ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން

އަމީން މިއަދު މަޖިލީހުގައި: މި ހާލަތަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށް ވިދާޅުވި -- ފޮޓޯ/މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ހާލަތަށް ބޭނުންވާ މިންވަރުގެ ވަސީލަތްތައް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ވަސީލަތްތަކާ ބެހޭގޮތުން އަމީންއާ ސުވާލު ކުރައްވައިފަ އެވެ. އަދި ރާއްޖެއިން ބޭރުން ގެންނަން އޯޑަރު ދިން ވެންޓިލޭޓަރުތަކާ ބެހޭގޮތުން ވެސް ބައެއް މެމްބަރުން ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވަސީލަތްތައް ހިމެނޭ ނޭޝަނަލް ރިކުއަޔަމެންޓް ލިސްޓެއް ސަރުކާރުން އެކުލަވާލި ކަމަށާއި އެ ލިސްޓުގެ ތެރެއިން ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުންދިޔަ ކަމަށެވެ. އަދިވެސް ބައެއް ތަކެތި ލިބުމުގައި ދަތިިތަކެއް ހުރި ކަމަށާއި އެކަމަކު މި ވަގުތަށް ބޭނުންވާ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށް އަމީން ވިދާޅުވި އެވެ.

"ވެންޓިލޭޓަރު ހޯދުން ކަމަށް ވިޔަސް އަދި އެހެން ބައެއް ވަސީލަތްތައް ހޯދުން ކަމަށް ވިޔަސް، ހޯދުމުގައި ގޮންޖެހުންތައް ދިމާވި. މި ވަގުތު މިހާރު މި އޮތް ހާލަތަށް ބޭނުންވާ ވަސީލަތްތައް އެބަހުރި،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުގެ އިތުރުން މާސްކާއި ބޭސް ވެސް އެންމެ ފުރަތަމަ އޯޑަރު ދިން އަދަދަށް ލިބިފައެއް ނުވެ އެވެ. އަދި ބަޖެޓްގެ ދަތިތަކެއް ހުރި ކަމުގައި ވިޔަސް، މި ވަގުތު އިސްކަން ދެނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޯޑަރު ދިން ބައެއް ތަކެތި ނުލިބޭ ކަމަށް އަމީން ވިދާޅުވިއިރު، ޑުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ ތެރެއިން 45 ވެންޓިލޭޓަރު މިދިޔަ މެއި މަހު ލިބޭނެ ކަމަށް ސަރުކާރުން ފުރަތަމަ އިއުލާންކުރި އެވެ. އެކަމަކު އެ ތަކެތީގެ ޖުމްލަ އަގު ނުދައްކާތީ ކަމަށް ބުނެ އެ ތަކެތި އަދިވެސް ލިބޭ ގޮތެއް ނުވެ އެވެ. ސަރުކާރުން މިހާތަނަށް ވަނީ އެތަކެތި ގެންނަން 30 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވެ، ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެހެންވެ، ފިޔަވަޅުތައް ހަރުކަށި ކުރަން ވަނީ ފަށައިފަ އެވެ.

27 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 18%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަންނާޑި

12 August 2020

ވަސީލަތް ގިނަކަމުން ކޮވިޑް ޓެސްޓްކުރަން ގުޅަނީ މަރުވެގެން ވަޅުލާފަހުން

The name is already taken The name is available. Register?

ނަޝީދު.

12 August 2020

އެޖެންޑާ19ގަ ވީހާ ވައުދު ކޮބާ؟ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން ބުނިންތަ؟ ހުރިހާ އިންޕޯޓް ޑިއުޓީ ކަނޑާލަން ބުނިންތަ؟ އަނބިދަރިންގެ ހިސާބުތައް ހާމަކުރަން ބުނިންތަ؟ ހުޅުމާލެއާ ގުޅީފަޅުން ގޯތިދޭން ބުނިންތަ؟ އެލް.ޖީ.އޭ އޮވާލާ އަތޮޅާ ރަށުސަރުކާރަށް ބާރުތައް ބަހާލަން ބުނިންތަ؟ އިންޓަނެޓް އަގުހެޔޮކުރަން ބުނިންތަ؟ ކޮމިޝަންތަކެއް ހަދާ ތަހުގީގުތަކެއް ހާމަކުރަން ބުނިންތަ؟ ވަޒީފާ ގެއްލުވާލިމީހުންނަށް ވަޒީފާ ދޭން ބުނިންތަ؟ ހައްގުމިންވަރު ބާ މިފެންނަނީ؟!؟

The name is already taken The name is available. Register?

ކުޅޭކުޅޭ

12 August 2020

ވަސީލަތްތަކަށްވެސް ކެތް ކުރެވޭނީ ނަޝީދުއާއި އަދުރޭ ދައްކާ މަގުން ނުހިގީމަ. ދިވެހި ރައްޔިތުން ވިސްނާ!

The name is already taken The name is available. Register?

މުރޭ

12 August 2020

ފާއިތުވި 5 މަސް ދުވަހު ސިއްހީ ހިދުމަތްތެރިން ބުނަމުން ދިޔައީ ކިތަމެ ވަސީލަތެއް ހުއްޓަސް ވަކި ވަރަކަށް ވުރެ ކޭސްތައް ގިނަވެއްޖެ ނަމަ ސިސްޓަމަށް ނުކަތާނެ ވާހަކަ. އަދި ކޭސްތައް މަދު ކުރުމަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުނިކުތުމަށާއި، ނިކުންނަ ނަމަ މާސްކު އެޅުމަށާއި، ގައި ދުރުކަން ބެހެއްޓުމަށް. އެކަމަކު ނަޝީދުފަދަ އުޅުމެއް ގޮތެއް ފޮތެއް ނެތް މީހުންގެ ސަބަބުން އަދަދުތައް އިތުރުވެ ސިސްޓަމަށް އޮބިނޯންނަވަރުވެސް ވެދާނެ. އެކަން އެހެން ވާން ނަޝީދު ބޭނުންވަނީ.

The name is already taken The name is available. Register?

ޖުމްލަ ނަތީޖާ

12 August 2020

ހެލްތު މިނިސްޓަރު: އޭ ރިޕޯޓް، ނަޝީދު: އެފް ރިޕޯޓް

The name is already taken The name is available. Register?

ޒައިދު

12 August 2020

ވަސީލަތް އެބަހުއްޓޭ ކިޔާނެ ކަމެއް ނެތް. ވެންޓިލޭޓަރޭ ކިޔާފައި ރައްޔިތުންގެ ފައިސާ މިލިއަނުން ބަޔަކަށް ބަހާލާފައި. ލިބުނު ވެންޓިލޭޓަރެއް ނެތް. މިހެން ބުނާއިރަށް އަމީނުގެ މައުތުޕީސްތައް ބުނާނެ ވެންޓިލޭޓަރ ނެތިގެން މީހަކު މަރުވިހޭ. ބަލަ މީހުން މަރުވި ވާހަކައެއް ނޫން މި ދައްކަނީ. މިދައްކަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ ވާހަކަ. އޭގެ ލިޔެކިޔުންތައް ހާމަކުރަން ފަސްޖެހޭ ވާހަކަ. ބޮޑުތަނުން ފޭލު.

The name is already taken The name is available. Register?

ދޮގުވެޑި

12 August 2020

ލާރި ނެގި ނަމަ އެ ގެންނަ ވާހަކަ ނުދައްކާނެދޯ؟ އަބަދު ރައްޔިތުންނަށް އޮޅުވާލާ ރޯ ބުހުތާން ދޮގު ހަދައިގެން މީހުންގެ އަގު ވައްޓާލަން ނޫޅެބަލަ.

The name is already taken The name is available. Register?

ބިސްބެ

12 August 2020

މުޒާހަރާ ކުރޭ. އޭރުން ކަލޭވެސް ވެންޓިލޭޓަރާ ގުޅަން ޖެހޭނީ

The name is already taken The name is available. Register?

މުދިމުބެ

12 August 2020

ހެލްތު މިސްރާބު ހިފާފައި ހުރީ އިންގިލާބީ ބަދަލަކާ ދިމާއަށްކަން ކަށަވަރުވޭ ފާއިތުވި އެއް އަަހަރުތެެރޭ އައިސްފައިވާ ކުރިއެރުން. ޕާޓީ މީހާ ނުވެގެން ނަޝީދު ކޮންމެ އެއްޗެއް ކިޔަސް މިނިސްޓަރ އަމީންގެ މަސައްކަތް ފުރިހަމަ.

The name is already taken The name is available. Register?

މާހަލްދީބް

12 August 2020

އަ މީނޫ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައު މަކަށްވާއިރު ރާއްޖޭގެ ހުރިހާ ހޮސްޕިޓާތަކުން ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާ މް ހަ މަޖައްސަންޖެހޭ؟ މިހާރުވެސް ދުވާލަކު ފުރަންޖެހޭ 200 ޕަސެންޖަރުންގެ ޓެސް ނެހެދިގެން ތިޔާ އުޅުއްވަނީ. ދެންކިހިނެއް ޓޫރިސްޓް އެރައިވަލް އިތުރުކުރާނީ.

The name is already taken The name is available. Register?

ބުހުތާންޓައްޕު

12 August 2020

މިއީ ދުނިޔޭގެ ކޮން ފަޅިއެއްގައި އުޅޭ މީހެއް؟ ދުނިޔޭގެ ކޮން ގައުމެއްގައި ހުރިހާ ހޮސްޕިޓަލަކުން ކޮވިޑް ޓެސްޓު ކުރަނީ؟ އެނގޭތަ ޕީސީއާރު މެޝިނެއް ލިބޭ އަގު؟ އެނގޭތަ އަދި މެޝިނެއް ލިބުނަސް އެ އޮޕަރޭޓް ކުރަންވެސް މީހުން ޓްރެއިން ކުރަން ޖެހޭކަން؟ އަމީނޭ އަމީނޭ ކިޔާއިރު މި އުޅެނީ މި ރާއްޖޭގައި ތިބި މަހުޖަނު ރިޒޯޓު އޯނަރުންނަަށްވެސް އޭގެ މެޝިނެއް ގެންނަން ނުކެރިގެން!

ވާނުވާ ނޭނގޭ އެދުރުން

12 August 2020

ކޮސްނުގޮވާ، ރާއްޖޭގެ 5 ސަރަހައްދެއްގައި ކޮވިޑް ސެންޓަރުތައް ގާއިމު ކޮށްދީ އެތަން ތަނުން ޓެސްޓު ކުރެވޭ ގޮތް ހަދައިދީފައި ހުންނާނީ މިހާރުވެސް.

The name is already taken The name is available. Register?

އަހުމަދު321

12 August 2020

ޕީސީއާރު މެޝިނެއްގެ އަގަކީ 20 ـ30 ހީސް ޑޮލަރު ކޮވިޑްގެ ނަމުގައި އެތައް ބިލިއަނެއް ޚަރަދު ކުރިއިރު ރާއްޖޭގެ ކޮންމެ އަތޮޅަކުން ޓެސްޓް ހަދާނުލެވޭ. އެޓެސްޓް ހެދުމައް ސާމްޕަލްތައް އުފުލުމައް ޓްރާންސްޕޯޓައް އެތައް މިލިއަނެއް ޚަރަދުކޮށްފި. މީހުންނަށް ޓްރޭނިންދެވޭނެ ހަފްތާއަކުންވެސް. މިހާރު ދުވާލަކު 200 ޓޫރިސްޓުންގެ ޓެސްޓު ނަތީޖާ ނުހޯދިގެން މިއުޅެނީ. ދެން ކިނެއް ދުވާލަކު 5000 ޓޫރިސްޓުން ފުރުވާނީ.

The name is already taken The name is available. Register?

އަދުރޭމޭން

12 August 2020

ރަނގަޅު. ޖަވާބު ދީފައި ބަހައްޓާ. ދިފާއުވުމުގެ ހައްގަކީ ނަޝީދަކަށް ނިގުޅައިގަނެވޭނެ އެއްޗެއް ނޫން، އެއީ ޤާނުނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ހައްގެއް. ހުދުމުހްތާރު ވެގެންގޮސް މިހާރު ހުރެވޭ ނުހުރެވޭ ހިސާބު ނޭނގޭ މީހެއް ނަޝީދަކީ.

The name is already taken The name is available. Register?

ހަކީމް

12 August 2020

އެއި ތެދެއް ވަސީލަތް އެބަހުރި ... ހަތަރު ފަސް ދުވަސް ވާއިރުވެސް ޓެސްޓުގެ ނަތީޖާ އެއް ނުލިބޭ.

The name is already taken The name is available. Register?

ޢެޗް އާރު

12 August 2020

ޥަސީލަތް ހުއްޓަސް ޓްރޭންޑް މީހުން ވެސް ބޭނުން ވާނެ.... އެއީ ގަނެވެން ހުރި ވަސީލަތެއް ނޫން.

The name is already taken The name is available. Register?

މާހަލްދީބް

12 August 2020

އެޗްއާރު ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގަވެސް ލެބެއްހުރޭ. އެކަމަކު ކޮވިޑަށް ޓެސްޓެއް ނުކުރެވޭ. ޕީސީއާރ ޓެސްޓެއް ނެހެދޭ އެތަންތާތިބި ޓެކްނީޝަނުންނަށް އޮންލައިންކޮށްވެސް ތިޔަ ޓްރޭނިން ދެވިދާނެ 1 ހަފްތާއިންވެސް؟ މުޅިރާއްޖެއިން ދުވާލަކު 5000 ޓޫރިސްޓުން ޓެސްޓް ހަދައިގެން ފުރުވޭވަރަށް ވަސީލައް މުޅިރާއްޖޭގަ ގާއިމް ކުރަންޖެހޭ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކުން ޓެސްޓް ހެދެންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454