އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ މިރޭ ނޫސްވެރިންނާ އޮންލައިންކޮށް ވާހަކަ ދައްކަވަނީ.
13 އޯގަސްޓް 2020 - 00:25
ކޮވިޑް-19 ގައި އިއްޔެ ފިރިހެނަކު މަރުވިފަހުން އައިސޮލޭޝަނަށް ގެންދަން ގުޅި މައްސަލައިގައި އާއިލާގެ ކިބައިން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ މައާފަށް އެދިއްޖެ އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިން ފައްޓަވައި ވާހަކަދައްކަވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 67 އަހަރުގެ އެ މީހާ މަރުވިތާ ބައިގަޑިއިރު ފަހުން އައިސޮލޭޝަނަށް ގެންދަން ގުޅުނީ، އުމުރުން ދުވަސްވީ މީހުން އައިސޮލޭޓްކުރަން އިސްކަންދޭ ލިސްޓަށް ބަލައިގެން މަސައްކަތް ކުރުމުން ކަމަށެވެ. އޭރު އޭނާ އޮތީ، އައިޖީއެމްއެޗުގައި ނޫންކަމެއް ނޭނގޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"މި ޕޭޝަންޓް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އޭގެ ކުރީ ދުވަހު. އަދި އޭނަ ނިޔާވި ފަހުން އައިސޮލޭޓްކުރަން މިކޮޅުގެ ޓީމުން ވަނީ ގުޅާފައި. އެކަން އެގޮތަށް ހިނގާފައި ވާތީ ފުރަތަމަ ކަމަކަށް އާއިލާގެ ފަރާތުން އަޅުގަނޑުމެން ހަމަ ނިހާޔަތަށް މައާފަށް އެދެން،" ނަޒްލާ ވިދާޅުވި އެވެ.
You guys called in to take my uncle to isolation while his son was doing his duty to burry him. When your communication fails this badly how do you expect the community to support either of you. This is a shame.
— Hussain Shahid (@Huxain_Chahid) August 11, 2020
ނަޒްލާ ވިދާޅުވީ އައިޖީއެމްއެޗުގައި ބާއްވައިގެން ޓެސްޓުކޮށްފިނަމަ ސިސްޓަމުން އެކަން އެނގޭނެ ގޮތް ހަދައި އެ ސިސްޓަމް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އޭނާ ވަނީ އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"މިކަހަލަ ކަމެއް ތަކުރާރުނުވާނެ ގޮތަށް އިންތިޒާމްތައް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑާއި އަދި އަޅުގަނޑުގެ ޓީމުން ދެން،" ނަޒްލާ ވިދާޅުވި އެވެ.
މަރުވި މީހާއަކީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓުކޮށް، ޖެހިގެން އައި ބުދަ ދުވަހު ނަތީޖާ ލިބުނުއިރު ޓެސްޓު ނެގެޓިވް ވެފައިވާ މީހެކެވެ. އެކަމަކު ފަހުން ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް، ކޮވިޑް ޓެސްޓު ކުރިއިރު ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެމެކްޝް
13 August 2020
ކަންކަމުގެ ގާބިލްކަމެއް ނެތުނީމައި ވާނީ އެހެން ، ލުބުނާނުގެ ރައީސް ވެސް މާއާފަށް އެގައުމުގެ ރައްޔިތުންގެ ކިބައިން އެދުނު ، ނަމަވެސް ސަލާމާތީގޮތުން ކަންކަން ހަރުދަނާ ވިނަމަ އެވަރުގެ ގެއްލުމެއް ނުފެނުނީސް
Skyisnotthelimit
13 August 2020
މާއާފަށް އެދުމަކީ ހުރިހާކަމެއްގެ ހައްލެއްނޫން، މިއަށްވުރެން ރަނގަޅަށް ކަންކަން ކުރެވެންޖެހޭ. ގޭ ގައި ހަރުކޮށްފައި ހުންނަ މޮނިޓަރިންގެ ނޯޓިސް ނުނައްޓާރ 2 މަސްދުވަހު ބަހައްޓާފައި އެޗް.ޕީ.އޭ އިން ގެ މޮނިޓަރިންގައި ހުރިކަމަށް އެކި ފަހަރު މަތިން އަންގާފައި މޮނިޓަރިންނުން ނެގި ކަމުގެ ލިޔުން ހޯދުމަށް އެދުމުން، ގެމޮނިޓަރިންގައި ބެހެއްޓީ 2 ދުވަހު ގަމުގައި ބުނުމުން ހުރިގާ ގެއްލުމެއް ރައްޔިތު މީހާއާއަށް، މުސާރައިން ކެނޑުމުން ދާނެ ތަނެއް ނެތް. ކޮބާ އިންސާފް
ހުތާ
13 August 2020
މިފަކަންކަމުގައި މިސްޓޭކްތައްވެސް ހެދޭނެއެވެ. އަދި ޓެސްޓު ކުރަން ބޭނުންކުރަނީ މެޝިންތަކެއްކަމަށްވާތީ މެޝިންތައްވެސް ބައެއްފަހަރު ބޯގޮވާނެއެވެ. ނެގެޓިވްވާ ހުރިހާ މީހުންގެ އިތުރު ޓެސްޓެއް ކުރުން އެއީވެސް ކުރަން ފަސޭހަކަންކަމެއް ނޫނެވެ. އެހެންނަމަވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވްވީކަމުގައި ވިއަސް އަލާމާތްތައް ފެންނަ މީހުންގެ އިތުރު ޓެސްޓެއް ހެދޭނެ ގޮތެއް ވަކިއިންތިޒާމެއްގެ ދަށުން ހެދުން އެއީ ރަނގަޅުކަމެއްކަމަށް ދެކެމެވެ. ޑޮކްޓަރުގެ ޓީމަށް ސެލިއުޓު ކުރަން.
ތިއީރަނަގަޅުގޮތް
13 August 2020
ކޮވިޑް ގެ މަސައްކަތް މިއަހަރު ފެށުނީއްސުރެން ޞިއްޙީ ދާއިރާއާއި އެހެނިހެން އިދާރާތަކުން އަދި އެތަކެއް ހެޔޮއެދޭ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއެކު ކުރަމުން ގެންދަނީ ތަޢުރީފުކުރުން ޙައްޤުވާފަދަ ބުރަކޮށް އެބައިމީހުންގެ އަމިއްލަ ޢާއިލާތަކާ ދުރުގަ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމތަކަށްވެސް އޮބިނޯވެގެންދާފަދަ، އެހާފަސޭހައިން އވަހަށް ފެތުރޭ މިބަލިން އަރައިގަތުމަށް ކުރާމަސައްކަތަށް ހިތަވަރުދެމާ. ބައެއްފަހަރު ކަންކަން އަތްދަށުންދޫވެދާނެ
ގަޓް ބްރޯ
13 August 2020
މިކަހަލަ ކަމެއް އަތްދަށުން ދިޔައަސް ކޮވިޑް ގެ ކޭސްތައް ރިޕޯޓް ކުރުމުގަ ރާއްޖޭން ގެންގުޅޭ މިންގަނޑަކީ މުޅި ދުނިޔެއަށްވެސް މިސާލެއް. އެއީ ކޮވިޑް ރޯގާ ރާއްޖޭން ފެނުނުތާ ކުރީކޮޅުވެސް ކޭސްތައް ރިޕޯޓް ކުރަމުންދިއައީ ދާދި އެއް މިންގަނޑެއްގަ. އެއަށްފަހު ލޮކްޑައުން އަށް ލުއިތައް ދިންފަހުންވެސް ދާދި އެއް މިންގަނޑެއްގަ. ބަޔަކު ޝައްކު ކުރިޔަސް މިއީ ދުނިޔޭގަ ސިއްހީ ގޮތުން އެންމެ ކުރިއަރާފަވާ ގައުމުތަކަށްވެސް ކޮވިޑް އާ ގުޅިގެން ހާސިލްކުރެވުނު ކާމިޔާބީއެއްނޫން
ލާމަސީލު
13 August 2020
ތިއީ ސަރުކާރާ ރައްޔިތުން ޖައްސަންވެގެން ބަޔަކު ރާވައިގެން ހިންގާ ކަންކަމުގެ ތެރެއިން ކަމެއް. ސަރުކާރުން މިކަމަށް ލޯހުޅުވާ މިކަަލަ ދޯހަޅިކަންކަން ގަސްތުގަ ކުރާމީހުން ހޯދާ ދެނެގަންނަން ޖެހޭ. މިއީ ވަރަށް ވާހަކަ...
މަރިޔަމްް
13 August 2020
ކޮވިޑްއަކީ މުޅި ދުނިޔެއަށްވެސް އާ ބައްޔެއް. އެއްވެސް ފޮތެއްގައި ނެތް ލިޔެވިފައި ކަންކުރާނެ ގޮތެއް. ކަން މިހެން އޮތްއިރު، ހުރިހާ އެއްޗެއް އަލަށް ބިލްޑުކޮށް ސިސްޓަމެއް ތައްޔާރު ކޮށްގެން ކުރިއަށްދާއިރު ތިޔަ ފަދަ ކަމެއް ދިމާވެދާނެ. މުހިންމު ކަމަކީ މިފަދަ ކަމެއް ދިމާވުމުން ދެން ތަކުރާރު ނުވާ ގޮތަށް ކުރިއަށް ދިޔުން. އަދި މައާފަށް އެދުމަކީވެސް މާތް ސިފައެއް. ޝުކުރިއްޔާ އެޗްޕީއޭ. ގައުމައިގެން ކުރިއަށް.
ފެއިލް
13 August 2020
ސިސްޓަމެއް ފެއިލް ވާނީ ތިހާކަށް ވަރަށް. ބުނި އަދަދަކަށް، ބަޖެޓުގައި ނެތްހާ ފައިސާ ދީގެން، މުޅި ދަރުބާރުގެ ހިފައިގެން، މަހަކު 72 ހާސް ރުފިޔާ ފްރަންޓްލައިން އެލަވަންސް ނަގައިގެން މިވަރު ވީމަ މީ ބޮޑުވަރު. ފުރަތަމަ އުޅުނީ ވެންޓިލޭޓަރުގައި އޮތް ބިދޭސީއެއް ފިލައިފިޔޭ ކިޔާފަ އޭނަ ހޯދަން. ވެންޓިލޭޓަރުގައިކަން އެނގުނީ 3 ދުވަސް ފަހުން. އަދިވެސް ހަމަ އެ ސިސްޓަމް. ފަންސުރަކާ ގަނޑަކާ ގެންގުޅުނަސް މިވަރު ވާނެ. ދެން ބުނޭ ރައްޔިތުން ޒިންމާ އަދާނުކުރީއޭ.
އަލުންވިސްނާލާ
13 August 2020
ކޮމެންޓެއް ލިޔެލަން ކޯބޯރަޑަށް ފިތަމުންދާއިރު، އިނގިލަތަކާ ލޮލޮގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަނެއްވެސް ބޭނުން ކޮށްލާނަމަ ތިކަހަލަ ކޮމެންޓެއް ނުލިޔެވޭނެ. އެއް ދުވަހުވެސް ދަރުބާރުގެއަށް ގޮސް މިކަމުގެ ބުރަކަމާ ކުރަންޖެހޭ މަސައްކަތާ، އެ މަސައްކަތާ އެކަށީގެންވާވަރަށް ވަޞީލަތްތައް ނެތިވެސް ކުރަމުންދާކަންކަން ފާހަގަވާނެ. ހުސްވަގުތު ގިނަވެގެން ކޮމެންޓް ލިޔާނަމަ، ދަރުބާރުގެއަށް ކޮވިޑްގެ މަސައްކަތުގަ ވޮލަންޓިއަރ ކޮށްދެއްވަން ވަޑައިގަންނަވާ