އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނަޝީދާއި ފައްޔާޒު އަދި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް.---ފައިލް ފޮޓޯ: މިހާރު
12 އޯގަސްޓް 2020 - 20:43
ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަން އިން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ފައްޓާފައިވާ މަސައްކަތްޕުޅާ ދެކޮޅަށް ކުރި ޓުވީޓުތަކެއްގައި ޓްރޭޑް ޔުނިއަނުން ބުނީ، މި ނާޒުކު ވަގުތު އެކަން ކުރުމަކީ ރާއްޖޭގެ އިގުތިސާދަށް އެންމެ ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ.
އެ ޔުނިއަނުން ބުނިގޮތުގައި، އިގުތިސާދީ ގޮތުން މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން މިހާރު ކުރާ މަސައްކަތްތައް ވަޅުޖެހިޔަ ނުދިނުމަކީ އެ ޖަމާއަތުގެ އިލްތިމާސެކެވެ.
"އަދި މި މަސައްކަތް ކާމިޔާބު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކަށް މި ޔުނިއަންގެ ފުރިހަމަ ތާއީދު އޮތް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން،" ޓްރޭޑް ޔުނިއަންގެ ޓުވީޓުގައި ވެ އެވެ.
Mi naazuku dhandivalhuga Economic Minister magaamun dhuru kurumakee gaumuge economy ah emme faidhaa huri gotheh noon. Adhi investor confidence ah neydhey asaru kuraane kameh.
— Maldives Trade Union (@MTradeUnion) August 12, 2020
Raajjeyge igthisaadhee misraab mi vaguthu huree ragalhah kamah mi Union in gaboolu kuran. (1/3)
ޓްރޭޑް ޔުނިއަންގެ ޓުވީޓު
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މެމްބަރުންގެ ސޮއި ހޯއްދެވުމުގައި އިސްކޮށް ހުންނެވީ ނަޝީދެވެ. މިހާތަނަށް ވިއްސަށް ވުރެ ގިނަ މެމްބަރުން ސޮއި ކުރައްވާފައިވާއިރު، ސޮއި ހޯއްދެއްވުމުގައި އަމަލީ ގޮތުން އުޅުއްވަނީ އެ މަނިކުފާނެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި އެންމެ ފުރަތަމަ ވެސް ސޮއިކުރެއްވީ ނަޝީދެވެ. އެކަމަކު، ފައްޔާޒާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުންގެ ސޮއި ހޯއްދަވަން ނަޝީދު އެހެން މެމްބަރުންގެ އަރިހަށް ވަޑައިގެން "އާދޭސް" ދަންނަވަން ފެށީ އެ ކަން ފުރަތަމަ ހަވާލުކުރި، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މެމްބަރަށް އެއްބާލުން ނުދެއްވުމުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.
ފައްޔާޒާ ދެކޮޅަށް ނަޝީދު ކުރައްވާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ވަނީ ފާޅުގައި ނުކުމެ އަޑު އުފުލަން ފައްޓަވައިފަ އެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ 87 މެމްބަރުން ހިމެނޭ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުލާމް
15 August 2020
ރާއްޖެ އަށް ކިތަންމެ ބޮޑުގެއްލުމެއް ލިބުނަސް ކޮންމެ ކަމެއް ކޮށްގެންވެސް ބޭނުމީ ވެރިކަން.
ސޭ ނޯ ޓް ނަޝީދު
13 August 2020
ނަޝީދަކީ ދިވެހިރާއްޖެއާއި އެމް.ޑީ.ޕީ ގެ ވެސް ހަލާކު. އެންމެން ނަޝީދަށް ނޫނެކޭ ބުނަންވީ ދުވަސް އަތުވެއްޖެ!
އުމަރުބެ
13 August 2020
ވޯޓްނަގަންވީމަ މަޖިލިހުގެ މެންބަރުންނަށް އެނގޭނެ، އަދި ވަޒީރު ފޮނުވާފައިވާ ޕާޓީއަށްވެސް އެނގޭނެ، ރައްޔިތުންނަށް އެނގޭނެ، ސަރުކާރު ހިނަގަން އެބަޖެހޭ، މިހާރު ސަރުކާރު އޮތީ ވަރަށް ސްލޯކޮށް، ކެބިނެޓުގެ ޕާފޯމަންސް ވަރަށް ދަށްކަމަށް ބެލެވެނީ، އެމްޑީޕީގެ މިނިސްޓަރަކު ބަދަލުކުރަންވީމަ އެމްޑީޕީން އެކަން ނިންމުން އެއީ މައްސަލައަކަށް ވެގެންނުވާނެ
ސައިމާ
13 August 2020
ރޫހާނީ ލީޑަރުގެ ގަޑުބަޑު ފެށުނީ. ޖުޑިޝަރީއަށް އަތްބާނައިފި. މަޖިލިސް ހިންގުން ގަޑުބަޑުކޮށްފި. ދެން މިހާރު އެއުޅެނީ ސަރުކާރު ފަނިކޮށްލަން. މިފަހަރު ކޮން "ފަންޏެއް"ބާ އަޅުވާނީ؟ ބޮޑުވަޒީރަށް ވާން އުޅުނަސް ބޮޑުވަރު. ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމިކަމެއް. އެކަން އެނޫންގޮތަކަށް ބަދަލުވެގެން ނުވާނެ. ރައްޔިތުން ބަރުލަމާނީ އިޚްތިޔާރުކުރިޔަސް، އިސްތިއުފާދިން ރައީސް ނަޝީދަކީ ބޮޑުވަޒީރަކަށް ކުފޫހަމަވާ މީހެއްނޫން. #ފޭލްވިރައީސް
ސަރުކާނު
13 August 2020
އެމްޑީޕީއަށް ވޯޓްދިން މީހުން ދެން އަތްޖަހާ. ފައިތަޅާ. ރޫޙަނީ ލީޑަރާ ޖެހި ތި ނިމެނީ. ހަހަހަ. އެމްޑީޕީއަށް ހީވަނީ ނަޝީދު ކޮންމެ އެއްޗެއް ބުންޏަސް އެބުނަނީ ހަމަ ޑިމޮކްރެޓިކްކޮންނޭތަ؟ އޭނަޔަކީ ޑިމޮކްރަސީގެ ވާހަކަ ދައްކާ އެންމެ ޚުދުމުޚުތާރު މީހާ. އޭނަގެ ފައިދާނަގާ މިތަން ހަލާކުކުރަންވެގެން ބޭރުގެ ފަރާތްތަކުން އޭނަގެ ބޭނުންހިފަނީ. ބިތުފަންގި ނެގީމަ އެގޭނެ ކެޔޮކައިފަހުރީ ކިހާވަރަކަށް ކަމާ ކޮންކަހަލަ ކޭލެއް ކަމެއް. ޔާﷲ. ޢަލަމެން ރައްކާތެރި ކުރައްވާދޭވެ. އާމީން
ސަމަރޭ
13 August 2020
ސީދާ ނަޝީދު އައިސް ސޮއިކޮށްދެއްވަން ވިދާޅުވީމާ ގޮތް ހުސްވެ ސޮއިކުރި މެމްބަރުންނަށް ހަމަ އެންމެ ސުވާލެއް.. ދާއިރާގެ ރައްޔިތުން ނިކުމެގެން ތި މެމްބަރުން ހޮވަން ރެއާެއި ދުވާލު މަސައްކަތްކޮށް އާއިލާތަކާ އެކުވެރިންނާއި މޫނުކެނޑި ވަޒީފާތަކަށް ސަލާމްބުނެ ބޮޑެތި ކިއޫތައް ހަދައިގެން ވާރެއާ އަވީގައި ތިބެގެން ވޯޓުލާ ހޮވާދިނީ ބޮޑު މުސާރަ އާއި ދެންވެސް ލިބެން ހުރި ލަގްޒަރީއަކާ އެއްކޮށް ނަޝީދު ބުނާހާ ގޮތެއް ހަދާކަށް ނޫން. ރައްޔިތުންގެ މަޖިލީހުގައި ކުރާނީ ގައުމާއި ރައްޔިތުންގެ ލާބައަށްކުރާ މަސައްކަތް. މެމްބަރުންނަކީ އެކަންކަމަށް ބާރުދީ ކަންކަން ތަންފީޒުކޮށްދޭން ތިބޭ ރައްޔިތުންގެ ހާދިމުން. ނަޝީދު ހޮވާފަތިބި ނަޝީދުގެ އަޅުންނެއް ނޫން. ކަލޭމެން ނުޖެހޭނެ އޭނަގެ އެދުންވެރިކަން ފުއްދަން ސައުވީސް ގަޑިއިރު އޭނަ ފަހަތުން އޭނަ އެދޭހާކަމެއް ކުރަމުން ދުވާކަށް. އަވަހޭ މި ހުރިހާ ކަމެއް ހަނދާންނެތޭލެއް. ނަޝީދަކީ މިހާރު މާޒީ ކިތަންމެ ތަންތަނަށް އަނގަލަމުން ތިމާވަރުގެ މީހަކު ނެތިގެން އުޅުނަސް. 90% މީިހުން ޔާމީނަށް ނުކުރާ ނަފްރަތު ނަޝިދަށް މިހާރު ކުރޭ އޭނަ އުޅޭ ގޮތުން. ހުދު އެމް.ޑީ.ޕީގެ ގިނަ މެމްބަރުންވެސް ހިތްހަމަނުޖެހޭ މިހާރު.. ކަމެއް ކުރަންޏާ ރައީސް އިބޫގެ ފަހަތުގަ އެހީ ފޯރުކޮށްދޭން ތިބެވޭތޯ ބަލާ ނަޝީދު ދޫކޮށްލާފަ.
އަލިބެގެ
13 August 2020
ފައްޔާޒަމީ ބޭރުކުރަންލަސްވެފަ ހުރިމީހެއް. ބޭރުންއަންނަ އިންވެސްޓްރުން މީނައަށް ބައިނާޅާ އެއްވެސްކަމެއް ވާކަމަކަށްނުވޭ. މިނިސްޓަރކަން ލިބުނު ފުރަތަމަ މަހު އަމިއްލަކުންފުނި ބިގް އަށް 78 މިިއަން ރުފުޔާ ނެގީ. ރައްޔިތުންގެ އިތުބާރުއޮންނާނެތަ އެގޮތަށް ކަންކަންކުރީމަ.
އަލްމާ
13 August 2020
ނަޝީދު ހުތުރުބަހުން ނަމަ އަންނި އަކީ މި ޤައުމަށް ޖެހިފައިވާ ވައިރަސް އެއް
ޖަރީމާ
13 August 2020
ރައީސް ނަޝީދު އަކީ މި ގައުމަށް ގައްދާރެއްކަން އެމްޑީޕީ ކުދިންނަށް ވިސްނޭނެ ދުވަހެއް ނާންނާނެ. އޭނާއަށް އަޅުކަން ނުކޮށް ފިއްޔާމު ރަގަޅު.
ހެހެހެ
13 August 2020
ކޮބާތަ ތިޔަ ބޭފުޅުންގެ ފުއާދު ޒާހިރު؟ އޭނާ ޖަލުން ދޫކޮށްލާފިތަ؟