09 އޯގަސްޓް 2020 - 23:41
ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސްގެ ގޮތުގައި މިހާތަނަށް 13.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި އިތުރު 825 މީހަކަށް 10.4 މިލިއަން ރުފިޔާ މިއަދު ދީފައިވާ ކަމަށެވެ. އެއާއެކު ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ޖުމުލަ 1045 މީހަކަށް 13.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Frontline allowance paid today to an additional 825 workers, amounting to MVR 10.4mn. Altogether it has been paid to 1045 staff (MVR 13.4mn) for March-June period. Additional frontline workers will be paid soon. Work is ongoing to process the allowance for these staff ASAP.
— އިބްރާހިމް އަމީރު (@iameeru) August 9, 2020
އަމީރު ކުރެއްވި ޓްވީޓް-
ފްރޮންޓްލައިން އެލަވަންސް ދޭން ޖެހޭ އެހެން މުވައްޒަފުންނަށް އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މިއީ ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗު 7 ގައި ފެނުނު ފަހުން ޖޫން މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން މިދިޔަ އެޕްރީލް މަހު ނިންމި އެވެ. އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯރެޓަރީ އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓް ކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
މި ފައިސާ އަކީ 2020 މާޗް 7ން 2020 ޖޫންގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެން ޖެހޭ ފައިސާ. އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށް. pic.twitter.com/6ONHnXTNLN
— Ministry of Finance (@MoFmv) August 9, 2020
ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓް
އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ. މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.
ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން، ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އައި މަސައްކަތްތައް އާ މަރުހަލާއަކަށް ގެންގޮސް، އެންއީއޯސީ އުވާލައި، ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ އެ ޒިންމާތއް ބަދަލުކޮށްފަ އެވެ. މިހާރު ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިޕްސް
10 August 2020
ތިބުނާ އެލެވެސް ލިބުނީ މަޖިލީހުގަ ތިބޭ ވަކަރުގޭ ކުދިންކޮޅަކިންނޭގެ. ފޮރުންޓް ލައިނުގަ މަސަކަކުރާ ނަރުހުންނަ އެވެސް އެޗެ ނުދޭ އިރު އެމީހުންގެ އިތުރުގަގީގަ ދޭންޖެހޭ ލާރިވެސް އަނަނީ ކަޱަމުން.
ޑިމޮކްރަސީ
10 August 2020
ތިއެލަވަންސް ދޭހާދުވަހަކު ކޮވިޑް އަށޤ ޕްޒިޓިވް ވާމީހުންގެ ޢަދަދު މަދެއްނުވާނެ
ކޮވިޑް
10 August 2020
ފުލުހުންނަށް އަދިވެސް ނުލިބޭ. ހާދަ ދުވަހެއް ނަގާ ކަމެކޭ މީ
ހައްޖަ
10 August 2020
އެން.އީ.އޯ.ސީ ގައި މަސައްކަތްކުރި މީހުން އަންލިމިޓެޑް އިތުރުގަޑި ފައިސާ ލިބުނުކަމުގެ މައުލޫމާތު ލިބޭ. އަދި މިގްރޫޕް އަށް ފްރަންޓްލައިން އެލަވެންސް ވެސް ބޯކޮށް ލިބުނުކަމަށް ބުނޭ. ހަގީގަތް ސާފުކޮށްދޭން ޖެހޭ.
ބޮޑުގޮޛި
10 August 2020
ތިޔަ ލިބިފައި ހުރީ މުޅިންވެސް ހެލްތު މިނިސްޓްރީއާއި އެޗް.ޕީ.އޭ ގެ ފިނި ކޮޓަރީގައި ތިބޭ ބޭފުޅުންނަށް. އޮފީސް މަސައްކަތް ކުރާ މީހުން ފްރަންޓްލައިނޭ ކިޔައިގެން އެތައް ގުނަ އޯޓީ ނަގައިފި. އެ މީހުން ފްރަންޓްލައިން ވާ ގޮތެއް ނޭނގުނު. ހަގީގީ ފްރަންޓްލައިންގައި ފެސިލިޓީތަކުގައި ތިބި ސިފައިންނަށް އަދިވެސް އެލަވަލަންސް ނުލިބޭ
އޮނަރަބަލް އަފީފުދީދީ
10 August 2020
ދުވާލުދަ ހަތަރު ދަމު މަގުމަތީ އުޅޭ ފުލުހުންނަށާ އެޗްޕީއޜ ކުދިންނަށް ތި ދޭ އެއްޗެއް ދޭން އެންމެ ހައްގުކަން ބޮޑީ.. އެއަށް ކިޔާނީ ފްރަންޓްލައިން.. ފިނި ކޮޓަރީގަ ތިބެފަ ތި އެލެވެންސް ނެގީމަ އެވާނީ އެހެން ލައިންއަކަށް
ނުލިބޭ
10 August 2020
ހަމަގައިމުވެސް އަދި ނުލިބޭ. ރޯދަމަހު 5 6 ތަން ޑިސްއިންފެކްޓް ކުރި. ގައިން ކޮލޮރިން ވަސް ނުފިލާ ހުރެ މަސައްކަތް ކުރި. ސީދާ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވަނީވެސް , ކޮބަާ އެލަވަންސް.
ކޮވިޑް ވެރިކަން
10 August 2020
ކޮމާންޑޭ އަނެއްކައްޗެކޭ ނުކިޔާ ކަލޭމެން ގައުމު ސަލާމަތްކޮށްބަލަ. ނުދީ - ދިން ކަމަށް ބުނާ އެލަވަންސް
ޢަމިނަތުގެ އެލަވަންސް
10 August 2020
މީ އޮޅުވާލުން. ފުރަންޓުލައިން ޑޮކްޓަރުންނަށް ލިބުނީ ދަރުބާރުގެ ކުދިންނަށް ދީފައި އެތިކޮޅެއް. ޢެހެންމިބުނީ 1000 ރފ އާއި 2000 ރުފިޔާގެ އަދަދެއް ދިނީ. ޢެއީ 3 މަހަށް ބަލާނަމަ ދުވާލަކަށް 22 ރފ .
ދަންޑަހެލު
10 August 2020
ފްރަންޓް ލައިން ފައިސާ ނުދީގެން ހަޅޭލަވާ މީހުންނަށް ގައުމީ ބަޠަލުންގެ ދަރަޖަ ދޭންޖެހޭނެބާ؟
ޒަފަރު
10 August 2020
ބަޔަކު ދޭނަމޭ ބުނީ. އެމީހުން ނުކިޔާ ދޭކަށް. ވައުދެއް ވެއްޖާ ފުއްދަން ދީނުގައި އޮންނަނީ
ސާބަސްހަމަ
10 August 2020
މަޖިލީހަށް އިސްރާފު ކުރާ ފައިސާޔަށްވުރެ މާ ހެޔޮކަން ބޮޑު. ތީކީ ބޮޑު އަދަދެއްނޫން ކުރި މަސައްކަތާ ބަލާފައި. ނުރުހުމުންވެސް ދިނީތީ ޝުކުރިއްޔާ.