އާމިރު.
11 އޯގަސްޓް 2020 - 07:39
އިންޑިއާގެ ލޮކްޑައުންއާ އެކު ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތް އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ތުރުކީގައި ފަށައިފި އެވެ.
ފިލްމުގެ ބާކީ ހުރި މަންޒަރުތައް ތުރުކީ އާއި ޖޯޖިއާގައި ނަގަން ނިންމާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް އާމިރުގެ ތުރުކީ ދަތުރުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
"ލާލް ސިންގް ޗައްޑާ" އަކީ އަތުލް ކުލްކްރަނީގެ ސްކްރީންޕްލޭއަކަށް، އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ 1994 ގައި ރިލީޒްކުރި ޓޮމް ހޭންކްސްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
އާމިރާ އެކު ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ކަރީނާ ކަޕޫރެވެ.
NEW PIC@aamir_khan resumes #LaalSinghChaddha shoot in Turkey pic.twitter.com/vjheNtCqde
— Aamir Khan Official FC Kolkata (@AamirFanKolkata) August 8, 2020
"ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރު 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު ލޮކްޑައުންއާ އެކު ޝޫޓިން ދިގުލައިގެން ދިއުމުން އަންނަ އަހަރަށް ފިލްމު ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މާދަމާ ނެޓްފްލިކްސް އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ޖާންވީ ކަޕޫރްގެ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ލަވައެއް ދައްކާލައިފި އެވެ.
Those who chase their goals even in the hardest of times get to live their dreams in the end. #DoriTuttGaiyaan song out now - https://t.co/5QZtC6OOE8#GunjanSaxena - The Kargil Girl premieres on 12th August only on @NetflixIndia
— Dharma Productions (@DharmaMovies) August 7, 2020
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދައި، ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ލަވަ އަކީ "ޑޯރީ ޓުޓް ގަޔާ" އެވެ. އަމިތު ތުރިވެދީ މިއުޒިކް ހަދާފައިވާ ހިތާމަވެރި އިހުސާސްތަކެއް ގެނުވައިދޭ ލަވަ ކިޔާފައި ވަނީ ރޭކާ ބަރަދްވާޖެކެވެ. ލަވައިގެ ޅެން ލިޔެފައި ވަނީ ކައުސަރު މުނީރެވެ.
"ގުންޖަން ސަކްސޭނާ" އަކީ އިންޑިއާގެ އަސްކަރިއްޔާގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަންގެ ވާހަކަ ކިޔައިދޭ ބައޯޕިކެކެވެ. މީގެ ޓައިޓްލް ރޯލް ޖާންވީ ކުޅެފައިވާ އިރު، އިތުރު ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ އާއި އަންގަދު ބޭދީ ވެސް ހިމެނެ އެވެ.
ޑައިރެކްޓަރު އަބީޝެކް ކަޕޫރް މިދިޔަ ހަފުތާގައި އިއުލާންކުރި އާ ފިލްމު ޕްރޮޑިއުސްކުރުމުގައި ބުޝަން ކުމާރުގެ ޓީ ސީރީޒުން ހިއްސާވާން ނިންމައިފި އެވެ.
އަދި ނަން އިއުލާންނުކުރާ މި ލޯބީގެ ފިލްމުގެ ތަރިންނަކީ އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރެވެ. ފިލްމުގައި އަޔޫޝްމަން ފެނިގެންދާނީ އެތުލީޓެއްގެ ރޯލުންނެވެ. މި ފިލްމުވެގެން ދާނީ ވާނީ އާއި އަޔޫޝްމަން އަބީޝެކާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.
އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ކޭދަރުނާތު" އެވެ.
އޭނާގެ އާ ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ. ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ މޯނީ ރޯއި އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ގޯލްޑް" އާއި "މޭޑް އިން ޗައިނާ" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ އެންގޭޖްވި ވާހަކަ މީޑިއާތަކުގައި ދެކެވެން ފަށާފައި މި ވަނީ އޭނާ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކުރި ފޮޓޯއެއްގައި ވާތުގައި ޖަވާހިރު އެހެއް ޖެހި އަނގޮޓިއެއް އަޅާފައިވާ ތަން ފެނުމާ ގުޅިގެންނެވެ.
ނަމަވެސް އެންގޭޖްވީ ކާކާ ކަމެއް ނޭނގެ އެވެ. މޯނީ އާއި އެކްޓަރު މޯހިތު ރައިނާ ލޯބީގެ ގުޅުމެއް ބޭއްވި ވާހަކަ ފެތުރުނަސް އެކަން މިހާތަނަށް ކަށަވަރެއް ނުވެ އެވެ. މޯނީ ގޮތަށް މޯހިތަކީ ވެސް މިހާރު ޓީވީ ސިލްސިލާތައް ދޫކޮށްލާފައި ފިލްމު ކުޅޭ އެކްޓަރެކެވެ. "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި ނެޓްފްލިކްސް އިން ދާދި ފަހުން ސްޓްރީމްކުރި "މިސިޒް ސީރިއަލް ކިލާ" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ޝިއްދަތު" އެވެ.
ކަރަން ޖޯހަރްގެ ދަރުމާގެ "ބުރައްމަސްތުރާ" އިން ވެސް ފެނިގެންދާނެ މޯނީ، 34، މި ވަގުތު ހުރީ ފިލްމެއްގެ ޝޫޓިން އަށް އިނގިރޭސިވިލާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy