ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ދައުލަތް ދަރާފާނެ ކަމަށް އިހުސާސް ކުރެވޭ: ނަޝީދު

މަޝްހޫރު ވިޔަފާރިވެރިޔާ، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވި ލޯނަށް ސުންގަނޑި ހަމަވުމުގެ ކުރިން ނުދެއްކުނު މައްސަލަ ފެންމަތިވިއިރު، ދައުލަތް ދަރައިފާނެ ކަމުގެ އިހުސާސް ކުރެއްވުނު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ ސޮވެރިން ގެރެންޓީ ދީފަ އެވެ. އެކަމަކު، މިދިޔަ ޖުލައި މަހުގެ ކުރިން އެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ލޯނުގެ ޕްރިންސިޕަލް އަދަދާއި އިންޓްރެސްޓް އަދި އެހެނިހެން ފީތައް ދެއްކުމަށް ގެރެންޓާގެ ހައިސިއްޔަތުން މިދިޔަ މަހުގެ 22 ގައި އެގްޒިމް ބޭންކުން ސަރުކާރަށް އެންގި އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސިޔާމްގެ ކުންފުނިން މިވަގުތަށް އެކްޒިމް ބޭންކަށް ދައްކަންޖެހޭ ފައިސާ ޚަލާސް ކޮށްފައިވާ ކަމަށެވެ. އޭގެ ތަފުސީލެއް ނުދެ އެވެ.

ސިޔާމްގެ ކުންފުނީގެ ލޯނަށް ފައިސާ ނުދެއްކުނު މައްސަލަ ބޮޑުވެފައި ވަނިކޮށް، ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީ އަށް ވަނީ ގެންގޮސްފަ އެވެ.

Siyam ge kunfunin mi vaguthu dheynjehey jehey faisaa dhakkaifi: Finance

Siyam ge kunfunin mi vaguthu dheynjehey jehey faisaa dhakkaifi: Finance

The most trusted news source in the Maldives

Mihaaru

ސިޔާމްގެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ދެއްކުން

މުޅި މަޖިލީހުގެ ކޮމިޓީގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ދައުލަތް ދަރައިފި ނަމަ އެއީ ވަރަށް ދެރަކަމެއް ކަމަށާއި އެ ހާލަތަށް ކަންކަން ދިޔަ ނުދެއްވާނެ ކަމަށެވެ. ވަކި ކުންފުންޏެއްގެ ނަން ވިދާޅުނުވެ ނަޝީދު ވިދާޅުވީ، އަމިއްލަ ކުންފުންޏަކަށް ދައުލަތުން ދީފައިވާ ގެރެންޓީއެއް ނުދެއްކުމުގެ ސަބަބުން ދިމާވި ކަންކަމާ ހެދި ދައުލަތް ދަރައިފާނެ ކަމުގެ ބިރު އެ މަނިކުފާނަށް ހީފުޅުވި ކަމަށެވެ.

"މި ދައުލަތް ދަރާފާނެ ކަމުގެ ބިރުވެރިކަން ސަވަރިން ޑެޓަކަށް އަޅުގަނޑުމެން ގޮސްދާނެ ކަމުގެ ބިރުވެރިކަން މިދިޔަ ހަފުތާގައި އަޅުގަނޑަށް އިހުސާސްވީ. އެއީ ސަވަރިން ގެރެންޓީއެއް ދީފައި އޮތީ އަމިއްލަ ކުންފުންޏަކަށް. ދެން ގެރެންޓީގެ މަސައްކަތް އޮތީ ނުބަހަލައްޓާ. އެންމެ ފަހު ވަގުތު ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގެންނެވިއިރުގައި ވަރަށް ފަސް ވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.

"އެ ވަގުތު ހެއްދެވެން ހުރި ހުރިހާ އެއްޗެއް ހައްދަވާފައި މިއަދު އަނެއްކާ ވެސް އަޅުގަނޑުމެން މިތިބީ ފެންމަތީގައި. މާދަމާ ފެތޭކަށް އަޅުގަނޑުމެންކަށް ނެތް ދޫކުރެވޭކަށް."

ސިޔާމް، ފައިސާ ދެއްކެވީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ސަރުކާރުން އެހީތެރިވެގެން ސިޔާމްގެ ކުންފުންޏަށް ލޯނެއް ދީގެން ކަމަށް ތުހުމަތު ކުރެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ، ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީއެއް ނުދެއްކިގެން ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ސަވަރިން ޑެޓަކަށް ނުވަތަ ސަވަރިން ޑިފޯލްޓަކަށް ގޮސްގެން، ކަމެއް ދިމާވެގެން އަދި މިހާތަނަށް އެ ކަހަލަ މައްސަލައެއް ކޮމިޓީ އަށް އައިސްފައެއް ނުވޭ. އަދި އެ ހާލަތަށް ގޮސްފި ކަމަށް ވަންޏާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން، އަޅުގަނޑު އިރާދަކުރެއްވިޔާ ކޮމިޓީން އެކަން ބަލާނަން،" އޭނާ ވިދާޅުވި އެވެ.

Sovereign debt akah dhiya kameh neyngey: Mugahriru

Sovereign debt akah dhiya kameh neyngey: Mugahriru

The most trusted news source in the Maldives

Mihaaru

ސަވަރިން ޑެޓަކަށް ދިޔަ ކަމެއް ނޭންގޭ ކަމަށް މުގައްރިރު ވިދާޅުވުން

އަހުމަދު ސިޔާމް ހޯލްޑިން އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.

ސިޔާމްގެ ކުންފުނިން ދެއްކީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައްކަންޖެހެ އެވެ.

10 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 56%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

11 August 2020

މީނަ ހިތަށްއެރީމަ އަމިއްލަ އަމިއްލަޔަށް ކަންކަން އެޖެންޑާ ވެސް ކުރަނީދޯ.

The name is already taken The name is available. Register?

އެއްކަލަ ކެނެރީގޭ ބަޅު

11 August 2020

ލޮލް. ކޮބާ އިންޑިއާއިން ރަގަޅު އެހީއެއް ނުދިންދޯ.

The name is already taken The name is available. Register?

ސައިމާ

10 August 2020

ކަންކަން މެނޭޖްކުރަން ނޭގޭ ބޭފުޅުންވީމަ ތިހެން ހީފުޅުވާނެ. އިސްތިއުފާދެއްވާފައި ގެކޮޅަށް ވަޑައިގަންނަވާ. ނޫނީ އެހައިމެ ލޯބިފުޅުވާ ލަންޑަނަށް ވަޑައިގަންނަވާ. ކަންތައްކުރަން އެގޭމީހުން ދަރަނި މެނޭޖްކުރާގޮތް ފެނިދާނެ އޭރުން. ތިހައި ދެއްކުންތެރިކަން ބޮޑެއްނުކުރޭ އެމީހުން - ދަރަނި ނެގި މީހުން.

The name is already taken The name is available. Register?

ހުއްޓޭ ހިތާދޫ

10 August 2020

މިމީހުން އައިފަހުން އިހުސާސްވާނީ ދަރަނިވެރިކަން. މިމީހުން އައިފަހުން އިހުސާސްވަނީ އަޅުވެތިކަން. މިނިވަންކަން ގެއްލުނުކަމުގެ އިހްސާސް. ހިތާމައިގެ ކޮޅެއްނެތް.

The name is already taken The name is available. Register?

ހިލްޓަން

10 August 2020

ދޮގާއި މަކަރާއި އޮޅުވާލުމަކީ ބައެއްމީހުންނަ ވަރަށް ކުރާހިއްވާކަމެއް. ދަރާ ވާހަކަ ދައްކާއިރު މިހާރުވެސް މިޤައުމުގެ ފުރޮންޓުލައިނުގައި ތިއްބެވި ބޭފުޅުންނާމެދު ވިސްނާލިންތޯ އެބޭފުޅުން ކުރި ބުރަ މަސައްކަތް ނެތިކޮށްލި އިރު؟ އެބޭފުޅުންނަށް ހަމަނޭވާލާނެ ފުރުސަތު ނުދޭހާލު ބޭކާރު ކުރަމުން ތިޔަދަނީ ދިވެހިންގެ ފައިސާ.

The name is already taken The name is available. Register?

ކުޑަ އަންނި

10 August 2020

މަނިކުފާނު ހޭފުލުލެއްވުނީތޯ. ބިމިގައި ފައިޖެހުނީތޯ، ދެލޯ ތައްމިނައް އަދި ކިރިޔާތޯ ތި ހުޅުވުނީ، ކީއްކުރާނީދޯ، ހަމަ ހޭ އެރިއިރު ޤައުމު މިއޮތީ ދަރާވިކިފައި،

The name is already taken The name is available. Register?

ޢަބްދު

10 August 2020

އަދިވެސް އަވަސް އަރުވާލާފަ ގަޓުދައްކާފަ މަޖިލިސް ލޮކްޑައުންތެރޭ ހުޅުވާ މާލޭ އޭރިޔާ ކޮވިޑް ކޮންޓްރޯލް ނުވަނީސް ހުޅުވާލަން ޕްރެޝަރ ކޮށްހެދި ކަމުގެ ހިތި ނަތީޖާމިފެންނަނީ.

The name is already taken The name is available. Register?

ތެދުވެރިޔާ

10 August 2020

މިހާރު އެބުނީ ޝިޔާމް އެފައިސަ ދައްކައިފިޔޯ ދެން ދަރަނި ވެރި ނުވާނެނުން

The name is already taken The name is available. Register?

ޖަމަލު

10 August 2020

މޮޅު ކަމަކީ އިންޑިއާއަށް ވިއްޔާ ނުދަރާނެ.

The name is already taken The name is available. Register?

އަފްޣާނިސްތާނުގެހާމިދުކަރުޒާއީ

10 August 2020

އަދިވެސް އިހުސާސުތަކުެވެނީ. އަހަރެމެންނަށް ޔަގީންވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454