތަކާ އެކު، ކޮވިޑް-19ގެ ބަލި މިހާރު ދަނީ ހައްތަހާ ބޮޑުވަމުންނެވެ. އެހެންކަމުން ބައެއް ކަންކަން ހަރުކަށިކުރުމުގެ ހާލަތަކަށް ހިނގައިދާނެ ކަމަށް، ސަރުކާރާއި ސިއްހީ ދާއިރާގެ ތަޖުރިބާކަރުން ގެންދިޔައީ އިންޒާރު ދެއްވަމުންނެވެ.

86 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 11%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު އަލި ދީދީ

06 August 2020

އެންމެން ނިދާގަޑީގަ ތީ ބޭކާރުކަމެއް... އެގަޑީގައި ކޮްމެހެން ބޭރަށް ދާމީހުނަށް ޖައްސާ ތަކުލީފެއް

The name is already taken The name is available. Register?

އަހުމަދުބިންސުލައިމާން

05 August 2020

އަދި މުޅިން ރަގަޅެއްނޫން. ރޭގަނޑު 8 އިން ފެށިގެން ބަންދުކުރޭ. ވޯކް ފްރޮމް ހޯމް ހުރިހާ އޮފީހަކުންވެސް އިންޕްލިމެންޓް ކޮށް ކޮންމެހެން ހިދުމަތް ދޭން ހުޅުވަން ޖެހޭ އޮފީސް ތައްވެސް ހެދުން 8 އިން މެންދުރު 12 އަށް ހުޅުވާ ގޮތައް ބަދަލު ކުރޭ. ދަނޑުވެރިކަމަށް ދޭން ބުނި ބިންތައް އަވަހަށް ދޫކުރޭ. ބޯގަންވިލާ ނޫން މީހުން ވެސް ޤައުމުގައި ތިބިކަން އިބޫ ހަދާން ކުރޭ.

The name is already taken The name is available. Register?

ރާއްޖެ

05 August 2020

ފްރަންޓްލައިން އެލަވަންސް އަދިވެސް ނުލިބޭ.

The name is already taken The name is available. Register?

ޢޭ އާރ ޕީ

05 August 2020

ތަކުރާރުކޮށް ސަރުކާރު ހިންގާ ފަރާތައް ދަށްނަވަން! ހަސަދަ ވެރިކަ މާ، ނުފޯރާފޮތިން ސިޔާސީ ވާދަވެރިވުން އެއްކިބާކޮށް ރައްޔަތުންގެ7000 ފްލެޓް(ރީނދޫ ރޯނގާގެ ބަހުރުވައިނަ މަ) ކޮތަރު ކޮށިތައް. އިތުރު ބަހަނާ ނުދައްކާ ހަވާލުކޮށް ދެއްވުމަމަށް. ޚޯވިޑްގެ ސަބަބުން އާ މްދަނީ ލިބުން ހުއްޓި..އަނބި ދަރިންނަށް ކާންބޯން ދެވޭނެ ގޮތެއްނެތި އުޅޭއިރު ސަރުކާރުން ބަހަނާ ދައްކަދައްކާ ފްލެޓްތަށް ހިފެހެއްޓުމަކީ ،ނާތަހުޒީބު އަ މަލެއް..ދައްނަ މީހަކުވެސް ދެްން ވޯޓެއް ނުދޭނެ.

The name is already taken The name is available. Register?

ރީތި މޫސަ

05 August 2020

މީވަރަށް ރަނގަޅުގޮތެއް އަދި އޮފީސްތަށްވެސް ހުޅުވާގަޑިޔަށް ބަދަލުގެނެސް ހެނދުނު 9 ން ހަވީރު 2 ކަށްބަދަކުރަންވީ އެއިރުން މިހާރަށްވުރެ މީހުން ބޭރުގައުޅުން މަދުކުރެވޭނެ މިހާރު މިއޮތްގޮތުން ފަތިސްނަމާދަށް ގަޑިޔަށް ދާމީހުނަށްވެސް މިސްކިތަށްކަމަށް ބުނެފަދެވޭ މިނިންމުން ވަރަށްރަނގަޅު

The name is already taken The name is available. Register?

އުޅުން އޮޅުން ބޮޅުން

04 August 2020

އެއްކަލަ އުޅުމެއް ތައުލީމެއް ތަހުޒީބު ކަމެއް ނެތް ދިވެހިން ދަންނަ ބޭކަލުންނަށް ވެގެންފި. ކަލޭމެން އެންމެ ގިނައިން ކޮފީ ބޯން ރޭގަނޑު ބޭރުގައި އުޅޭ ވަގުތު ދިހައެއްގެ ފަހަކީ. މެންދަމުން އަލިވީމަ ގިނަ މީހުން ނިދާނީ. ދެން އަނެއް ދުވަހު އޮފީހަށް ދާނީ ގަޑި ޖެހިގެން. ގޮސް ވަންނާނީ ވަގުތުން ސައިބޯ ކޮޓަރިއަށް. އެތަނުގައި ގަޑިއެއް ދެގަޑިއިރު ހޭދަކޮށްފައި ނިކުމެ މަސައްކަތެއް އޮތްތޯ ބަލާނީވެސް. ދެން މަސައްކަތެއް ނިންމާ ހަވާލެއް ނުކުރެވޭނެ މުއްދަތު ފަހަނަ އަޅާ ދާއިރުވެސް.

The name is already taken The name is available. Register?

ޑޮޓް

04 August 2020

މިހާރު މިވާ ގޮތަކީ ދިވެހިންނަކަށް ނޯވޭ މިޑްލް ގްރައުންޑެއް. ލޮކްޑައުން ނޫނީ ފީސަބީލިއްލާހި. ދެން ހިތްހަމަނުޖެހޭ ކަމެއް ވާއިރަށް އެޗް.ޕީ.އޭ ފެއިލްއޭ ބުނީމަ އެވީ. މިވަރުގެ މީހުން ޑިސިޕްލިންގ ނޫން ޤައުމެއް މަދުވާނެ، މާ ސިވިލައިޒްޑްކަމަށް ހެދިގެން އުޅުނަސް. ރޯނުއެދުރު މޯލްޑިވްސް މީ ހަމަ.

The name is already taken The name is available. Register?

މައިމޫނާ ހަބީބު

04 August 2020

ސަރުކާރުން ކޮވިޑްޖެހޭ މީހުން ބައިތިއްބަން ރިސޯޓްތަށް ބޭނުންކުރަން ނުޖެހޭ، އޭގެ ސަބަބުން ލޮޖިސްޓިކް އެހާބޮޑުވެގެންދޭ، ކޮވިޑް ޖެހޭ މީހާގެ ގޭގައި ވަކި ކޮޓަރިއެއް ހުރިއްޔާ އެކޮޓަރީގައި އޭނާ ބަހައްޓައިގެން މުނިޓާކުރެވިދާނެ، އަދި ކޮންމެ އަވަށަކުން ގެސްޓް ހައުސްތަކެއް ނަގައިގެން ކޮންމެ އަވަށެއްގެ ސްކޫލު އެއަށެއްގެ މައި އިދާރާކަމުގައި ހަދައި އެތަނުން ޓެސްޓްކޮށް، އެއަވަށުގެ ކަންކަން އެވަށުގެ މީހުންނަށް ބެލެހެއްޓޭނެ، އެއިރުން ރެސްޕޮންސް އަވަސްވާނެ

The name is already taken The name is available. Register?

އަނބުރާގޭހަކީ

04 August 2020

އެޗްޕީއޭ އިން ހަދާ އެންމެ ބޮޑު ގޯހަކީ ކޮވިޑަށް ޓެސްޓް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ޑައިރެކްޓް ކޮށް ގޮސް އޭޑީކޭ އަށް ދައްކާ އަދި ޓްރީ ޓޮޕަށް ދައްކާލުމުން ކޮވިޑަށް ޓެސްޓް ކުރުން މަނާ ކުރުން އަދި އެޗްޕީއޭ އިން އަންގާ މީހުން އެކަނި ކޮވިޑަށް ޓެސްޓް ކުރުން އެއީ މީގައި ވަރަށް ބޮޑު ގޯހެއް އުޅޭ ކަމަށް މަމެންނަށް ޝައްކު ކުރެވެނީ އެއިރުން އެޗްޕީއޭ އަށް އޮންނާނެ ރައީސް އޮފީހުން އަންގާ ގޮތަށް އެމެން ނެރޭ ކޮވިޑް ރިޕޯރޓް ބަދަލު ކުރުމުގެ ފުރުސަތު މީދޯ ތަމެން

The name is already taken The name is available. Register?

އިދުރީސް މޫސާ

04 August 2020

ސަރުކާރުން ވިސްނައިގެން ނުވާނެ ކޮވިޑްގެ ކަންކަން ކުރެވޭނީ ހަމައެކަނި ސަރުކާރުގެ ލޭބަލް ޖެހީމަކަމަށް، ސަރުކާރުން ޖެހެނީ އުސޫލެއް ހަދާފައި ވީހާވެސް ގިނަ ދިމަދިމާލުގައި ޓެސްޓް ހެދޭނެގޮތް ހަދައި، އެކަންކަން ކުރަނީ ރަނގަޅަށްތޯ ބެލުން، ޑަބްލިޔޫ އެޗްއޯއިންވެސް ބުނީ ޓެސްޓް، ޓެސްޓް ޓެސްޓް ގިނައިން ހަދާށޭ، އެކަމަކު މިރާއްޖޭގައި ޓެސްޓް ހަދަން އޮންނަނީ ޗޮއިސްއަކަށް ދޫކޮށްފައި އަދި އަސަރެއް ނެތިއްޔާ ޓެސްޓެއް ނުހަދާ، ހަދައިފިއްޔާ ރިޕީޓްކޮށް ހަދަން އެބަޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454