ޚަބަރު / ރައްޔިތުންގެ މަޖިލިސް

ފައްޔާޒު ވަކި ކުރުމުގެ މައްސަލާގައި ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް، މަޖިލީހަކަށް ނާދޭ: ނަޝީދު

ނަޝީދު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ފައްޔާޒް ވަކި ކުރުމުގެ މައްސަލާގައި ހިނގަނީ އެމްޑީޕީގެ އެތެރޭގެ ކަންތައްތަކެއް ކަމަށް ވިދާޅުވި -- މިހާރު ފޮޓޯ/ނިޝާން އަލީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ހިނގަމުން ދަނީ އެމްޑީޕީގެ އެތެރޭގައި ކަންތައްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު އިސްވެ ހުންނަވައިިގެން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ސޮއިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ، އޭނާ ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުގައި މިވަގުތު ނުހިނގާ ކަމަށާއި އެކަމަކު އެކިއެކި ވަޒީރުންނާ ގުޅޭ ކަންކަން އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ހިނގަމުންދާ ކަމަށެވެ. އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުމަކީ އެ ޕާޓީން އަބަދުވެސް އެންމެ ބޮޑަށް މަސައްކަތް ކުރާ ކަންކަން ކަމަށާއި އެކަމާ ގުޅިގެން އެމްޑީޕީން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެއްވެސް ބޭފުޅަކު ސޮއި ކުރައްވާފައެއް ނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެއް ބޭފުޅަކު ކުރައްވަންޖެހޭ ކަމެއް އަނެއް ބޭފުޅަކު ވިދާޅުވެ ދެއްވަންޖެހޭ ދެ ބޭފުޅުން ނޫން ކަމަށެވެ. އެ ދެ ބޭފުޅުން ކަންކަން ކުރައްވާނީ އެއީ ކޮން ކަމެއްކަން ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ މީހުންނަކީ އެކަކު އަނެކަކު ގާތުގައި ކަންކަން ހުއްޓާށާއި ކަންކަން ފަށަން ބުނަން ޖެހޭ ދެ މީހުންނެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި ވެސް ނަޝީދާއި ފައްޔާޒާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނާ ވެސް ރައީސް ވަކިވަކިން ބައްދަލު ކުރެއްވި އެވެ.

44 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 1%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަމީހު

10 October 2020

ވަކި މީހަކު ބުނާ ގޮތް ނޫން ގޮތަކަށް ވިސްނުމުގެ ބާރު ގެއްލިއްޖެ ނަމަ ގިނައިން ސޫރަތުލް އިހްލާސް ކިޔަވާށެވެ. ބުއްދި އަށް މިނިވަންކަން ލިބޭނެ

The name is already taken The name is available. Register?

ރ.ފައިނުސޮރު

08 October 2020

ނަސީދު އުޅެއުޅެ 25 ސޮއި ހަމަނުވި ، ވީމާ އަސްލުސައިޒު މިހާރު ހާމަވީ ، ރިޔާސަތުގަ އިނދެ ބޮޑުވާހަކަ ދެއްކިޔަސް ބާރެއްނެތްކަން ހާމަވީ!!!

The name is already taken The name is available. Register?

. ޥެދުން

08 October 2020

މާތްﷲ ގެ ޙަޟްރަތަށް ހަމްދުކުރަން . ރާއްޖޭގެ ސިޔާސީ މައިދާނުގައި ސެކިއުލަރިޒަމުގެ ފަލްސަފާ އަށާއި އިންޑިއާގެ ބަވަނަކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ނާކާމިޔާބީއެއް!

The name is already taken The name is available. Register?

ބޮލި

08 October 2020

ފައްޔާޒު ބޭރުކުރަންޖެހޭ.

The name is already taken The name is available. Register?

ގޮތްކު

08 October 2020

މުނާފިގު އިޔަހޫދީ ސިފަތައް ފަލަސްތީނަށް ވަނުމަށް ޔަހޫދީންނަށް އަﷲ އަމުރުފުޅުކުރެއްވީ ޙިއްޠަތުން ކިޔައިގެން ގުދުވެގެންވާ ހާލު ވަނުމަށް. އެކަމަކު އެބައިމީހުން އެ ބަދަލުކޮށް ގެން އެތަނަށްވަނީ. ނަޝީދަކީވެސް އެކަހަލަ މީހެއް. އިއްޔެ މެންދުރު ވީކަމެއް އޭނާ ފައްޔާޒުވަކިކުރަން މަޖިލީހަށް ހުށަހަޅަން ތައްޔާރުވިކަން. އެކަމަކު މިއަދު އެކަން އޮޅުވާލީ ޔަހޫދީންހާ މޮޅުކޮށް. ނަޝީދަކީ ދޮގެއް ހެދެން އޮށްވަ ތެދެއްހަދާނެ މީހެއްނޫން.

The name is already taken The name is available. Register?

ސަލާން ބެއްޔާ

08 October 2020

ފަޔާ އާ ކުޅެންއުޅެ ، ބޮޑުތަނުން ބަލިވެ ، ފައިބުޑައް ސައިވެ ، ވެލިފަރިއްކުޅުއްވުނީމާ ، ނަސީދު ދެން އަންގަ ހާވަނީ.

The name is already taken The name is available. Register?

ޙއލީ01335

08 October 2020

ހިތަދޫ 8268 7783 16051 މަރަދޫ 1876 1793 3669 މަރަދޫފޭދޫ 927 907 1834 ފޭދޫ 2854 2719 5573 ހުޅުދޫ 1917 1783 3700 މީދޫ 1523 1471 2994 ޖުމްލަ 17365 16456 33821 ( އެންމެ ފަހުން އަޕްޑޭޓް ކުރެވިފައިވަނީ 25/07/2019 ގައި )

The name is already taken The name is available. Register?

ާަ އަހުމަދު0009999

08 October 2020

ހަބީބާ ހަދާން ނެތި އައްޑޫ ގެ އާބާދީ ނުހިމަނާ އަހަރެން ގެ ހިޔާލަށް ޖަވާބު ތިދިނީ . ހުވަދޫ . ފޯއްމުލައް . އައްޑޫ . މި އަތޮޅު ތަކަކީ ގަބޫލުކުރިޔަސް ނުކުރިޔަސް ދިވެހި ރާއްޖޭގެ ވޯޓު ކޮންޓުރޯލު ކުރާ ބިޔަ ބޮޑު ވިސްނުންތެރި އާބާދީ . .

The name is already taken The name is available. Register?

ދޮން ދީނި

08 October 2020

ފަޔާ ބުނަން، ތިޔަހުރީ އެއްޗެއް ހަމަ ރަނގަޅަށް އަވަލާފަ. ރިޔާސީ އިންތިޚާބުގައި ޕާޓީއަށްޓަކައި އަންނި އެއްކައިރިޔަށް ޖެހެން ފަޔާ ކުރި މަސައްކަތް އެކަލޭގެ އުމުރަށްވެސް ހިތުގައި އަޅާފައި ބާއްވާނެ.

The name is already taken The name is available. Register?

ކޮރަލް

08 October 2020

މަޖްލީހައް ކުރިމަތިލީ އިރު ވޯޓް ހޯދަން ކަންމަތި ތަކުގަ ސައިޕާޓީ ބާއްވާ ބައްދަލު ވުންތައް ބޭއްވި އެވެ. މިހާރު ފޯނެއް ނުނގަ އެވެ. ބައްދަލެއް ނުވެ އެވެ. ދާއިރާ އާ ގުޅޭ ކަންކަމާ ވާހަކަ ދެއްކޭނެ ގޮތެއް ނެތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454