ކޮވިޑް-19 އަށް ޓެސްޓްކުރަން ރެންޑަމް ސާމްޕަލް ނަގަނީ: ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއެއްގައި މަސައްކަތްކުރާ ބިދޭސީ ނަރުހުން ތަކަކަށް މުސާރަ ނުލިބޭ ކަމަށް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ބުނޭ
07 އޯގަސްޓް 2020 - 10:25
އަތޮޅުތަކުގެ އެކި ހޮސްޕިޓަލްތަަކާއި ހެލްތު ސެންޓަރުތަކަށް އަލަށް ގެނެސްފައިވާ ބިދޭސީ 28 ނަރުހަކަށް މިދިޔަ ދެ މަހުގެ މުސާރަ ނުލިބޭތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެޗްޕީޔޫގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އަތޮޅުތަކުގެ އެކި އެކި ތަންތަނަށް ގެނައި 28 ނަރުހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން ގާއިމްކޮށްފައިވާ ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީތަކުގައި ކަމަށެވެ. އެ މީހުންނަށް ޖޫން އަދި ޖުލައި މަހުގެ މުސާރަ ނުލިބޭތީ ހެލްތު މިނިސްޓްރީއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި މުސާރަ ނުލިބި އޮތީ ސިސްޓަމްގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަންތައްތަކެއް ލަސްވެގެން ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
"މިނިސްޓްރީން ބުނީ އެ މީހުންގެ މުސާރަ އެބަ ހުއްޓޭ ބޭންކްގައި، ސިސްޓަމްގެ ތެރެއިން ވާ ލަހެކޭ އުޅެނީ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް އުޖޫރަ އެގޮތަށް ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމްއެޗްޕީޔޫ އިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ. އެ ޔޫނިއަނުން ވަނީ ނަރުހުންގެ މުސާރަ ނުލިބުމުގެ ކަންބޮޑުވުން ޓްވިޓާގައި ވެސް މިއަދު ފާޅުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި މުސާރަ ނުލިބި ތިބި ނަރުހުން މަސައްކަތް ކުރަމުން އަންނަނީ އައިޖީއެމްއެޗުން މެނޭޖްކުރާ ފެސިލިޓީއެއްގަ އެވެ. އެ ހޮސްޕިޓަލުން މެނޭޖްކުރަމުން އަންނަނީ ވިލިވަރުގައި ހުންނަ ފެސިލިޓީ އާއި ހުޅުމާލޭގައި ހުންނަ ފެސިލިޓީ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލު
08 August 2020
ސައުދީ ރަސްގެފާނު އުޅުއްވާ ގަނޑުވަރު ކަހަލަ ޖަލްސާ ކުރާ މާލަންތައް އަޅާ އިސްރާފުކޮށް ފައިސާ ބޭކާރު ކުރެވެނިކޮށް ރަގަޅު ވާނެ. ނަރުހުންނަށް މުސާރަ ނުދީ އެމީހުން ލައްވާ ދެ މަސްވަންދެން ކޮޥިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރުވި އިރު ޜާއްޖެއިން އެއްބިލިއަން ރުފިޔާ ޚަރަދުކޮށްފި ކޮވިޑަށް. 28 ނަރުހުންނަށް ދެމަހުގެ މުސާރަ ދޭން އެއް މިލިއަން ރުފިޔާ ވެސް ނުދާނެ.
ކޮރަކަލި
07 August 2020
ތީ އާކަމެއްނޫ ޑޮކްޓަރުން ނަށް މުސާރަ ދިނުމުގައިވެސް ހިތުހުރި ގޮތަކަށް އަމަލު ކުރަނީ ބައެއް ރަށްރަށު ހޮނިހިރު ދުވަހު މަސައްކަތް ކުރަންޖެހެނީ ހިލޭސާބަަަހަށް އަނެއްބައި ރަށްރަށުގައި ހޮނިހިރު ދުވަހުގެ ފައިސާ ބަރާބަރަށް ދޫކުރޭ މިނިސްޓުރީ ހިންގާތާ ގަރުނެއްވާއިރު ވިވަރު ގަމާރު ވާންޖެހޭތަ
ޖާބެ
07 August 2020
ތިޔަޢީ ހުސްދޮގު މިނިސްޓަރު ފައްޔާޒް އާއި އަމީރު ބުނެފަ އެއޮތީ ބުނެފަ ހުރިހާއެއްމެންނައް ދީފީމޭ ދެން ކޮންދޮގުވާހަކަޔެއް އެމީހުން ބަދުނާމްކުރަން
ހުސެން
07 August 2020
ނަންވާނީ އެހެންމީހުން، ސިސްޓަމުގެ ތެރޭން ސިސްޓަމް ސުލޯވެގެނޭ ކިޔާކަށް، އަމުދުން ކޮވިޑް19ގެ މިދުވަސްވަރުގައި ނަރުހުންތަކަކަށް މުސާރަނުދީ ލަސްވުން ބަލައިގަނެވޭނެކަމެއްނޫން، އަގުވަޒަންކުރަމޭ ޓީވީތަކަށް އަރާ ކިޔުމަކުން ނުފުދޭ!! އަގުވަޒަން ނުކުރާތީ މުސާރަ ނުދީ ތިޔަ ހިފަހައްޓަނީ، އަދި ހަމަ ބިދޭސީ ނަރުހުންވީމަ..
ޜީތި މޫސަ
07 August 2020
މުސާރަނުދެވުނަސް އަގުބޮޑު ކޮޓަރިތަށްއެޅޭ
ައަހުމަދު
07 August 2020
ހުރިހާކަމެއް ސިސްޓަމް ތެރެއިންނޭކިޔާފައި ނުރެކެވޭނެ ، ފަރުދީޒިންމާކޮބާ ، ފަރުދީޒިންމާނަގަންޖެހެނީ ރައްޔިތުންއެކަނިތަ ، ސަރުކާރުން ނަގަންނުޖެހޭދޯ ކޮންމެ ރެއަކާއި ދުވާލު އެތަށްފަހަރަކު ޓީ.ވީ އިންނާއި ނޫހުން މިނޫންއެއްޗެއް ނުގޮވާ ، އެކަމަކު މިހުރިހާކަމެއް ކުރުވަން ބުނާފަރާތުން އެ ޒިނަމަނަގަންޖެހުނީމަ ނުނެގިފައިވާތަންމިފެންނަނީ ދެން ކޮންމެވެސް ސިސަޓަމެކޭ ކިޔާފައި ނިންމާލަނީ ހުރިހާކަމެއްވެސް ބޮއްސުންލާފއި. ވ. ސަލަމް
ރާއްޖެ
07 August 2020
ފްރަންޓް ލައިން އެލަވަންސް އަދިވެސް ނުލިބޭ.
ސިކުނޑި
07 August 2020
ކޮމެންޓް ކުރައްވާއިރު ރަނގަޅަށް ލިޔުން ކިޔުއްވާފަ ކޮމެންޓް ކުރެއްވުން އެދެން!!
ހަކީމް
07 August 2020
މިހާރު " ސިސްޓަމް " ތަކަށް ފޫޅު ކަނޑައިލުމަކީ އާމު ކަމެއް.
ސަލޯ
07 August 2020
ތިހަހެން ކޮވިޑް ފްރަންޓްލައިން އެލޮވަންސް އަށްވެސް ވީ. ރޫހާނީ ބަޔަކަށް ދިން ކަމަށް ޓުވިޓްކޮށްލައިފައި ސުރުހީ ތަކުގަ ފަސް އަޅާލީ. ލިބުނު އެކަކުވެސް ނެތް.