ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ސައީދު: އޭނާއަށް ސިޔާސީ މަގާމެއް ވަނީ ދެއްވާފައި--، ފޮޓޯ:ނިޝާން އަލީ/މިހާރު
11 އޯގަސްޓް 2020 - 15:14
ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް، ޕާކިސްތާނުގައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ދެއްވައިފި އެވެ.
ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރެއްވި ހަސަނަށް ސިޔާސީ މަގާމެއް ދެއްވިތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.
އޭނާއަކީ، ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސައީދުގެ އިތުރުން، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ވެސް ހައްޔަރުކުރި އެވެ.
ފުލުހަށް ހާޒިރުވާން އޭރު އެންގުމުން ހާޒިރުނުވި މައްސަލާގައި ހަސަންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އެ އަހަރުގެ ޖުލައި މަހު އިއްވި އެވެ. އެކަމަކު ހުކުމް ކުރުމުގެ ކުރިން އެ މައްސަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު، ހުކުމުގެ މުއްދަތު ޖަލުގައި ހޭދަކުރުމުން ނޮވެމްބަރު 5، 2018 ގައި އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.
ހަސަންގެ މައްޗަށް ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން އުފުލި އެވެ. އެކަމަކު އޮކްޓޯބަރު، 2018 ގައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު މުހައްމަދު
12 August 2020
ބަޢާވާތް ކާމިޔާބުވިނަމަ އެމްބެސެޑަރ ކަން ލިބުނީ. ނާކާމިޔާބުވީމަ ޑެޕިއުޓީކަން ތި ލިބުނީ
އޭނާ
12 August 2020
ކޯޓްތަކުގެ އެޑްމިނިސްޓްރޭޓަރުންގެ އަޑު ގަދަދުވަސްކޮޅެއް ވަޒީފާގެ ބިރުދެއްކުމާއި ވަކިކުރުމާއި އިންސާފު ނުލިބޭކަމަށް ހަޅޭލެވި މީހުން ކަމިޝަންހިސޯރުކޮށް ގާނޫނީ ވަކީލުންނަށް ވެސް ހުތުރު އަރުވާ ފިޔާތޮށި އެކަކުވެސް ވަޒީފާއަށް ނަގައިގެންނުވާނެކަމަށް ކަމިޝަނުގަ ކަމިޝަނާއި އެޖީ ގޮވާ ހެދުމަކީ ލަދުކަމެއް. މިކޮމެންޓް ޖަހައި ދޭތި
ފަތޮޅު
12 August 2020
ޢަރަބިކަނޑުގާދަ މާލިހިބަރުވަދުގާ ޖެހުނީޕާކިސްތާނާ ހަ މައިން އުތަ...... މާލަސްވެއްޖެ...
އުދުހޭ ކޮކާ
11 August 2020
މިހާރު މީނާގެ އިހްލާސްތެރި ކަމާމެދު އޮތް ސައްކު ޔަގީން ވީއެވެ. މިކަހަ މީހުން އަބަދުވެސް އުޅޭނީ މިހެނެވެ. ރައީސްއަށް މި ލިބިދޭ އާދަޔާ ހިލާފު ބާރެއްގެ ސަބަބުން އެކަށީގެން ނުވާމީހުންނަށް މަޤާމުތައް ލިބެއެވެ. މިކަން އިސްލާހުކޮށްގެން ނޫނީ ގައުމު ހަމަމަގަކަށް ނޭޅޭނެއެވެ. ފޮރިން މިނިސްޓްރީގެ މިހާރުވެސް އެތަކެއް އެކްޓިވިސްޓުންނެއް ޑިޕްލޮމެޓުންގެ ގޮތުގައި ހަރަކާތްތެރިވެއެވެ. ޑިޕްލޮމަސީއެއްކަން އެނގޭ އެކެއްވެސް ނެތެވެ. މީ ކިހާ ދެރަކަމެއް ހެއްޔެވެ.
ރޯޔަލްބަދަލުދޭގޮތް
11 August 2020
ކޮށްދިން ކަންކަމުގެ ބަދަލު ލިބުނީ ދޯ. ސްލޯ ސަރުކާރެއްވީމަ ތަންކޮޅެއް ލަސްވީ އެހެންނުން
ބޮދު
11 August 2020
ތަސްމީނުގެ އަންހެނުންނާ އެއްބަނޑު އެއްބަފާ އިތުރު 2 ބެންވެސް އެކި އެމްބަސީތަކުގަ، އެކަކު އެމެރިކާގަ، އަނެކަކު ޖަރުމަނުގަ އަނބިދަރިންނާއެކު. މިމީހުން ގައުމަށް ކޮށްދެނީ ކޮންކަމެއް ކަމެއް ނޭގެ. މިއީ އެމްބަސީތަކަށް ބޭނުމެއްނެއް މަގާމުތައް އައްޔަން ކުރުމުގެ ވަގުތެއްނޫން ކަން ނޭގޭނަމަ ގައުމެއްގަ ވެރިކަމެއް ނުކުރެވޭނެ!
ޢަލިއަ
11 August 2020
1 ފެބުރުވަރީ އަމުރުގެ އިނާމް ލިބުނީދޯ
ނިއުމަތު1
11 August 2020
ޖުޑީސަރީއަށް މުހިންމު މަސައްކަތްތެކއް ކޮށދެްވި ބޭފުޅެއް. އަޅުގަނޑުމެނަށް ކަންކަމުގައި މަގު ދެއްކެވި ބޭފުޅެއް. އުފާކޮށްފިން
ައާދަނުުު.
12 August 2020
ގާޒީންނާއި މެޖިސްޓްރޭޓުންނަށް ނުފޫޒު ފޯރުވުމުގައި އަމަލީ ގޮތުން ބައިވެރިވިމީހެކެވެ.
ސުމިތު
11 August 2020
ޔާމީނު ސަރުކާރުގައި ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގުޅިގެން މުޅި ޖުޑީޝަރީ ހިސޯރުކޮށް ބައެއް ފަނޑިޔާރުންނަށް ބިރުދައްކައި، ހަނު ހުރުމަށްއަންގާ ޖުޑީޝަލް އެކްޓިވިސްޓެއްގެ ގޮތުގައި އުޅުމުގެ ނަތީޖާއަކީ މިއަދު އެލިބުނު މަޤާމެވެ. ޤައުމު މީން ޒަމާނަކު އިސްލާހުވާކަށް ނެތެވެ. އިސްލާހު ކުރާކަށް ބަޔަކު ނެތެވެ.
ހުވާ
11 August 2020
އަދިވެސް ބޯކިބާ ބާޙާ ނުނިމޭތަ؟ ރައްޔިތުން މިއޮއްގެން ހަނާވަނީ. ބޭނުންނޫން މަގާމުތައް ހަދާފަ ރައްޓެހިންނަށް ބަހަނީ.
އުދުހޭ ކޮކާ
11 August 2020
ބޯކިބާ ބަހާ ނިމޭނެ އިރެއް އަންނާނެތަ. ފަޅާވަރަކަށް ކާން އަންނަ މީހުން ގިނަވާނެތާ. ފަޅާ މީހާ ފަޅާހާ ވާނީ